ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅުގެ ކުރީގެ މެމްބަރު އިބްރާހިމް މުސާ (މާމިލިލީ އިބްރާހިމް މޫސާ) އަވަހާރަވެއްޖެއެވެ.

1990 ވަނަ އަހަރުން ފެށިގެން ފ. އަތޮޅުގެ މަޖިލީސް މެންބަރުކަން ކުރައްވާފައިވާ އިބްރާހިމް މޫސާ އަވަހާރަވީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.

ފ. އަތޮޅުގެ ކުރީގެ މެމްބަރު އިބްރާހިމް މުސާ (މާމިލިލީ އިބްރާހިމް މޫސާ)

އާއިލާ ފަރާތުން "ވަގުތު"އަށް މައުލޫމާތު ދިން މީހަކު ބުނީ، އިބްރާހިމް މޫސާ އަވަހާރަވީ ރޭ 11:00 ޖެހިހާއިރު އައިޖީއެމްއެޗްގައި ކަމަށެވެ. އޭނާ އަވަހާރަވިއިރު އުމުރުފުޅަކީ 83 އަހަރެވެ.

އިބްރާހިމް މޫސާ އަކީ ދިގުމުއްދަތަަކަށް ސަރުކާރަށްވެސް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މާމިގިލީ ކުޑަކަތީބު ކަމާއި އަދި ބޮޑުކަތީބުކަންވެސް ކުރައްވާފައި ވެއެވެ. އަދި މުދިމެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާއިރު، ރަށުގައި ލިޔަން ކިޔަން ނޭނގޭ އެތައް ބަޔަކަށް ކިޔަވާދެއްވާފައިވެއެވެ.

ފ. އަތޮޅުގެ ކުރީގެ މެމްބަރު އިބްރާހިމް މުސާ (މާމިލިލީ އިބްރާހިމް މޫސާ)

އިބްރާހިމް މޫސާ އަވަހާރަވިއިރު، އަންބަކާއި ތިން ދަރިންނާއި އަދި އަށް ކާފަ ދަރިން ދުނިޔޭގައި އެބަތިއްބެވެ.

އިބްރާހިމް މޫސާގެ ޖަނާޒާ ކަންކަން ރޭ ފަތިހު ބޭއްވިިއިރު، ރޭ ފަތިހު އާސަހަރާގައި އޭނާ ވަނީ ވަޅުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަލީމު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

    މަރުހޫމާގެ ފުރާނައަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު
    ކުރައްވައި ޢާއިލާއަށް ކެެތްތެރިކަން ދެއްވާށި!އާމީން

  2. އަޙުމަދު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
    މަރުހޫމާގެ ފުރާނައަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު
    ކުރައްވައި ޢާއިލާއަށް ކެެތްތެރިކަން ދެއްވާށި!އާމީން