ގދ. ފިޔޯރީ ފަޅުތެރޭ މޫދު އަޑީގައި ނިޔާވެފައި އޮތް ޒުވާނަކު ފެނިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި އޮއްވާ ފެނުނީ އެރަށު ފަޅުތެރޭގައި އޮތް "ޚަޒާނާ" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިއެކެވެ.

ނިޔާވެފައިވަނީ އައްޑޫ ސިޓީ ފޭދޫ، ސްކައިނެޓް އަބްދުﷲ ސައީދު އެވެ.

ފިޔޯރީން މައުލޫމާތު ދެމުން އެރަށު ކައުންސިލުގެ ރައީސް "ވަގުތު" އަށް ވިދާޅުވީ އެޒުވާނާ ނިޔާވެފައި އޮއްވާ ފެނުނީ ފެންވަރަން މޫދަށް ފައިބާ އުޅެނިކޮށް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ ފެންވަރަން ވެގެން މޫދަށް ފައިބާ މާ ގިނައިރުވުމުން، ދޯނީގައި ތިބި އެހެން ފަޅުވެރިން އޭނާ ހޯދަން ފެށިކަމަށެވެ.

އެގޮތުން ބައެއް ފަރާތްތަކުން، އޭނާ އެރީ އެއްގަމަށްކަމަށް ބުނިކަމަށާއި އެހެންނަމަވެސް، މާސްކު އަޅައިގެން އެސަރަޙައްދުގެ މޫދު ބެލި ބެލުމުން، އަޑިން އޭނާ ފެނުނުކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އޭނާ ނެގިއިރުވެސް އަނގައިން ފޮނުތަކެއް އަރަމުންދިޔަކަމަށާއި އަދި އެވަގުތު ސީޕީއާރް ދިންކަމަށްވެސް ރައީސް ބުންޏެވެ. އެސަރަޙައްދުގެ މޫދުގެ ފުން މިނުގައި ހުންނާނީ 30 ފޫޓުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންނަށް އެކަން އަންގައި، އެމްބިއުލާންސްގައި ޞިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް، އެއީ ކާކުކަން، ރަށުގެ ފަރާތްތަކަށް ނޭނގޭކަމަށްވެސް، ވަގުތަށް މައުލޫމާތު ދެމުން ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޚަޒާނާ ދޯންޏަކީ އައްޑޫ ސިޓީ ފޭދޫގެ ދޯންޏެކެވެ. އެދޯނި ފިޔޯރީ ފަޅުތެރެެއަށް ވަދެފައިވަނީ އިއްޔެ ހަވީރު، ކަނޑުގަދަ ވެގެންނެވެ. އަދި، މިއަދު އެދޯނި ފުރުމަށް ހަމަޖެހިފައި އޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެމް

    ޢިންނާލިއްލާހި ވަެއިއްނާ އިލައިހި ރާޖިއޫން!

  2. އެމް

    ޢިންނާލިއްލާހި ވަެއިއްނާ އިލައިހި ރާޖިއޫން!
    ކީއްވެ ނުފޮނުވެނީ ކޮންޑުޕުލިކޭޓެއްގެ ވާހަކައެއްބާ?

  3. ހުސޭނުބޭ

    ފިޔޯރީ ފަޅުގެ ފުންމިނުފައި 30 މީޓަރ؟؟؟؟؟؟؟ ޔަޢުނީ 100 ފޫޓް؟؟؟؟؟؟؟؟ ތި ފަޅު ކޮނެދިން މީހަކަށް އައްސަރިބަހާއި ސާބަސް..... ކެކެކެކެކެކެކެ

    • އައްޔަ

      ބޭފުޅާ، ލިޔެފަ އޮއް އެއްޗެއް ރަނގަޅަށް ކިޔާލަ ބަލަ. 30 ފޫޓު ދޯ އެއިނީ، 30 މީޓަރެއް ނޫން އިނގޭތޯ.

  4. Anonymous

    އިންނާލިއްލާހި ވައިންނާއިލައިހި ރާޖިއޫން.. އެމީހެއްަރުވަންއޮތްތާކަށް އެމީހެއް ގެންދަވާނެ..

  5. Anonymous

    އިންނާލިއްލާހި ވައިންނާއިލައިހި ރާޖިއޫން.. އެމީހެއްަމަރުވަންއޮތްތާކަށް އެމީހެއް ގެންދަވާނެ..

  6. ާައ ޑ

    ާކައުންސިލްގެ ރައީސް ވިދާޅުވި ބުނި ކޮންމެ އެއްގޮތަކައް ލިޔުނު ނަމަ