ރާއްޖޭގައި ރާވައި ހިންގައި ކުށްތައް މަދުކޮށް މުޖުތަމައުގެ އަމާންކަން ގާއިމު ކުރުމަށްޓަކައި ފުލުހުން އަމަލު ކުރަން ޖެހޭ ގޮތުގެ އާ "ސްޓްރެޓިޖިކް ޕޮލިސީ ރިކުއަމެންޓް" އަކީ ފުލުހުންގެ ތަރައްގީ އަށް ކުރާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުން އަމަލު ކުރަން ޖެހޭ އާ ސިޔާސަތުގެ ސަބަބުން ފުލުހުން އަމާޒު ހިފަން ސަރުކާރުން އެދޭ މިސްރާބު ސާފުވާނެ ކަމަށެވެ.

ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރަށް މަގުފަހިވާނެ ސިޔާސަތެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

"މިއީ ފުލުހުންގެ ތަރައްގީ އަށް ކުރާ މަސައްކަތަށް އިތުރުވި ބޮޅެއް،" އިމްރާން ވިދާޅުވިއެވެ.

ނަމަވެސް މި ސިޔާސަތުގެ ތަފްސީލެއް ހޯމް މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ މި ސްޓްރެޓިޖިކް ޕޮލިސީ ރިކުއަމެންޓަކީ ފުލުހުންގެ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ މަސައްކަތް ކަނޑައެޅޭ ވަކި ތަރުތީބަކުން ރާވައިގެން ކުރިއަށް ގެންދިއުމަށްޓަކައި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާން ކުރާ ސިޔާސަތެއް ކަމަށެވެ.

ބަޔާނުގައި ބުނި ގޮތުގައި ސްޓްރެޓިޖިކް ޕޮލިސީ ރިކުއަމެންޓް ކަނޑައެޅުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރިއާޔަތް ކުރައްވާފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މިހާރުގެ ހާލަތަށާއި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމަށް މެދުވެރިވަމުން އަންނަ ގޮންޖެހުންތަކަށާއި ރާއްޖޭގެ ކުށުގެ މާހައުލު ބަދަލުވަމުން އަންނަ ގޮތަށެވެ.

ކުރިއަށް އޮތް ތަނުގައި ފުލުހުންގެ ހިދުމަތުގެ އެންމެހާ ކަންކަން ތަރުތީބުކޮށް އިންތިޒާމު ކުރުމާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ކަންކަން ޕްލޭންކޮށް ރާވައި ހިންގުމުގައި ގާނޫނުގައިވާ ގޮތުގެ މަތިން ކޮމިޝަނަ އޮފް ޕޮލިސް މަސައްކަތް ކުރައްވާނީ މީގައި ހުރި ކަންކަން ހާސިލް ކުރުމަށް ކަމަށް ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަަަހަ

    40 ދޮގުހެދިމީހަކު ފުލުހުންފަދަ ޚިދުމަތްތެރި މުއައްސަސާއަކަށް ކޮށްދެވޭނެކަމެއްނެތް

    • ދޮންބެ

      ފުލުހުން ތައްޔާރުކޮށްދިނީމާ މީނާ ސޮއިކޮށްލީ!! މީނާ މީ މިހެން ފުލުހުން ހަދާފަދޭ ލިއުންތަކުގަ ސޮއިކުރަން ހުންނަ މީހެއް!!

  2. އުގުރި

    މަގާމަކާ ހެދި ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ މީހެއްތީ. ﷲ ހެކިކޮއް އެތައް ބަޔެއްގެ ބޮލުގައި ދޮގު ތުހުމަތުތައް އަޅުވާފައި ހުރި މީހެއް އެއީ

  3. ލަދުހަޔަތް

    ކަލޭ ނިކަމެތިވި ގަޮތަކީ ދިރިތިބީންނަށް އިބުރަތެކެ. ކަލޭ އެބަޔަކަށް ލާދީނީއޭ ގޮވި މީހުންނާ ބައިވެގެން މިގައުމުގައި ލާދީނީންގެ ބާރު އިހުނަށްވުރެ ގަދަކޮށްފި. އަހަރުމެން ދަރިންނަށް ބުނެދޭނީ ތީ ދީނާ ގައުމަށް ހަރާންކޯރުވި ގައްދާރުން ކަމުގައެވެ.
    ވވވވވވ ލައިގެން ޓުވީޓުކުރަން ތިބި މޭކަޕްކުރުމުގައި އިސްކޮންތިބި މީހުންނަށްވެސް ވަރަށް ސަލާން.