ފާއިތުވެދިޔަަ މާޒީގައި ރައީސްކަމަށް އަންނަ ބޭފުޅުންގެ ރަނިންމޭޓުންނާއި މެދު އަމަލުކުރެވިފައިވާ ގޮތާމެދު ވިސްނަންޖެހޭނެ ކަމަށް މަޝްހޫރު އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ އިޔާޒް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޑރ އިޔާޒް ވިދާޅުވީ ރަނިންގް މޭޓުން ލައްވާ ރަށް ރަށަށް ދަތުރުކުރައްވާ އިންތިހާބު ކާމިޔާބު ވުމާއެކު އެއްލަވާލެއްވި މަންޒަރު މާޒީގައި ވަނީ ފެނިފައި ކަމަށާއި އެކަމުން އިބުރަތް ހާސިލުކުރަންޖެހޭ ކަމަށެވެ.

ޑރ އިޔާޒް މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ ކޮންކަމަކާ ގުޅިގެން ކަމެއް ސާފުވާ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް ވެރިކަން ކުރާ ޕީޕީއެމް އިން މިއަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މިހާރު ގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ހަމަޖައްސަވާފައިވާކަން ރޭގެ ވަގުތެއްގައި ވަނީ އިއުލާންކޮށްފައެވެ.

އެއާކު މަޝްހޫރު ދީނީ އިލުމުވެރިން ކަމަށްވާ ޝައިހް އަހުމަދު ސަމީރު އަދި ޝައިހް އަލީ ޒާހިރް ބިން ސައީދް ވަނީ އެކަމަށް ތާއީދު ކުރައްވާފައެވެ. ޑރ. ޝަހީމްއަށް ތައީދު ކުރާކަން ހާމަކުރައްވަމުން ޝައިހް އަލީ ޒާހިރު ބިން ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ޑރ. ޝަހީމް އަކީ ވަރަށް ގާބިލް ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ރަނިން މޭޓަކަށް ޑރ. ޝަހީމް ހަމަޖެއްސުމުން ޝައިހް އަހުމަދު ސަމީރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ރަނިން މޭޓެއްގެ ގޮތުގައި ޑރ. ޝަހީމްގެ ނަންފުޅު ހުށައެޅުއްވުމުން ޑރ. ޝަހީމް އެމަނިކުފާނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަމަށެވެ. އަދި ޑރ. ޝަހީމް ރަނިންމޭޓަކަށް ހަމަޖެއްސުމަކީ ދީނާއި ވަތަނަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތެއްކަމުގައި ބަލައި ކުރިއަށް ދިޔުމަށް ޑރ. ޝަހީމްއަށް ލަފާ އަރުވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ ޝަހީމް ރައީސް ޔާމިންގެ ރަނިންމޭޓަކަށް ހަމަޖެއްސުވުމާ ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސެއިން ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    އިޔާޒުއައް ކޯލިސަނުގެ ނައިބުރައީސްކަންދީ. ހީވަނީ ވަރައް ބޭނުންވެގެން ހުރިހެން. އިރުއިރުކޮޅާ ޓްވީޓްކުރާވަރުން

  2. Anonymous

    އިޔާޒުއައް ރަނިންމޭޓުކަންދޭންފެނޭ. ޕީޕީއެމް ރަނިންމޭޓު އިއުލާން ކުރީމަ އިޔާޒު ފައިބަން ފަށާފި

  3. ޖޯން

    އެބައި މީހުންގެ ކިބައިން އަޅަމެން ސަޅާމައް ކުރައްވާށެ އާމީން

  4. އަމީ

    ތީ ދީނީ އިލްމުވެރިޔެއްތޯ ނޫނީ ސިޔާސީ

    ބޭފުޅެއްތޯ....ދީނީިއިލްވެރިޔަކަށްވަންޏާ އެ

    ގޮތުގަ ހުރުންއެނމެރަނގަޅުވާނީ.ސިޔާސީ

    ވާކަށްނުޖެހޭ.

  5. ވަހީދު

    އިޔާޒާ ކޮން ބެހޭކަމެއް. އިޔާޒު ރަނިންމޭޓަކަށް ހަމަޖެއްސިނަމަ ވިސްނަން އެންމެރަނގަޅު. މުަސްކުޅިން ބުނޭ ތިމާއާ ނުބެހޭ ކަމެއްގާ ކާޅުކެއަސް ސޮއް ނުގޮވާށޭ.

  6. އިބްރާހީމް

    23 ޑިސެމްބަރު އިއްތިހާދުގެ ބޮޑު އެއްވުމުގައި މިޝެއިޚުން ރޮވިފައި ނަޝީދުގެ ލާދީނީ ވާހަކަދައްކާފައި މިހާރު މި އުޅުއްވަނީ ޖަމާއަތުގެ މަސްލަހަތަށް ތޯއެވެ. އަޖައިބު ވެދާނެ!
    (މިކަމުގެ ފަހަތުގައިހަސަދަވެރިކަން ނުވަތަ އެނޫން އެހެންކަމެއް އޮތުން އެކަށީގެންވޭ)

  7. ނުރަބޯ

    މިއީ ދަންނަބޭކަލުންގެ ޓެގްޖަހައިގެން އެކަމަކު ސިޔާސީވެގެން އުޅޭމީހުންގެ ޙާލު. ރައީސް ޔާމީނަކީ މުސްލިމް ވެރިއަކަށްވާއިރު އެ ވެރިޔާ އާއި ދެކޮޅަށް ބަޣާވާތް ކުރުމުގެ ނުބައި ކަން މީސްތަކުންނަށް އޮޅުންފިލުވައި ދިނުމުގެ ބަދަލުގައި ރަނިންގ މޭޓޭ ކިޔައިގެން ފިތުނަފަސާދަ އުފެދޭ ފަދަ ވާހަކަ މިދައްކަނީ....؟؟؟

  8. އާބިދާ

    ތިމީހާއަށް ކުރީގެ ނާއިބުން ކަންކުރި ހަޑިމުޑުދާރު ގޮތް ނުފެނުމަކީ ބޭސް ކުރަންޖެހޭ ވަރުގެ ބޮޑު މައްސަލައެއް ހިލޭ ބޭސްފަރުވާ ކުރެވޭއިރު ތިހެން ކޮސްނުގޮވާ އަވަހަށް ފަރުވާލިބިގަނޭ