އަރަބިއްޔާ ސްކޫލްގެ އިމާރާތައް ދިމާވެފައިވާ މައްސަލަ އާއި ގުޅޭގޮތުން ސްކޫލްގެ މެނޭޖްމަންޓުން ބެލެނިވެރިންނާއި އެކު ބާއްވާ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް ކަރަންޓް ކެނޑިއްޖެއެވެ.
ނަމަވެސް ކަރަންޓް ކެނޑުނުތާ ގާތްގަނޑަކަށް 30 މިނެޓް ފަހުން މިހާރު ވަނީ ކަރަންޓް ދީފައެވެ.
މާލެ އަށް ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯ އިން ބުނީ އަރަބިއްޔާ ސްކޫލް ހިމެނޭ ސަރަހައްދުން ކަރަންޓް ކެނޑުނީ ޓްރާންސްފޯމަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެމައްސަލަ ހައްލުކޮށް މިހާރު ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
އަރަބިއްޔާ ސްކޫލްގެ އިތުރުން ކައިރި އެހެން އިމާރާތްތަކުން ވެސް ކަރަންޓް ކެނޑުނެވެ.
ބައްދަލުވުން ކުރިއަށް ދަނިކޮށް ކަރަންޓް ކެނޑުނުއިރު ބެލެނިވެރިން ގެންދިޔައީ ސްކޫލްގެ އިމާރާތާއި ގުޅޭ ގޮތުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. ބައެއް ބެލެނިވެރިން ވަނީ ކަރަންޓް ކަނޑާލީ ގަސްދުގައި ކަމަށް ވެސް ބުނެފައެވެ.
އަރަބިއްޔާ ސްކޫލްގެ އިމާރާތުގައި ވަރަށް ބޮޑަށް ރެނދުލާފައި ވާތީ ބެލެނިވެރިން ގެންދަނީ އެސްކޫލަށް ދަރިވަރުން ފޮނުވަން ޖެހިލުންވާކަން ހާމަކުރަމުންނެވެ.
ނަމަވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ މިހަފްތާގައި ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ އަރަބިއްޔާ ސްކޫލްގައި ކިޔަވައި ދިނުމަކީ ދަރިވަރުންނަށް ނުރައްކަލެއް އޮތްކަމެއް ނޫން ކަމަށެވެ.
ތީ ދެން ޙަބަރެއްވެސް ނޫނެއްނު، ދެން ލިޔޭ މީހަކު ޗާންދަނީމަގުން މަޖީދީމަގަށް ގޯޅި އަޅައިފިޔޭ.. ބޮއެ ހޮލާކް ހުންނާނީ.
ލާދީނީ ސަރުކާރުން ހިންގާ ޖަރީމާތަކެއް
އަހަރެމެން ގޭގަވެސް އެކި ކަންކަމުގަ އުޅެނިކޮން ކިތަންމެ ފަހަރަކު ކަރަންޓުދޭ..
ކަރަންޓު ކަނޑާލީ ގަސްތުގަ ކަން ވަރަށް ސާފު.
ޕޭރަންޓުން ސަރުކާރަށް ފާޑު ކިޔުމަކީ ޖާސޫސްކުރަން މީޓިންގއަށް އައިސްތިބި މީހުންނަށް ކެއްވާވަރުކަމަކަށް ނުވާނެ.
ޢަރަބިއްޔާއަށް ކުރިންވެސް މިހާރުވެސް މިހާލު ޖައްސަން މިތިބީ ހަމަ އެމްޑީޕީ ސަރުކާރު.
ނަމުން ސޯލިހު ކަމުން ޖާހިލު. ރައްޖޭގައި ހުރި ހަމައެކަނި ދީނީ ތައުލީމު ދޭ މަރުކަޒަށް ޖެއްސުން ކުރިން ހުރިހާ ގޮތަކުންވެސް
ކައިރީގައި ހުރި އެހެން އިމާރާތް ތަކުން ކަރަންޓު ނުދިޔައީ ކީއްވެބާ! ޢަރަބިއްޔާ ސުކޫލަށް ވެސް މި ޖެހެނީ ހަމަ ފަލަސްތީނަށް ޖެހުން ހާލު.
އަމިއްލަ ބިމުން ބޭރު ކޮށް ސުކޫލު ދަރިވަރުން ރެފިއުޖީން ނަށް ތިހެދެނީ.. އެކުދިން ވެސް އެއީ ހަމަ ދިވެހި ދަރިން..
އެތަނަކީ މިހާރު ވަރަށް ނުރައްކާ ހާލެއްގައިވާތަނެއް، އެތަނުގައި ހުރި ބައެއް ރެދުތަށް ތަބުތަކުގައި ހުރި ރެދުތަށް ގާތްގަދަކަށް އިންޗިއެއްވަރު ވަނީ ފޭވެފައި. ޢަދި ޝީޓް ތައްްވެސް ވަނީ ރެދުލާފައި. ޢަދި ބައެއް ދިމަ ދިމާލުން ރެދު ތެރެއިން އަނެއް ފަރާތް ފެނޭ. ޢެކަމުވެސް އެޑިއުކޭޝަން މިނިސްޓަރ މިބުނަނީ އެތަން ނުރައްކާވާވަރެއް ނޫނޭ. މީވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެއް. މިކަމަށް އަވަސް ހައްލެއްބޭނޫން. އަތަށް ނުގޮވަނީސް.
ތީކީދެން ނޫހުގަ ޖަހާވަރު ކަމެން ނޫން ދޯ؟ ތީ ހަމަ ވެދާނެ ކަމެއް!
މީގެ ކުރިންވެސް އެމްޑީޕީ ސަރުކާރުން އުކުދިން މަގުމަތި ކުރިއެއްނު! ލާދީނީ ސަރުކާރު ވީމަ ވާގޮތް..
ޢަރަބިއްޔާ އަށް ކަމެއް ވާނީ އަރަބިއްޔާގެ ވެރިން ކޮށްދޭން އުޅެގެން
އެޑިޔުކޭޝަން މިނިސްޓަރު މަޖިލީހުގައި ވިދާޅުވީ ރަނގަޅަށް ކަމަށް އަހަރެން ބުނާނީ. އެއީ ކުރިން ހުރި މިކަހަލަ ކަންކަމަށް ރިޢާޔަތްކޮށް. މިސާލު: ބާޖަމާލުއްދީނު ބޮލަށްވެއްޓޭތީ އެތަނުން ކުދިންނެރެ އެހެން ތަނަކަށް ބަދަލުކުރީ. އެފަހު މިހާރު15 ވަރަކަށް އަހަރުވަނީ. އަދިއަދަށްވެސް އެތަން ނުވެއްޓޭ އެތާ އެކިއެކި އޮފީސްތައްވެސް އެބަހިންގާ. ދެން ހުރަވީ ބިލްޑިނގް. އަދިވެސް އެތަންވެސް ތަޅާނުލާ ހަމަ އޮފީސް ހިންގާ. އެތަޖުރިބާ ތަކަށް ބަލާއިރު އަރަބިއްޔާ ސްކޫލް މާބޮޑަށްވެސް ރައްކާތެރި.
ސަމްކުޅިބެ.. ވަރަށް މޮޅު ކޮމެންޓެއް... އިމާރާތް ވެއްޓި ބަޔަކު ނިޔާވީމަދޯ ހުސްކުރަން ޖެހެނީ؟؟