ސުޕްރީމް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާނެ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވުމުން މައްސަލަ ގޯސްވެއްޖެއެވެ.
ޔާމީންގެ ވަކީލުންގެ ޓީމްގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނައިބު ރައީސް ޑރ.ޖަމީލް ވަނީ އިސްތިއުނާފަށް މައްސަލަ ހުށަހެޅި ފަރާތުން ބޭނުންވާ ގޮތައް ވެސް ނުވަތަ އެހެން ގޮތަކަށް ވެސް މައްސަލަ ނިމޭނެ ކަމަށް ބުނުމަކީ ކޮށްގެން ވާނެ ކަމަށް ނޫންކަމަށް ވިދާޅުވެ ޣައްސާނަށް ރައްދުދެއްވާފައެވެ.
ސުޕްރީމް ކޯޓުން ޔާމީން މިނިވަން ވާނެ ކަމަށް ވިދާޅުވެ ޣައްސާން ޓްވީޓް ކުރެއްވިތާ އިރުކޮޅެއް ފަހުން "ޗެނަލް-13" އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގައި ޔާމީންގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރި ސަބަބު ވަރަށް ސާފު ކަމަށެވެ. އެއީ ކްރިމިނަލް ކޯޓާއި ހައިކޯޓުން ވެސް މައްސަލަ ނިންމެވުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ގަބޫލު ކުރެވޭތީ ކަމަށާއި އެވާހަކަ ވަރަށް ދިގުކޮށް ދެއްކިފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެދޭގޮތް އެއީ ސިއްރު ގޮތެއް ނޫން. އަޅުގަނޑުމެން ހުކުމް ގަބޫލު ނުކުރާތީ ހުކުމް އިސްތިއުނާފު ކޮށްފައި އެއޮތީ. އެއަށްފަހު އަޅުގަނޑުމެންނަށް އޮތީ މަސައްކަތް ކުރުން. އެމަސައްކަތްކޮށް ނިމިއްޖެ. ދެން އޮތީ އަޅުގަނޑުމެން މިކަމަށްޓަކައި ދުއާ ކުރުން. ރައީސް ޔާމީނަށް ހެޔޮ އެދިވަޑައިގަންނަވާ އެތައް ހާސް ރައްޔިތުންނެއް އެދުއާ އެބަކުރައްވާ. އެއްވެސް ފަރާތަކަށް ނޭނގޭނެ ހުކުމް އޮންނާނެ ގޮތެއް. އަދި އެވާހަކަ ދެއްކުން އެއީ ޒިންމާދާރު ކަމެއް ވެސް ނޫން." ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ އެފަދަ ކޮންމެ އަމަލަކީ ހުކުމަށް ނުފޫޒު ފޯރުވުން ކަމަށެވެ.
ޖަމީލް ވިދާޅުވީ ހުރިހާ ފަރާތްތަކެއްގެ ކިބައިން ވެސް އެދިވަޑައިގަންނަވަނީ ހުކުމް އޮންނާނެ ގޮތަކާއި ގުޅޭ ގޮތުން ވާހަކަ ނުދެއްކެވުމަށް ކަމަށެވެ.
ޖަމީލްގެ އިންޓަވިއުއަށް ފަހު ޣައްސާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ޓްވީޓާއި ގުޅޭ ގޮތުން ނުބައި ސުރުހީއެއް ހަދާފައިވާ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ ޔާމީންގެ ޝަރީއަށް އަޅުގަނޑުމެން ބެލިން ކަމަށާއި ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ވެސް ޙައްގަށް ހުކުމް ކުރިނަމަ ޔާމީން މިނިވަން ވީސް ކަމަށެވެ. "ސުޕްރީމް ކޯޓު ނުފޫޒަށް ގުޑާ ވަރަށްވުރެ މާފުންނާބު އުސް ކަމަށް ގަބޫލުކޮށް 30 ގައި ޙައްގު ހުކުމް ކުރައްވާނެ ކަން ޔަގީން ކުރަން. އޭރުން ރައީސް ޔާމީން މިނިވަން ވާނެ. އިންޝާﷲ" ޣައްސާން ވިދާޅުވިއެވެ.
ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމާއި މެދު ސުޕްރީމް ކޯޓުން ނިންމާ ހުކުމް އިއްވުން ވަނީ އަންނަ އަންގާރަ ދުވަހަށް ތާވަލް ކޮށްފައެވެ. ޝަރީއަތް ފަށަން ތާވަލް ކޮށްފައި ވަނީ އެދުވަހު ހެނދުނު 09:00 ގައެވެ.
އެހުކުމްއެއް އެބަޔަކު އުންމީދު ކޮށް ބޭނުންވާ ގޮތަކަށް އެވާހަކަދަށްކާނެ //
މިނިވަން ވެދާނެތީ އެއުޅެނީ، މިނިވަން ވެއްޖެއްޔާ ރިޔާސީ ޓިކެޓް ނުލިބޭނެ.
އަހަރެންގެ ދުއާއަކީ ޔާމީން މިނިވަންވުން، ޔާމީނާއި ހެދި މިހާރު ހިޔާ ފްލެޓްގައި މިއުޅެވެނީ. ހާދަ އުފާ ވެޔޭ، އަހަރެން ކުރިން ޔާމިނަށް ސަޕޯޓްނުކުރަން އެމްޑީޕީ މީހުން ކިޔާ އެއްޗެހި އަޑުއަހާފައި ، އެކަމަކު މިހާރު ދިރިއުޅުން ބަދަލްވީމާ އަހަރުމެންނަށްޓަކައި ޔާމީން ވަރަށް ބޮޑަށް މަސައްކަތްކުރިކަން އަހަނަށް އަސްލުވެސް އިހުސާސްވޭ، އަހަރެންގެ ދުއާ ޔާމީނާއެކު ވާނެ ، މީހަކު ކޮންމެ އެއްޗެއް ކިޔަސް އަހަރެންނަށް ދިރިއުޅުން ހޯދާއި ދިނީ އޭނަ.
މިސަރކާރު ނަމުން ޒީރޯ ޓޮލެރެންސް. އެކަމް ހަތަރަސްފައިން ކަނީ ހަމަ ކާ މީހުން. 32 ރަށެއްގެ ފެނާ ނަރުދަމާ ކަންކަމަށް 150 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑުކޮށްލި (އިލްޔާސް ލަބބުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދިނީ) . ކޯޓުގައި މިހާރުވެސް އެމައްސަލަ ހިނގަމުންދަނީ. ހުރިހާ ގޮތަކުން ޝަރުތު ހަމަވާ ކުންފުނިތައް ބިޑު ކުރި މާ އަގުހެޔޮކޮށް ކުރަން. އެނގޭތީ މިބުނެލީ.. ނަންވަނީ ޔާމީން
ޖަމީލުގެ ވާހަކަ ރަނގަލު.
އުއްމީދާއި ޙަގީގަތާއި އެއްގޮތަށް ވާހަކަ ދެއްކޭނެ. ޣައްސާނު ނޫނަސް ތަޢައްސުބެއްނެތް ކޮންމެ މީހަކަށް މިއަދު ވިސްނެން އޮތް ޙަގީގަތަކީ ޔާމީން މިނިވަން ކުރަން ނުޖެހޭ ސަބަބެއް ނެތްކަން.
އިންސާފެއްނެތި ސަރުކާރުގެ ނުފޫޒާއެކު ގެންދިޔަ ޝަރިޢަތެއް އިންޝާﷲ ޔާމީނު ސަލާމަތް ކުރައްވާށިއެވެ!
ގަޑި 12:09 = 3
މަސް 11 = 2
ދުވަސް 30 = 3
އަހަރު 2021 = 5
ޖުމުލަ 3 + 2 + 3 + 5 = 13
ވިސްނާ ފިކުރުކުރާ ބަޔަކަށް
ދިގު ކޮށް ވާހަކަ ދެއްކީ ވަށްކަން ފޮރުވަން
މައުމޫނުގެ ދަރިއެއްނެ ، ވެރިކަމުގެ މީރުކަން އަރުގަހުންނާނެ ، ތިއުޅެނީ ގޯހެއް ހަދަން
ދެމީހުންގެވެސް އެޕްރޯޗްވެސް އަނެއްހެން ގޯހެއްނޫން. ދެމީހުންވެސް ބޭނުންވަނީ ޔާމީނަށް މާ ހެޔޮއެދޭ ބަޔަކަށް ހެދިގެން ވެރިކަން ދަމައިގަންނަން!
ރައީސް ޔާމިންގެ ޝަރީއަތް ފެށިގެން މިއަދާހަމަޔަށް ގެލިބަޔަކަށް ވަރަށް ސާފުވާނެ، ރައީސް ޔާމިންގެ ވަކީލުންގެ ޓީމުން އަޅަމުންގެންދިޔަ ގަޅިތަށް، ކަނޑައެޅިގެން ހުށަހަޅަންޖެހޭއެތަށްކަމެއް ދޫވެފަ ނުކުރެވިފަވީ، ހުދު ރައީސް ޔާމިން އަމިއްލަފުޅަށް ވަކާލާތުކުރެއްވެވި، ގަބޫލުކުރިޔަސް ނުކުރިޔަސް ޖަމީލުގެ އެދުމާއި ބޭނުމަކީ ރައީސްޔާމިނަށް 2023 ގައި ކުރިމަތި ނުލެވޭނެ ގޮތްވުން، ގައްސާނު ބުނިނަމަވެސް ލޮލަށްފެންނަން ހުރި ހަގީގަތަކީ އިސްލާމީ ޝަރީއަތެއްގެ ހުރިފާ ސިފަތަކެއް މިއަދާހަމަޔަށް އައިއިރު މިވަނީ ސުޕުރިމްކޯޓުގެ ފަނޑިޔާރުންގެ ކިބައިންފެނިފައި، އެބީދައިން މިކަން ނިންމާނަމަ ރައީސް ޔާމިން ކަނޑައެޅިގެން މިހުކުމުން ބަރީއަޔްޗާނެ، އިންޝާﷲ.
ޔާމީން މިނިވަންވުމާއި ވަރަށް ދުރު.އެއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ވަނީ ވެއްޔާ މޮޑުވިފައި. ކޯޓުތަކުގައި ހިނގާނީ ބޭރު ގައުމަކުން އަންގާ ހުކުމެެއް. މަޖިލިހުގެ މެންބަރުންތައް ވަނީ ބޭރު ގައުމެއްގެ ކަޅުފައިސާއިން ގަނެ، އެގައުމުގެ ޕަޕެޓުންނަށް ވެފައި. ސަރުކާރުވަނީ އަޅުދަސްވެފައި. ޚާރިޖީ ސިޔާސަތުގެ މިނިވަންކަމެއް ނެތް. މިފަދަ ހާލަތެއްގައި ގައުމު އޮއްވާ އިންސާފުވެރި ހުކުމެއް ސުޕުރީމް ކޯޓުން އިއްވުމާއި ވަރަށް ދުރު.
ތިދެމީހުން ނަކީވެސް ވެރިކަމުގެ ދަހިވެތި ކަމުގައި އުޅޭ ދެ މީހުން ރ ޔާމީން ނޫނީ ރަތްޔަތުންގެ އިހުސާސް އެގޭސިޔާސީ މީހެއްނެތް އަދިވެސް މިޤައުމު ހަމައަކަށް އެޒލުވޭނީ އެބޭފުޅާއަށް ދެން މިޤައުމުގެ ހުންގާނު ލީބިއްޖެއްޔާ އެންމެ ނިކަމެތި މީހާއަށް ވެސް ސީންގަޕޯ އަށްބަދަލުވެވުނީ އިޝާﷲ ސްޕްރީމް ކޯޓު ގައި ތިއްބެވި ބޭފުޅުންނަށް ހެއުވިސްނުން ދެއްވާށި ޙައްގަށް ނަސްރު ދެއްވާށި އާމީން
ޔާމީނު މިނިވަންވާ ކަމަށްވާނަމަ ޖަލުގަ ތިބި ހުރިހާ ކުށްވެރިންވެސް މިނިވަންވާނެކަމަށް ބެލެވެއެވެ. އެއީ ޔާމީނުގެ މައްސަލައަކީ އެހާވެސް ސާފު މައްސަލައެކެވެ.