މިއަދު ރާއްޖެ އިން އިތުރު 76 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 15 މީހުން ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވީ 55 މީހުންނެވެ. ރިސޯޓްތަކުން މިއަދު ފައްސިވީ ހަމީހުންނެވެ.

މިއަދު 4441 މީހަކު ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %1.71 މީހުންނެވެ. މިއަދަކީ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވި މީހުންގެ ނިސްބަތް މިމަހު %1 އަށް ވެއްޓުނު ފުރަތަމަ ދުވަހެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 158 މީހުން މިއަދު ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 1832 މީހުންނަށެވެ. މިއަދަކީ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހަށް ފަހު ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ މަދުވި ދުވަހެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 91122 އަށް އަރާފައެވެ. އޭގެތެރެއިން 89029 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ރާއްޖެ އިން މިހާތަނަށް 248 މީހުން ވަނީ ކޮވިޑް ޖެހިގެން ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    އަލްޙަމްދު ލިއްﷲ