ރާއްޖޭގެ ކަނޑުން ބައެއް ގެއްލިދާނެ ކަމަށް ބެލެވޭ މައްސަލައިގައި ޖަވާބުދާރިވެއްޖެ
ރާއްޖޭގެ ދެކުނުން އޮންނަ މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލަ އިންޓަނޭޝަނަލް ޓްރެބިއުނަލް ފޯދަ ލޯ އޮފް ދަ ސީ (އައި.ޓީ.އެލް.އޯ.އެސް) މޮރިޝަސް އިން ހުށަހަޅާފައި ވާތީ ރާއްޖެ އިން ޖަވާބުދާރީވެއްޖެއެވެ.
މިމައްސަލަ މޮރިޝަސް އިން އައްޑޫގެ ދެކުނުން ރާއްޖޭގެ އިކޮނޮމިކް ޒޯން، މޮރިޝަސްގެ ދަށުގައި އޮންނަ ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ ސަރަހައްދާ ފުށޫއަރާ ކަމަށް ބުނެ ކަނޑުގެ ގާނޫނާ ބެހޭ ގާނޫނާބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް 2019 ވަނައަހަރު މޮރިޝަސް އިން ހުށަހެޅި މައްސަލައެކެވެ.
އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ ފަރާތުން މި މައްސަލައަށް ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މައޫލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
މި މައްސަލައަކީ ރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައަކަށްވާއިރު، މި މައްސަލައިގައި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ޓްރައިބިއުނަލްގައި ރާއްޖޭގެ މަސްލަހަތުތައް ދިފާއުކޮށް ރާއްޖެ ތަމްސީލުކުރުމަށްޓަކައި ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަގްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ހަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލާފައިވާ ކަމަށް ވެސް އެޓާނީޖެނެރަލް އޮފީހުގެ ބަޔާނުގައި ވެއެވެ.
ކަނޑުގެ ސަރަހައްދުތަކަކީ ނުވަތަ އިންތަކަކީ ސީ އޮފް ކޮންވެންޝަންގެ ދަށުން ކޮންމެ ގައުމަކަށް ވެސް ކަނޑައަޅާ އިންތަކެކެވެ. ރާއްޖެ މިނިވަންވުމާ އެކު ރާއްޖޭގެ އުތުރުގެ އިންތައް ކަނޑައެޅި ނަމަވެސް ރާއްޖޭގެ ދެކުނުގެ އިންތައް ކަނޑައެޅިފައެއް ނުވެ އެވެ. ރާއްޖެ މިނިވަން ވުމާއެކު ރާއްޖޭގެ އުތުރުން މި އިންތައް ކަނޑައެޅުނީ، ރާއްޖެއާއި އިންޑިއާ އާއި ސްރީ ލަންކާ ހިމެނޭ ގޮތަށް ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ޓްރައިބިއުނަލުން ކަނޑައަޅާނެ އެވެ. ބައިނަލްއަގުވާމީ އުސޫލުތަކަށް ރިއާޔަތްކުރާއިރު، އާންމު އުސޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލަށް ބިނާކޮށްގެންނެވެ.
މިމައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ އަހަރުއެވެ.
ތިހެންވެއޭ އިނގެރޭސިވިލާތާ މޮރިޝިއަސްގެ މައްސަލާގައި (ތިޔަ ފޯޅަވަހީގެ މައްސަލައިގަ) ދިވެހިރާއްޖެއިން މިރިޝިއަސްއަށް ތާއީދު ނުކުރީ.. އެދުވަހު އެކަންވެސް ބިޑު ސިޔާސީ ކުޅު ގަނޑަކަށް ހަދާ އިނގެރޭސިންގެ އަޅުވެތިކަމަށް ސަރުކާރު ހިނގައްޖެއޭ ކިޔާ ބޮޑު ފިތުނަވެރި ގޭސް ގަނޑެއް އެނބުރީ.. އެދުވަހު ޤައުމުގެ ހައްޤުގަ ސަރުކާރުންނެގި ފިޔަވަޅުގެ ހިކުމަތު އަމަލޫގެ ފުރިހަމަކަން މިއަދު މި އެނގުނީ. މިކަހަލަ ޖަބްޖަމާހެދިއޭ އިދިކޮޅޭމެން ޤައުމޭ ދީނޭ ކިޔާ ލަވާ ހަޅޭ ޤަބޫލުނުކުރަނީ ހަމަ އުސް އަމިއްލަ އެދުން..
މޮރިޝަސް އެެެެއީ ހިންދޫން މެޖޯރިޓީ އޮންނަ ގައުމެއް. އިންޑިއާ އަޑީގައި އޮވެގެން ކުރާކަންތައް ތިއީ.
މީވެސް ދެން ހައްލު ނުވެ އޮތް ކަމެއް ތަ؟ ތި ހެން ހަދާކަށް ހެޔޮނުވާނެ!
އަނިޔާވެރި ސަރުކާރެއް އައީމަ ނުގެއްލޭނެ އެއްޗެނެއް.
ޔާމީނު ވެރިކަމުގަ ހުއްޓާ 2017ގަ މިކަން ފުރަތަމަ ފެށުނީ ވެސް.. އެއީ އަސްލު އަނިޔާވެރި ޒާލިމް
ޔާގީން ރާއްޖެގެ ބައެއް ކަޓްވާލާނެ ، ނޫނީ ލާރިގަނޑެއް ދިރު ވާލާނެ މިފަހަރު
މިކަހަލަ މުހިންމު މައްސަލައެއްގައި ވަކާލާތުކުރަން ހަބީރުންގެ ޓީމެއް އެކުލަވާލުމުން މައްސަލައިގެ މުހިންމުކަން ވަރަށް ރަނގަޅަށްވެސް ހާމަވެއްޖެ!!!
މޮރިޝަސް ކީއްވެ؟ އެޔަށްވުރެން މާކައިރި ސީޝެލުސްވެސް، ޑިއެގޯ ގާރސިޔާވެސް، ސްރީލަންކާ އިންޑިޔާ، ޕާކިސްތާނު، އަންޑަމަންއާއި އިންޑޮނީޝިޔާވެސް އަދި އީރާންވެސް ދެން ކީއްވެ މޮރިޝަސް މިލިސްޓަށް އެރީ؟ ދިވެހިރާއްޖެ އާއި ފުށުއަރާ ބައިވަރު ގަވްމުތައް ދުނިޔެގައި އެބައޮތް!