ވަގަކު މިނިވަން ވެއްޖެނަމަ ސުޕްރީމް ކޯޓުގެ އިތުބާރު ގެއްލޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއި މެދު ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ގޮތެއް ނިންމަން ތައްޔާރުވެފައި ވަނިކޮށް ނިހާދު ގެންދަވަނީ އެމައްސަލައަށް އިޝާރާތްކޮށް ޓްވީޓްތަކެއް ކުރަމުންނެވެ.

ޔާމީންގެ ނަން ވިދާޅުނުވެ ނަމަވެސް ބެލެވޭ ގޮތުގައި ޔާމީނަށް އިޝާރާތްކޮށް ނިހާދު ވިދާޅުވީ "މަހާ ވަގަކު މިނިވަން ވުމަކީ ސުޕްރީމް ކޯޓާއި މެދު އުފެދިފައި އޮތް އިތުބާރު ގެއްލިގެންދާނެ ކަމެއް" ކަމަށެވެ.

ނިހާދު ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ ޓައިޕިން އެރާއެއްގެ ސަބަބުން ވަގަކު މިނިވަން ވާން ވެއްޖެނަމަ ދުވަހަކު ވެސް އިންސާފު ގާއިމް ނުކުރެވޭނެ ކަމަށެވެ.

ނިހާދު އެހެން ވިދާޅުވިއިރު ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ އުުފުލައި ކްރިމިނަލް ކޯޓުން އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ކުރި ހުކުމުގެ އަސްލު ގުޅިފައި އޮތް ޗެކް އެސްއޯއެފްގެ އެކައުންޓަށް ޖަމާވިތޯ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދައުލަތާއި ސުވާލު ކޮށްފައިވެއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހެޅުނު ލިޔުމުގައި ޑިޕޮސިޓް ސްލިޕްގައިވާ ޗެކް ނަމްބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރާއި ދިމާނުވި ނަމަވެސް ޔާމީނަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން އެނގޭ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ވަނީ ވިދާޅުވެފައެވެ.

މިމަހުގެ 18 ވަނަ ދުވަހު އޮތް އަޑުއެހުމުގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ދައުލަތާއި ސުވާލު ކުރެއްވީ ޑިޕޮސިޓް ސްލިޕްގައި އޮތް ޗެކް ނަމްބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރު ދިމާނުވަނީ ކީއްވެތޯއެވެ.

އެސްއޯއެފްގެ ބޭންކް އޮފް ސްޓޭޓްމަންޓްގެ ޗެކްގެ ނަމްބަރާއި ޑިޕޮސިޓް ސްލިޕްގައި އޮތް ނަމްބަރު ދިމާނުވާ ކަމަށް ދައުލަތުގެ ވަކީލް ވެސް ޝަރީޢަތުގެ މަޖިލީހުގައި އިއުތިރާފްވެ ވަޑައިގެންނެވިއެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ދައުލަތުން ބެލި ބެލުމުން ފާހަގަ ކުރެވިފައިވާ ގޮތުގައި ޗެކަކީ މޮރިޝަސް ކޮމާޝަލް ބޭންކްގެ ޗެކެއް ކަމަށާއި އެޗެކް އެންޓަރ ކުރިއިރު ހަތަރަކާއި ފަހެއް އޮޅިފައި އޮތް ކަމަށް ދައުލަތުން ބެލި ބެލުމުން އެނގޭ ކަމަށެވެ. "ދައުލަތައް ގަބޫލު ކުރެވެނީ އެންޓަރ ކުރުމުގައި ދެއަކުރުގެ އޮޅުމެއް އޮތީ ކަމަށް." ދައުލަތުގެ ވަކީލް ނައުފަލް ވިދާޅުވިއެވެ.

އެކައުންޓް ސްޓޭޓްމަންޓްގެ އެހެން ކަންކަމަށް ބަލާއިރު އެއީ އެމްސީބީގެ ޗެކެއް ކަން އެނގޭތޯ ވެސް ފަނޑިޔާރު މަހާޒް ދައުލަތާއި ސުވާލު ކުރެއްވިއެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން އެއްޗެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމުމަށް ބާއްވާ އަޑުއެހުން ތާވަލް ކޮށްފައި ވަނީ އަންގާރަ ދުވަހު ހެނދުނު 09:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

58 ކޮމެންޓް

 1. މޫސާ

  ނިހާދުއަށް އެގޭތަ ތެދުވެރިންނަ އަބަދުވެސް ވަގުތު ޖެހުމުން އިންސާފުލިބޭބެ ނިހާދައައް އެގޭތަ މިސްރުގެ އަޒީޒު ދުނަވީ މަސްލަހަތަށް ޖަލުގަ ހުރެގެޔައްވެއްދި ޔޫސުފުގެ ވާހަކަ ނިހާދުއަކަށް ވަގުތު ޖެހުމުން އެވސް ކަމެއް ނުހުއް ޓުވޭނެ

  170
  6
  • Anonymous

   މި ޖާހިލު މިހާރު މިކިޔަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރެއް ނެތް ވާހަކަ.

   48
   3
 2. ސިކުނޑި

  އެހެން މީހުންނަށް ވަގުންނަށް ގޮވައި، ތިމާމެންގެ ވައްކަމާއި މަކަރާ ހީލަތާއި ހިޔާނާތް ފޮރުވައި ރައްޔިތުންނަށް އޮޅުވާލުމަކީ، ތިޔަ ކަހަލަ ޖާހިލުންނަށް ވަރަށް މަޖާ ކަމަކަށް ވެދާނެ! އެހެން ނަމަވެސް ޙައްޤުގެ މައްޗަކަށް ބާތިލް ނާރާނެ! ﷲގެ އާޔަތްތައް މަތިވެރިވެގެންވޭ!

  184
  4
 3. މަބޭ

  ފަންޑިޔާރުން ރަހީނުކޮއްގެން ތިޔަބޭފުޅުންބޭނުންވާ ހުކުމެއްނެރުނީމަ އެއައްކިޔަނީ އިންސާފުވެރި ސަރީޔަތެކޭތޯ

  174
  3
 4. މޯޑު

  މިދެން ހާދަ އަގުޅިދޫވެގެން އުޅޭ މީހެކޭދޯ، އަމިއްލަޔައްބޮޑޭވާންވެގެންތިއުޅެނީ

  161
  5
 5. އަދުލު އިންސާފު

  ކޮބާ އެންމެ ބޮޑު ވަގު! އެހުރީ ކަލޭމެންގެ ހިމާޔަތުގައި ފިނި ކޮޓަރީގައި. އެވަގުކަލޭގެ ބައިތުލްމާލުން ނެގި އެތައް މިލިޔަން ރުފިޔާއެގެ ރިޝްވަތު ނަގައިގެން ކަލޭ ތިޔަ ތިބީ. މި ގައުމުގައި އަދުލު އިންސާފު އޮތް މިންވަރުން ކަލޭމެންގެ މއްޗަށް ގާނޫނެއް ނުހިނގާ. ފަނޑިޔާރަކު ކަލޭމެން ބޭނުން ނޫންގޮތަކަށް ހުކުމެއް ކޮށްފިނަމަ އިތުބާރު ގެއްލުނީ. ކުޅި ދައްކާލާނަން 2023 ގައި. މާގިނަ ދުވަހެއް ނެތް. ވަގުންތައް ހިފާ ހައްޔަރުކޮށް ހުކުމް އިއްވާތަން ދެކޭނަން.

  151
  5
 6. ހުސޭނުބޭ

  ރަގަޅުވާހަކައެއް! އަދީބު އަތުން 37 މިލިއަން ރުފިޔާ ކައިލި މީހާއާއި ވެންޓިލޭޓަރ ފައިސާކޮޅު ކާލި މީހާއާއި، ރޯޔަލް ސަފާރީ ރޭޕްކުރި މީހާއާއި އެތިބީ ކަލޭގެ ފަޅީގައި. ދެން ކިހިނެއް ކަލެޔަށް އަހަރެމެން އިތުބާރުކުރާނީ!

  161
  5
 7. މޫސަ

  ވަގަކަށް ހީވާނީ ދެން ތިބި އެންމެންނަކީ ވެސް ގަގުންހެން

  171
  4
 8. ބުރޯ

  ދައުލަތުގެ ޚަޒާނާ އަށް ވަންނަން ޖެހޭ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރި އިރު ނޭނގެނީ ތޯ މިކުރެވެނީ ވައްކަމެއްކަން. ވައްކަމާއި ކޮބާކަން ނެގުނުނީ ތޯއްޗެ

  8
  28
 9. ބޫ

  ދައުލަތުގެ ޚަޒާނާ އަށް ވަންނަން ޖެހޭ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރި އިރު ނޭނގެނީ ތޯ މިކުރެވެނީ ވައްކަމެއްކަން. ވައްކަމާއި ކޮބާކަން ނެގުނުނީ ތޯއްޗެ

  6
  23
 10. ވަގުކަލޭގެ

  ވަގަކު ކަލޭ ދައްކަބަލަ. ކަލޭ ވަގެއް ކަމަށް ބަލާ ހުރިހާ މީހުންނަކީ ވަގުން ކަމުގައި ކޯޓުން ނިންމާ ކަމަށްވާނަމަ ކޯޓުގެ ބޭނުމެއް ނެތް

  35
  3
 11. ޙަަަހަ

  ހެހެ ކަލާމެން މަޖިލީސް ރައީސް ގާތުއަހާބަލަ ވަގަކު މިނިވަން ވުމަކީ ކިހިނެއް ވާކަމެއްތޯ ، އަދި ކަލޭމެން މީހަކަށް ވަގަށްގޮވިސް ޝަރުޢީ މަރުހަލާގައި ވަގެއްކަން ސާބިތުވާނީ ، އެހެންނޫނަމަ

  24
  4
 12. އަޙުމަދު

  ޢިލްމު ލިބިފައި ނެތުމަކީ ވަރަށްވެސް ދެރަ ހިތާމަ ހުރިކަމެއް، ގަމާރު ބުއްދީގެ ތެތްކަމެއް ނެތް މީހަކަށް އެއްޗެއް ލިބިއްޖެނަމަ އޭނާގެ ފައި އޮޮޅޭގޮތްވެއެވެ. މަގުމަތީ ހިނގާ އިރު ހާސްވެ އެހެން މީހުންނަކީ މާ ދަށުދަރަޖައިގެ މީހެއްކަމަށް ބަލާ ހިތައް އެރިހާ ގޮތަކަށް ޢަމަލު ކުރާތަން ފެނެއެވެ ބާރާއި ޢިއްޒަތަކީ މާދަމާ ވެސް ތިމާ ދޫކޮށްފައި ހިނގާ ދާނެ އެއްޗެއް ކަމަށް ވިސްނަވާ ހެޔޮގޮތުގައި ބަސްމަގު ބައްޓަން ކުރެއްވުން މުހިން މިއަދާއި މާދަމާއަށް ވިސްނަވާ.

  36
  4
 13. ނާހަމަ ތެދެއް

  ތިބޭ ފުޅާއަށް ވާނެގޮތެއް އަޅުގަނޑަށް ވެސްނޭގޭ ބުނާކަށް. ވަގަކަށް ވަނީ ވަކި ބަޔަކު ބުނީމަތަ.
  މިހާރު ތިއުޅެނީ ހުކުމަށް ނުފޫޒު ފޯރުވަން ހުކުމާ ހިސާބައް ދިޔައީމާ

  33
  3
 14. އަކަޔަންބޯ

  މިދެން ކާކުތަ ބޮލުގަ ފަތް އިންދާފަ ފުނާ އަޅަންވެސް ބޯ ކަމުދާ މީހެއްނޫން

  32
  4
 15. ާމާމީ

  މި ދުނިޔެއިން އަދި ނުފެންނަ ވަރުގެ ބޮޑު ވަގުން މިއުޅެނީ ކަލެއައް ދެލޯކަނު ނުވެ ހުރިއްޔާ ފެންނާނެ ވަގުން ނަކީ ކޮބާކަން

  28
  5
 16. ތޯތާ

  މިދެންކާކު މިބައިގަޑަށްހީވަނީ ރައީސް ޔާމީން މިނިވަންވެއްޖެނަމަދެންތިމަންނަމެއްނަށް ވައްކަންނުކުރެވޭނެހެން

  29
  4
 17. މާމީ

  ދެލޯކަނު ވެފަ ތިބޭ މީހުނަކައް ނުފެންނާނެ މީ ވަގުންގެ ތެރެއިން ނުފެންނަ ވަރުގެ ވަގެއް

  23
  4
 18. މުފައްކިރު

  ޔާމީން މިނިވަންވާނެ ކަން އެގޭތީ ސްޕްރީމްކޯޓަށް ބިރު ދައްކަނީ.

  30
  4
 19. Anonymous

  މަޖިލިސް ކުރާތާވެސް ގިނައީ ވަގުން މިސަރު ހިންގުމުގަވެސް ގިނައީ ވަގުން.

  30
  3
 20. އަޙްމަދު

  މީސްމީހުންނަށް ވަގަށް ގޮވަންމީކަކު!

  30
  3
 21. ޑރ.ނިހާދު

  ގުދޯ ގުދޯ ގުދޯ ގުދޯ އަހަނ ގުދޯ ގުދޯ

  26
  3
 22. ޙަސަނާ

  މާބޮޑާވެގެން އުޅޭ ދެއުޅިއެއްނުވާ ބުރާންޗަކު ހޮވިބަޔަކައްވެސް ހުތުރު އިއްޒަތްތެރިކަންނުލިބިގެންއަދިވެސްއުޅޭ ބުރާންޗެއްމީ..

  26
  3
 23. ލެއްގި ކޮމިޝަނަރ

  ނިހާދުކަލޭ މޮޔަވީތަ؟ ޔާމީން ޖަލަށްލީ ވައްކަމެއް ސާބިތުވެގަން ނޫނޭ. ވައްކަން ކުރިކަމަކަށް ދައުވާއެއްވެސް ނުކުރެޔޭ. ޥައްކަމާ މަނީލޯންޑިންގެ ތަފާތު ނޭންގޭ ގަމާރުން އައްޑޫ ރައްޔިތުން ހޮވީމަ އަހަރުމެން ގާތަށް އަންނަނީ ހިނި!

  32
  3
 24. މާމީ

  ބަލަ ނިހާދު ސުޕުރިމް ކޯޓުގަ ފަނޑިޔާރުން ނައް ތިބީ މިހާރަކު ހުދުޖަނގިޔާ މެނެއް ނޫނޭ... ގާސިމް ބުނާ ގޮތައް ހުކުމް ކުރާކައް އެދުވަސް މާޒީވެ ނިމިއްޖެ

  27
  4
 25. ކައުންސެލަރު

  ކޮބާތަ ކަަޅުދަބަސް ދަބަހުގަ ޑޮލަރު ކަމާލުއަރޔވާލި މީހުން. އެމީހުން ހަމަ ރަހަބިއްލޫރިހާ ސާފުތަ؟ ބައްޔެއްނުތީ

  25
  3
 26. ކޮރަލް

  މަޖްލީހުގެ ބޮޑު މީހާ ދީނައް ފުރައްސާރަ ކޮށް ވާހަކަ ދައްކާ އިރު ތިބޭ ފުޅާ އަށް އެއްޗެކޭ ބުނަން ނުކެރެ އެވެ. ދެން ކޮން ވަގެއްގެ ވާހަކަ ދައްކަން ލަދެއް ނުގަނެ އެވެ.

  28
  3
 27. ޙަލީ

  ފަނޑިޔާރުންނަށް ނުސީދާކޮށް ނުފޯޒުފޯރުވުން މިއީ ، ޕާރލަމެންޓް މިންބަރެއް ކޮއްގެންވާނެ ކަމެއްނޫން މިގޮތަށް ޓްވީޓް ކުރުން

  28
  3
 28. މުހައްމަދު

  މިހިރަ ފޭދޫ ބޮޑުވަގާ.

  26
  3
 29. ދިވެއްސެއް

  ތިމާ ބޭނުންވާ ގޮތައް ހުކުމް ނުކުރީމަ އިތުބާރު ގެއްލެންޖެހޭތަ؟
  މަޖްލިސް މެންބަރުންނަކައް ނޭގޭނެ ކޯޓުގައި ހިނގާ މައްސަލަތަކުގެ ހުކުމް ކުރަންވީ ގޮތެއް.
  ހުދޫދުގެ ތެރޭ ހުންނަވާ!!

  26
  3
 30. ރަދީފް ހުސެން

  ވަގުން ތިބީދޫވެ ހަމަ ހިތިހުރިގޮތަކައް އެންބުރެނީއެވެ. އެއްގޮތްނެތިއްޔާ ދެންއޮތްގޮތަކުން އަދިވެސް ބާކީއޮތްއެއްޗެއް ރައްޔިތުންއަތުންވެސް ފެލާލެވޭތޯ ދާއޮހޮރަނީއެވެ.ވަގުންނުކުމެ މަމީހުދުފޮތިކޮޅެކޭ ކިޔައިގެން ރައްޔިތުން ލޮލުގަ އަނދުންއެޅުވޭތޯ ބަލަނީއެވެ. ރައްޔިތުންވެސް މަޑުންމިތިބޭ ވަގު ނޭގިގެނެއްނޫނެ، ވަގުތު ޖެހެންދެނެ، އަނބޮޑި ކިތަންމެ ބޮޑުކުރިޔަސް ބަދަލު ވަރައްހިތިވާނެއެވެ. ކެއްކޮއްލަމާ!

  19
  3
 31. Anonymous

  މިދެން ކާކު؟ މީހަކު ފީކުދާނަކަށްދޭ އިއްޒަތްވެސް ނުދޭނެ މީހެއް މީނައަކީ!

  25
  3
 32. ދދ

  ނިހަދު ކަލޯވެސް އިތުުބާރުު ނެތް

  24
  4
 33. ހަބީބު.....

  ކޯޓުތަކައް ބިރުދައްކާ މަންޒަރު މިފެންނަނީ ކޯޓުން ޔާމިނު މިނިވަންކުރުމުން ތިފަދަ ހުތުރުބަސް ބޭނުން ކުރުމުން ޔާމީނައް ވަރައްސަވާބުލިބި ކަލޭގެ ހެޔޮއަމަލު ޔާމީނައް ލިބޭނީ އެކަންވިސްނާތި

  21
  3
 34. ސޯލިބޭ

  މީނާމީ މިރާއްޖޭގެ މުލުވަގު.

  20
  3
 35. ޢިޔާބު

  މި ސޮރު ރިސޯޓުތަކުގަ އުޅުނުގޮތް އެނގޭ މީހުންވެސް ވަރަށް ގިނަ ވާނެ

  28
  3
 36. ބުއްޅަބޭ

  4 ކާ 5 ކާ އޮޅިފައެއް ނޫން...މުޅި ދައުލަތް ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގަ!

  22
  3
 37. ޗޯރު

  ޢިއްޒަތްތެރި ވަގު

  21
  3
 38. ޙަސަން

  މިކަލޭގެ ޔާމީނާ ހިތާވެގެން އުޅެނީ ކީއްވެ. ޔާމީނު ހިނގި މަގަކުން ވެސް ސިޔާސީ ގޮތުން ނުހިނގޭނެ ކަނޑުކޮހެއް

  24
  3
 39. މަރީ

  މިހާރު ވަރަށް ސާފުކޮށް އެބައެނގޭ ވަގަކީ ދައުލަތްކަން އެހެންވީމާ އެބުނާވަގު ހަށްޔަރުކޮށް ޖަލަށްލާން އެބަޖެހޭ ކަޅުކޮތަޅު ހުދުކޮތަޅަކަށް ކަލޭބަދަލުކުރިޔަސް ވަށްބަހުން ރައީސްޔާމީނަށް ގަޅި އެއްލިޔަސް ﷲ ގެ ރަހުމަތުން ވަގުކަލޭގެ މިހާރު އެއޮތީ ފަޅާއަރާފަ ވަށްބަހުން މީހަކަށް ގަޅިގަނޑެއް އެއްލާއިރު ކަންވީގޮތް ނުބަލާ ގަޅިގަނޑު އެއްލީމަ ތިއޮތީ އަމިއްލަ ބުރަކަށްޓަށް އަރާފަ.

  17
  3
 40. Anonymous

  ސުޕްރީމް ކޯޓުގެ ހުކުމަށްވުރެ ކަލޭ ބުނާ ގޮތަށް ހުކުމް ކުރީމަ އެވާނީ ރަނގަޅު ހުކުމަށް

  14
  2
 41. ޖ

  މީދެންކާކުތަ އަގަފަޅަން

  9
  2
 42. އައުޓް

  ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް ނިހާދު އައުޓް އިންޑިއާ އައުޓް

  8
  2
 43. އަބްދޫ

  ގ.ކެނެރީގެ މުހަންމަދު ނަސީދަކީ ވެސް ކޯޓް ވައްކަން ސަބިތުވެ ހުކުމް ތަންފިޒު ކޮށްފައިވާ ވަގެއް އެކަމަކު އެ އުޅެނީދޯ؟

  11
  2
 44. ލޯބިވާ ވަޠަން

  މިކަހަލަ ދެ އުޅި އެއްނުވާ ބުރރރާންތިން ތަންތަނަށް ހޮވީމަ މިކަހަލަ ކޮސް ގޮވާނެ. ޤާބިލުކަމެއް ނެތިއްޔާ ހެޑްލައިން ހަދާލެވޭނީ މިހެން ދޯ.

  9
  2
 45. މަހާންމެހަން

  ވައްކަންނުކޮށް މާލޭން ބޮޑު ބިމެއް ގަނެ އެގޭގަ 14 ބުރީގެ އިމާރާތެއް އަޅާ އެކައުންޓުގަ އެތަކެއް ސަތޭކަ މިލިއަން ހުންނާނެގޮތެއް ހަމަ ވިސްނާވިސްނާވެސް ނޭގުނު

  1
  5
 46. ގަފަދިން

  އަހުރެން މާތްﷲ ގަންދީ ހުވާކޮށްފަ ބުނަން އޭނާއަކީ ކަނޑައެޅިގެން މަކަރުވެރި ދޮގުވެރި ވަގެއް

  2
  4
  • ޔެލޯފިން

   ﷲގަންދީ ހުވާކޮަށްފާ ބުނަން / ކެނެރީގޭ ނަޝީދު އަކީވެސް ބޮޑުވަގެއް / ކާފޫރަށް ހެދިޔަސް ،،

 47. ޖާނޭ

  ޔާމީނުކުރރރި ކަމަށް ތިބުނާ ވައްކަމާ ނުބައްދަލު އެތައް ނުހައްގު މުއާމަލާތެއް މިސަރުކާެު ވެެިން ހިންގައިފި. އެކަމަކު އެމްޑީޕީ މީހުންނަކީ ރޫހާނީ ލީޑަރު ދެއްކި އެއްޗެއް ދެއްކިވަރަކަށް ކައިބޮއި އުޅޭބައެއް. މައުމޫނުގެ ވެެިކަން ނިންމަން ވެގެން ދެއްކި ހުއްޖަތުގައި ކަލޭމެން އެއްކަމެއް ނުކުރރިޔަސް ރައްޔަތު ކޮންމެ މީހަކަށް މަހަކު 25 ހާސް ރުފިޔާ ލިބޭނެ ކަމާއި ސިންގަޕޫރުން ބޭސްކުރެވޭނެކަމަށް ބުނީމާވެސް އެވެރިން ގަބޫލުކުރި. މިހުރިހ ޢެއްޗެއް ކިޔާއިރުވެސް ޔާމީނު ދައުލަތުގެ ލާރިން އެއްޗެއް ނެގިވާހަކަނުކިޔާ. ކޮންމެވެސް މީހަކު ދިން އެއްޗެއްގެ ވާހަކަ ކިޔަނީ

  5
  3
 48. ޝަފިއްޔާ

  ސަރުކާރާއި މަޖިލީހުގެ އެތެރޭގެ މޫނުތަކައް ބެލީމަ ވަގުންތަކެއް ފެނިގެންދާނެއެވެ. މިއީ ޝައްކެއް އޮތްކަމެއްނޫނެވެ.

  8
  1
 49. ކެޔޮޅު

  މިސަރުކާުރުން ރޯމާ ދުވާލު ބޮޑުތަނުން ވައްކަން ކުރާތީ މިސަރުކާރައް ރައްޔިތުންގެ އިތުބާރެއް ނެތް!

  10
  2
 50. ކޮއްޔާ

  ތިތާ ނިވަލުގާ ތިބޭ ވަގުން މާގިނަ //

  10
  2
 51. ހުސޭނުބޭ

  ނިހާދުމެން ކުރާ ވައްކަންވެސް ރައްޔޖތުން އަންނަނީ ކައިރިން ބަލަމުން!!

  9
  1
 52. ކޮރަކަލި

  ޖާހިލަކައް އެކަށީގެންނުވާ މަތީ މޤާމެއް ލިބިއްޖިއްޔާ އޭނަޔައް ނޭތްގޭނެ ކުރިން ހިންގި ގޮތައް ހިނގަންވެސް!!!!

  8
  1
 53. ޖާމުނަގަރު

  އިންސާފުވެރި ޝަރީއަތް ކޮށް ރައީސް ޔާމީން މިނިވަންވާ ދުވަސް އަންނާނެ / ތިތަ ޖަޢްބާރު އެދުވަސް ދެކޭނެ // އިންޝާﷲ //

  11
  1
 54. ޝަރަފިއްޔާ

  އިއްޒަތެއްނެތް ބަޔަކު އިއްޒަތްތެރީން ކަމަށްދެކި ކޮންމެކަމެއް މިނިވަން ހިޔަލުގައިތިބެ ގޮތެއްނެތް ބަހުރުވައިން ހިތުއޮންނަ ހަސަދަފާޅު ކުރުން އެއީ ނިޒާމީ ނުކުތާއެއް ކަމަށް ނުބެލެވޭ ،،

 55. ދަންބެރު

  މިހިރަ ނިހާދު ވަގުތުން ލައިވުކޮށް ހަށްޔަރު ކުރަންޖެހޭ މީނަ އިސްޕިރިން ކޯޓަށް ނުފޫޒު ފޯރުވަނީ ......!!!!!

 56. ޢަދުރޭ

  މީހެއްގެ އިތުބާރަކަށް ނޫން ސުޕްރީމް ކޯޓުން ބަލާނީ . ބަލާނީ ހެއްކާ ޤަރީނާއަށް މި ބުރާންޗަށް ވޯޓުން ބުރާންތިކަން ދިން މީހުންގެ ބުރާންތިކަން މާ ބޮޑު . ސުޕްރީމް ކޯޓުގެ ނިޔާ އަކީ އެންމެ ފަހު ނިޔާ ކަމުގައި ޤާނޫނު އަސާސީގައި ސާފު ބަހުން ލިޔުނީވެސް މިމީހުން އެ ގާނޫނު ހެދި މަޖްލިހުގައި އިނދެ މީނަ މި ބުނަނީ ސުޕްރީމް ކޯޓުން މައްސަލަ ސާބިތު ކުރާ ވަަރަށް ހެކި ނެތިގެން ސާބިތު ނުވާތީ މީހަކު ވަގެއް ނޫން ކަމަށް ކަނޑައެޅިޔަސް އެތަނުގެ އިތުބާރު ގެއްލޭނެޔޯ . ! ؟ . ބަލަ މުކޮހާ ކަލޭމެން ހެދި ޤާނޫނުގައި ލިޔެފަ އޮތީ ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން ޙުކުމް ކުރަން ވާނީ ރާއްޖޭގެ ޤާނޫނު ތަކާ އެއްގޮތަށޭ . ް. ޤާނޫނުގައި ލިޔެފައި އޮތީ ކުށެއް ސާބިތު ނުވާހާ ހިނދަކު ކުށްވެރިއަކަށް ނުވާނެ ކަމަށް . ސުޕްރީމް ކޯޓުން މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވާކަމަށް ނިންމައިފިއްޔާ ކޮއިފުޅުގެ ޢާއިލާޔާ އެމްޑީޕީ އެންމެން ބުންޏަސް ދެން ނޯންނާނެ ކުރެވޭނެ ކަމެއް .