ކުޑަކުދިންގެ އަދުލުގެ ޤާނޫނުގައި ބަޔާންކުރާ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ އަޅައިފިއެވެ. ޤާނޫނުގެ 80 ވަނަ މާއްދާގައި ބަޔާންކުރާ ފުރަތަމަ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު އަޅަނީ ދ.ކުޑަހުވަދޫގައެވެ. މިއިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުاللهއެވެ.

ހޯމް މިނިސްޓްރީން މިއަދު ވިދާޅުވީ މިސެންޓަރަކީ ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ކުޑަކުދިންގެ ތެރެއިން މުޖުތަމައުން އެކަހެރިކޮށްގެން, އިސްލާހުކޮށް މުޖުމަތައަށް އަނބުރާ ނެރުމަށްޓަކައި ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުން އިމާރާތް ކުރާ ސެންޓަރެއް ކަމަށެވެ. އަދި ކޯޓް އަމުރުގެ ދަށުން ވަކި މުއްދަތަކަށް އެކަހެރިކޮށް އެކުދިންނަށް ރައްކާތެރިކަން ދިނުމާއެކު އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމުގެ އިންތިޒާމްވެސް ހަމަޖައްސާނީ މިމަރުކަޒުގައެވެ.

މިފަދަ ކުދިންނަކީ ކުށުގެ ރެކޯޑަށް ބަލައި މުޖުތަމައުގައި ބައިތިއްބައިގެން އިސްލާހު ކުރުމުގެ މަސައްކަތް ނުކުރެވޭ ގިންތީގެ ކުދިންނެވެ. މި މަރުކަޒުގައި ކުދިން ތިބޭނީ އެކުދިން ފުރިހަމަ ކުރަންޖެހޭ ޕްރޮގްރާމްތައް ފުރިހަމަ ކޮށް ނިމެންދެންނެވެ.

ދެބުރި އިމާރާތެއްގެ ގޮތުގައި ދ.ކުޑަހުވަދޫގައި އިމާރާތްކުރާ ފުރަތަމަ ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީ. އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ އެކާވީސް މިލިއަން ހަލައްކަ އަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެއް ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ކުޑަހުވަދޫގައި އިމާރާތްކުރާ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި ވީ. އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރީ މިދިޔަ ސެޕްޓެމްބަރ 27 ގައެވެ. މި މަރުކަޒު ގާއިމް ކުރުމަށް ހަމަޖެހިފައިވާ ބިން އެކުންފުންޏާ ހަވާލުކުރީ މިދިޔަ އޮކްޓޯބަރ މަހުގެ ތިން ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސޭނުބޭ

  އައްޗީޑި! މައުމޫނު ކޮށްފައި ކަންތައްތަކަށް ހަޖޫޖެހި މީހުން އެންމެ ފަހުން މައުމޫނުގެ ފިޔަވަޅުމަތިން ނޫނީ ހިނގަންވެސް ނޭގުނު! މައުމޫނު ވެރިކަމުގައި މާފުށީގައި އިސްލާހިއްޔާ އޭ ކިޔާތަނެއް އަޅާއި ކުދިންނަށް ވަރަށް ގިނ ަކަންކަން ދަސްކޮށްދިން! މިއަދު ތި އުޅެނީ ހަމަ އެކަން ކުރަން!

 2. މައި ފޫޓް

  ދުވަސްކޮޅަކުން ތި ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވާ ނިކަމެތި ސްޓާފުން ލާނީ ޖަލަށް. ހިއުމަން ރައިޓްސް އާއި ޕީޖީ ޝަމީމް ހުންނާނީ ވަރަށް އުފަލުން.

 3. އުގުރި

  މާތްﷲ ގަންދީ ބުނަން.......... މުޙައްމަދު ނަޝީދާއި އޭނައަށް ވާގިންރިވާ މީހުންނަކީ އިސްލާމްދީނުގެ ޢަދުއްވުން. އިމްރާން ޢަބްދުﷲ

  12 ޑިސެމްބަރ 2011

 4. ސަހަރޯ

  މައުމޫނަށް އެއްޗެހި ކީ މީހުން މައުމޫނުގެ ފިޔަވަޅުމަތިން ހިގުން. ލަދުގަނެ ހޮޑުލަވައިގެންފި