"އެކުވެރި ސުވަދީބު ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ހޯދަން ހުށަހަޅާފައި ވީނަމަވެސް އެހުއްދަ ނުދެއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެކުވެރި ސުވަދީބު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މުހައްމަދު ޔާސީން ނަމަކަށް ކިޔާ މީހެކެވެ. ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އޭނާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ނޮވެމްބަރ 15 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޕާޓީގެ ނަން ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތް ވާތީ އެއީ ސިޔާސީ ޕާޓީއަކަށް ކިޔުމަށް އެކަށީގެންވާ ނަމެއް ކަމުގައި ނުދެކޭ ކަމަށެވެ. އެހެން ކަމުން އެދިފައިވާ ގޮތަށް ހުއްދަ ދެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 14 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ސިޔާސީ ޕާޓީއެއްގެ ނަމުގައި މީހެއްގެ އަމިއްލަ ނަން، ވަނަން، ރާއްޖޭގެ ވަކި ސަރަހައްދަކަށް، ވަކި އަތޮޅަކަށް، ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާ ނަން ހިމަނައިގެން ނުވާނެ ކަމަށެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ކުރިން އެކަމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ހޯދަން ޖެހެއެވެ.
މިހާރު އަނެއްކާވެސް ރާއްޖޭގައި ވަރަށް ގިނަ ސިޔާސީ ޕާޓީތައް އުފެއްދުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.
ބިރުން ދެއްތޯ
ރާއްޖެ ބައިބައި ކުރަން އައްޑޫ ބަޔަކު އެބަމަސައްކަތް ކުރޭ އެގޮތުން ތިމާވެށި މިނިސްޓަރަކަށް ހުރި އައްޑޫ މީހަކު ވެސް އެބަލަނީ ގަސްތުގައި މާލެ ގޮނޑަކަށް ހަދާލާ މާލެ ސަރަހައްދުގެ ތަރައްގީ ފުނޑާލެވޭތޯއޭ ދެން ހައުސިންގް މިނިސްޓަރު ވެސް އެއީ އޭގެ ދެވަނަ މީހާއޭ މިފަދަ ކަންކަން އެބަޖެހޭ ހުއްޓުވަން ހުއްޓުވަން ހުއްޓުވަން ހުއްޓުވަން...
ސުވާދީބު ކިޔާ ތަނެމިރާއްޖޭގެ އޮނަކަން ގާނޫނު ނުދަނޭ ކިހިނެ އިލެކުޟަން އެގެނީ ، މީ ތަފާތުކުރުން އޮތް މިންވަރު
ބިރުގަތީ ދޯ؟
ސުވަދީބު އަކީ އައްޑޫބެއްޔާމެން އުފެއްދި މަގޫދަނޑި ސަރުކާރު