ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް މިސަރުކާރުން އަނިޔާ ކުރަމުން އަންނަނީ އަވަށްޓެރި އިންޑިއާ ކުރިމަތީ ކުޑަކަކޫ ނުޖެހުމުން ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައިވަނީ ރޭ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އަދުރޭ ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތުގެ ގެ ބާނީ އަކީ ރައީސް ޔާމީން ކަމަށާއި އެކަމާއި ގުޅިގެން ދުވާލަކު ދައުވާއެއް ޔާމީނަށް އުފުލާ ކަމަށެވެ.

ރައީސް ޔާމީނަކީ ރާއްޖޭގެ ފަސްގަނޑުގައި އެހެން ދީންތަކަށް ޖާގަ ދެއްވާނެ ބޭފުޅެއް ނޫން ކަމަށާއި މިގައުމުގެ މިނިވަންކަން ވެސް ގުރުބާން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ބަދަލުގައި ރައީސް ޔާމީނަކީ ދިވެހިން ގޮވައިގެން މިނިވަންކަމާއި އެކު ގައުމެއް ބިނާކުރެއްވުމުގައި ފަސް ޖެހުމެއް ނެތި ހިތްވަރާއި އެކީ ފެންވަރުގައި އެކަން ކުރަން ހުންނެވި ބޭފުޅެއް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"މިއަދު ރައީސް ޔާމީން އެ އަނިޔާ ތަހައްމަލު ކުރަން ޖެހިގެން މި އުޅެނީ މި ދެންނެވި ސަބަބަށްޓަކާ. އަވަށްޓެރި އިންޑިއާގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކޫ ނުޖެއްސެވީމަ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އިންޑިއާއިން ރައީސް ޔާމީންގެ ވެރިކަން ވައްޓަން ނުކުތީ ޔާމީންގެ ވެރިކަމުގައި އިންޑިއާއިން ބޭނުންވާހާ ގޮތަކަށް މިގައުމުގެ ސިޔާސަތު ބައްޓަން ނުކުރެއްވުމުން ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވެރިކަމަށް އާދެވުނީ އިންޑިއާގެ އެހީތެރިކަމާއި އެކު ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވެރިކަމުގައި ތިބި ނަމަވެސް މަކަރާއި ހީލާތުން ހޯދާ ވެރިކަމެއް ދެމި ނޯންނާނެ ކަމަށާއި އަބަދު ވެސް ނަސްރު ލިބޭނީ ހައްގަށް މަސައްކަތް ކުރާ މީހުންނަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އަލްޖިބްރާ

  އަދުރޭއަށް އޮޅިފަ ތިހިރީ ހާދަވަރަކަށޭ ދޯ ! ޔާމީނަށް ކޮށްފައޮތް ޝަރުޢީ ހުކުމުގައި ވަނީ ކީކޭ ކަން ކަލެއަށް ހަމަ ނޭގެނީތަ ؟ ނޫނީ އެކަންވެސް ކަލޭގެ 50 ގުނަ 4ކަށް ވީތަ ؟

  5
  11
 2. ފަހަލަބައިން

  މިޒަމާނުގަ މީހުން ކުޑަކަކޫޖަހަނީ އަމިއްލަ އުފަލަށް މުޅިން އެހެންކަމެއްގަ އަދުރޭ އަދި ކުޑަކަކޫ ނުޖަހަންތަ

  3
  1