މަސްތުވާތަކެތީގެ މައްސަލައެއްގައި ހަތަރު ދައުވާއެއް އުފުލާފައިވާ ޅ. ނައިފަރަށް އުފަން ޒުވާނަކު 78 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

ޅ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މޫސާ ބެއްލެވި މި މައްސަލާގައި 78 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ އުމުރުން 26 އަހަރުގެ މުސްތަސަރު ޔޫސުފް ނަމަކަށް ކިޔާ ޒުވާނެކެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތިން ދައުވާއަކާއި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ބޭނުން ކުރުމުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވެފައިވަނީ އިބްތިދާއީ އަޑުއެހުމުގަ އާއި އަވަސްނިޔާއިން ބޭއްވުނު ޝަރީއަތުގެ އަޑުއެހުމުގައިވެސް އަދި އިބްތިދާއީ އަޑުއެހުމުގައިވެސް ދައުވާއަށް އިއުތިރާފުވުމުންނެވެ.

ކެނެބިސް ބޭނުންކުރުމުގެ ދައުވާއާއި ގުޅިގެން އޭނާގެ މައްޗަށް އިއްވާފައިވަނީ ދެ އަހަރާއި 8 މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން ކެނެބިސް ޓްރެފިކުކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުން އަދި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ އުމުރު ދުވަހުގެ ތިން ޖަލު ހުކުމް ވަނީ އޭނާގެ މައްޗަށް އިއްވާފައެވެ.

އުމުރުގެ ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރެވެ. މުސްތަސަރުގެ މައްޗަށް އުމުރުގެ ދުވަހުގެ ތިން ޖަލު ހުކުމް އިއްވުމާއި އެކީ އޭނާގެ ޖަލު ހުކުމް 75 އަހަރަށް ދެމިގެންދެއެވެ.

މީގެ އިތުރުން ވެސް ކޯޓުން ވަނީ އެތިން ދައުވާ ސާބިތުވުމާއި ގުޅިގެން ކޮންމެ ކުށަކަށް 100،000 ރުފިޔާއިން އޭނާ ޖޫރިމަނާ ކޮށްފައެވެ. އެހެން ކަމުން ޖުމްލަ އޭނާ ދައުލަތަށް 300،000 ރުފިޔާ ދައްކަން ޖެހޭނެއެވެ.

މި ފައިސާ ދައްކަން އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ އިއްޔެއިން ފެށިގެން އަހަރެއްގެ މުއްދަތުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ނޫރު

  މިފަދަ އަދަބުދޭ ޤާނޫނު އުވާލާ ކުދިން ރިހޭބް ކުރުން. ނޫނީ މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވަން ދަންޖެއްސުން. ކޮންމެ މަހަކު 16 ހާސްރުފިޔާ ގައިދީއަކަށް ޓެކްސް ފައިސާއިން ޚަރަދު ކުރާއިރު 75 އަހަރަށް ފަރުދަކަށް ކިހާ ޚަރަދެއް ކުރަންޖެހޭނެތޯ.

  24
  3
 2. ޑިރާސާ

  ކިތައްމެ ބޮޑުކުށެއް ކުރިޔަސް މީހަކު 78 އަހަރު ޖަލުގައި ބާއްވަން ކެރޭނެ ވެރިޔަކު ދިވެހިރާއްޖެގެ ތަޙްތަށް އިސް ނުވާނެ.. އެހާ ގަޓް ހުރި ވެރިއެއްވެސް ހޯމް މިނިސްޓަރެއް ރާއްޖެއަކު އުފަންނުވޭ.. އާއިލާއިން ފުލުފުލުގައި ސިޓީ ލާއިރަށް ހިތްފަޅައިގެންގޮސް އަފްއާމް ދޭނެ.. ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަކީ ބޮޑު ޖޯކެއް ކަހަލަ އެއްޗެއް..ކޯޓް ހުކުމަށް ދައުލަތުގެ އެންމެ އިސްވެރިޔާއަށް މާފު ދެވެންޏާ އެއީ ބޮޑު ޖޯކެއް..

  24
  2
 3. ޖޯން

  ބުއްދި ހަމަޖެހޭ ހުކުންކޮށްބަލަ. 70އަހަރުވަންދެން ޖަލުގާއޮވެގެން 1އަހަރުދުވަސްތެރޭ ކިހިނެއް 300000ރުފިޔާ ދައްކާނީ.

  24
  5
  • ނަސީމާ

   ބަލަގަ ޖަލުގައި މަސައްކަތްކޮށްގެން އާމްދަނީވެސް ގައީދީންހޯދާ، ކޮބާ މައްސަލައަކީ ، އެގޮތަށް ހޯދާ ފައިސާ ދައްކާ ހަލާސްކުރޭ

   10
   2
 4. ދޯ

  ދެން ވައްކަން ކުރާނީ؟؟؟ފައިސާ ދައްކަން އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ އިއްޔެއިން ފެށިގެން އަހަރެއްގެ މުއްދަތުގެ ތެރޭގައެވެ

  9
  2
 5. Anonymous

  އެތެރެ ކުެވޭ ދޮރު ތަކުގައި ބޮޑު ތަޅު އަޅުވާ މަސްތުވާ ތަކެތިން ޑިގުރީ ހޯދާފައި ތިބި ބޮޑު ބޮޑެތިން ނަށް ނަރަކަ ހުރިކަން ބުމެދީ އޭގެ ފަހުގަ ދޯ ކަޅު ކަންބަޅި އުލުބައިންދަން ވާނީ.

  9
  1
 6. ހޯހޯއޭ

  އަންނަ އަހަރު ތިޔަ މީހާ އުޅޭނެ މާލޭ މަގުމަތީގައި

  20
 7. ޝެއިޚް ހަނޫތު

  ދެން 1 އަހަރު ވަންދެން އޭނާ ހުންނާނީ ދޫކޮށްލޭފޭ، ވައްކަން ކޮށްގެން 3 ލައްކަ ހަމަވީރުން ޖަލަށް ލާން ޖެހޭނީ... ބޯ ހަމަ ނުޖެހޭ މީހެއް ކުރާނީވެސް އެކަހަލަ ހުކުމެެއް ނޫންތަ......

  4
  2
 8. ކުރޯ

  ދެރަ މީހެއްވީމަ 80 އަހަރު.ރާއްޖޭގެ ރައުސުލްމާލު ދިރުވާލައިގެންތިބި މަހުޖަނުންނަށް 5 އަހަރު

  13
  4