ކުރިއަށް އޮތް އެއްމަސް ދުވަސް ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ހަ މެންބަރުން ޕީޕީއެމް އަށް ގެންނާނަން ކަމަށް ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ މިއަދު ހަވީރު އައްޑޫ ސިޓީގައި ބޭއްވި ޕީޕީއެމްގެ "މަގޭ ގައުމާއި، މަގޭ ދީނާއި ނުކުޅެއްޗޭ" އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

ފަލާހް ވިދާޅުވީ، މަޖިލިސް ޗުއްޓީގައި އޮންނަ ދުވަސްތަކުގައި ޕީޕީއެމްގައި މެންބަރުން އަބަދުވެސް މަދުވާ ކަމަށެވެ. ނަމަވެސް ދައުރު ފެށި މަޖިލިސް ހިނގައިގަންނަ އިރު ޕީޕީއެމަކީ އަބަދުވެސް މެޖޯރިޓީ ޕާޓީކަމަށާއި މިފަހަރުވެސް އެކަން އޮންނާނީ އެގޮތަށް ކަމަށެވެ.

"ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅުން ހަ މެންބަރުން ޕީޕީއެމް އަށް ދަމައިގަންނާނަން" ފަލާހް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ފަލާހު ވިދާޅުވީ އެ ސިޓީގެ ރައްޔިތުން ތިބީ ރައީސް ޔާމީނާއެކުކަން ފެނިގެން ހިނގައްޖެކަމަށެވެ.

"ވަރަށް ސާފުކޮށް މިފެންނަނީ އައްޑޫ ސިޓީގެ ރައްޔިތުން ތިބީ ރައީސް ޔާމީން އާއި އެމަނިކުފާނުގެ ސަރުކާރާއި އެކުގައި." ފަލާހް ވިދާޅުވިއެެވެ.

ފަލާހް ވިދާޅުވީ ފެނިގެން މިދަނީ ދެތިން މަހުޖަނުންނާއި ވެރިކަމާއި ހެދި "ބޫތު ކައިފައިތިބި" ދެތިން ސިޔާސީ ލީޑަރަކު އެއްވެގެން ރައްޔިތުންނަށް މީގެ ކުރިން ނުލިބޭ ވަރުގަދަ ޚިދުމަތްތަކެއް ކުރައްވާ ވެރިއެއްގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ.

ފަލާހް ވިދާޅުވީ ދައުލަތައް ދައްކަން ޖެހޭ ފައިސާ އަކީ މީރާ އަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށާއި ނަމަވެސް ބައެއް މަހުޖަނުން 190 މިލިއަން ރުފިޔާ ދައްކަން ޖެހުމުން 2.5 މިލިއަން ރުފިޔާ ސުޕްރީމް ކޯޓަށް ދައްކަވައިގެން މައްސަލަ ހައްލުކޮށްލާ ތަން އެބަ ފެންނަ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ކޯއްޗެއްތޭ

    ކޮން ގަޓް 4 ކަނބަލުންނެއްތޭ ފިނި ކުރި ކޮޓަރީގައި ހުރެގެން ރަނޑު ޓްވީޓެއް ކޮށް ލުމުން ގަޓް ހުންނަނަމަ މަމެންނަށް ވުރެން ގަޓް ހުރި މީހަކު ނުހުންނާނެއޭ ބިކޮޒް މަމެން ނޫންތޭ މޯދީ އަށް ވެސް ޓްވީޓަކުން ބޯން ދިނީ ވެސް. ތަމެން ގަޓް 4 ކަނބަލުންނޭ ކޯއްޗެއްތޭ ކޮން ގަޓެއް. ބޮޑު އެއް ގަޓް އޮންނާނީ އިނގޭތޭ ހަމަ މިހާރު ގެއަށް ވަދޭ އެނިމުނީ ޗެޕްޓަރ ކްލޯސްޑް. ހާއްހަހަހާހާހާހާ ހޮހޮހޮހޮހޮ..

  2. މޮޔަ

    ފަލާހޫ ކަލޭ މޮޔަ ނުގޮވަބިޔަ

    • ާކާއްޅު...

      ކަލޭ އަމާތަ މޑޕ އިން ސޮއެކުރަނީ؟؟

  3. ވެދުން

    އެހެން ޕާޓީ އެއްގައި ތިބި ބަޔަކު ޕީޕީ އަށް ގެނަުން ވަކި މަޤާމު / މެމްބަރުކަން ނުގެއްލޭނެބާ؟ ހަރާންކޯރު

    • ާކާއްޅު...

      އެބުނާހެން... ???

  4. އަލީ

    ސާބަހޭ ފަލާހް. ތީ ހަމަ ހީރޯއެއް.

  5. ލަލަލާ

    ވެއްޓެނީ ވެއްޓެނީ

    • ހަވަރު

      ތިހެން ކިޔަކިޔާ ތިބެންޖެހޭނީ. މިހާރު ވެރިކަން ކުރަނީ ނަޝީދުކަހަލަ ބޯގަމާރެއްނޫން.

    • ާކާއްޅު...

      ޥެއްޓޭނެ އިރާދަކުރެއްވިއްޔާ

  6. އަބުދުﷲޖަމީލް

    މީ ރިސްވަތަކަށް ނުވޭބާ. ޤާސިމްބެ އެހެންބުނީމަ ރިސްވަތު

  7. Anonymous

    ވެއްޓެނީނކިޔާލަ ކުޔާލާ 2018 އިންތިހާބަށް ތިބެލާ.

  8. Anonymous

    ތިމާމެންގެ އެދުމެއް ނުފުދުނީމަ އެވީ އަނިޔާވެރި? ބަލަ މުޅިގައުމުގެ އިގްތިސާދު ރަގަޅުވެއްޖެ. އެތައް ބަޔަަކަށް ވަޒީފާ, ނުކުޅެދޭއެތަށް ކުދިންނަށްވަޒީ ދީފި. މިއީ ސަރުކާރުތަކުން ކޮށްދޭންޖެހޭކަންކަން. ތިމާ ރަށުގެ އޮފީހުގެ އިމާރާތް އާނުކޮށް ދެވުމަކީ ނުވަތަ ކުޑަ ރަށެއްގެ ނަރުދަމާއަދި އަޅައި ނުދެވުމަކީ އަނިޔާވެރިކަމެއްނޫން.

    • ޫޔަުހް

      ޟަަަބަހެެ

  9. ކޯއްޗެއްތޭ

    ކޮން ގަޓް އެއްތޭ ރަނޑު ޓްވީޓް ތަކުން ގަޓް މަމެން ޕިންކީން ޕީޖީ އަށް ބޮޑު މަގާމެއް ދިނީމާ ފޭސް ބްލީޗް ކޮށްގެން ގޮސް ޓީވީ ތަކުން މޫނު ކްލޯސް އަޕް ކޮށް ފެންނަ ގޮތަށް އިނުން ނޫން ދެން ކޮން ކަމެއްތޭ ތަމެން ކުރީ. ޕީޖީ އޮފީހުގައި ސަރުކާރުގެ ފައިސާ އަށް ޚިޔާނާތް ތެރިވި މީހުންގެ ފައިލް އެހެރީ ހާހުން ގުނާ ލެވެން އެއްވެސް މައްސަލަ އެއް ނެތޭ ޝަރީއަތަށް ފޮނުވާފައި. ދެން ކޮން ގަޓެއް ތޭ ތިޔާ ހުރީ ތަމެންގެ ގައިގައި. ކުރީގެ ޕީޖީ ވެސް ޕޮލިހަށް ސިޓީ ފޮނުވައިގެން ބްރޯ އަތުން ކަޓް ކެއީ މިފަހަރުގެ ޕީޖީ ވެސް ހަމަ ބްރޯ އަތުން ކަޓް ކެއީ ކަމަށް މަމެންނަށް ޝައްކު ކުރެވެނީ. އޯއް ޔޭއް.

  10. ިުޔރ

    ގާނޫނު ހަދާ މަޖްލީހުގެބާރެއް ނޫނޭ ބުނެ ނުކުމެއްޖެ. އެކަަކު ސކ ގެ ދެއުޅިއެއްނުވާގާނުނާހިލާފު އަދި ދުވަަކު އަޑުވެސް އަހާފަނުވާގޮތަކަށް ކަލެކްޓިވް ޕާޑުން ދީ ޖޭއެސްސީ ވައި ކޮށްލާ ރޫލްއޮފް ލޯ ވެއްޔާ މޮޑެލިއިރު ގާނޫނީ ވަކީލުން ތިބީ ދެބަން ދިހާރުވެފަތަ?

  11. Anonymous

    އައްޑޫ ރައްޔިތުންގެ ގޯތިތަށް ނަޝީދުވަނީ ފޭރިފަ، ބަދަލެއް ނުދިން. މިއަށް ކިޔަނީ އަނިޔާވެރިކަމޭ. ހާއްސަ އެހީއަށް ބޭނުންވާއެތަށް ބަޔަކަށް ވަޒީފާދީފަވާތީ މިސަރުކާރު އަނިޔާވެރިކަމަށް ބުނުމަކީ އަނިޔާވެރިކަމެއް ނޫން.

  12. ބަލާބަލަ

    މިހިރީ ކެނެރީގެ ނަޝީދުގެ ވެރިކަމުގައި އޭނާ އައްޑޫ ރައްޔިތުން އަތުން ފޭރިގެންފައިވާ އެމެންގެ ތަރިކަ މުދާ ކަމުގައިވާ އެމެންގެ ބިންތައް. މިހާ ބޮޑަށް ބަތާހަރާމީ އުސޫލުން ކަންކަން ކުރާ މީހަކާއި މިރާއްޖޭގެ ވެރިކަން ހަވާލު ކުރަން ހެޔޮ ވެސް ނުވާނެ އެއް ނޫންތޭ. އަދި އެމެންނަށް ބަދަލު ދޭނަމޭ ކިޔާ ބަދަލެއް ވެސް އެފަކީރުންނަށް ނުދީ ކަންކަން ކޮށްފައިވަނީ ދަ ބަތާހަރާމީ އުސޫލުން ދަ ހަރާމްކޯރު ތިއަރީ ބޭނުން ކޮށްގެން ނޭ މަމެން ބުނަން ނެތީމު ދޯ.

  13. ޢުބުފިލި

    ޢަބަފިލި ޖަހާލީމަ ގަންނާނަން ކިޔޭނީ

  14. ލައްގާނެއޭ

    މަމެން ޕިންކީން މީ ދަ ހާކިމާ އިން ނަކީ. ދަ ހާކިމާ އިން ގެންނާނަމޭ އަދި ހޯދާނަމޭ މަޖްލީހުގެ މެޖޯރިޓީ ފެލާލާފައި ނަމަވެސް. އެއީ ޔަގީން ކަމެކޭ. މަމެންގެ ދިރާސާ ދައްކާ ގޮތުން ދެން މެއި މަސް އައުމުގެ ކުރިން އެމްޑީޕީ އުވިގެން ދާނެއޭ އަދި ޖޭޕީ ވެސް އުވިގެން ދާނެއޭ. އެއިރުން އޮޓޯ އިން އެހުރިހާ މެމްބަރުން ލައްގާނީ ހަމަ ލައްގާ ހުރާ ކަމަށް ވާ މަމެން ޕިންކީންގެ ހުރަ އަށް ނޫންތޭ.

  15. ޢަފީ

    މަ ހީހީ ހަލާކު ވެއްޖެ.. މިކަހަލަ ގަޅި މީހުން ކައިރިއަށް ލައިގެން ގެންގުޭތި ޔާމީން މި ހަލާކު ވަނީ.. ދަމައިގަންނާނަމޯ.. ހަޑި ގޮތަކަށް ދޯ ބުނެލީވެސް އަދި.. މީހުން ކޮޅެއް އެއްވެފަ ތިބީމަ ވާނުވާގަ ދޯ ހުރެވުނީ..

  16. ކޯޗް

    ސިހުރު ހަދައިގެން

  17. ހުސެން

    ހައްޔަރު ކުރުމުގެކުރިން ކޯޓުންއޮތީ މެމްބަރުންގަނެވިއްކުން ރަގަޅު ކަމައްބުނެފަ. ރައްޔިތުން މެންބަރުން ހޮވިގޮތެއްބަލާނެ ކަމެއްނެއް. ގަނެވެންހުރިއްޔާގަނެލާ.

    • ހުސޭނުބޭ

      ހުސޭނާ ބުނަން ވާހަކައެއް. އެމްޑީޕީއާ އިދިކޮޅުން ދުވަހަކުވެސް ރައްޔިތުންނަކީ އެއްވެސް ބަޔަކަށް ހެދި އިރެއް ނުދޭ. މަގުތަކަށް ނެރުން ނޫން ކަމެއް ކޮށް ނުދޭ. އެހެންވެ ތި ރައްޔިތުންގެ މޫނަށް ކުޅުޖަހާ ރައްޔިތުން ހޮވާ މެމްބަރުން ހޮވީމަ ރައްޔިތުންގެ ބައި ނިމުނީކަމަށް ތިވީ. ސކ އިންނޭ ކަނޑައަޅާނީ އެމީހުންނަށް ވޯޓުދިން މީހުނަށް ހަރާމް ކޯރުވާން. މެޖޯރިޓީއަކީ އިދިކޮޅުމީހުން ގަބޫލު ކުރާ ޑިމޮކްރެޓިކް އުސޫލެއްނޫން

  18. ޕޮގުބާ

    ވެއްޓެނީ ވެއްޓެނީ ގޮވަގޮވާ ތިބޭތާ 5 އަހަރުވަނީ ކޯންޗެއް ވެއްޓެނީ ޔާމީން ރިޔާސީދައުރު (ނިމެނީ) އަންނި ހައްޔަރު ކުރީމާވެސް ބުނި އެއްދުވަސްވެސް ވެރިކަމަށްދެން ނުވާނޭ ޔާމީނަކީ އަންނި ކަހަލަ ބޯބުރާންޗެއްނޫން ކޮންމެ ބަޔަކަށްވެސް ވެރިކަން ކުރެވޭނީ ގަދަބާރުން ޔާމީން ވެރިކަންކުރަނީ މިޒަމާނުގަ ވެރިކަންކުރަން ޖެހޭގޮތަށް އެމްޑީޕީން ހީކުރަނީ ތިމަންނަމެންނަށްވެރިކަން ވަރަށް ފަސޭހައިން ވެރިކަން ކުރާނަމެ. މިއަށް ވުރެއްވެސް ނުބައިވާނެ

  19. ރަށްދު

    މާނައަކީ އިދިކޮޅު 6 މެންބަރުންގެ ވޯޓް ސަރުކާރާއެއްކޮޅަށް ގެންނާނަމެ. ޕާޓީ ބަދަލު ނުކުރިޔަސް ސާފުވެއްޖެ.

  20. އާއާއާއާ

    މަޖްލީހުގެ މެޖޯރިޓީ އެއް ނޫން ސުޕަރ މެޖޯރިޓީ އޮންނަން ޖެހޭނީ މަމެންނަށޭ މިކަން ވާން އޮތީ އެމްޑީޕީ ވެސް އުވާލައިގެންނޭ އަދި ޖޭޕީ ވެސް އުވާލައިގެން ނޭ މިކަން ކުރުމުގެ ރޯޑް މެޕް އެކުލަވާލާ މި ރޯޑް މެޕް އިއުލާން ކުރަންވީއޭ އެއިރުންނޭ ރަނގަޅުވާނީ އެއްގޮތަަކަށް ވެސް އެއްވެސް ހާލެއްގައި މަޖްލީހުގެ މެޖޯރިޓީ އެކަނި އޮވެގެން ކަމަކު ނުދާނެއޭ ގާނޫނު އަސާސީ އިސްލާހު ކުރެވޭ އަދަދަށް މަމެން ޕިންކީންގެ އަތުގައި އެމްޕީން އެބަތިބެން ޖެހެއޭ މިއަހަރު އެއިރުން ރާއްޖޭގެ ރިޔާސީ ދައުރަކީ 15 އަހަރު ދުވަސް ކަމުގައި ހަދާ އެކަކަށް ވެރިކަން ކުރެވޭނީ 15 އަހަރުގެ ދެ ދައުރު ކަމުގައި ހައްދަވަންވީއޭ އެއިރުން ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކުރެވޭނީ. އައި އޭމް ޖަސްޓް ކިއުރިއަސް ބައި ޔުއަރ ލުމޯސިޓީ އައި އޭމް ވޮންޑަރިންގް ކޭންޔޫ ބީ ސްމާރޓް އިނަފް ޓު ޑޫ އިޓް. ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާއާއާ އާއާއާއާ އާއާއާއާ އާއާއާއާ...

  21. ދަވޭ

    ދައްކާ ބިރަކަށް ނުބަލައި ގާނޫނު އަސާސީ އާއި އެއް ގޮތަށް ކަންކަން ކުރަން ބޭނުން ވާ ކަމަށް އިދިކޮޅު އެމްޑީޕީ އާއި ޖޭޕީން ބުނާނަމަ އެކަން އެގޮތަށް ކުރަނީ ސަރުކާރުން ނެވެ. ސްޕްރީމް ކޯޓުން މިހާރު ނޯންނާނެ އެއްވެސް އަމުރެއް ނެރެފައި ކެނެރީގެ ނަޝީދު ދޫކޮށްލަން ޖެހޭނެ ކަމަށް އެއީ ބޮޑު ކުށްވެރިއެކެވެ. އަބޫޖަހުލު މެންގެ ތިއަރީ ބޭނުން ކޮށް ގެން ބާތިލް ވެފައިވާ ހުކުމް އެއް ތަންފީޒު ކުރަން އެމްޑީޕީ އާއި ޖޭޕީން ވަރު ދައްކާ ފައި ނިކުތަސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ތަމެންނަށް ހީވަނީ ވަރުބަލި ވާން ޖެހޭނީ ސަރުކާރު އެކަނި ކަމަށް ތަމެން ވަރުބަލި ވާން ނުޖެހޭނެ ކަމަށްތޭ އެކަން ހިނގާނީ އެއާއި އިދިކޮޅަށެވެ. ވަރުބަލިވެ އަދި އެގްޒޯސްޓް ވާން ޖެހޭނީ ތަމެން ރަންރީނދުލޭ މެންނޭ ބިކޮޒް ރިސޯސް އާއި ބާރު އޮތީ މަމެން އަތުގައޭ ތަމެން ފުލުހުން ނަށް ވަސްވާސް ދީގެން ފުލުހުން މެދުވެރިކޮށް މިރާއްޖޭގެ ވެރިކަން ބަދަލުވާނެ ކަމަށް ހީކުރާނަމަ އެކަން ނުވާނެއެވެ. ހަނދާން ނައްތާލަން ޖެހޭނީ އެކަން. ނުވާނެ ތިކަމެއް.

  22. މިއާ ޚަލީފާ

    އެއީ މަތިން ގޮނގިހިފައިގެން ފައިބާ 6 މެންބަރުން... ލޮލް...

  23. އާމިނަތު ރަޝީދާ

    މަސްދުވަސް ވަންދެން ދުނިޔޭގައި ޕޕއެން އޮންނާނެ ކަމުގެ ކޮންގެރެންޓީއެއް އޮތީ.

  24. ސައުތު

    ތިހާގަޓްހުރިއިރު ޤާނޫނާ ޚިލާފްކަންކަން ނުކުރާނެ 2018 ވަދާއީ ޔާމީން

  25. ކާފަ

    ކޯޓުން ހުކުމެއްނެރޭ ؟ ހުރިހާ މީހުންނަކީ ތިބުނާ ޕާޓީގެ މެމްބަރުންނޭ އެހެންނޫނީ ގޮނޑި ގެއްލޭނެއޭ ؟

  26. ރަޝީދު

    މި ކަލޭގެ މައްޗަށް ރިޝްވަތްދީ މަޖިލިސް މެމްބަރުން ބަދަލުކުރަން އުޅޭކަމުގެ ދައުވާ ނުކުރަނީ ކީއްވެ..؟
    މިހިރަ މުވައްސަސާތަކުން އިސްނަގައިގެން ވެއްޖެ އެއް ނޫންތޯ މިކަން ބަލަން

    ޕޮލިސް
    އެންޓި ކޮރޮޕްޝަން
    ޕީޖީ
    ޕަރލަމެންޓް
    ސްޕްރީމް ކޯޓުން (ސްމޯޓޯ)