އައިޖީއެމް ހޮސްޕިޓަލްގެ އެތެރޭގައި ބަހައްޓާފައި ހުރި ފަންޑް ފޮށި ވަގަށް ނަގައިފިއެވެ.

މިކަން އެނގުނީ މިއަދު ހެނދުނުއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އެ ހޮސްޕިޓަލްގައި ހުރި ފަންޑް ފޮށި ވަގަށް ނެގި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:00 ޖެހިހާއިރު ކަމަށެވެ. އަދި މިހާރު އެކަން ބަލަމުންދާކަމަށް އޮފިޝަލް ވިދާޅުވިއެެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި އެ ފޮށީގައި ހުރީ ކިހާ ފައިސާ އެއްކަން އަދި ބުނަން ނޭނގޭ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައިޖީއެމްއެޗްގެ ފަންޑް ފޮށި ވަގަށް ނަގައިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށެވެ. އަދި އެކަން ފުލުހުން ބަލަމުންދާކަަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އިބްނު މުހައްމަދު

    މަ ފައިވާން ވެސް އިސްލާމީ މަރުކަޒުން ވަގަށް ނަގައިފި، މީ މިމަހު ވަގަށް ނެގި 5 ވަނަ ފައިވާން.. އެންމެ ގިނަ ފައިވާން ވަގަށް ނެގީ ޝޭޑީ ކެބިން އިން އަޅައިދީފައި (ހަދީބީ މަގުގައި) ހުރި މިސްކިތުން.. މިކަމަށް ހައްލެއް ނެތް... ވަގުންގެ އަތް ކަނޑާން ނުވޭތަ

    30
    1
  2. ވަންސޭ

    ކީތްކުރަން ވަށައގެން ބައިތިއްބާފަތިބޭ ފުލުހުންނެއްބާ؟ ނޫނީ އަދިވެސް މަދީ ބައިތިއްބާފަ ތިބިލެއް.

    26
  3. ޙަސަނުލް

    ވަގުންގެ ސަރުކާރުގަ އޮންނާނީ ވައްކން ކުރުން ޚާއިނު ވަގުން

    24
    3
  4. އުގުރި

    މި ސަރުކާކަރު ވައްކަމެއް ނުކުރާނެ ތިވާނީ ކުރީ ސަރުކާރުން ރާވާގެން ކުރި ކަމެއް ހެއް ހީވަނީ.. އަނެއްކާ ޔާމީނު ގޭގައި ހުރިތޯ ބަލާބަލަ

    22
    1
  5. ވަޒީރާނައުސް

    މިހާރު މިއުޅޭ ވަގުންނަށް އެބަޖެހޭ މޮޅުކަމުން އިނާމުދޭން. ފުލުހުންނަށް ދޮންކަޅު އަންގާނުލާ ފުލުހުންތިއްބަ ކަންކޮށް ނިންމާލަނީ. މިމީހުން ރަނގަޅުވާނެ ނާގާބިލު ފުލުހުން ތަމްރީނުކުރަން ހަވާލުކުރަންވެސް. ހަމަ ކޮސްވޭ. ތިވަރަށް ސީސީޓީވީ ބަހައްޓައިގެން ކޮންޓްރޯލް ރޫމްހަދައިގެން ބޮޑެތި މަނިޓަރުތަކުން ބަލަން ތިއްބަ އައިޖީއެމްއެޗް ވެސް ކޮނޑުއަޅާލައިގެން ގެނގޮސްދާނެނު؟ މޮނިޓަރުތަކުގައި ލޯޖަހައިގެންތިބެ ފުލުހުން ބަލަނީ ޕޮޕް ކޯރން ތަ އަނެއްކާ؟؟ ކުރާކަމެއްބަލަންވެއްޖެނު!

    26
  6. ކޮރަލް

    24 ގަޑި އިރު ފުލުހުން ހުންނަ ހައި ސެކިއުރިޓީ ތަނެކެވެ. ކެމެރާ ތައް ވެސް އޮންނާނެ އެވެ.

    29
  7. ދަރަނި ދަންތުރަ

    މިހާރުވެރިކަމުގަ މިތިބީ

    އަސްލުވަގުން އެހެންވީމަ.....

  8. Anonymous

    އަދި ބަލިމީހުންނާއި ޑޮކޮޓަރުންވެސް ތިތަނުންވެސް ވަގަށް ނަގާނެ..އިއްޒަތްތެރި މަނިއްޕުޅުންތައް ލާރިއާއި ހެދީ ހޭކެނޑި ގެން ތިބޭ ހެވި ދިލިފަ..މިއިންކަމެއް ހުއްޓުވާކަށް އަސްލުގަ މަނިއްޕުޅުން ނޫޅޭ.. އޮތީ ހަމަ އެކަނި އިންސާނީ ހައްގުގެ ވާހަކަ ދައްކާލަ ދައްކާލަ ތިބުން..މިތަނުގެ ހާލު މިހާރު މިނިކާ ޖަންގައްޔަކަށް ވުރެ ނުރައްކާ..

  9. ފަގުޑި

    ހެހެހެހެހެހެ ... ހަމަ ރަގަޅައްތިވީ. ކޮންމެސް ކަމަކައް އެހީވާ ފަންޑު ފޮއްޓެކޭ ކިޔައިގެން އައިޖީއެމްއެޗުގެ މެނޭޖުމަންޓުންވެސް ކުރަނީ ވައްކަން. ދުވަހަކު ނޯންނާނެ ތީގެން ފަންޑުފޮއްޓަކައް ލިބުނު ލާރީގެ ޖުމްލައެއް، ތަފުސީލެއް، ލާރިން ކުރިކަމެއް ހާމަކޮއްފަހެއް. ދެން ވާނުވާ ނޭގޭ މީހުންގެ ބޯކާންވެގެން ބަހައްޓާފަ ހުންނަ ފޮށިތަކެއްތީ.. ބޮއްސުން ލާފައޮތްތަނެއް. މަގޭއަތުން ތީގެން ފޮއްޓަކައް ލޯލާރިއެއްވެސް ނުލާނަން. އެހެންތަ ހީކުރީ ކަލޭމެން....

    3
    1
  10. އަހްމަދު

    ތި ވާނީމިމަހު މުސާރަދޭންލާރިކޮޅެއްބޭނުންވެގެން ނެގީކަމަށް

  11. ފާއިޒް

    ކޮބާތަ ކެމެރާތައް ތިތާ ހުރި..

  12. އަހުމަދުކަ

    މަދެން ދުވަހަކުވެސް ތީން ފޮއްޓަކަށް އެއްޗެއް ނުލާނަން ކޮންމެ ފަހަރަކު ފޮށި ފުރޭއިރަށް ތި ވަގައްނަގާފިއޭ މި އަޑު އިވެނީ، ކުރިންވެސް މިނިސްޓްރީއަކުން ޓައި އަޅާފަ ލިއުމެއް ހިފަގެން އައިބަޔަކު ތި ފޮށިތަށް ގެންދިޔަ އަޑު އެހިން ފަހުން ވީ ޕާޓޭން ނަށޯ... މިހާރު ރޯމާ ދުވާލު ފިހާރަތަށް ފަޅަމުން ދާއިރު ވަރަށް ބަލައިގެން އުޅެންޖެހޭނީ، ކުއްކުރާ މީހުންނަކަށް އަދަބެއް ނުދެވޭ، ކޯޓަކުން ހުކުމެއް ނުކުރެވޭ އިޖްރާއިތަކާ ހުރެ، މިހާރު ގާނޫނުތަށް ހަދަންވެސް މިތިބެނީ އެވެރިން...

  13. މހމމ

    ލޭޑީޒް އެންޑ ޖެންޓްލްމެން، އަވަރ ކަންޓްރީ، ދަ މޯލްޑީވްޒް..

    2
    1
  14. މާމީ

    މިހާރު ވަގުންގެ ކަންތައް ބޮޑުވެގެން ގޮސް މިސްކިތެއްގަ ގަޑިއެއްވެސް ބެހެއްޓޭވަރު ނުވޭ މިހާރުވެސް ފަނޑިޔާރު މިސްކިތުގެ ތިރީބައިގަ ގަޑިއެއްނުހުރޭ ބަހައްޓާއިރައް ހާލުގައުޅޭ ކުދިން ގެންދަނީ ..... ރައްޔިތުނައް އަމަން އަމާން ކަން ބަލަހައްޓާނެ ކަމައް ހުވާކޮއްގެން ތިބި މީހުން މިހާރު ފެންނަނީ އެއްމެ ރައްޔިތަކު ހިމާޔައް ނުވެގެން އަވަދިނެތި އުޅޭތަން ...

  15. ކޮލާ

    އަވަހަށް ގޮސް ތިފޮށިހުރިތޯ ބަލަން އިބޫމެންގެ ގެ ބަލާބަލަ