ވަގުތު އިމޭޖްސް

އިލުމިނޭޓް ލާމް މޫމެންޓް (ޢިލްމް) އާއި ޕީސް ފައުންޑޭޝަން ގުޅިގެން ބޭއްވި ދަޢުވާ މެނޭޖްމެންޓް ވޯކްޝޮޕް ކާމިޔާބު ކަމާއެކު ނިންމާފިއެވެ.

އެއް ދުވަހުގެ މި ވޯކްޝޮޕްގައި ލާމު އަތޮޅުގެ ހުރިހާ ރަށަކުން ހޮވާލެވިފައިވާ ޓީމްތައްވަނީ ބައިވެރިވެފައެވެ. މިޓީމްތަކުގެ ތެރޭގައި ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި، ނައިބު ރައީސުންނާއި ޒިންމާދާރު ވެރިންނާި އިމާމުންނާއި، ޤުރުއާން ކުލާސްތަކުގެ އިސްވެރިންނާއި ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާ ކުރަމުންދާ ޒުވާނުންވެސް ވަނީ ބައިވެރި ވެފައެވެ. މި ވޯކްޝޮޕް ނަންގަވާ ދެއްވީ އެކިއެކި ދީނީ ޖަމިއްޔާތަކުގައި އިސްމަޤާމުތަކެއް ފުރުއްވާފައިވާ މުޙައްމަދު ޞަބާޙެވެ.

މިވަގުތު ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ޞަބާޙް ނަންގަވައިދެއްވި ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ދަޢުވަތު ފޮރޮގްރާމްތަކާއި މަޝްރޫޢުތައް ރާވާ ހިންގާނެ ގޮތާއި އެކި އެކި ވިސްނުމުގެ ޒުވާނުންނަށް ދަޢުވަތު ދިނުމުގައި ގެންގުޅެވިދާނެ އުސްލޫބުގެ މައްޗަށެވެ.

މިވޯކްޝޮޕްގައި ލާމު އަތޮޅުގައި ހާފިޒުންގެ ޖީލެއް އުފެއްދުމަށްޓަައި މިހާރު މިއަތޮޅުގައި ހުރި ޤުރުޢާން ކުލާސްތަކާއި ގުޅިގެން ޢިލްމް ޖަމިއްޔާއިން ހިންގުމަށް ހަމަޖެހިފައިވާ ހުއްފާޒު ޕްރޮޖެކްޓާއި ލާމު އަތޮޅުގައި ދީނީ ކަންކަން ކުރިއެރުވުަށްޓަކައި ލާމު އަތޮޅުގައި ހަރަކާތްތެރިވާ އެކި އެކި ޖަމިއްޔާތަކާއި ގުޅިގެން އުފެއްދުމަށް ހަމަޖެހިފައިވާ ވަޤްފް ލޯންޗްކުރުންވެސް އޮތެވެ.

ހުއްފާޒު ޕްރޮޖެކްޓާއި ވަޤްފް ފަންޑް ލޯންޗްކޮށްދެއްވާފައިވަނީ ދަޢުވަތުގެ މައިދާނުގައްޔާއި ޤުރުޢާން ކިޔަވައިދިނުމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އަލްޤާރީ ޢަބްދު ރަޢޫފެވެ.

ކިޔުންތެރިންގެ ހިޔާލު