ރާއްޖޭގެ 11 މަހުގެ ކުޑަ ކުއްޖަކަށް ކެންސަރު ޖެހިގެން ރާއްޖޭން ބޭރުގައި ފަރުވާ ހޯދަމުން އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.

ކުއްޖާގެ އާއިލާއިން ބުނެފައިވަނީ އެކުއްޖާއަށް ފަރުވާ ކުރަމުން އަންނަނީ ބެންކޮކުގެ ވަޖީރާ ހޮސްޕިޓަލުގެ ކުޑަކުދިންނަށް ހާއްސަ އައިސީޔޫގައި ކަމަށެވެ. އަދި އެ ހޮސްޕިޓަލަށް ބަދަލު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

ކުއްޖާގެ މަންމަ ބުނެފައިވަނީ ބެންކޮކަށް އައިސްފައިވަނީ އިންޑިއާގައި 10 މަސް ވަންދެން ޑޮކްޓަރަށް ދެއްކުމަށްފަހު ކަމަށެވެ.

"ކުރިން ހެދި 3 ޓެސްޓުން ދައްކަނީ ތިން ވައްތަރު ކެންސަރު ހުރި ކަމަށް. ބެންކޮކަށް އައީ ޖެހިފައިވަނީ ކޮންކަހަލަ ބައްޔެއްތޯ ޔަގީން ކުރަން." އޭނާ ބުނެފައިވެއެވެ.

ކުއްޖާގެ މަންމަ ބުނެފައިވަނީ ކުއްޖާއަށް ޖެހިފައިވަނީ 'އެކިއުޓް މައިލޮއިޑް ލުކީމިއާ' ވިތް ސައިކްލިކް ޕެޓާން ނިއުޓްރޯފީނިއާ ކަމަށާއި ހަލުވި ކަމާއި އެކީ ބަލި ކުއްޖާގެ ހަށިގަނޑުގައި ފެތުރެމުން އަންނަ ކަމަށެވެ.

އަދި ކުއްޖާގެ ހާލަތު ރަނގަޅުވިހާ އަވަހަށް ކެންސަރަށް ފަރުވާ ކުރުމަށް އިންޑިއާއަށް ފުރާނެ ކަމަށް ވެސް ކުއްޖާގެ މަންމަ ވަނީ ބުނެފައެވެ.

ތުއްތު އެ ކުއްޖާއަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުމަށް އެދި ދުއާ ކުރަމެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި އެ ތުއްތު ކުއްޖާގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ގަބުޅި

  އިންޑިޔާ އައުޓު ގޮވުން ހުއްޓާލުން މުހިއްމު،

  19
  63
  • ހަސަނު

   ކޮންމެކަމެއް ސިޔާސީ ނުކޮއްބަލަ...ކިހާ ދެރަކަމެއް ތަ؟؟؟

   22
   3
  • ނުރަބޯ

   އިންޑިއާ އައުޓޭ އެބުނަނީ، އިންޑިއާ ސިފައިން ބޭރުކުރާ ވާހަކަ. މިގައުމުގައި އިންޑިއާގެ ވެސް އަދި އެހެން ގައުމެއްގެ ވެސް ސިފައިން ތިބުމަކީ މިތަނަކީ މިނިވަން މުސްތަގިއްލު ތަނެއް ނޫންކަން ދޭހަވާ ކަމެއް. އަދި އެހެން ތިބެންޖެހޭފަދަ ޙާލަތެއްވެސް ނެތް.

   9
   1
 2. Anonymous

  އާމީން 🤲🏻

  69
  2
 3. ބޮސް

  ކުޑަކުޑަ ބޭބީއަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި. ޢަދި މައިންބަފައިންނާއި އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި. އާމީން

  160
  1
 4. ޝިރުހާން

  އާމީން 😢😭🤲

  20
 5. ހުސޭނުބޭ

  ބަލި ޖައްސަވަނީ ﷲ އަދި ޝިފާ ދެއްވަނީވެސް ﷲ. ނަރަކަޔަށް މީހުން ވައްދަނީ އިބުލީސް

  20
  1
 6. އަހަރެން

  މާތްﷲ އެ ތުއްތު ކުއްޖާ އަށް ޖެހިފައިވާ ބަލިން އެ ކުއްޖާ ސަލާމަތް ކުރައްވާ އާއިލާ އަށް ކެތްތެރިކަން ދެއްވާށި! އާމީން!