ޖަމިއްޔަތުއްސަލަފް އިން ކުރިއަށްގެންދިޔަ އިލްމުވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޖަމިއްޔަތުއްސަލަފް

ރާއްޖޭގެ މަޝްހޫރު ބައެއް ދީނީ އިލްމުވެރިން މިއަދު ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 16:15 ގައި ދަރުބާރުގޭ ހަކުރާ މާލަމުގައެވެ.

އެނގިފައިވާ ގޮތުގައި މިއީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އަށް ތާއީދު ކުރައްވާކަން ހާމަކުރުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެކެވެ.

ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ.ޝަހީމް ހަމަޖެއްސުމާ ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިން ކަމަށްވާ ޝައިހް އަލީ ޒާހިރު އާއި ޝަހިހް އަހުމަދު ސަމީރު ވަނީ އެކަމަށް ތާއީދު ކުރައްވާކަން މިއަދު ހާމަކުރައްވާފައެވެ.

ރައީސް ޔާމީންގެ ރަނިންގ މޭޓަކީ ޑރ. ޝަހީމްކަން ކަނޑައަޅުއްވާފައިވަނީ، ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަށްފަހުގައެވެ. މިކަން ކަނޑައަޅަން ބޭއްވި ކައުންސިލް ބައްދަލުވުމުގައި، ޕާޓީގެ މުސްތަޝާރު އަދި ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޑރ. ޝަހީމަކީ، އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ރައީސް ޔާމީނުގެ ކެބިނެޓުގައި އިސްލާމިކް އެފެއާޒް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެހެންމެ، އޭގެ ކުރީގެ ވެރިކަމުގައިވެސް އޭނާވަނީ އިސްލާމިކް މިނިސްޓްރީގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ކަމުގައި ހުންނެވުމަށްފަހު، ޔުނިވަރސިޓީގެ ޗާންސެލަރުކަމަށް އޭނާ ހަވާލުވެވަޑައިގެންނެވިއެވެ. އަދި، އިސްލާމިކް މިނިސްޓަރުކަން ދޫކޮށްލެއްވުމަށްފަހު، މިއަދާ ހަމައަށް އޭނާ ހުންނެވީ ސިޔާސީ ދާއިރާއާ އެއްފަރާތްވެވަޑައިގެންނެވެ.

ޑރ. ޝަހީމްވަނީ އޭނާ ޚިދުމަތް ކުރެއްވި ދާއިރާތައް ކުރިއަރުއްވާ، ތަރައްޤީ ކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރުހަބާ ވ އުފާވޭ ތިބޭފުޅުން ވެރިކަމާ ކައިރިއަށް ޖެހިލިކަމަށްޓަކާ އަދި ރައީސް އަށް ކައިރިން ލަފާއެރުވޭނެތީވެސް.އިރާދަކުރެއްވިއްޔާ އެއްބުރުން

  2. އަދީބު އިސްވެ ހުރެ މި ސަރުކާރުން ކުރިއަށް ގެންދިޔަ ބައެއް ކަންކަން ކުރިއަށް އޮތްތާގައި ތަކުރާރު ނުވާނެ ކަމަށް އުއްމީދު ކުރަން.

  3. MDP: ދީނީ ޢިލްމުވެރިއެއް ރަނިއްމޭޓަކަން ނެރޭންވީނު؟ އެހެން ނޫނީ ހަމަ ކިޔާނީ ލާދީނީMDP