އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ޚާރިޖީ ވަޒީރު އަދި ސްޓޭޓް ކައުންސިލަރ ވާންގް ޔީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކާއި، މަލްޓިލޭޓަރަލިޒަމް، އދގެ ހިންގުން ހަރުދަނާކުރުން އަދި ޗައިނާގެ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް އާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި މިއަދު ވަނީ ޗައިނާގައި ގާއިމްކޮށްފައިވާ އދ.ގެ އޮފީސްތަކުގެ ޓީމްތަކާ ބައްދަލުކުރައްވާފައެވެ. އަދި ޗައިނާގެ ފޮރިން އެފެއާޒް ޔުނިވަސިޓީގައި ޒުވާން ޑިޕްލޮމެޓުންނާއެކު ވާޗުއަލްކޮށް ބައްދަލުކުރައްވައި، ވާހަކަ ދެއްކެވިއެވެ. މީގެ އިތުރުން އޯލް ޗައިނާ ވިމެން ފެޑެރޭޝަންއާއިވެސް މިނިސްޓަރ ޝާހިދު އިއްޔެ ބައްދަލުކުރެއްވިއެވެ. ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަކީ މިނިސްޓަރ ޝާހިދުގެ ރިޔާސަތުގައި ޚާއްސަ އިސްކަމެއް ދެއްވާ ކަންތައްތަކެކެވެ.

ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ކުރީކޮޅު ޗައިނާއިން ބޭރުގެ އިއްޒަތްތެރިންނަށް މަރުހަބާ ކިޔުން މަޑުޖައްސާލި ފަހުން، މިނިސްޓަރ ޝާހިދަކީ އެ ގައުމުން ބޭރުގެ އިއްޒަތްތެރިއަކަށް މަރުޙަބާކީ ފުރަތަމަ އެއް ބޭފުޅާއެވެ. ޗައިނާ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރ ޝާހިދު މިކުރައްވާ ދަތުރުފުޅަކީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާއަށް މިނިސްޓަރު ޝާހިދު ދަތުރުކުރައްވައި، ފޮރިން މިނިސްޓަރ ވާންގް ޔީ ގެ އިތުރުން އެ ގައުމުގެ ނައިބު ރައީސް އާ ބައްދަލުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކޮބާ ލަދެއްނުގަނޭދޯ ޗައިނާޔަށް ބަވަބަވާފަ ނާށިގަނޑު ހިފައިގެން ތިދިޔައީ

  2. ހަވާސާ ހަމީދު

    އަބްދުﷲ ސާހިދު ސަލާމްޖެހިޔަސް ﷲ އިރާދަކުރެއްވިއްޔާ ޗައިނާއިން މިސަރުކާރަށް އެއްވެސް އެއްޗެއް ނުދޭނޭ.

  3. މުޙައްމަދު

    ކޮން ޝާހިދެއްތަ، ފޮރިން މިނިސްޓަރު ޝާހިދުބާ ނުވަތަ...

    • ހުސޭނުބޭ

      އުނހު! ކާޕެޓް