މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދުމަށް ބާއްވާ ހަރަކާތް އަންނަ މަހު ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމުގެ ރަސްމިއްޔާތު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިސްކިތްތައް މަރާމާތުކުރަން ބޭނުންވާވަރުގެ ބަޖެޓެއް ސިޓީ ކައުންސިލުގައި ނެތް ކަމަށެވެ.
ކައުންސިލުން ފާސްކޮށްފައިވާ ގޮތަށް މާލޭގެ ރައްޔިތުންނާ ވިޔަފާރިވެރިންނަށް ދައުވަތުދީގެން އިންވެސްޓާ ފޯރަމް ސްޓައިލަށް، މިސްކިތް މަރާމާތުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދޭނެ ފޯރަމް ނުވަތަ އިވެންޓެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އަންނަ މަހުގެ 11 އިން 12އަށް ސަލްޓަންޕާކްގައި ބާއްވާ ހަރަކާތުގައި ކޮންމެ މިސްކިތަކަށް ސްޓޯލެއް ހާއްސަކޮށްފައިވާ ކަމަށެވެ.
"ސްޓޯލުން އެ މިސްކިތުގެ ހާލަތު އެނގިގެންދާނީ. އެކަމުގެ އިދާރީ މަސައްކަތް އެބަ ކުރޭ ސްޓޯލްތަކަށް އައީމާ އެ މިސްކިތެއްގައި ކުރަން ހުރި ކަމަކަށް އެ މީހަކު ބޭނުންގޮތަށް އެހީތެރިކަން ދެވޭނެ" މޭޔަރު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިސްކިތްތަކަށް އެހީވާން ބޭނުންވާ މީހުންނަށް އޮންލައިންކޮށްވެސް ފައިސާ ދެއްކޭނެ ކަމަށެވެ.
"ނަގުދު ފައިސާވެސް ދެއްކޭނެ، އޮންލައިންކޮށްވެސް ދެއްކޭނެ" މޭޔަރު ވިދާޅުވިއެވެ.
ކައުންސިލްގެ އަމާޒަކީ ރޯދަ މަހަށް، މާލޭގެ ރައްޔިތުންގެ ބައިވެރިވުމާއެކު މާލޭގެ 42 މިސްކިތް އެއްކޮށް މަރާމާތުކޮށް ނިންމުމެވެ.
މިސްކިތްތައް މަރާމާތު ކުރަން ބަލާ އިރު، ކުރިއަށް އޮތް ރަމަޟާން މަހަށް ހުރިހާ މިސްކިތްތަކެއްގެ އާބާތުރަ ފިލުވަން 13 މިލިއަނެއްހާ ރުފިޔާ ބޭނުންވާ ކަމަށް މުއިއްޒު ކުރިން ވިދާޅުވިއެވެ. އެކަމަކު، އިސްލާމިކް މިނިސްޓްރީން އެކަމަށް ދީފައި އޮތީ އެއް މިލިއަން ރުފިޔާއެވެ.
ރީނދޫ ސަރުކާރެއް އައްނަ ކޮންމެ ފަހަރަކު މިސްކިތްތަށް މަރާމާތުކުރަން ފަންޑުފޮށި ބަހައްޓަންޖެހޭ މިއީ ކިހެނެއްވާ ކަމެއްބާ ؟ ޔާމީނުގެ 5 އަހަރު ނިމިގެންދިޔައަިރު މިފަދަވާހަކައެއްނުދައްކާ މިސްކިތްތަށް މަރާމާތުކުރޭ
ސެކިއުލަރިޒަމް ގެ އަލާމާތެއް. ލާދީނީ ސަރުކާރު.