ރިޔާސީ ދައުރުގެ މެދުތެރެއިން ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅަން ވެގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ބުރަ އުފުލޭ ވަރުގެ ގާބިލް ކަމެއް ދިވެހި ދައުލަތުގެ މާލިއްޔަތުގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.
ބަރުލަމާނީ ނިޒާމެއް ގެނައުމުގެ ކެމްޕޭނެއް ކުރަމުންދާ ދުވަސްވަރެއްގައި ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރު ކުރިމަތިވެފައިމިވާ އިގްތިސޯދީ ތަދުމަޑުކަމަކީ ނިޒާމީ ވޯޓެއް ނެގުމުގެ ބުރަ ދައުލަތަށް އުފުލޭ ވަރުގެ ހާލަތެއް ނޫން ކަމަށެވެ.
މިއީ ދައުލަތްތަކާއި އިގްތިސޯދުތައް ހިންގަން ވެގެން ދަރަނި ނެގުން ނޫން ގޮތެއް ނެތް ހާލަތެއް ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މި ހާލަތުގައި ސިޔާސީ ވަކި ބަޔަކު ބޭނުން ވެގެން ޚަރަދު ބޮޑު އިންތިޚާބެއް ނުބޭއްވޭނެ ކަމަށެވެ.
"ބައެއް ސިޔާސީ މީހުންގެ އެދުންތައް ފުއްދަން މި ވަގުތަށް މާލިއްޔަތުން ބޭކާރު އިސްރާފެއް ކުރެވޭކަށް ނެތް،" ޝަރީފް ވިދާޅުވިއެވެ.
Another campaign to change the system of governance,not only will create unnecessary chaos,but wasteful expenditure of public money at a time of unprecedented economic hardship n sky high public debt.This country can’t afford to waste public money to full fill politicians egos.
— Ibrahim Shareef (@AdduShareef) November 26, 2021
ބަރުލަމާނީ ނިޒާމު ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނެވެ. ޕެޓިޝަނެއް ތައްޔާރުކޮށް އެއަށް ލައްކައަކަށް ވުރެ ގިނަ މީހުންގެ ސޮއި ވެސް ހަމަކޮށްފައިވާ ކަމަށް ވެއެވެ.
2007 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރީ ނަޝީދުއާއި އެމްޑީޕީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި އެމަނިކުފާނު ލީޑް ކުރައްވާ ޕީއޭއިންނެވެ.
ނަމަވެސް ރިޔާސީ ނިޒާމަށް ތާއީދު ކުރާ މީހުން އެމްޑީޕީގައި ވެސް މިހާރު މަދެއް ނޫނެވެ. އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަކި އެއްޗެއް ވިދާޅުނުވިޔަސް އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން މިހާރު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕް ވެސް ވިދާޅުވީ އެ ދެ ޕާޓީއާއި ރައީސް ޔާމީން ވެސް މިހާރު ތާއީދު ކުރައްވަނީ، ރައްޔިތުންގެ ނިންމުމާ އެއް ގޮތަށް ރިޔާސީ ނިޒާމެއް ތަންފީޒު ކުރުމަށް ކަމަށެވެ.
ނުއުފުނަސް އުފުލުނަސް ކެނެރީގޭ ޖާހިލު ނޭފަތުން ނޭވާނުލާ އެކަމާ އެތެޅެނީ ދިވެހިންދެކެ މާ ލޯބިވާ ކަމަށް ހެދިގެން އެހިޔަޅު އުޅެނީ
ޝަރީފު ބުންޏަސް ތީ ހަމަ ސަތޭކައިގެ ވާހަކައެއް ތިބުނީ. ރައްޔިތުންގެ ލާރި ތަޅާނުބުރުވޭނެ އަންނި ހިތްހަަމަޖައްސަދޭކަށް. އަންނިގެ ގެއާއި އަނބިދަރިން ވިއްކާފަ ލިބޭ ލާރިން ތިކަންކުރިޔަސް އޯކޭ.
އެބޭފުޅާގެ ފަރާތުން މިޤައުމައްވި ވިފައިދާއެއް ނުފެންނަތާ މިލިއަނުން އެބަހަރދުކުރެވޭ....
އެމްއެމްޕީރސީން ވަގަށް ނެގިފައިސާތަށް ބަޖެޓަށް ވަންނަނިކޮއް ދައުލަތް ހިންގަން ވަރަށް ފަސޭހަވާނެ.
އެހުރިހާ ދަރަނިތަށް އުފުލަން ވޯޓު ދީފަ ދަރަނި ބޮޑޭ ކިޔާނެކަމެއްނެއް، ރައިސް އިބޫ މަށައްވެސް 8 މިލިއަން ރުފިޔާގެ ލުއި ލޯނެއް ދިންނަމަ މަވެސް އިބޫ ބަހައްޓަން މަސަތްކަތް ކުރާނަން