ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ ކޮވިޑް-19 ގެ އާ ވޭރިއަންޓް އޮމިކްރޮންއަކީ ރާއްޖެ އަށް އޮތް ކަންބޮޑުވުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ޗައިނާގެ ވޫހާން ސިޓީން ކޮވިޑް-19 ފެނުނުތާ ދެ އަހަރެއްހާ ދުވަސް ފަހުން، ކޮވިޑް-19 ގެ އިތުރު ވޭރިއަންޓެއް ވަނީ ދުނިޔޭގައި ފެތުރެން ފަށައިފައެވެ. ދެކުނު އެފްރިކާ އިން މި ހަފުތާގައި ފެނުމާ ގުޅިގެން ގައުމުތަކުން އަނެއްކާވެސް ބޯޑަރު ބަންދުކޮށް، ދަތުރުފަތުރު ކުރުމުގައި ހަރުކަށި އުސޫލުތައް ވަނީ ތައާރަފް ކުރަން ފަށައިފައެވެ.

ހަރުކަށި ފިޔަވަޅުތައް އެޅި ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، އެމެރިކާ، ސްރީލަންކާ ފަދަ ގައުމުތައް ހިމެނެއެވެ. ކޮވިޑްގެ އާ ވޭރިއަން ޔޫރަޕްގެ ބައެއް ގައުމުތަކުންނާއި އޭޝިއާގެ ބައެއް ގައުމުތަކުން ވެސް ވަނީ ފެންނަން ފަށައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑްގެ އާ ވޭރިއަންޓް، އޮމިކްރޮންއަކީ ރާއްޖެއަށް އޮތް ކަންބޮޑުވުމެއް ކަމަށެވެ. އެހެންވެ، މި ވޭރިއަންޓާ ދެކޮޅަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މިއަދު މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ރާއްޖެ އިން އަޅާނެ ފިޔަވަޅުތަކެއް ނިންމާނެއެވެ. އަދި މާދަމާގެ ވަގުތެއްގައި އަޅާ ފިޔަވަޅުތައް އިއުލާން ކުރާނެއެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ބަލާ އިރު، އެ ގައުމުތަކުގައި އާ ވޭރިއަންޓް ފެތުރުނަ ނުދިނުމަށް އަޅަމުން އަންނަ އެންމެ ބޮޑު އެއް ފިޔަވަޅަކީ އެފްރިކާގެ ބައެއް ގައުމުތަކުން މީހުން އެތެރެވުން މަނާކުރުމެވެ. އަދި އެފްރިކާގެ ގައުމުތަކުން، އެ ގައުމުތަކަށް ފްލައިޓުތައް އައުން ވެސް މަނާކޮށްފައިވެއެވެ.

ރައީސް ސޯލިހް ވިދާޅުވީ ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ ވެކްސިންގެ ބޫސްޓަ ޑޯޒެއް 50 އަހަރުން މަތީގެ މީހުންނަށް ދެމުން އަންނަ ކަމަށެވެ. އަދި ސިއްހީ ހިދުމަތްތެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި އާއި އެއާޕޯޓުގައި މަސައްކަތް ކުރާ ފްރަންޓްލައިން މަސައްކަތްތެރިންނަށް ބޫސްޓަ ޑޯޒް ޖެހުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އަންނަ މަހުގެ މެދުތެރޭގައި ވެކްސިން ޖެހޭ އުމުރުގެ އެންމެންނަށް ބޫސްޓަ ޑޯޒް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ގޮވާލަން ބޫސްޓަ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ އެންމެން އެ ޑޯޒް ވީހާވެސް އަވަހަށް ޖެހުމަށް،" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޮޑޭ

    އެންމެ ބޮޑު މުރައްކަލަކީ ފާޑުފާޑު ވެކްސިން ޖެހުން..... ރަނގަޅު ވެކްސިނެއް އުފެއްދެންދެން ކެއްކުރަން ޖެހޭ

    19
    1
  2. ރޯސް

    ސިނޮފާމްވެކްސިން ޖަހައި ގެންވެސް މަ ކިރިޔާ ހަލާކުނުވީ

  3. މާޝާ

    ތީ ވަރަށް ބޮޑު މާޔޫސް ކަމެއް އަނެއްކާވެސް އެހެން ވައްތަރެއް ފެނުން

  4. Anonymous

    ފާޑުފާޑުގެ ވެކްސިން ތައް ނުޖަހަންވީ، ޖަހާވަރަކަށް ވޭރިޔެންޓްތައް މިއުފެދެނީ

  5. Anonymous

    ތިއީތެދެއްކަމައް ވަޏާ އިބުރާގައުމު ލޫޓުވާލަންލިބޭ 2ވަނަ ފުރުސަތު

  6. ދެރަ

    ސްކޫލްތަކުގަ ވަރަށް ބިރު ބޮޑު.. ސްކޫލްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަށްް ދޫކޮށްލައިފި.... ކުދިން 3 ފޫޓޭ ކިޔާއިރު ޓީޗަރު ބަހައްޓަނީ ކައިރީގަ... ކުދިންތައް ބަލިވެ އުޅޭއިރު ލައިބްރަރީއަށް ގެންދޭ.... ސްކޫލްގެ އިސް ޓީޗަރުން އުޅެނީ ކުދިންނަށް ބަލި ނުޖެހިގެން ދެރަވެގެން އުޅޭހެން.... ނެޝަނަލް ލައިބްރަރީ ނުހުޅުވާއިރު ސްކޫލްތަކުން ކުދިން ލައިބްރަރީ އަށް ގެންދަންފަށައިފި.... އަޖައިބެއް.... ހުރިހާ ކުދިން ގޮސް އެއް ފޮތްތަކެއްގަ އަތް ލީމަ ބަލި ފެތުރުން ގިނަވާނެ.... ސްކޫލްތަކުން މިކުރާ ކަންތަށް ބަލާނެ ވެރިއަކު ވެސް ނެތް.... ސޯޝަލް ޑިސްޓެންސިންނެއް ނެތް..

  7. Anonymous

    އެންމެ ބޮޑު ނުރައްކަލަކީ ކެނެރީ ނަޝީދު.

  8. ކާފަބޭ2020

    އަނެއްކާވެސް ވެންޓިލޭޓަރަށް ހުޅުވުނުއުފާވެރިފުރުޞަތަކަށް މިކަންނުވާނެބާ؟ ކުރީގެވެންޓިލޭޓަރުތަކުންއެއްބައިވީ ހުލި އަނެއްބައި ކޯދުލާއަރާ ބައެއްގެޖީބުދަނީފުރެމުން! ހުޅުވުނުދޮރުން....