ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ވޭރިއަންޓް އޮމިކްރޮން ފެތުރުން އާންމުވަމުންދަނިކޮށް، ރާއްޖެ އަނެއްކާ ވެސް ފުރަބަންދު ކުރުމުގެ ވިސްނުން ވާނީ ގެއްލުން ބޮޑު ވިސްނުމަކަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕްއަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ "ރާއްޖެ އަނެއްކާ ވެސް ބަންދު ކުރުމުގެ ވިސްނުން ވާނީ ގެއްލުން ބޮޑު ވިސްނުމަކަށް، ކޮވިޑްއާއެކު އުޅުން ނޫން ގޮތެއް ނެތް،" ކަމަށެވެ.

ރައީސް ނަޝީދު މިހެން ލިޔުއްވައި، އެމްޑީޕީގެ ގްރޫޕްއަކަށް މެސެޖެއް ފޮނުއްވީ މިކަމާ ގުޅިގެން ރާއްޖޭން ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއުލާން ކުރައްވާފައިވަނިކޮށެވެ.

ރައީސް ސޯލިހް އެހެން ވިދާޅުވެ ޓްވީޓެއް ކުރެއްވި ނަމަވެސް، އަޅާނެ ފިޔަވަޅުތަކެއް އަދި ހާމައެއް ނުކުރައްވައެވެ. މިއަދު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އާއެކު، މިއަދު ބައްދަލުވުމެއް ބާއްވާ ގޮތެއް ނިންމަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ސިއްޚީ ޚިދުމަތްތެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޫސްޓަ ޑޯޒްއެއް ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަ މަހު ފެށިގެން ދާނެއެވެ.

ދެކުނު އެފްރިކާއިން ފެނުނު އެ ވޭރިއަންޓް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނައިރު، އެއާ ގުޅިގެން ގިނަ ގައުމުތަކަކުން އަންނަނީ އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށި ކުރަމުންނެވެ. އެންމެ ކައިރި އަވައްޓެރި ސްރީ ލަންކާއިން ވެސް ފިޔަވަޅުތައް ހަރުކަށިކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކުރަންވީއޭ

    ކޮން އާވޭރިއެންޓެއްތޭ ތިޔާއީ ފޭކް ވާހަކަ ތަކޭ ދުނިޔޭގެ މެޑިކަލް ކޮމިއުނިޓީން ދުނިޔެ ލޫޓުވަން ވެގެން ދައްކާ ފޭކް ވާހަކަ ތަކޭ އާ ވޭރިއެންޓް އޮޅާލާ އޮޅާލާ އޮޅާލާ ނުޖެހޭނެއޭ ބޫސްޓަރ ޑޯޒް ވެސް ޖަހަން އާންމުން މަގުމައްޗަށް ކޮވިޑާއި ދެކޮޅަށް ނިކުމެ މުޒާހަރާ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ

    32
    10
  2. ހަވާސާ އިބޫ

    މިނަސީދުގެ ބަލާވެރިކަމުން މިގައުމުގެ ރައްޔަތުންނާއި ސިއްހީނިޒާމުވެސް ސަލާމަތްވާންޖެހޭ!

    43
    4
  3. މާމީ

    އަނެއްކާވެސް ވައްކަން ކުރަން ވެގެން އެއްޗެކޭ ކިއަނީ..

    39
    5
  4. ރާއްޖެ

    މަނިކުފާނު އެއްޗެކޭ ވިދާޅުނުވިޔަސް އޯކޭ...މަނިކުފާނުގެ ވާހަކަ ދެން އަޑުއަހާކަށް ނެތީމު...

    25
    1
  5. ހޯސީ

    އެކަމަކު މިހާރު މި ޖަހާ ޝޮޓުތަކަކުން އާވޭރިއެންޓެއް ނުގުޑަނެ. ނެތް އެނޫން ގޮތެއް. ބަންދު ކުރޭ. އާ ވޭރިއެންޓަށް އާ ވެކްސިނެއް ހެދެން ދެން.

    12
    1
  6. ހުސެންބެ

    މިވޭރިއަންޓަށް ކިޔަނީ ގަންޖާ ވޭރިއަންޓް .ކަލެއާ އިބްރާހިމް ސިޔާސީ ކަންކަމުން އިސްތިއުފާ ދީބަލަ މި ކަމަށް ހައްލެއް ލިބޭތީ އިން ޟާ ﷲ

    20
    1
  7. އަހުމަދު

    އިގްތިސޯދު ނުހިނގަންޏާ ނަޝީދާއި ނަޝީދުގެ އައުވާނުންނަށް ކެވޭ ވަރު މަދުވަނެ.

    23
    1
  8. އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    20
    2
  9. Anonymous

    މީނަމީ ދިވެހިންގެ ހަލާކު މިމަހު މިހާރު 3 ފަހަރައް ކޮވިޑައް ޓެސްޓް ކޮއްފި.

    14
  10. ބުރުގާ

    އޭ ރަންނަމާރި، ކަލޭ މިރަށުން ފަިއބާނީ ކޮއްއިރަކުންތަ؟؟!

    16
  11. އަބްދޫ

    ރާއްޖޭގަ ކަންކުރާނެ ގޮތެއް ކަލެަކަށް ނޭގޭނެ. ވަޑާންގެއާ ކުންފުނި ބަގުރޫޓް ވި މެރިޓައިމްކިޔެވީމަ . ގައުމުވެސް ހިންގަން ނޭގުނު ދަރަނީ 3 އަހަރުން 28 ބިލިއނަށް އަރުވާ ގައުމު ބަގުރޫޓް ކޮށްލި ވާހަކަ ނުދައްކާ ހުރޭ އިގިރޭސި ވިލާތުން ކޮވިޑް ގެނެސްގެން މިގައުމުގަ ކޮވިޑް ފެތުރި މީހަކީ ތިޔައީ. މާގިނަވާހަކަ ނުދައްކާ ތިޔަސޮރު ދައްކާވާހަކަ ބަލައިގަންނަ ބަޔަކު މިގައުމަކުނެތް.

  12. ދަރަނި ދަންތުރަ

    މ މުރާދޫގެ ސަރަހައްދަން ރަންނަމާރި އަރައިފި ، ވަށައިގެން ރަތް ރޮގު

  13. Anonymous

    އެޖެންޑާ19، ކޮވިޑް19...އޯކޭވާނެ ދޯ އެޖެންޓް މަސްހުނިވެގެން ބިރަކާ ނުލާމަޖާކުރީމަ ހުންނާނީ ރަގަޅަށް..ހިއްހިއް

  14. ކޮއްކޯ

    ރާއްޖޭގެ ގިނަބަޔަކަށް މި ބަލިމަޑުކަން ޖެހުނީމައި ކަލެއަށް ރާއްޖެއަށް ވަނީ ފައިދާތޯ. ބަލިމަޑުކަމުން ސަލާމަތްވުމަށް އަޅާ ފިޔަވަޅު ތަކުން ރާއްޖެއަށްވަނީ ގެއްލުންކަން ކަލެއަށް ވަރަށް ރަނގަޅަށް ބުނެދެވިއްޖެ.

  15. ލައިކަން

    ބަންދުކުރާކަށް ނުޖެހޭ ކޮންމެހެން ކޮވިޑަކީ އެހާނުރަށްކާ ބައްޔެއްނޫނޭ ބަޔަކުމީހުންމާނުރަށްކާވައިރަހަކައްހަދައިގެން އުޅުނަކަސް އެހަމައާދައިގެރޯގާއެއް މާނުރަށްކާ އެއްޗަކަށް ހަދައިގެން ފުރަތަމަވެސް އިންސާނުންގެ ހިތްތަކަށް ދުނިޔޭގެ އެކިކަންކޮޅުން މާބޮޑަށްބިރުވެރިކަންފަތުރާ ފުރާނަޔަށްނުރަށްކާވައިރަހެއްކަމަށް އަޑުފަތުރައި ގޮސް ގިނަމީހުނަށްވައިރަސް ޖެހުނީމަ ގަންނާކުރަށްވާބިރުން މާބޮޑަށްމީހުން ބަލިވީ މީހުން އެކަހެރިކޮށް ނަފްސާނީގޮތުން ގިނަމީހުން ބޮޑައް ބަލިވީ ބިރުވެރިކަން ހިތަށް ވައްދާފަ އެކަހެރިކޮއްފަ ބޭވުމަކީ ދެވޭހާދަ ބޮޑު އަނިޔާއެކޭ