އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިން އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

އިންޑިޔާގެ އެޒިމަލާގައި ހުންނަ އޭޝިޔާގެ އެންމެ ބޮޑު ނޭވަލް އެކެޑަމީގެ ޕާސިން އައުޓް ޕެރޭޑުގައި ބޭރު ދަސްވެނިވި 231 މިޑްޝިޕްމަނުންނާއި ކެޑޭޓުންނަށް މިނިސްޓަރު ވަނީ މަރުހަބާ ވިދާޅުވެފައެވެ. މިއަދު ހެނދުނު ބޭއްވި އެ ރަސްމިއްޔާތުގައި މާރިޔާ ވަނީ، އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ޑިފެންސް ކޯޕަރޭޝަން ޕާރޓްނާޝިޕްގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ދިފާއީ ކަންކަމުގައި ދެގައުމުގެ އެއްބާރުލުން ބިނާވެފައި އޮންނަނީ ހަމަހަމަކަމާއި، އިތުބާރާއި، ދެފަރާތުގެ ފައިދާ އާއި، ދެގައުމާއި އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަަށް އޮތް މުހިއްމު ބޭނުމުގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ.

ކެޑޭޓުންނާ މުހާތަބުކޮށް، މާރިޔާ ވިދާޅުވީ، އައިއެންއޭ ފަދަ ގަދަރުވެރި، ތާރީހީ މުއައްސަސާއަކުން ލިބުނު އިލްމާއި ފަންނީ މައުލޫމާތާއި ލީޑާޝިޕްގެ ހުނަރު ބޭނުންކުރަންވާނީ، މިސަރަހައްދުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަޒުމާއި ވިސްނުމުގައި ކަމަށެވެ. މިޒަމާނަކީ ދޭދޭ ގައުމުތަމުގެ ސަލާމަތާއި ރައްކާތެރިކަމާ އެގައުމުތައް ހިމެނޭ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ޒަމާންކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، ހިތްވަރާއި ކެރުމާއެކު، ނޭވީ އޮފިސަރުން ކޮންމެ އޮޕަރޭޝަނަކާ ކުރިމަތިލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މާރިޔާ ވަނީ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އައި.އެން.އޭ އިން ތަމްރީނުކޮށްދީފައިވާ އެމްއެންޑީއެފް އޮފިސަރުން، މިއަދު މަތީ ރޭންކުތަކުގައި، ދިވެހި އަސްކަރިއްޔާއަށް ހިދުމަތްކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އައިއެންއޭ އަށާއި އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޑިޔާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ކަރަމްބީރު ސިންގުގެ ދައުވަތަކަށް އިންޑިޔާއަށް ކުރައްވާ މިދަތުރުފުޅުގައި، މާރިޔާ ވަނީ، އިންޑިޔާގެ ނޭވީގެ ސަދަން ކޮމާންޑަށާއި އިންޑިއަން ނޭވަލް އެކެޑަމީއަށް ޒިޔާރަތްކުރައްވައި، ޓްރެއިނިންގ ފެސިލިޓީތައް ބައްލަވާލައްވާފައެވެ. އަދި އިންޑިޔާގައި ތަމްރީނުވަމުންދާ ދިވެހި ސިފައިންނާވެސް އެކަމަނާވަނީ ބައްދަލުކުރައްވާފައެވެ.

އިންޑިޔާގެ ނޭވީގެ ޓްރެއިނިންގ ކޮމާންޑުކަމަށްވާ ސަދަރން ނޭވަލް ކޮމާންޑުންވަނީ، އެމްއެންޑީއެފްއަށް ބޭނުންވާ ހުރިހާ ރޮނގަކުން، ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދޭނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އުގުރި

    އަހަންނައް ފެނޭ މާރިޔާއަށް އިންޑިޔާގެ ޑިފެންސް މިނިސްޓަރު ކަން ދޭން

    15
  2. ޟިނާ

    ސާބަހޭ. ފިސާރި ކަނބަލެއް

    1
    12
    • ރަން ރީނދޫ

      ފިސާރި ވަގު ޣައްދާރެއް

  3. އަހަރެން

    ތިޔަ ކަމަނާ ޕާސިން އައުޓް ވާނަމަ

  4. ހުސެން

    ފިނދަނަ ޟަރަފު .ފިނދަނަ ކަމަނާ މެން ކަހަލަ ޙާއިނުންނަށް އިންޑިއާ އަށް ރާއްޖެ ވިއްކީމާ ދޭނެތާ ޟަރަފު.އަދި ކޮބާ ލިބުނު ޑޮލަރު ބޮނޑި،ފްރާންސުން ފްލެޓެއް

  5. އުކުޑާ

    ގައުމު އިންޑިއާއަށް ވިއްކައިދިނުމުގައި ބޮޑުރޯލެއް އަދާކުރި މީހުންނަށް ޕާސިން އައުޓު ޕެރޭޑު ކީއްކުރަންތޯ ހުރިހާޕެރޭޑެއްވެސް ހަމަަޖަށްސަން އިންޑިއާއޮތީ ތަށްޔާރަށެވެ ހަކުރުދިނީމާ ބޮޑުދައިތައަށްވީއެވެ.

  6. ގޮލާ

    އެވަރު ކޮއްދޭނެ، މި ޤައުމު އިންޑިޔާއަށް ދީފަ އޮތީ

  7. ގެރިބޯ

    ހެހެހެހެހެ. އިންޑިޔާ މާރިޔާ ދޯ؟

  8. ދަރަނި ދަންތުރަ

    އިންޑިޔާއިން ފިނދަނަ ދައިތައަށް ތިޔަކަހަލަ ކިތައްމެ ސަރަފެއް އަރުވާނެ ، އެއީ ދިވެހި ގައުމު އިންޑިޔާގެ އަޅުވެތިކަމުގައި ތާށިކުރުވާތީ . އަހަރެން ގަބޫލުކުރާ ގޮތުގައި މާރިޔާ ޔަކީ ދިވެހި ގައުމަށް ގައްދާރުވެފައިވާ ގައްދާރެއް ހާއިނެއް ގާނޫނު އަސާސީ އަށް ފައިން އެރި ގޮތްކުޑަ އަންހެނެން

  9. ސައްތާރު

    ކީއްވެބާ ރީނދޫ ކުލާގެ ހެނދުމެއްނުލީ

  10. ރައްޔިތުން

    އިންޑިއާގެ ވެރިކަން މާރިޔާ ކުރުމަކީ އެކަށީގެންވާކަމެއް

  11. މޯދީ

    މާރިޔާ އައުޓް
    މާރިޔާ އައުޓް
    މާރިޔާ އައުޓް
    މާރިޔާ އައުޓް
    މާރިޔާ އައުޓް
    މާރިޔާ އައުޓް
    މާރިޔާ އައުޓް

  12. އެހެރަހެދުމެއް

    އަދި އެއަށްވުރެ ގަަޔަށް ބާރު ހެދުމެއް ނުލިބުނީތަ އޭނަ ލާން؟ ކަނޑާވަންނަވަރަށް ބާރުކޮށް ހެދުން އަޅައިގެން ހުރިހާ ފިރިހެނުންތަކު ތެރޭ.. ލަދެއްގެ ކަންފުޅެއްވެސް ހުރި މީހެއްނޫން އެއީކީ. މިގައުމުގެ ގައުމީ ހެދުމަށްވެސް ހުތުރު އަރުވައިފި. ގާނޫނު އަސާސީއަށް ފައިންއެރި މީހަކު އަނެއްހެން ނުކުރާކަށް މާބޮޑު ކަމެއް ނޯންނާނެ.