ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިންމޭޓަކަށް ރޭ ހަމަޖެއްސެވި ކުރީގެ އިސްލާމިކް މިނިިސްޓަރު ޑރ. ޝަހީމް އަލީ ސައީދަކީ މުނާފިގެއް ކަމަށާއި އޭނާ އާއި ދިމާލަށް ބަލަން ހެޔޮވެސް ނުވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
މަހްލޫފު މިހެން ވިދާޅުވީ، އިސްލާމިކް މިނިސްޓަރު ކަމުން ޝަހީމް އިސްތިއުފާ ދެއްވީ، ޝައިހް އިމްރާން ޖަލަށް ލުމުން އެ މަންޒަރު ބަލަން ކެތް ނުކުރެވިގެން ކަމަށް ބުނެފައި އޮތް ހަބަރެއްގެ ސްކްރީންޝޮޓެއް ފޭސްބުކްގައި ހިއްސާ ކުރައްވައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ސަމާސާގެ ރާގަކަށް މަހްލޫފު ވިދާޅުވެފައި ވަނީ "ޝައިހް އިމްރާން ޖަލަށް ލުމުން އެމަންޒަރު ބަލަން ކެތް ނުކުރެވިގެން ހަތަރު އަހަރު ވީއިރުވެސް އަދިވެސް ޝަހީމް ކީރިތި ކުރައްވަނީ" ކަމަށެވެ.
"މިއީ ސީދާ މުނާފިގުން. މަގާމާއި ފައިސާއަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ." މަހްލޫފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޝަހީމް ފަދަ "ފޭކް ދީނީ ތާާކިހާ" އަޅައިގެން ތިބޭ މީހުންނާ ދިމާލަށް ބަލަން ވެސް ހެޔޮ ނުވާނެ ކަމަށެެވެ.
މީގެ އިތުރުން އޭނާ ކުރެއްވި އެހެން ޕޯސްޓެއްގައި ޝަހީމް އަށް ނިސްބަތް ކުރައްވާ، ޝައިހް ޝަހީމްގެ ބަދަލުގައި "ފޭކް ޝަހީމް"ގެ ހޭޭޝްޓެގް ވެސް ބޭނުން ކުރައްވާފައި ވެއެވެ. އަދި އެޕޯސްޓުގައި އޭނާ ބުނެފައި ވަނީ ރައީސް ޔާމީން އާއި ގުޅިގެން ޝަހީމް ކުރައްވާނެ ފުރަތަމަ ވައްކަމަކީ ރައްޔިތުންގެ ވޯޓު ވަގަށް ނެގުން ކަމަށެވެ.
އެހެން ނަމަވެސް ވަގަށް ނަގާ ވޯޓުތައް ވެސް ދީގެން ﷲ ގެ އިރާދަފުޅާއެކު ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް މަހްލޫފު ވިދާޅުވިއެވެ.
ރައީސް ޔާމީން ޑރ. ޝަހީމްގެ ރަނިންމޭޓަކަށް ރޭ ހަމަޖެއްސި އިރު އޭނާ ހުންނެވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގައެވެ. އެހެން ނަމަވެސް އަވަސް މުސްތަގުބަލެއްގައި އެ މަގާމުން އިސްތިއުފާ ދެއްވައި އޭނާ ޕީޕީއެމް އަށް ސޮއި ކުރައްވާނެ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.
މަހުލޫފު އަށް އަބުރުގެ ދައުވާ ކުރުމަށް ޑރ ޝަހީމް އަށް ގޮވާލަން
މީހުންނަށް މުނާފިގަށް ގޮވާއިރު ތިމާގެ އަމިއްލަ ޙާލާމެދު ވިސްނާލުން މުހިންމު..
މަފޫލު ކިތަށް ކޮޅަށް ދުވިސްތޯ، އަބަދުވެސް މަށަށް ބޮޑުވާގޮތަށް އުޅުން
ޝަހީމް އައް ރަނިންމޭޓުކަން ދިނީމާ މަހުލޫފުއައް ވަރައް އަސަރުކޮއްފި
ކަލޯގެޔާ މަހްލޫޓުއަށް ހާދަ ވަރެއްކޭ މިވަނީ ޑރ ސަހީމް އަށް ރަނިންމެޓް ކަން ލިބުނީމަ. ޢަހަރެން ހިތަށް އަރަނީ މަހްލޫޓު ދައްކާ ވާހަކަ ޤަބޫލް ކުރާ މީހަކު އުޅޭބާއެ..
ކަލޭ ތީ ކާކު މުނާފިގު ގޮވަން ކަލޭ ތިހިރީ މުރުތައްދު ވެފަ މަހުލޫފު ބޯގޮވާފަ ތައުބާވުމަށް ގޮވާލަން
ހެހެހެ ވަރައް އަސަރު.ކޮއްފިދޯ. ދެން ޖަލުގަ އޮވެލާ
ކަލެއަކީ މުޅިދުނިޔޭގަވެސް ހުރި އެންމެ ގަދަމީހާ
ޖޭވިޔަސް ބޮޑުވަރު މިއުޅޭ އިލްޔާސް އާއި އިޔާޒް ވެސް ހަސަދަވެރިވީ އެމީހުންނަށް އެހިސާބަށް ނުދެވުމުން
ވަރުއަރުވާނޭކަމެއް ނެތެވެ. އިންޝާއަﷲ އެއްލަކިން ރައީސް ޔާމީން ހޮވާފަ ދައްކާނަމެވެ.
ﷲ ގެ ދީނަށް ފާޅުގައި ފުރައްސާރަކޮށް، ދީނުގެ ޤާޠަޢީ ޙުކުމްތަކަށް ދެކޮޅު ހަދާ، ﷲގެ ޙުކުމް ފުޅުތަށް ތަންފީޛު ކުރަން އިންކާރުކޮށް، ޤައުމުގެ އަމަން އަމާންކަމާއި ޞުލްޙަ މަސަލަސްކަން ނަގާލަން ގޮވާލާއި، މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް އިންކާރު ކޮށް، ބޭނުން ކޮންމެ ދީނަކަށް މިވަޠަނުން ޖާގަ ދޭނެކަމަށް ގޮވާލާ މީހެއްގެ އަތުގައި ހިފިމީހާއަށް ވުރެ، ﷲ ގެ ދީން މަތިވެރިކޮށް، މިވަޠަނުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ޤާއިމުކޮށް މުސްތަޤިއްލު ޤައުމެއްގެ ގޮތުުގައި ތަރައްޤީގެ މަގުގައި ފައިހަަމަކުރުމަށް މަސައްކަތް ކުރަމުންދާ، އަދި ބޭނުން ދީނަކަށް އުޅުމުގެ ފުރުޞަޠު ނުދޭނެކަމަށް ފާޅުގައި ވިދާޅުވަމުންދާ މީހަކަށް ތާޢީދު ކުރާމީހާ މުނާފިގަކަށް ވާނީ ކިހިނެއްތޯ؟
މާސްކޭ އުޅެނީ މޭކަރައިގެން ދޮގު ހެދުމަކީ މުނާފިގުންގެ ސިފައެއް ކަލޯ ކެނެރީގޭ ކޮކަޑި ކުމާރަކީ މިހާތަނަށް މިގައުމުދުއް އެންމެ ބޮޑު މުނާފިގު ދިވެހި ރާއްޖޭގައި ތިބިއްޔާ ތިބި އިލްމުވެރިން އޭނަގެ 1000 ދޮގުގެ މައްޗަށް އެކުލެވޭ ފޮތެއް ނެރުނު ހަނދާންވެސް އެބަހުރިތަ. ކަލޭ ތީ އޭނާގެ ފަރާތުން ނިކުމެ ހުރި ފިރުއަނުގެ ރޯލް ކުޅެން ނިކުމެ ހުރި މޯލެއް.
އަމިއްލަ ގައިގަހުންނަ ނަޖިސް ނުފެންނަ މީހުން އެހެން މީހުންނަށް ފާޑުކިޔުން ތާހިރެއްނޫން
މަޙުލޫފަށްވުރެ ވަކިންބޮޑު މުނާފިގެއް ނުހުންނާނެއެވެ ދެއިރުދެދަޅައަށް ކޮންމެވެސް ދޮގުވާހަކައެއް ދައްކާނެ
މިއީ މިމީހުންގެ ފެންވަރަކީ، މީހަކާއި ދިމާލަށް އެއްޗެހިކިޔާލަންވީމައި މާތްﷲ މަތިން ހަނދުމައެއްނުހުންނާނެ، ރޭދުވާ މާތް ﷲއަށް އަޅުކަންކޮށް ކޮށް ހުރި އަޅާއަށް ވަގަށް ގޮވާފައި، ނަމާދެއްނުކޮށް މީހުންނަށް މަލާމާތްކޮށް ހަޅޭލަވަމުން ދެބައޮޑުވަމުން ރިބާކަމުންތބެ މިބުނަނީ މާތްﷲ އިރާދަކުރެއްވިޔާ ތިންނާމެން މިފަހަރު ހޮވޭނެޔޭ.
ތެދެއް ވެރިކަމަކީ މާތްﷲ އިރާދަ ކުރެއްވިމީހަކަށް ލިބޭ އެއްޗެއް. އެއަކީ ގެރިއަށާއި ސަލީބަށާއި ބުދަށް އަޅުކަން ކުރާމީހުން ބުނީމައި އެވެރިންބުނާ މީހަކަށް ލިބޭ އެއްޗެއްނޫން. އެވެރިން ފަހަތުން ކިތަންމެ ވަރަކަށް ދުވެ އާދޭސް ކުރިޔަކަސް ވާނެ އެއްކަމެއްވެސްނޯންނާނެ. ހަމަ މާތްﷲ އިރާދަ ކުރެއްވީ މީހަކަށް ވެރިކަން ލިބޭނީ. ދެން ތިލަވާ ހަޅޭނުލަވައި ތައުބާވެ ކުރެވިފައިވާ ފާފަތަށް ފުއްސަވާތޯ މާތްﷲ އަށް ދުއާދަންނަވައި ޒިކުރުކުރަން ގޮސް ގޭގައި މަޑުމަޑުން އިނދޭ. މާދަމާވެސް މިދުނިޔެ ދޫކޮށްލަން ޖެހިދާނެ. އެދުވަހަކުން ޔޫއެން އެއް އީޔޫ އެއް ކޮމަންވެލްތެއް މޯދީއެއް ކުލޫނީއަށް އަށް ކުރެވޭނެ ހަމަ އެއްކަމެއްވެސް ނޯންނާނެ. އެމީހަކު ކުރިކަމެއް އެމީހަކަށް. އަޅުގަޑު އެދެނީ މާތްﷲ މަހްލޫފު އަށާއި ދިވެހި އެންމެހައި އަހުންނާއި އުހްތުންނަށް ފާފުއްސަވައި ހެޔޮވިސްނުން ދެއްވައި ރިވެތި އަހްލާގްގެ މަތީގައި މިދުނިޔެ ދޫކުރާބަޔަކަށް ވުމަށް.
ހަމަ ހަޖަމްނުކުރެވުނި ޕަކާސް
މުނާފިގު މިބަސް މިހާ ފަސޭހަ ކަމާއި ބިރެއްނެތި ބޭނުން ކުރާއިރު ތިމާ ވިސްނާނުލާބާ؟ މުނާފިގެކޭ މީހަކާ ދިމާލަށް ބުނާއިރު ކޮންމެވެސް 01 އެއީ މުނާފިގެއްކަން ނޭންގޭބާއެވެ؟ އަދި މުނާފިގުންނަށް ހުރި ﷲ ގެ ކޯފާ ނުވިސްނެނީ ހެއްޔެވެ؟ ނޫނީ ތިބާއަށް ހުރިހާ އެއްޗެއް އެނގި ހުރެމެ ޖާހިލު ކަމުން ދުލަށް އައިހާ އެއްޗެއް ގޮވަނީ ހެއްޔެވެ؟
މިސޮރުގެ ދުލުން އަބަދު ބޭރުމިވަނީ، ތަންދޮރުނޭގޭ މޮޔައިން ދައްކާކަހަލަ ބަސް، ކަލޭ ކިތަންމެ ވަރެއްވިޔަސް އަހަރުމެން ގެ ވޯޓް ޕީޕީއެމަށް ނޫނީ ދޭކަށްނެތީން.... އެއްލަކިން إن شاء الله
ވަރަށް ދަށުދަރަޖައިގެ ވާހަކަ ދައްކާ މީހެއް މި މަހުލޯފު އަކީ، ކަލޭތީކާކު ޑރ ޝަހީމަށް ފާޑުކިޔަން، ތިގޮތަށް ދިމާކުރީމަ ހީވަނީތަ ޑރ ޝަހީމްގެ އަޒުމް ގުޑުވާލެވޭނެހެން ނުވާނެ ތިކަމެއް، އެބޭފުޅާއަކީ ﷲގެ މަގުގައި ހުންނެވި ވަރަށް ކާމިޔާބު ބޭފުޅެއް މިހާތަނަށް ކުރައްވަން ފެއްޓެވި ކޮންމެކަމެއް ވަރަށް ކާމިޔާބު ކާމާއެކު ކުރައްވާފަ ހުރީ ދެންމޮޔަ ގޮވަގޮވާ ތިބޭ