އަތޮޅު ތެރޭގެ 12 ރަށެއްގެ ސްކޫލަށް ޕްރިންސިޕަލުން ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފިއެެވެ.

އެ މިނިސްޓްރީން ކުރި އިއުލާންގައި ވަނީ، ހއ. އަތޮޅުގެ ތިން ރަށަކާއި ށ. އަތޮޅު ރަށަކާއި، ހދ. އަތޮޅު ތިން ރަށަކާއި، ރ އަތޮޅުގެ ރަށަކާއި، ގއ. އަތޮޅުގެ ރަށަކާއި، ވާދޫ އަދި މ އަތޮޅާއި ނ އަތޮޅުގެ ރަށަކަށް ޕްރިންސިޕަލުން ބޭނުންވާ ކަމަށް ބުނެފައެވެ.

އެ އިއުލާނުގައިވާގޮތުން ލިބިފައިވާ ސަނަދަށް ބަލައި މުސާރަ ކަނޑައެޅޭނެއެވެ. އެގޮތުން އެލަވެންސް ނުލައި، އެންމެ ދަށް މުސާރައިގެ ގޮތުގައި 8795 ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވާއިރު، އެންމެ ބޮޑު މުސާރައިގެ ގޮތުގައި އެލަވެންސް ނުލައި 18،000 ގެ މުސާރައަށް ލިބޭނެއެވެ.

ރާއްޖޭގެ 12 ސްކޫލަކަށް ޕްރިންސިލުން ހޯދަން އިއުލާނުކޮށްފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޕްރިންސިޕަލް ކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ފުލް ފަންޑެޑް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލާފައެވެ.

މިހާރުވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި ޕްރިންސިޕަލުންގެ ގޮތުގައި ބިދޭސީން މަސައްކަތް ކުރަމުންދާ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މާޟީ

    ކަމަނާ އިންޑިއާ މީހުން ގެންނަން ވެގެން ދިވެހިން ސުކޫލުތަކުން ބޭރުކުރީ ނޫން ތޯ

  2. ޙަދިސައިބު

    ................... ބުނީތޯ އިއުލާންކުރަން ބުނާގޮތަށް ކަންނުރެވޭނަމަ ލޯބިވެރިން ނުރުހިދާނެ، 3 ފިރިން ގެންގުޅޭ އަންހެނުން ވަރަށް މުވާނެ!

  3. އަޒީ

    ބޮޑުފޮތުން ކިޔަވައިގެންތިބި މަބުރޫކުއާއި ތިނަދޫ ގު ސުޖާ ވ.އަތޮޅުގެ ތަޢުލީމު ހަލާކު ކޮށްފި،

  4. ބިން މުހައްމަދު

    ހެދޭނުހެދޭ އެނގޭވަރުމީހެއް ވެސް މިސަރުކާރަށް ނުލިބުނީތޯ މިނިސްޓަރުކަންދޭން؟؟؟؟؟

  5. ީތރެްސފގހ

    ޥަންދޫގައި ނެތް. 5މަސްވީ. ނުފެންނަނީ ތޯ؟

  6. ސިމްނާ

    ކަމަނާ ނަހައްދަވާނެ ތެދުފުޅެއް.