ރާއްޖެ އިން އިތުރު 76 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ފައްސިވެފައިވާ 76 މީހުންގެ ތެރެއިން 22 މީހަކު ފައްސިވެފައިވަނީ މާލެއިން ކަމަށެވެ. އަދި 49 މީހަކު އަތޮޅު ތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވެފައިވާއިރު، ފަސް މީހަކު ފައްސިވެފައިވަނީ ރިސޯޓުތަކުން ކަމަށެވެ.

މިއަދު ފައްސިވެފައިވާ 17 މީހުންނަކީ ފާއިތުވި 24 ގަޑިއިރު ކޮވިޑަށް ޓެސްޓް ކުރި 3820 މީހުންގެ ތެރެއިން ފައްސިވާ އަދަދެވެ. މިވަގުތު މާލޭގެ ކޮވިޑަށް ފައްސިވާ މީހުންގެ އިންސައްތަ އުޅެނީ 2 އިންސައްތައިގައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 105 މީހަކު މިއަދު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. މިހާރު ކޮވިޑް ބަލި މީހުންގެ ގޮތުގައި ތިބީ 1794 މީހުންނެވެ.

ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 12 މީހުންނަށެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 91350 އަށް އަރާފައެވެ. އޭގެތެރެއިން ކޮވިޑުން ރަނގަޅުވީ 89295 މީހުންނެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 248 މީހަކު

 

ކިޔުންތެރިންގެ ހިޔާލު