އައްޑޫސިޓީން އިތުރު 17 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ، މިއަދު ހަވީރު 18:00 އާ ހަމައަށް ފެނުނު 17 ވޭދަނަތަކުގެ ތެރެއިން 15 ވޭދަނަ ފެނިފައިވަނީ ހިތަދޫން ކަމަށެވެ. އަދި އަނެއް ދެ ވޭދަނަ ފެނިފައިވަނީ މީދޫން ކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ.

އައްޑޫގެ އަވަށްތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑަށް މިވަގުތު ފައްސިވެފައި ތިބީ ހިތަދޫންނެވެ. އެގޮތުން ހިތަދޫގައި މިވަގުތު ކޮވިޑް ޖެހިފައި ތިބި 185 މީހަކު ތިބިއިރު، ފޭދޫގައި 26، މަރަދޫގައި 43، މަރަދޫފޭދޫގައި 3، މީދޫގައި 15، ހުޅުދޫގައި 3 މީހުން އެބަ ތިއްބެވެ.

މިއާ އެކީ އައްޑޫގައި ކޮވިޑަށް ފައްސިވެފައި ތިބި މީހުންގެ އަދަދު މިހާރު ވަނީ 277 އަށް އަރާފައެވެ.

އައްޑޫން މިހާތަނަށް 2،712 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 2467 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު ތިން މީހަކަށް ކޮވިޑް ފެސިލިޓީގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނައިރު، 10 މީހަކު ވަނީ އެސިޓީން ނިޔާވެފައެވެ.

އައްޑޫގައި ހަލުވި ކަމާއި އެކީ ބަލި ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ކައުންސިލުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަރުއްލާ

    އައްޑޫ އިން ކޮވިޑަށް ފައްސިވާ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ. އެމީހުން ފައްސިވެފަ ތިއްބާ ރަށުތެރެއަށް ނުކުމެ މަސްތުވާތަކެތި ހޯދަން އާންމުންގެ ތެރޭގަ އުޅެނީ. މީ ވަރަށް ނުރައްކާތެރި ކަމެއް. އިރުއިރުކޮޅާ ފިޔަވަޅުތަށް ނައަޅާ މިކަން ކުރީއްޔާ ފައްސިވާ އަދަދު ބޮޑުތަނުން މަދުވާނެކަން ޔަޤީން.