ފަޅު ރަށަކަށް ޑިންގީއެއްގައި ދިޔަ ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ހަނާ ވިދާޅުވީ، ގދ މާވަރުލު އާއި ގދ.ގައްދޫ އާ ދެމެދު އޮތް ފަޅު ރަށަކަށް ޑިންގީއެއްގައި މިއަދު ހެނދުނު ދިޔަ ދެ މީހަކު ގެއްލުގެން ހޯދަމުންދާ ކަމަށެވެ.

ހަނާ ވިދާޅުވީ، އެ މީހުން ހޯދުމުގެ މަަސައްކަތް ފުލުހުންނާއި ގުޅިގެން ސިފައިން ކުރަމުންދާ ކަަމަށެެވެ.

އެ މީހުން ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިރޭ 10:03ގައެވެ.

ގެއްލިގެން ހޯދަމުން ދަނީ ގައްޑޫ ޗިޗަންޑާގޭ އުމުރުން 79 އަހަރުގެ އަބްދުއް ރަހީމާއި، އެރަށު ޗަނބޭލީގެ އުމުރުން 25 އަހަރުގެ ހަސަން މަޖްދީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިޔުންތެރިއެއް

    ފަޅުރަށަށް ދިޔައީ ރިޔާނެގި ބޮއްކުރާއެއްގަ.

  2. މަރީ

    މާވާރުލާއި ގައްދޫ އެއްފަޅެއްގެ އޮންނަ ދެރަށް ، ގެއްލުމަކީ ނާދިރުކަމެއް