އިންޑިއާއާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް "އިންޑިއާ އައުޓް" ކެމްޕޭން ހިންގަނީ ކޮރަޕްޝަން "ފްރީ" މުޖުތަމައެއް ދެކެން ބޭނުންނުވާ ކޮރަޕްޓްވެފައި ތިބޭ ބައެއް ކަމަށް ވިދާޅުވެ، އިންޑިއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭނަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ ގެންވަނީ މިހާރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. އިންޑިއާގެ ވިއޯން ނޫހަށް އިނގިރޭސި ބަހުން ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މީސް މީޑިއާގައި އިންޑިއާ އައުޓް ހޭޝްޓެގް ބޭނުންކޮށްގެން ކެމްޕޭންކޮށް އަޑު އުފުލަމުންދަނީ ފޭކް ނުވަތަ "ބޮޓް" އެކައުންޓުތަކުން ކަމަށެވެ. އެއީ ރާއްޖޭގެ ރައްޔިތުން އަޑު ތަމްސީލުކުރާ ކެމްޕޭނެއް ނޫން ކަމަށް ވިދާޅުވިއެވެ.

އިންޑއާ ދެކޮޅު ކެމްޕޭނު ފެށިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅޭ "އިންޑިއާ ފަސްޓް" ސިޔާސަތާ އެކުއެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލުވަން ގޮވާލައި، އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަކުރަން ގޮވާލާ ރައީސަށް ދަންނަވަން އިދިކޮޅުން ދަނީ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.

"މިއީ އެއްވެސް އަސާސެއް ނެތް ވާހަކަތައް ފެތުރުމަށް މަސައްކަތް ކުރާ ބޮޓްތަކެއް. އަމިއްލަ މަސްލަހަތާއި އަދުލުވެރި މަގުސަދުތަކެއް އޮތް ބައެއް ކޮރަޕްޝަނާ ފަސާދަ އިން ސަލާމަތްވެފައިވާ މުޖުތަމައެއް ދެކެން ނުރުހޭ، އެމީހުން އަމިއްލައަށް ވެސް ކޮރަޕްޓް ވެފައި ތިބޭ މީހުން ހިންގާ ކެމްޕޭނެއް" މާރިޔާ ރައްދުދެއްވިއެވެ.

މާރިޔާ ތުހުމަތު ކުރެއްވި ގޮތުގައި އެކަމުގައި އުޅޭ ކޮރަޕްޓް މީހުންނަކީ އިންޑިއާއާ ރާއްޖެއާ ގުޅިގެން މަސްތުވާތަކެއްޗާ ދެކޮޅަށްކުރާ މަސައްކަތް ހުއްޓުވުމާ ދެކޮޅަށްކުރާ މަސައްކަތަށް ހުރަސް އަޅަން މަސައްކަތްކުރާ މީހުންނެވެ.

"މަސްތުވާތަކެތީގެ ވިޔަފާރިން މަންފާ ލިބޭ ފަރާތްތައް އޭގެ ތެރޭގައި ހިމެނޭ، މަސްތުވާތަކެތި ގިނަ އަދަދަކަށް އަތުލައިގަނެވޭތީ، އެކަމާ މެދު އެ މީހުން ކަންބޮޑުވޭ" އެކަމަނާ ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" ސްލޯގަން ބޭނުން ކޮށްގެން މީޑިއާތަކާއި އަދި މީސް މީޑިއާގެ ވަސީލްތައް މެދުވެރިކޮށް ކުރަމުން އަންނަ މަސައްކަތަކީ ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ބުރޫ އަރައި ދެގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންދީ ރާއްޖޭގެ ސިޔާދަތައް ގެއްލުން ދިނުން ކަމަށް ބުނެ ފޮރިން މިނިސްޓްރީންވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ރާއްޖެ އިން ބައިނަލްއަގުވާމީ ހުރިހާ ފަރާތްތަކާއި އެކު ވެސް ބާއްވަމުން އަންނަ ގުޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އެއްގޮތައް ކޮންމެ ގައުމަކުން ވެސް ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކާއި އެއްގޮތައް ބާއްވަމުން އަންނަ ގުޅުމެއް ކަމަށެވެ.

"އެއްވެސް ފަރާތަކާއި އެކު ބާއްވަމުންދާ ގުޅުމެއްގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށާއި އިސްތިގުލާލަށް ގެއްލުމެއް ނުވާނެ. ރާއްޖެ އިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ރާއްޖެ އަށް ހުރިހާ ކަމެއްގައި ވެސް އެންމެ ފައިދާ ހުރި ގޮތައް." މިނިސްޓްރީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ހުސޭނުބޭ

    މާރިޔަތު ނޫން އެންމެންވެސް ތިބީ ކޮރަޕްޓް ވެފަދޯ؟

    69
    • Anonymous

      މާރިޔާ ދީދީ އަކީ އިންޑިޔާ އިން ދިން ރިޝްފަތުގައި ހިފާ އަމިއްލަ މަންފާއަށް ގައުމު ވިއްކާލަފައި ހުރި ނުޖުރިމުންގެ ލިސްޓުގައި ހިމެނޭ އެއް ގައްދާރެއް

      52
      1
    • ކިޔުންތެރިއެއް

      އިންޑިއާއިން ބޭނުންވެއްޖިއްޔާ މިހާރުވެސް ރާއްޖެ އަޅުވެތި ކުރެވިދާނެކަމާށްބުނި ގައްދާރެއްތިޔަކީ. އިންޑިއާ އައުޓް. މިވަގުންގެ ލާދީނީ ސަރުކާރުވެސް އައުޓް.

      14
  2. ސަރުމީލު

    ސަރުކާރުން ހިންގަންތިބީ އިންޑިއާއަށް ވިކިފައި ތިބިބައެއް އިންޑިއާ އައުޓް ގޮވަން ނިކުމެފައި ތިބީ އިންޑިއާގެ ކިބައިން މިރާއްޖެ ސަލާމަތް ކުރަން ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް ތިބި ބައެއް އެއީ ކޮރަޕްޓް ވިއްޔާ ކޮރަޕްޓް ވިޔަސް ވަރިހަމަ

    76
  3. އަނިލް

    ތި އީ އަދި ކާކު އަނގަތިއަރުވަނީ ޤާނޫނުއަސާސީއަށް ފައިންއަރާ ބޮޑު ކޮރަޕްޓްގެ މާމަގަޑޭ ތިއީ

    68
  4. ޤައުމުދެކެވާލޯބި

    ތަންތަނަށް ގޮސް ވީދެން ފެށީ، 2023 ގަ ބޮޓުން ޕޮޓުންނަށް ހަދާފަ ދޫކޮށްލާނީ އިންސާﷲ. މާރިޔަލެއް، ކަތިރިޔަލެއް، ފަންރިޔަލެއް، ކަނޑިކިރިޔަލެއް، ނުބަލާ އިރާ ކުދި އަރުވާނަން. ބަލަންތިބޭ މާތްﷲގެ އިރާދަފުޅާއެކު ތިޔަ ނުބައި އެމްޑީޕީ ބައިގަނޑު ބާކީވެ، ބިކަވެ، ނިކަމެތި ކޮށްލާ ދުވަސް ވަރަށް ކައިރިވެއްޖެ.

    60
  5. މަތަރަސްމާ

    ބަލަ މިހެރަހަޔާކުޑަ އެފް ޕީ އައިޑި .ފައިސާއިން އުސްތާޒުކަމްން ގެނައި ގައުމުވިއްކާ އަދި އިންޑިއެކު ޑިލުހަދމުންދާއިރު ކޮބައިމިލަދުކުޑައައުރަނިވާނުކޮއް ބަުނާއިރު ފިރިމީހާގެހާލްކޮބައިތަ؟؟؟ މިހާލަދުކުޑައަންހެނެއްމީ؟ދިއައީ ގައުމައްގައްދާރން ތާރީހުގައި ތިޔަ ގައްދާރުގެ ވާހަކަލިޔާނެ މިގައުމުގެރައްޔަތުން؟؟

    54
  6. މއކ

    ކޮރަޕްޓް ނޫންބަޔަކު ނެތް

    37
  7. Anonymous

    އަޅުކޮއްޔާ އިންޑިޔާއަށް ގޮސް އައީތަ؟ ކޮރަޕްޓަސް ކަލޭމެންވަރެއް ނުވާނެ. ހަމަ އިންޑިޔާ އައުޓް. އަދި 10 ގުނަ އިތުރަށް ކެމްޕޭން ވަރުގަދަކުރާނަން.

    52
  8. ާނަނަ

    މާރިޔާ ބޭނުން ކޮންމެ އެއްޗެއް މިހާރު ކީދާނެ. އެކަމަކު އޑޕ އަކަށް ވޯޓެއް ނުދޭނަން މަށެއް.

    48
    1
  9. ނާހަމަ ތެދެއް

    ތިބޭ ފުޅުން ތީ ވިކިފަ ތިބި ބައެއް އިންޑިޔާއަށް

    47
  10. ރަން ރީނދޫ

    އެފް،ޕީ އާއި ޑީ ވަގު މިހެން ކީމަ އަންނަނީ ހިނި.

    43
  11. ޒަމީރު

    އިންޑިޔާއަށް ގެންގޮސް ފުކަކަށްވަންދެން ދިނީ އުތަ؟
    ބޯގޮވާފަ ހުރިވައްތަރުޖަހާ. ޕްރެޝަރ ޗެކްކޮށްލަބަލަ. ސިކުނޑީގެ ނާރެއް ފަޅައިގެން ހިނގައިދާނެ.

    45
  12. ހަލީމާދީދީ

    ފޯއްމުލަކުގެ 500 އެއްހާ ރައްޔިތުންނަކީ ކޮރަޕްޓް މީހުނޭތަ މިކިޔަނީ؟ 2023 ގަ ވޯޓު ހޯދަން ދިޔައިމަ ކޮރަޕްޓްކަން ދައްކާލާނަން. ހަމަ އިންޑިޔާ މިލިޓަރީ އައުޓް. ފިނދަނަކުޅިގަނޑު ނިންމާލެވޭނެ ވަރަށްއަވަހަށް. އިންޝާﷲ

    44
  13. ލަކްނައު

    އެ ތެދެއް. މަސްތުވާތަކެތި މިހާރު ރާއްޖޭގައި ނުވެސް ހުރޭ. ސަހާދަތް ފިނދަނަ ދައިތަ ގެ ބޮލަށް މިހިރީ ފިތާލާފަ.

    41
  14. Anonymous

    ބޮލުގަ އިސްތަށިކޮޅު ހިނގައިދާނެ. ތިހިރަގެން ދުން އަރަނީ. ގެންގޮސްގެން އެއްޗަކަށްވަންދެން ދިނީދޯ؟ އެހެނޭވާނީ. އަޅުކުއްތާއަކަށް ވުމަކީ ތިމާމެންގެ ގަދަރެއް އަގެއް ހުންނާނެ ކަމެއްނޫން.
    އެކަމަކު ކުރެވޭނެ ކަމެއް ނޯންނާނެ. އިންޑިޔާ މިލިޓަރީ އައުޓް ކެމްޕޭން ދުވަހެއްދުވަހަކަށް ދާނީ ކުރިއަށް. އަޑުގަދަވަމުން. ވެރިކަން ނިމުމާއެކު ގާނޫނު ފާސްކޮށް މިލިޓަރީ ގެނައި އެންމެންނަށް ގައުމަށް ގައްދާރުވިކަމުގެ އަދަބު ކަނޑައެޅިގެންދާނެ. މިފަހަރު ލާހިކެއްނޫން އެކަކަށްވެސް ސަލާމަތްވާކަށ.

    39
    1
  15. ރަށުމީހާ

    މާރިޔާ ތިހުންނަވާ ޒިންމާދާުމަގާމުގެގޮތުން ތިބުނުއްވީ ރަގަޅުވާހަކަފުޅެއްތޯ މިހެންމިބުނީ ގައުމުގެ
    މިނިވަންކަމަށްއެދޭ ހުރިހާފަރާތްތަކަކީ ކޮރަޕްޓްވެފައިތިބި ފަރާތަކަށްނުވާނެ އިންޑިޢާ އައުޓް ކެމްޕޭނުގައި އަހަރެންވެސް ބައިވެރިވާނަމަ އަރެންވެސް މިހިރީ ކޮރަޕްޓްވެފައިތޯ ކޮރަޕްޓްވުން
    އެފަދަކަމެއްގައި ބައިވެރިވުން އެއީ އަހަރެންބޭނުންވާކަމެއްނޫން އެއީ އަހަރެން ނަފްރަތުކުރާކަމެއް
    ވުމާއެކު ދުވަހަކުވެސް އެފަދަކަމެއްގައިބައިވެރިވެ އަދަބެއްލިބިފައިނުވާނެ ﷲ ގެ ރަހުމަތްފުޅުން
    ބޭނުންވަނީވެސް ތެދުވެރިގޮތުގައި ހުންނަން ނަމަވެސް ގައުމުގެ މިނިވަންކަމަށްއެދެން ވީމާ ސާބިތުނުހިފޭ އިލްޒާމެއް އަހަރެންގެބޮލުގައި މާރިޔާއެޅުއްވީކަމުގައި ދެކެން މިކަމުގައި ދައުވާކުރުމުގެ ހައްގު އަހަރެނަނަށް ނުލިބޭނެތޯ އިންޑިއާ އެއްބަސޤވުންތަކުގެ ކޮޕިއެއް
    މެންބަރުންގެ އަތަށްދޭން ފާސްނުވީ ކީއްވެތޮ

    35
  16. ًމ ޢަބްދުﷲ

    "އިންޑިއާ އައުޓް" ކެމްޕޭނުގައި އުޅެނީ ކޮރަޕްޓް ވެފައި ތިބި ބައެއް - މާރިޔާ

    3 މިނެޓް ކުރިން ( ނޮވެމްބަރު 28, 2021 )

    އަޅެ ބުނެލަދީބަލަ ކޮންކަމަކުން ބާވަ ކަރެޕްޓްވީ ތިފަދަ ޣައްދާރަކު މިޤައުމަށް އުފަން

    ވީތީ ހިތާމަކުރަން . މިޤައުމަށް إسلام دين ގެ މަތިވެރި نعمة ގެ މަތިވެރިކަން ދެއްވި

    ރަސްކަލާކޮ މިބަލާ މުސީބާތުން އިބަސުވާންމީންގެ އަވަސް ރަޙްމަތެއްގައި ސަލާމަތް

    ކޮއްދެއްވާންދޭވެ ،

    رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ يا لله

    رئيس يامين عبد القيوم ވަގުތުން ވަގުތަށް ދޫކޮށްލާ #
    India out # India out # India out #

    42
    1
  17. ދަރަނި ދަންތުރަ

    މުޅި ދުނިޔޭގައިވެސް ހުރި އެއްމެ ކޮރަޕުޓް ވަގު އަންހެނަކީ މާރިޔާ ފިނދަނަ ދައިތަ ، އެއީ މިގައުމަށް ގައްދާރުވެފައިވާ ގައްދާރެއް ކިޔަވާވިދާޅުވީ އެފް ޕީ އައި ޑީ ދަވާލައިގެން ނެގި ފައިސާއިން...

    39
    1
  18. އުގުރި

    މާރިޔާ އަހަރުންނަށް އެގޭތީ ގައްދާރެއް ކައްވެސް އަދި އެމީހުންނަށް ވެސް އެގޭތީ ލާރިއަށް ވިކޭ ހާއިނެއް ކަންވެސް. އެހެން ވީމަ އެމީހުން ކުރާ ސުވާލުތަކަށް އެމީހުން ބޭނުންވާ ޖަވާބު ކައްވެސް އެގޭ ދޭނީ.

    34
  19. Anonymous

    މަސްތުވާ ތަކެތީގެ އެންމެ ފުޅާ ވިޔަފާރިކުރާ ގައުމަކީ އިންޑިޔާ. ދެން އެމީހުންގެ ބާރުގެ ދަށުގައި ގައުމުގެ ކަނޑުތައް އޮތީމަ މިގައުމަށް ތި މަސްތުވާތަކެތި ވަންނާނެ ވަރާމެދު ވިސްނާލާ! ތިއީ މުނާފިގުންގެ ވާހަކަތައް ހުންނާނެގޮތް.

    35
  20. ޒުލްފިގާރު

    100 ކިލޯއަށްވުރެ މަތިން މަސްތުވާތަކެތި އަތުލައިގަންނަނީ.. މިއީ ފާއިތުވި 3 އަހަރުގެ ހާލަތަކީ. އެތެރެކުރަނީ ކާކުކަންވެސް ނޭނގެ. ކޮންމެވެސް ފަޅުރަށަކުން ނަގަނީ. ކިހިނެއް މިގައުމަށް މިތަކެތި މިއެތެރެވަނީ؟ ކަނޑުގެ ހަރަކާތްތައް ބަލަހައްޓަންށޭ ކިޔައިގެން ތި މުޑުދާރު ހިންދަތްވާ ގުރޫޕާ ގުޅިގެން ވާކަމެއް އެބައޮތްތަ؟ އަދި މިގޮތަށް އަތުލައިގަތް އެއްވެސް ބައެއްގެ މައްޗަށް ދައުވާ ކުރެވޭތަ؟ ޑްރަގާ މީހުންނާ އެއްކޮށް ސަލާމަތްނުވާ ފަހަރެއް އަދި މިހާތަނަށް އައިސްނެތް.
    މަހާނަމައްޗަށް މަޑިއަށް ތިޖެހެނީ. މިގައުމުގައިނެތް ކަލޭމެން ދަށްކާ ދޮގުވާހަކަތައް ގަބޫލުކުރާނެ ރައްޔިތެއް.

    32
  21. އިސްޢާފް ސަލީމް

    އިންޑިޔާ އައުޓެއް ނޫން! "އިންޑިޔާ މިލިޓަރީ އައުޓު" ގޮވަނީ ޤަވްމީ ލޯބިގަދަ ، ޤަވްމު އަޅުވެތިވުމަށް ނޭދޭ ، ޤަވްމުގެ ދަރިން! މާރިޔާ ދައިތަ ތިހުރީ ކީއްވެފަތަ؟

    41
  22. ކޮވިޑް

    "އެއްވެސް ފަރާތަކާއި އެކު ބާއްވަމުންދާ ގުޅުމެއްގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށާއި އިސްތިގުލާލަށް ގެއްލުމެއް ނުވާނެ. ރާއްޖެ އިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ރާއްޖެ އަށް ހުރިހާ ކަމެއްގައި ވެސް އެންމެ ފައިދާ ހުރި ގޮތައް." މިހެން ވެގެންތޯ އިންޑިއާ އާއި އެކު ވެފައިވާ އެއްބަސް ވުމަކީ ޤައުމުގެ ސަލާމަތަށް ހުރި ނުލައްކަލެކޭ ބުނީ؟

    15
  23. އަޙްމަދު

    ކޮރަޕްޓްވެފައި ތިބީމީހުން އެގެނީ ކޮންމެވެސް އެހެންބަޔަކު ވެރިކާމާ ޙަވާލު ވީދުވަހަކުން! ހަމާގައިމުވެސް މިވާހަކަ ގަދަޔަށް ދައްކަނީ އެމްޑީޕީގައި އިސްކޮށް އުޅުނުފަރާތްތަކުން!

    15
  24. ސަމީ

    ކަރަޕްޓް ވެފަ ވިކިފަ ތިބި ބަޔަކީ ތީ.

    15
  25. ހަސަންބޭބެ

    ބައެއް އިންސާނުންގެ ލަދު ކުޑަކަމާއެވެ. މާރިޔާ ދީދީ އެވެ. ކަރަޕްޝަންގެ ވާހަކަ ދައްކަން ލަދުފުޅު ކޮބައިތޯއެވެ؟ ސޯޝަލްމޯޑިޔާގަ އިދިކޮޅު ލީޑަރުން ޚިޔާލު ފާޅުކުރައްވަނީ އެއީ ހަމަ ބޮޓުންތޯ އެވެ. މާރިޔާގެ ކުރީގެ ލޯބިވެރިޔާ ގެންގުޅޭކަހަލަ އެކިނަންނަމުގެ އައިޑީތައް ގެންގުޅެނީ ކިތައް އިދިކޮޅު ލީޑަރުން ހެއްޔެވެ؟
    '

    15
  26. ފިނދަނަ

    ފިނދަނަދައިތަ މޮޔަފުޅުވީތޯ؟ ޢިންޑިޔާ އައުޓު. މާރިޔާ އައުޓު. ޢިބޫ އައުޓު. ނަސީދުއައުޓު. ޢިންޝާﷲ ވޯޓުން މިބައިގަނޑު ބަލިކުރޢްވާށި! ޢާަމީން!

    17
  27. އަހްމަދު

    މާރިއާބުނައްމިހާރުތިދަނީމާމައްޗައް މާރިއާ ތިދެކެނީ މިސަރުކާރުގަތިބިމީހުންނޫން އެންމެންނަކީ ކޮރަޕްޓް މީހުންކަމަށް ﷲގެހެޔޮރަހްމަތާއެކު މިސަރުކާރުބަދަލުވިހާއަވަހަކަށް ތިޔައިންޓަވިއުގެޒިންމާވެސް މާރިއާނަގަންޖެހޭނެ އިންޝާﷲ

    15
  28. ބޮޑުބާގީ

    މާރިޔާ ޚަލީފާ ، ނެތްތަ ތަޅާނެ ކުދިންކޮޅެއް؟

    15
  29. އަންހެން ފިނދަނަ

    އިންޑިއާ އައުޓް މިގޮވަނީ ހަމަ އިންޑިއާ އައުޓް.
    މިގޮވުން ގޮވާމީހުންގެ ތެރޭގައި ގިނައީ ޒުވާނުން. ކިޔަވައިގެން ތިބި މީހުން. ގައުމުގެ ހާލަތު އިންގޭ އދި ދެންވާނެގޮތްވެސް ވިސްނޭ ވަރު މީހުން.
    ފިނދަނަވާހަކަ ނުދައަކައި ހުރޭ.

    16
    1
  30. މޯދީ

    މާރިޔާ އައުޓް މާރިޔާ މިފަހަރު އިންޑިއާއަށް ދިއުމުން މޯދީ ގޮވީ "މާރިޔާ އައުޓް"

    14
  31. ހުސެން

    ފްރާންސުން ފްލެޓެއް

    15
  32. ކަނބުލޮ

    މާރިޔަތު ހާދަ ގުޑުގުޑެއް މިއަޅަނީ

    15
  33. ޒަބީބު

    އިންޑިއާ އައުޓާއި ދެކޮޅަށް ވާހަކަ ދައްކާ، އަމިއްލަ ވަތަނާއި، ޤައުމުގެ މަތީން ހަނދުމަނެތި ކޮށްލާފަ ސަރުކާރުގެ މަތީ މަޤާމުތަމުގައި ތިބެގެނ އިންޑިއާގެ ދިފާއިގައި ވަކާލާތު ކޮށް އިންޑިއާގެ އިސްރިއުމާރީ އަމަލާއި ފިކުރަށް ބާރުލިބޭގޮތަށް އިންޑިއާ ޕްރޮމޯޓު ކުރާ މީޙުންނަކީ ދެކޮޅުން ކައިގެން ތިބީ މާނުބައި ނުލަފާ ކޮރަޕްޓް މީހުން. ޔާމީން ޢާއި އަދީބު އަތުން އެއިރު ބޮނޑިބަތް ކައިގެނ މިހާރު އިންޑިއާ މީހުން އަތުން ޗަޕާތީ އާއި ދާލް މަކްނީ ކައިގެން ްައުމު އަޚުވެތިކޮށް ބިކަކުރާ މީހުން ދަހަތުން ޜައްޔިތުން ދުވެ ފަލީހަތްކުރަން ޖެހޭ. ޢެހެން ނުނިއްޔާ މިމިހުންގެ އަނިޔާވެރިކަމާއި ޣައްދާރުކަން ހަސަން ތާޖުއްދީނުގެ ދެދަރިންނަށް ކަނތައްގަނޑަށް ވުރެ ނުބައިވާނެ.

    15
  34. ށސސސސ

    ޢިގިރޭސް ވިލާތުގަ ގެދޮރު ތިބިމީހުން އެމްޑީޕީގަ ގިނަވަނީ.

    16
  35. ދދ

    މާރިޔާ އިތުރުފުޅު ހެ އްދެވުން ރީ އްޗެ އްނޫނެވެ
    މޑޕ ގެ ކޮ އިލު ތެރޭގަ އި އެތިބީ ރާ އްޖެ ހަ އިރާންވާފަދަ
    ބޮޑެތި ވަގުންނެވެ މޑޕ އ އާ އްމު މެންބަރުންނަކީ މަ އުސޫމް
    ބަ އެކެވެ ކޮ އިލުތެރޭގެ އަޑިގުޑަންތައ އްކާ އި މަކަރުވެރި
    ކާރޫބާރުތަކުގެ ހިލަމެ އް އެމީހުންނަށް ނުވެ އެވެ.

    17
  36. Anonymous

    ފިނދަނަކަލޯ ރައްކާވޭ. މޯދީ ގާތަށް ރައްކާވޭ!

  37. Anonymous

    ކޮރަޕްޓްވެފަހުރީ ފިދަނަނަދައިތަ ކޮރަޕްށަނާ ހަރާމް ހަލާލުއޮޅިގެން އުޅެނީވެސް ފިދަނަދައިތައައް ޢައްދާރު

  38. އަބްދުއްލަޠީފު

    ގަރުނުގެ ބޮޑު ޖޯކު........................................................ހައްހައްހައްހައް.....ކީކޭ އަޅެދެން ބުނާނީ؟ ހަނދާނައްއަންނަނީ އެފް.ޕީ.އައި.ޑީ ގެ ކޮރަޕްޝަން ފެންމަތިވެގެން އައިދުވަސްވަރު. ސަންގު ނޫސް ގަންނަން ބޮޑުކިޔޫ ހަދާފަ އޮތް މަންޒަރު. ހައްހައްހައް...............

  39. ނާދިރާ

    މި ނުބައި ފާސިގު އަންހެނާގެ ކިބައިން މިއުއްމަތް ސަލާމަތް ކުރައްވާށި.

  40. އަބްދޫ

    އެހެން މީހުން ކަރެޕްޓް ވާހަކަ ދައްކަންއެންމެ ރީތީ މާރިޔާތަ؟ކުރީގެ ފިރިމީހާ އެފްޕިއައިޑީން ނެގި ފައިސާގެތެރޭން ބައެއް ހަރަދު ކުރީ މާރިޔާ އިގިރޭސިވިލާތުގަ ބަހައްޓައިގެން މާރިޔާ ކައިބޮއި އެޕާޓްމަންޓް ކުލި ދެއްކީ އެފައިސާއިން ކަރެޕްޓްވީ ދިވެހިރައްޔިތުންދޯ؟ ފުރަތަމަ އެމްޑިޕީ ވެރިކަމުގަ އިންވެސްޓްމަންޓް ހޯދަން މާރިޔާއާ ހަވާލުކުރީމަ ހުޅުވީ މެގެމޯލްޑިވްސް ކިޔާ އެއާލައިނެއް ކަރެޕްޓްވީ ދިވެހި ރައްޔިތުންދޯ؟ މިހާރު ދިވެިގައުމާ ދިވެހިރައްޔިތުންނަށް ވުރެ އިންޑިޔާއަށް ސަޕޯޓް ކުރާހެން އެބަހީވޭ . ކަރެްޕޓްވީ ދިވެހިރައްޔިތުންދޯ؟

  41. ކަޅުބެ

    މާރިޔާވެސް އަދި ހަށްޔަރުކޮށް ޖަލަށްދާދުވަސް އެބަކައިރިވޭ އިންޑިއާގެ ކަވުސް އައުޓު ފުރޮމް މޯލްޑިވުސް އޯކޭ 2023 ގައި ތިޔައެއްޗެހި ލާނީ ޖަލަށް.ގައުމަށް ގައްދާރުވުމުގެ ކުށުގައި.