23:24

ބޭރުން ރާއްޖެ އަންނަ އެންމެން ކަރަންޓީން ވާކަށް ނުޖެހޭނެ – އެޗްޕީއޭ.

22:02

އިތުރު 114 މީހުން ކޮވިޑަށް ފައްސިވެއްޖެ.

20:49

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު "އޮމިކްރޮން" ޑެންމާކުން ވެސް ފެނިއްޖެ

 

20:48

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19ގެ އާވައްތަރު ކަމަށްވާ "އޮމިކްރޮން" ގެ ބިރު އޮތުމުން މޮރޮކޯގެ ބޯޑަރު ބަންދު ކޮށްފި

 

20:47

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން އައްޑޫގައި އެއްގެއިން އަނެއް ގެއަށް ދިއުން މަނާކޮށް އިތުރު ފިޔަވަޅުތަކެއް އަޅައިފި

 

18:56

ޖީނޯމް ސީކުއެންސިން ނުވަތަ ކޮވިޑުގެ ވައްތަރުތައް ދެނަގަތުމަށް ހަދާ ޓެސްޓު ރާއްޖެއިން ހެދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ.

16:11

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓަ ޝޮޓް ޖަހަން އިތުރު އެއްލައްކަ ޑޯޒް ގެންނާނެ ކަމަށް ސަރުކާރުން ހާމަކޮށްފި.

13:32

ދެކުުނު އެފްރިކާ އިން ފުރަތަމަ ދެނެގަނެވިފައިވާ ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޮންއަކީ ވަރަށް އަވަހަށް ފެތުރޭ ވޭރިއަންޓެއް ކަން އަދި ޔަގީން ކުރެވިފައި ނުވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ.

12:50

ދެކުުނު އެފްރިކާ އިން ފުރަތަމަ ދެނެގަނެވިފައިވާ ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޮން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭރު ގައުމެއްގެ އެއްވެސް މީހަކު އިސްރާއީލަށް އެތެރެވުން އެ ގައުމުން މަނާކޮށްފި.

11:58

ދެކުުނު އެފްރިކާ އިން ފުރަތަމަ ދެނެގަނެވިފައިވާ ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޮން ހަލުވިކަމާއެކު، ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާތީވެ ރާއްޖޭގައި ވެސް އެ ވޭރިއަންޓް އުޅޭތޯ ބެލުމަށް ހަދަން ޖެހޭ ތަހުލީލުތައް ހަދާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ.

11:23

ކޮވިޑްގެ އާވޭރިއަންޓް ކަމަށްވާ އޮމިކްރޯން އޮސްޓްރޭލިއާ އިން ފެނިއްޖެ ކަމަށް އެގައުމުން ބުނެފި. އޮސްޓްރޭލިއާ އިން އޮމިކްރޯން ވޭރިއަންޓަށް ދެމީހަކު ވަނީ ފައްސިވެފައި. އެދެމީހުންނަކީ ވެސް އިއްޔެ ދެކުނު އެފްރިކާ އިން އޮސްޓްރޭލިއާގެ ސިޑްނީ އަށް އައި ދެމީހުން ކަމަށް އެގައުމުގެ ސަރުކާރުން ބުނޭ. ދެމީހުން ދަތުރުކުރި ފްލައިޓްގައި ތިބި 260 މީހުން މިހާރު ވަނީ އެކަހެރިކޮށްފައި ކަމަށް އޮސްޓްރޭލިއާ އިން ބުނޭ.

11:16

ބައިޑެން މާސްކް ނާޅައި ފިހާރައަކަށް ވަދެއްޖެ.

ކޮވިޑް-19 އާވޭރިއަންޓެއް ދެކުނު އެފްރިކާ އިން ފެނި ވޭރިއަންޓާއި މެދު ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެންގިތާ 24 ގަޑިއިރު ވީއިރު ޔޫރަޕްގެ ގިނަ ގައުމުތަކަށް މިވޭރިއަންޓް ފެތުރިފައި އޮތްކަން މިހާރު ކަށަވަރު ވެއްޖެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މިހާރު ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މިވޭރިއަންޓް އުޅޭނެއެވެ.

އަލަށް ފެނުނު ވޭރިއަންޓް އޮމިކްރޮން އާއި އެކު ކޮވިޑް-19 އަނެއްކާވެސް ވަރަށް ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އެންމެ ބޮޑު ބިރުވެރިކަމަކީ ވެކްސިންނަށް މިވޭރިއަންޓް ނުގުޑަފާނެ ކަމަށް ލަފާކުރެވޭތީއެވެ.

އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމުގެ މަސައްކަތް ގައުމުތަކުން އަލުން ފަށަން ޖެހޭނެއެވެ. މިހާރު ހުރި ވެކްސިންތަކަށް ބަދަލު ގެނެސް އަލުން ވެކްސިން ގައުމުތަކަށް ފޯރުކޮށްދީ، ވެކްސިން ޖަހަން ފަށަން ތިން މަހެއްހާ ދުވަސް ހޭދަވެގެން ދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ގައުމުތައް ފުރަބަންދު ކުރުމަކީ އިތުރު އެތައް މައްސަލައެއް ކުރިމަތިވާނެ ކަމެއްކަން ދުނިޔެ އިން ތަޖުރިބާކޮށްފިއެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި ތަފާތު އިތުރު އެތައް މައްސަލައެއް ވެސް ފުރަބަންދުގެ ސަބަބުން އުފެދިގެން ދެއެވެ. އާވޭރިއަންޓާއިއެކު އެފަދަ ހާލަތެއް އަނެއްކާވެސް ތަޖުރިބާކުރަން ޖެހިދާނެތީ އެތައް ބަޔަކު ކަންބޮޑުވެއެވެ.

އޮމިކްރޮން ވޭރިއަންޓާއި ގުޅޭ މައުލޫމާތުތައް ކަށަވަރުވާން އަދި ދެހަފްތާ ވަރު ނަގާނެ ކަމަށް ބެލެވެއެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެޑިޔުކޭޝަނުން އެބަޖެހެއްނު އަވަހަށް ސްކޫލްތައް ބަންދުކުރަން. ނުރައްކާކަން އެނގޭއިރު ކީއްވެ ސްކޫލްތައް ބަންދުނުކޮށް ތިއުޅެނީ. މިގައުމުގެ ކުޑަކުދިންނާއި ޒުވާނުން މަރުވީމާ ދެން ތިބޭނީ ކޮން ބަޔެއް؟

    4
    3
  2. ކަރަންޓީން ކުއްޖާ

    ޕްލީސް ލޮކްޑްއުން!