މާލެ ސިޓީ ކައުންސިލްގެ އާ ލޯގޯ އަށް ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ފާޑު ވިދާޅުވުމާ ގުޅިގެން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު މަހްމޫދުހް ފާޑު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސިޓީ ކައުންސިލްގެ އާ ލޯގޯ ވަނީ ދައްކާލައިފައެވެ. ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ލޯގޯގައި ހިމެނޭ ކުލަތައް ރަމްޒުކޮށްދެނީ މާލޭގެ ހަ އަވަށެވެ.

މި ލޯގޯއާ މެދުގައި ބައެއް މީހުން ހިޔާލު ތަފާތުވީ، ލޯގޯގައި ފިޔާތޮށި ކުލަ ވެސް ހުރުމުންނެވެ.

މެމްބަރު ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލޯގޯ، ނިޝާން އަދި ނަންނަމަކީވެސް ބަދަލުކުރެވޭ ތަކެތި ކަމަށެވެ. އެކަމަކު، ގެނެވޭ ބަދަލެއް ކުރިން ހުރި ވަރަށް ވުރެ ފުރިހަމަވުމަކީ ވެސް މުހިންމު ކަމެއް ކަމަށް ވައްޑެ ވިދާޅުވިއެވެ.

"މާލެ އާއި މުޅި ރާއްޖޭގެ ތަރިކައާއި ސަގާފަތާއި ދީން ރަމްޒުކޮށްދޭ ހުކުރު މިސްކިތު މުންނާރު ފުހެލާފައި ހަމައެކަނި ޕީޕީއެމް/ޕީއެންސީ ކުލަވަރު ނެރެން އުޅުމަކީ ޖޯކެއް." ވައްޑެ ވިދާޅުވިއެވެ.

އޭގެ ރައްދުގައި މާލެ ސިޓީ ކައުންސިލްގައި ކޮންސަލްޓަންޓެއް ގޮތުގައި މަސައްކަތް ކުރަމުން އަންނަ މަމްދޫހް ކުރެއްވި ޓުވީޓެއްގައި ހާމަކުރައްވާފައި ވަނީ އެމްއާރުޑީސީގެ ކުރީގެ ލޯގޯ އާއި ނަން މި ސަރުކާރުން ބަދަލު ކުރުމާ ގުޅިގެން އެކަމަށެވެ. އެ ޓުވީޓުގައި އެމްއާރުޑީސީގެ ކުރީގެ ލޯގޯ އާއި އާރުޑީސީގެ މިހާރުގެ ލޯގޯ ދައްކާލެއްވިއެވެ.

މީގެކުރިން، އެމްއާރުޑީސީ ނަމުގައި އެ ކުންފުނި ހިންގި އިރު، ލޯގޯގައި ބޭނުންކޮށްފައި ވަނީ އޮރެންޖު ކުލަ އާއި އަޅި ކުލައެވެ. އެ ކުންފުނި، މި ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ބަދަލު ކުރި ފަހުން ބޭނުން ކުރާ ލޯގޯގައި ހުރީ ރީނދޫ ކުލަ އާއި އަޅި ކުލައެވެ.

"މިވެސް ހަމަ ޖޯކެއް ނޫންތޯ؟ ނުވިތާކަށް މުޅި ވެބްސައިޓުގައި ވެސް ރީނދޫ ކުލަ،" އާރުޑީސީގެ ލޯގޯ އާއި ވެބްސައިޓަށް އިޝާރާތް ކުރައްވައި މަމްދޫހް ވިދާޅުވިއެވެ.

"ކުލައިގެ މައްސަލަ ޖެހޭނީ ތިޔަބޭފުޅުން. ހިތްވަރެއް ހުރިއްޔާ މި ވެރިކަމުގައި, ތިލަމާލެ ބްރިޖް އަޅުއްވާފައި, މުޅި ބްރިޖް ގައި ރީނދޫ ކުލަ ލައްވަވާ"

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރަދީފް

    02 ގޮތް ވެސް ރަނގަޅެއް ނޫން.އެއްވެސް ފަރާތަކަށް ބަރުވާގޮތަށް ދައުލަތުގެ / ސަރުކާރުގެ އިދާރާތަކުގެ ނަންތައް ހުރީމަ އެހާ ހިތްގައިމެއް ނޫން.

    12
    6
    • ޒައިކް

      ރޯޑް ކޯޕަރޭޝަންގެ ލޯގޯ އެއީ ބަދަލުކޮށްފަ އިން އެއްޗެއް ނޫން.. އެއީ ކުރީ ސަރުކާރުން އެމްއާރުޑީސީ އުވާލަން ނިންމީމަ މިސަރުކާރު އައިސް އަލުން އުފެއްދި ކުންފުންޏެއް.. އެ ކުންފުނީގެ ސިއްކަ އާއި ލޯގޯ ވެސް ތަފާތުވާނެ.. އަޅި ކުލައާއި ރީނދޫކުލަ ބޭނުންކޮށްފަ ހުރީ އެއީ މަގުތަކުގެ ކުލަޔާ ގުޅުވަން..

      1
      10
    • ޯވިސްނާލުމަށް އެދެމޭ

      ފިޔާތޮށި ކުލަޔަކީ މާލޭގެ އެއް އަވަށްކަމަށްވާ މާފައްނު އަވަށު ކުލަ..މިކަން ބޮޑުކަމަކަށް ވަނީ މާލޭގެ އަވައްތައްކުގެ ކުލަ ނޭގޭ މީހުންނަ..ގޮލޮޅު ފެހި ކުލަ..މައްޗަށްގޯޅި އަޅި ކުލަ..ހެންވޭރު ނޫކުލަ.. ދެންއަލަށް މާލެއަށް އިތުރުކުރެވުނު ދެއަވަށް ކަމަށްވާ ވިލިމާލެ ހުޅުމާލެ މި ދެއަވަށު ކުލަ އަހަންނަވެސް ނޭގޭ އަވަށު ހަރަކާތްތަ މިހާރު ނުހިންގާތީ..މޑޕ އަށް ކުލައިގެ މައްސަލަ ބޮޑުވީމަތާ މނޑފގެ ގަސްމުށިތަކުގަވެސް ރީ ދޫކުލަހާކާފަހުރީ 2008ގަ ވެރިކަމަށް އާއްސަ..ކުޅު ދުއްފުށީ ނެރުން ވަންނައިރު މަރުހަބާކިޔަން ނެރުގެ ދެފަރާތުގަ މޑޕގެ ދި ދަ ހަރުކޮއްފަ ހުންނަތާ ކިތަންއަހަރު..މިއީ މައްސަލައެއްނޫންތަ..ރާއްޖެއަށް ޒިޔާރަތްކުރާ މެހެމާނުންނަ އިގޭނެތަ މޑޕ ދި ދަޔާ ގައުމީ ދި ދަ ވަކިކުރަން..މިއީވެސް އެއްވެސް ބަޔަކަށް މައްސަލަޔަކަށްނުވޭ.

  2. ގލ

    ވައްޑެ ކަލޯ އަނގަ މައިތިކުރޭ!

    37
  3. މޯޑު

    ހިތުން އެހެރީ ޢަލީ ވަހީދު ހެދިފައެއްނު، ދެން އެންމެންވިއްޔޯ މީވަރައްމޮޅުމީހެކޭ ގޮވަން،

  4. ލޯގޯ

    ރޯޑް ކޯޕަރޭޝަންގަ އެއީ ރޯޑްގެ ކުލަތައް އެހެން ނޫނަސް އެއީ ވިޔަފާރި ކުންފުންޏެއް.. ރައްޔިތުން އިންތިޚާބުކޮށްފަ އޮތް އިންތިޚާބީ ބޮޑީއެއްވެސް ނޫން. ތިޔައީ ހޮޅި ރައްދެއް

    1
    9
  5. މަރީ

    ވަރަށް ފުރިހަމަ ޖަވާބެއް ތިދެއްވީ ، ތި ވައްޑޭ އަށް

  6. ޕަރުވާނާ

    ޖުޑިސިއަރީގެ ނުވަތަ ސްޕްރިން ކޯޓްގެ ލޯގޯ އެން ޑީ ޕީގެ ދިދައިގާ ހުރުމަކީ ޖޯކެއްނޫންތޯ

    10
  7. ބޮޑުބާގީ

    މިދެން މާމޮޅުމީހެއް ހިތުން. ލޯގޯައަކުން ނޫނޭ ޙިދުމަތް ދެނީ. 82 ހާސް ރުފިޔާ ނަގައިގެން އޭގެ އިތުރުން ކޮންމެ ބިލަކުން ކަޓުނަގަމުންދާ މިބައިގަނޑު ރައްޔިތުންނަށް ފައިދާހުރި މަޖިލީހެއް ހިންގާދޭނީ ކޮންއިރަކުންބާ.

  8. މ

    މާފަނނުގެ ކުލަ ރީނދުލަށް ބަދަލު ކުރަން ވީ ނޫންތޯ

  9. ލާދީނި

    އެބުނާހެން އެމްޑީފީމީހާ ގެ ފޫކޮޅުގައި ހުންނަށް ގުއި އެމްޑީފީމީހާއަށް ނުފެންނާނެ އާރުޑީސީ ވެބުވެބުސައިޓުގައި ލާދީނީ އެމްޑީފީކުލައެހުރީފެންނަށް

    10
  10. އުޅާގަނޑު

    ބުނަން ވައްޑެއައީ އުނގޫފާރުދާއިރާގެ އިލްމުވެރިޔާގެ ގަތުލުގެ ޙާޤީގަތް ހޯދަންވަޢުދުވެ ދާއިރާގެ މީހުންގެ ތާއިދުހޯދައިގެން މިކަލޭގެ ވަޢުދުން ފުދުނުކަމެއްޙަރާން ހީވަނީ މަޖީހަކީ ތިމާގެ މުދާގަނޑެންހެން މީ އަނގަގަދަ މިތުރެއް