މާލޭގައި ވަޅިން ހަމަލާ ދީ 14 އަހަރުގެ ކުޑަ ކުއްޖަކު މަރާލި ކަމުގެ ކުށް ސާބިތުވެ ހަތަރު މީހަކު 21 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވާފައި ވަނީ ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބް، ސ. މަރަދޫ މޫންލައިޓް ގްލޯރީ ހަސަން ނަބާހް, ސ. ހިތަދޫ، ޗަމަން، ހުސައިން ނިހާދު އަހްމަދު އަދި ކ. މާލެ، ޓޮމާޓޯފްލާވަރ ހުސެއިން ޖައިލަމްގެ މައްޗަށެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ ހަސަން ސައީދު ވިދާޅުވީ، ދައުވާ އުފުލި ހަތަރު މީހުންގެ މައްޗަށް ވެސް ސާބިތުވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށް ކަމަށެވެ.

އެ ގޮތަށް ގާޒީ ކަނޑައެޅުއްވީ، 14 އަހަރުގެ ކުޑަ ކުއްޖާ މަރާލުމުގައި އެ މީހުން ބައިވެރިވި ކަން ސާބިތުވާ ވަރުގެ ފޮރެންސިކް ހެކިތައް އަދި ކިތާބީ ހެކިތައް ދައުލަތަށް ހުށަހެޅިފައިވާތީއެވެ. އަދި އޭގެ ދިފާއުގައި ދިފާއަށް އެއްވެސް ހެއްކެއް އަދި ދައުލަތުގެ ހެކިތަކުގެ ބުރަދަނެއް ނެތް ކަން ދައްކުވައިދޭނެ އެއްވެސް ނުކުތާއެއް ވެސް ދެއްކިފައި ނުވާ ކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް ދައުލަތުން ހުށަހެޅި އެއް ސިއްރު ހެކިވެރިޔަކު ފަހުން ކޯޓަށް ފޮނުވި ސިޓީއެއްގައި، އޭނާ ކޯޓަށް ދިން ހެކިބަހަކީ ތެދު ހެކިބަހެއް ނޫން ކަން ބަޔާން ކޮށްފައިވާ ކަން ގާޒީ ފާހަގަ ކުރެއްވިއެވެ. ހެކިވެރިޔާގެ ސިޓީއާ ހަވާލާދީ ގާޒީ ވިދާޅުވެފައިވަނީ ހެކިވެރިޔާ ކޯޓަށް އެ ގޮތަށް ހެކިބަސް ދިނީ ދައުވާ އުފުލިފައިވާ ފަރާތްތަކާ ދެމެދު އޮތް ޒާތީ ހަސަދައެއްގެ ސަބަބުން ކަމަށެވެ.

އެހެންކަމުން މަރަށް މަރު ހިފުމުގެ ކުށުގެ އަބަދު ކަނޑައެޅޭ ވަރަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް ގާޒީ ނިންމެވިއެވެ. އެހެންވެ ގާޒީ ދެން ނިންމެވީ ގާނޫނުގައި އެފަދަ ކުށަކަށް އެންމެ ބޮޑުކޮށް ކަނޑައެޅެން އޮތް އަދަބު ކަމުގައިވާ 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެއިން ވެސް އެ މީހުން ޖަލުގައި މިހާތަނަށް ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު ޖަލު ހުކުމުގެ އަދަބު ގާޒީ ކަނޑައެޅުއްވިއެވެ.

ދައުލަތުގެ ވަކީލު މައުލޫމާތު ޚިއްސާ ކުރެއްވި ގޮތުން ނަމަ، އެ ހަތަރު މީހުން މިއަދާ ހަމައަށް ތިން އަހަރާއި އެއް މަހާއި ހަތަރު ދުވަހު ޖަލުގައި ހޭދަކޮށްފައިވެއެވެ. އެ އަދަދު އުނިކުރުމަށް ފަހު ގާޒީ އިއްވެވީ 21 އަހަރާއި، 10 މަހާއި، 25 ދުވަހުގެ ޖަލު ހުކުމެކެވެ.

މި ކަންތައް ހިނގީ މީގެ ތިން އަހަރު ކުރިން އޮކްޓޯބަރު 11، 2018 ގައެވެ. އެ ކުޑަ ކުއްޖާ މަރާލާފައި ވަނީ އޮޓޯ ގަރާޖު ކައިރިން ދަންވަރުގެ ވަގުތެއްގައެވެ. އޭނާގެ ހަށިގަނޑުގައި ވަޅިން އަށް ތަނަކަށް ހަމަލާދީފައި ހުއްޓެވެ. މި މައްސަލައާ ގުޅިގެން މި ހަތަރު މީހުން ހައްޔަރު ކުރީ އޮކްޓޯބަރު 26، 2018 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ﷲ ގެ ޙުކުމް އެއީ ޙުކުމަކީ.

    ތިވަރު ކުޑަ. ޢައިރު މުސްލިމް އެމެރިކާގައި ވެސް މަރާލިކަން ސާބިތުވެއްޖެނަމަ ތިއަށްވުރެ އިތުރު ބޮޑު ޙުކުމެއް އޮންނަނީ!

    29
    3
    • އަސާސް

      އަހަރެމެން މުސްލިމުން މިނެކިރަނީ އިސްލާމީ ޝަރީޢަތުގެ އަސާސްތަކުން... އެއްވެސް ޙާލެއްގައި ހަރުބީ ކާފަރުންގެ މިންގަނޑުތަކާއި އަސާސްތަކަކުން ނޫން..

      6
      1
  2. ހަސަނު

    އެބަރަނގަޅުވޭ. ޙުކުމާ ހިސާބަށް ދެވުނީ 3 އަހަރުތެރޭ

    19
    1
  3. ބޮޑު ފަރަންޖީ

    ހެކިބަސް ދެފަހަރު ދެގޮތަށް ދިންމީހާޔައް އަޅާނެ ފިޔަވަޅެއް ނެއްތަ

    28
  4. ޙަަަހަ

    ރާއްޖޭގައި މިހާރުވެސް މަރަށް ހުކުމްކުރަނީ 25 އަހަރު ދެން ތީ ކޯޗެއް ، އަނެއްކާ ޤާޞީ އެބަބުނޭ މިމީހުންގެ މައްޗަށް މީހަކު މަރާލިކަން ސާބިތުވާވަރަށް ހެކި އެބަހުއްޓޭ ދެން ކީކޭ މިކިޔަނީ ،

    19
    1
  5. ކޮވިޑް

    މިހެންވެ ޔޭ އަޑުބަރޭ ވެސް އެ ބުނަނީ އަލީ ވަހީދު ކޯޓަށް ހާޒިރުވިޔޭ.

    14
    1
  6. ސަޓޯ

    1 އަހަރު ކޮއްލާފަ އިބުރާހިމް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލާފަ ވޯޓު ހޯދުމަށް މިބައިގަނޑަށް އަފްޢާމްދީފަ ދޫނުކޮށްލާފިޔާމުން ރަގަޅު

  7. ކޭ

    ރާއްޖޭގައި ބޮޑެތި ކުއްވެރިނަށް އީދުހެދުންލައި ބޯބޭނުން ގޮތަކަށް ސްޓައިލް ކޮއްފަބެހެއްޓޭނެ.

  8. ސޫއޫދު

    ދޮގުހެކިދިން ފުލުސްމީހާ ވަޒީފާއިން ވަކިރުމައްފު އޭނައައްވެސް ހުކުމްކުރޭ

  9. ކިނޮޅަހު ބޭރި

    "އެހެންކަމުން މަރަށް މަރު ހިފުމުގެ ކުށުގެ އަބަދު ކަނޑައެޅޭ ވަރަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް ގާޒީ ނިންމެވިއެވެ." އެހެންވެއްޖެއްޔާ ދެން ކޮން ޖަލު ޙުކުމެއް؟ މިހިރަ ހިންގާ ޝަރީޢަތް ދޯ! ބޯ ހަލާކު. ދުނިޔޭގެ އެއްވެސް ތާކު މިފެންވަރުގެ ޤާޟީންނެތް ނުތިބޭނެކަން ޔަޤީން.

  10. މާޒީ

    ދޮގުހެކިދިން މީހާއަށް އޮތް އަދަބަކީ ކޮބާ؟ ކިހިނެތް އެނގެނީ އޭނާ ފަހުން އެބުނަނީ ތެދުކަމެއް. ؟ ގާޒީ ހާދަމޮޅޭ..މީގެ މާނައަކީ ގާޒީ ބުނެގެން ލީ ސިޓީއެކޭތީ...