ދިވެއްސަކު، އޭނާގެ ދެ އަހަރުގެ ކޮއްކޮ ހިމެނޭ ގޮތަށް 15 ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ފުލުހުން މައްސަލަ ބަލަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެ މީހާ ވަނީ ކުދިން ރޭޕްކޮށް، ބްލެކްމެއިލް ވެސް ކޮށްފައެވެ. އޭގެ ތެރޭގައި އޭނާގެ އާއިލާ ދެ ކުއްޖަކު ހިމެނޭ ކަމަށްވެއެވެ.
މީސް މީޑިއާގައި މި މައްސަލަ އާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން، ބައެއް މީހުން ބުނެފައިވަނީ މި ފިރިހެން މީހާ އަކީ ސީއެޗްއެސްސީގެ ދަރިވަރެއް ކަަމަށެވެ. އަދި އަންހެން ކުދިންގެ ބަރަހަނާ ފޮޓޯ ހޯދައި، ލީކް ކޮށްލާނެ ކަމަށް ބުނެ އެ ދަރިވަރު ބިރުދައްކަމުން ދާ ކަމަށް ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މި މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިހާރު މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކޮށް، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުބުނެއެވެ.
ވީވަރަކުން ތޯ؟؟!!
މިކަހަލަ ހުރިހާ މައްސަލަ އަކީ ބަރަހަނާ ސައިޓ ތަކަށް ފަސޭހައިން ވަދެވުމާ ގުޅުން އެބަހުއްޓެވެ. އެކަމު ސަރުކާރުންވެސް އަދި ދިރާގާ އުރީދޫ އިންވެސް ސައިޓް ތައް ބްލޮކް ނުކުރެ އެވެ.
ތިކަން ސަރުކާރުގެ އެޓެންޝަނައް އެތައް ފަހަރަކު ގެނެވިއްޖެ. އެކަމަކު އަދި ދުވަހަކުވެސް ތިޔަކަމައް ހައްލެއް ހޯދައިދޭން އެއްވެސް ސަރުކާރެއްގައި އެކަށީގެންވާ ކަމެއް ކޮއްދެވިފަކާއެއްނުވޭ. ބޮޑައް ބެލެވެނީ ތިޔަ ކަމުގެ އާދަ ސަރުކާރުގެ ތެރޭގައިވެސް އޮތީކަމައް. އެހެންނޫނީ އެކަން ނުހުއްޓުވޭނެ ސަބަބެއް ނެތް. އަދި ދިރާގު އުރީދޫއިން މިކަމަކާއި އެއްވެސް މިންވަރަކައް ފިޔަވަޅެއް އަޅާކައް މަސައްކަތެއް ނުކުރޭ. އަދި އެއީ އެމީހުންގެ ނަޒަރުގަ އެމީހުންގެ ރެވެނިއު ވެއްޓޭނެކަމަކައްވެސް ވެދާނެ.
ބޮޑު ބޭބެގެ ރަށުގެ އާދަކާދަ ތައް ދިރި އާލާވަނީ..
ގޯސް އާދަކާދަ ތައް އެކަނި
ކޮންމެސް މީހަކު އެޖަނަވާރުގެ ފޮޓޯއެއް ސޯސަލްމީޑިޔާއަށްލާ އެއީކާކުކަން ހާމަކޮއްދީބަ. އޭރުން ސަމާލުވެ ތިބެވޭނީ
އަމަޔަކީ ސީނިޔާ ޓީޗަރެކޯ ، ބަފަޔަކީ ޕޮލިސް އޮފިސަރެކޯ.. މިވަރުން ދެން ޙައްގު އަދަބު ލިބޭނެކަން ޔަގީންވެއްޖެ ދެއްތޯ؟ ޝުކުރިއްޔާ
ޝުކުރިއްޔާ ރައީސް ޔާމީން
މިހާރުގެ ކުދިން ޔޫޓިޔުބުން ފާޑުފާޑުގެ ވީޑިއޯ ބަލައިގެން ހިންގަމުންދާ ބަދުއަޚުލާޤީ ޢަމަލުތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާން. މައިންބަފައިންނޭ، ތިޔަބައިމީހުންގެ ދަރީންނާ މެދު ޒިންމާދާރުވޭ!