މ. ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ރަށުގެ އިރުއުތުރު ފަރާތުގައި 136.6 މީޓަރުގެ ރިވެޓްމަންޓަކާއި ދެކުނު ފަރާތުގައި 382.2 މީޓަރުގެ ރިވެޓްމަންޓް ގާއިމު ކުރުން ހިމެނެއެވެ.

އަދި ދެ ބްރޭކްވޯޓާ (202.40 މީޓަރ) ގާއިމު ކުރުމާއި އިރު ދެކުނު ފަރާތުން ގިރާ ސަރަހައްދަށް ވެލި އެޅުން ވެސް ހިމެނެއެވެ.

މީގެއިތުރުން 30/60 މީޓަރުގެ ދެ ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ވަނީ ނިންމައިފައެވެ.

މި މަޝްރޫއު ނިންމުމަށް ހަވާލުކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫއުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު ހުސެއިން މޫސާއެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް

    މިސަރުކާރުން ވަނީ މީގެ ކުރިން މަޖިލީސް އިންތިހާބާ ، ކައުންސިލް އިންތިހާބާ ދިމާކޮށް ގެތަކެއް އަޅާނެ ކަމުގެ މަސްރޫއެއްގެ ޕްރޮޖެކްޓް އެއްގައިވެސް ސޮއިކޮށްފަ. އަދި ވެސް ގެތަކެއް ފެންނަވަރެއްނުވޭ.މީހަމަ ސޮއި ކުރާ ސަރުކާރެއްބާ؟އަންނި ވެރިކަމުގާ ރައްޔަތުންނަށް ދެއްކީ މޮޅެތި ޑިޒައިން ކޮށްފަ ހުރި މަންޒަރު މިސަރުކާރު ކުރަނީ ސޮއި ކުރި ކަމެއް ނުފެނޭ.

  2. ޙަސަނާ

    އެމްޓީސީސީ ސަލާމަތުން އޮތްކަންނަސީބު ކޮންމެދުވަހަކު ސިޔާސީ ޕުރޮޖެކްޓެއްގަ ސޮއިކުރުވާލައިގެން ހަބަރެއްހަދާލެވޭ އެބަ މީގެ 2ޢަހަރުކުރިން ސޮއިކުރި ތަންތަން އަދިނުފޭށެ ނުނިމޭ މިކުރާކަމަކީ މީން ކޮންމެޕުރޮޖެކުޓަކާވިދިގެން ބަޔަކައްވަޒީފާދީގެން އ8ންތިހާބުގަ ވޯޓުހޯދަން މަސައްކަތްކޮއްދޭނެ ބައެއް ހޯދަނީ ދައުލަތުގެމާލިއްޔާ ހުސްކުރަނީ ޓުވީޓުކުރާބައިގަޑައްމުސާރަދީ...

  3. ބޮލި މުލައް

    ކޮޅުފުށި ރައްޔަތުން ހޭއަރާތި މިމީހުން ޖަހާރޮކެޓަކީ ބަނދަރު ބޮޑުކުރާނަމޭކިޔާފަ ގޮނޑުދޮށުން ވެލިނަގައިގެން ޖިއޯ ބޭގަށް އެވެލި އަޅާފަ ގިރާސަރަޙައްދުގަ ޖަހަނީ