ކަޅު ބާޒާރުގައި ބޭރުފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭ ކަމަށް ތުުހުމަތުކުރެވޭ ބިދޭސީ ދެ މީހަކު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ގިނަ އަދަދެއްގެ ޑޮލަރު ކަޅުބާޒާރުގައި ވިއްކާ މައްސަލައިގައި ހައްޔަރު ކުރި އެކަކީ ރޮބީއުﷲ ނަމަކަށް ކިޔާ، އުމުރުން 29 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާ 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކޯޓުން އަމުރު ދިނެވެ. ދެވަނަ މީހަކީ މުހައްމަދު ފިރްދައުސް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ އުމުރުން 31 އަހަރުގެ އޭނާ 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ދިނެވެ.

ރޮބީއުﷲ ބަންދުގައި ބަހައްޓަން ކޯޓުން ކުރި އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާއާ ދެކޮޅަށް ފުލުހުން ކުރި ތުހުމަތަކީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކެއް ބޭނުންކޮށްގެން ކަޅުބާޒާރުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތެވެ. އެ ތުހުމަތަށް ބާރުދޭ ބައެއް ހެކި ފުލުހުން ކޯޓަށް ހުށަހަޅާފައި ވެއެވެ.

ކޯޓުގައި ފުލުހުން ބުނީ ރޮބީއުﷲ އަމިއްލަ އެކައުންޓުން، ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ކޮށްފައި ވާކަމަށެވެ. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތަކީ ވެސް ކަޅުބާޒާރުގައި ބޭރުފައިސާ ގަނެވިއްކުމެވެ. އެއީ ކަޅުބާޒާރުގައި ބޭރުފައިސާ ގަނެވިއްކުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބަކީ ފިލައިފާނެ ކަމުގެ ބިރު އޮތުމެވެ.

ދެން ހައްޔަރުކުރި ފިރުދައުސް އަކީ ވެސް ކަޅު ބާޒާރުގައި ބޭރުފައިސާ ވިއްކުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށް ކޯޓު އަމުރުގައި ވެއެވެ. އޭނާއަކީ ޖަމާއަތް ހަދއިގެން "ނެޓްވޯކެއް"ގެ ގޮތުގައި ބޭރުފައިސާ ގަނެވިއްކާ މީހެއް ކަމަށް ތުހުމަތު ކުރެވެއެވެ. އޭނާ ރާއްޖޭން ބޭރަށް ފައިސާ ފޮނުވަނީ ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި، ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށްގެނެވެ.

އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލައިދޭން އޭނާގެ ވަކީލުން އެދުނު ނަމަވެސް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރުމަކީ ރާއްޖޭގައި ވަރަށް އާއްމުވެފައި އޮތް ކަމެކެވެ. ނަމަވެސް އެކަން ކުރާ މީހުން ހައްޔަރުކޮށް ފިޔަވަޅު އަޅަމުންނެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަބްދޫ

    ޑޮޮލަރުގެ ކަޅު ބާޒާރު މިގައުމުގަ އުފެއްދި މީހަކީ ގ.ކެނެރީގެ މުހަންމަދު ނަސީދު. މިނަސީދުގެ ރައީސްކަމުގަ ދަވްލަތުގެ ރިޒާވް ރުފިޔާއަށް ބަދަލުކޮށް ރިޒާވްގެ ގޮތުގާ ހުރި ހުރިހާ ޑޮލަރު އޭނާގެ ރައްޓެހިންނަށް ބަހާ ބްލެކްމާކެޓްގަ ވިއްކުވި މީހެއް.. އަދި މީރާ އުފެދުމާއި ހަމަޔަށް ދަވްލަތުގެ އާމްދަނީ އަށް ލިބުނު ހުރިހާޑޮލައްވެސް ވިއްކީ ނަސީދުގެ ރައްޓެހިންނަށް ދީގެން ބްލެކްމާކެޓްގަ . މީރާއަށް ލިބޭ ޑޮލަރު ފިނޭންސަށް ދޭން އެންގުމުން މީރާއިން އެކަމަށް އެއްބަސް ނުވެ އެމްއެމްއޭ އަށް ޖަމާކުރަމުން ގެންދިޔަ.

    24
    2
  2. ކޮރަލް

    ވޯކް ޕާމިޓް ގަ އިން އޭނަގެ ނަމާ އި މަގާމް ބަލާލަ ބަލާށެވެ. ދެން އެކައުންޓް ގަ ހުރި ފައިސާ ބަލާލަ ބަލާށެވެ. އެހިސާބުން ޑިޕޯޓް ކުރަން އިތުރު ހެއްކެއް ބޭނުމެއް ނުވާނެ އެވެ.

    22
    1
  3. ަިއެއަރޕޯޓު ރެޕު

    ކަލު ބާޒާރުގަ ޑޮލަރު ވިއްކާތަން ބަލާލަން ބޭނުންވާ މީހުން ދޭބަލަ ވެލާނާ އެއަރޕޯޓު ގެ އިންޓަރނޭސަނަލް ފުލައިޓު ތަކުން ގެސްޓުން ނިކުންނަ އެރައިވަލް ގޭތުކައިރީ އިންނަ ބީއެމް އެލް މަނީ އެކުސްޗޭންޖު ތާ ކައިރި މަދުކޮއްލަން. އެރުން ފެންނާނެ ދިވެހިން ކަލުބާާޒާރުގަ ޑޮލަރު ވިއްކާތަން. އެއަރޕޯތުގަ ތިބޭ ފުލުހުނަނަކީ ކަމެއްކުރެވޭ ބަޔެއްނޫން.

    19
    2
  4. ހީނު

    ޑޮލަރު އަމާންވީ

    10
    2
  5. ހުދުބާޒާރު

    ކަޅުބާޒާރު އުފެއްދި މީހުން ނުވަތަ ސަބަބު ހޯދަބަލަ ފުރަތަމަ ހަޑި ނުހާވާ. ޓުއަރިޒަމް އިން ލިބޭ ބޭރުފައިސާއިން ރާއްޖޭގެ ބޭންކުތަކަށް ޖަމާ ކުރަނީ ސްޓާފުންނަށް މުސާރަ ނުވަތަ ސަރވިސް ޗާޖް ދޭނެ އަދަދު އެކަނި. ބާކީ ބޮޑުބައި ޖަމާ ކުރަނީ ބޭރުގެ ބޮޑު އިންޓެރެސްޓް ލިބޭ ބޭންކު ތަކަށް. ޓޫރިޒަމް ވިޔަފާރި ހިންގާ މީހުން ރުފިޔާއިން ކުރަން ޖެހޭ މުޢާމަލާތް ތަކަށް ޑޮލަރު މާރު ކުރަނީ ބޭންކަކުން ނޫން. ހަމަ އެޖެންޓުން ލައިގެން ކަޅު ބާޒާރުގަ ވިއްކަނީ. ކާކު ނޭދޭނީ މޮޅުގޮތް ހޯދަން؟؟ ފުރަތަމަ އެމް އެމް އޭ އާއި ބޭންކު ތަކުގެ ގަވާއިދު ހަރުދަނާކޮށް ކަޅުބާޒު ހައްލު ކޮށްބަލަ ކަޅުބާޒާރޭ ނުކިޔާ. އެކަމުގެ ވެސް ބާރު އޮތީ މަހުޖަނުން އަތުގަ. ސަރުކާރަކީ އެމީހުންގެ ޖީބު ތެރޭ އޮންނަ އެއްޗެއް. ނުވާނެ ހައްލެއް. ސަރުކާރަށްވުރެ އެމީހުން (ރިޒޯޓު އޯނަރުން) މާ މުއްސަނދި. ނުހުއްޓުވޭނެ އެމީހުންނެއް. މެޑަލް ޖަހަން ރޭންކު މަތި ކުރަން އަޑު އަރުވަން މީދަލެއްކަން އެނގޭ ކަތިލާނީ

  6. ހިބަރު

    ދިވެހިން ތިބެންވާނީ ހަމަ މިހެން ފޯރަމްތަކުގައ އަނގަތަޅާލަން، އެއްކަމެއްވެސް ނުވާނެ. ވެއދި ދޮރުން ދޫކޮށްލަންޖެހޭނީ! މިނޫނީ ނޯންނާނެ ބަންގާޅުންނަށް ފްރީޑަމް ގައުމެއް ދުނިޔޭގަވެސް! ބޭރުމީހުން މުއްސަނދިވަންވީ! ބޭނުންގޮތަަކަށް! އެވެެރިން މިނިވަންކަމާއެކު އުދުހެނީ! މިވެރިކަން އައީ އޯގާތެރިސަރުކާރޭ ގޮވަމުން ފެލެމުން ފުފެމުން. ދެ ފަހަރުވެސް ވެރިކަމަށް އާދެވުން އިރު އޯގާތެރިކަން މިހުރީ ގާދޫކޮލުން ބޭރުވެ އިނޑިޔާ ކަނޑުން ބަނގަޅު ކަރައަށް މެކުހަށްޖަހާފައި! ކެެނެރީގޭ އައުވާނުން ބޭރުގައުމުތަކުން ލާރި ނަގައިގެން ކާލަކާލަ މި ގައުމު ހަނާއަރުވަނީ! ރައްޔިތުން ހޭއަރާނީ ކޮންއިރަކުންބާ؟ މިއިންއެއްެވެސް ފިޔަވަޅެއް ނޭޅޭނެ ކަންޔަގީނޭ އިނގޭތޯ! ނާގާބިލް ވަގު ސަރުކާރު އައުޓް ވަގުތުން! ވަގުތަށް!

  7. ވެރިން

    ދެ ބަންގާޅިީން ހައްޔަރު ކޮއްފަ މިބުނަނީ ޑޮލަރު ވަގުވޮޔާފާރި ކުރާ ބޮޑުނޭ، މިވީތަނަކަށް އަދި އެއްވެސްކަމެއްގެ ބޮޑަކު އަތު ލެވިފަކާ ނެތް .

  8. Anonymous

    ބިދޭސިން ދިވެހިފަސްގަޑުގަ ހިތުހުރިގޮތަކައް އުޅެމުން ދާއިރު ފުލުހުންނައް ތިދެމީހުން އެކަނި ފެނުމުން ހައިރާންވޭ

  9. ދިދަ ދަނޑި

    ގިނައީ ތިކަން ކުރާ ދިވެހިން.. އެމީހުން ހައްޔަރު ނުކުރަނީ ކީއްވެބާ؟؟

    2
    1
  10. އިބްރާހިމް

    ޑޮލަރުގެ ކަޅުބާޒާރުގެ އެންމެ ބޮޑު ބޮޑަކީ އެމްޑީޕީ. ސަބަބަކީ ދައުލަތަށް ކުލީގެގޮތުގައި ރިސޯޓްތަކުން ދައްކަމުންގެންދިޔަ ޑޮލަރު ރުފިޔާއިން ދައްކާގޮތަށް ބަދަލުކުރީ އެމްޑީޕީ ސަރުކާރުން. އިޚްލާސްތެރިކަމެއްހުރިނަމަ ކުރީގައި އޮތްގޮތަށް ރިސޯޓުން ދައުލަތަށް ދައްކާ ފައިސާ ޑޮލަރުން ދައްކަންޖެހޭގޮތަށް ބަދަލުގެންނަވާ.

  11. ހޫދު

    ކަންތަތަ ނުހުއްޓުވިގެން އުޅެނީ ގާނޫނުނެތިގެންނޭ ނެތްވަތަރެއްގެ ގާނޫނެނެތް ވާކަމެއްހަރާން...

  12. އޯނަރ

    މީގަ ރިސޯޓް އޯނަރުންވެސް ތިބޭނެކަން ޔަގީން. މިހާރު ޑޮލަރު ކަޅުބާޒާރުގައި އެވިއްކަނީ 17.95ރ މާނައަކީ %16 މަތިން. ވީމާ ރިސޯޓް އޯނަރުން އެމީހުން މީރާއަށް ދަންކަންޖެހޭ ޓެކްސް މިދައްކަނީ މާރުކޮއްގެން އިތުރައްލިބޭ ބައިން. ބޭސިކަލީ ދޭއާރ ޓެކްސް ފްރީ.

  13. ވިސްނާމީހާ

    ޑޮލަރުގެ ކަޅުބާޒާރޭ ކިޔާއިރު ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް ކަމުގައިވާ އެމް.އެމް.އޭ ގެ ރޯލް މީގައި އެންމެ ބޮޑީ. އެބޭފުޅުން ސިއްކަ ޖައްސަވާފަ ދެއްވާފައިވާ ހުއްދައިގެ ދަށުން ހުޅުވާފައިވާ ގިނަ ތަންތަނުން ދިވެހި ރާއްޖޭގައި ކަނޑައެޅިފައިވާ ރޭއްޓަށްވުރެ ބޮޑު ރޭޓުތަކުގައި ވިޔަފާރި ކުރަމުން ގެންދަނީ. ބުނެވޭނީ އެމް.އެމް.އޭގެ އިޙުމާލު މީގައި އެންމެ ބޮޑީ.

  14. އަހްމަދު

    ލޭބަލްވަނީ ބޭރުމީހާ އަޑީގަހުންނަނީ ސަރުކާރުބޮޑުމީހާ އެމީހާ ފެންނާނެތަ؟

  15. އައްބެ

    ހއ.ދިއްދޫ ރިންގް ސޮޕްގައި އަގުބޮޑުކޮން ޑޮލަރު ކަނެވިއްކާ އަދި އެސްޗޭން ޕޮއިންޓްގެ ނަމުގައި މިމީހުންގެ ވައިބާ މުއާމަލާތައްކުރަމުންދަނީ.މިމީހުން ހަޔަރުކުރޭ.

  16. ޢަދުރޭ

    ރޮބީއުﷲ ، އެއޮތީ ބަނގްލަދޭޝް މީހުން ކިޔާ ގޮތަށް ލިއެފައި . އަސްލު ގޮތަކީ އެއީ. ރަބީޢުﷲ . އެވެރިންނަކީ އޮބޮފިލީގެ ބައެއް . ތަރުކާރީ ރިހަ .އެއީ ދޮރުކައިރީ ރިހަ. ފުރުޞަތު އެއީ ފޯރްސޮތު . މިހެން ލިއެވިދާނެ ކިތައްމެ ބައިވަރެއްވެސް . އަސްލު ވާގޮތަކީ އެމީހުނގެ އަނގަ އިންނަނީ އެގޮތަށް