ސަލާމްލެއްވި يوسف عليه السلام އަށް ދިމާވި ކަންކަން ހަނދާނަށް ގެނެސް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމަށް ޓްވީޓެއް ކުރައްވައިފިއެވެ.

ޖަމީލްގެ ޓްވީޓްގައި ވިދާޅުވީ ޙަސަދަވެރިކަމުގެ އަލިފާންގަޑު ގިނަފަހަރަށް ރޯވަނީ ޢާއިލާތަކުގެ ތެރެއިން ކަމަށެވެ. އެއަށްފަހު ޖަމީލް ވިދާޅުވީ ރައީސް މައުމޫން އަދިވެސް ހުންނެވީ މިސަރުކާރާއި އެކުގައި ކަމަށެވެ.

ދެން ޖަމީލްގެ ޓްވީޓްގައި ވަނީ ޔޫސުފް ސޫރަތުގެ ހަތްވަނަ އާޔަތާއި އެއާޔަތުގެ މާނަ ލިޔުއްވާފައެވެ.

އެއާޔަތުގައި ﷲ ވަހީކުރައްވާފައި ވަނީ لَّقَدْ كَانَ فِي يُوسُفَ وَإِخْوَتِهِ آيَاتٌ لِّلسَّائِلِينَ މާނައީ: يوسف ގެފާނާއި، އެކަލޭގެފާނުގެ أخ ންގެ ވާހަކައިގައި، سؤال ކުރާ މީހުންނަށް، ހެކިތަކެއްވާކަން ކަށަވަރެވެ.

ޖަމީލްގެ ނުސީދާ ބަހުގެ ހަމަލާއެއް މައުމޫނަށް މިއަމާޒުވީ އަންނަ އަންގާރަ ދުވަހު ކުރީގެ ރައީސް ޔާމީން މިނިވަން ވާނެ ކަމަށް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވުމުން އެގޮތައް ވާހަކަ ނުދައްކަވަން ޖަމީލް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.

ޣައްސާން ދެއްކެވި ވާހަކަ ޖަމީލް އޮޅުވާލީ ކަމަށް ޕީޕީއެމްގެ ބައެއް މެންބަރުން ނުސީދާކޮށް މީސް މީޑިއާގައި ވިދާޅުވެފައި ވެއެވެ. ބައެއް މެންބަރުން ވަނީ ޣައްސާން އުޅުއްވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދަވަން ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ.

ޖަމީލް މިއަދު މައުމޫނަށް އަމާޒުކޮށް ބަހުގެ ހަމަލާއެއް ދެއްވި ނަމަވެސް ޔާމީންގެ ވެރިކަމުގައި ޖަމީލް "އެކަހެރިކޮށްފައި" ހުރިއިރު ވެސް މައުމޫން ވަނީ ޖަމީލާއި ގާތް ގުޅުމެއް ބާއްވާފައެވެ. އޭރު މައުމޫނަށް ތާއިދު ކުރާ ބައެއް މެންބަރުން ބޭއްވި ބައްދަލުވުންތަކުގައި ވެސް ޖަމީލް ބައިވެރިކުރެއްވެވިއެވެ.

ނަމަވެސް ރައީސް ސޯލިހްގެ ވެރިކަން ފެށުނުފަހުން މައުމޫން ދެއްކެވި ބައެއް ވާހަކަތަކަށް ޖަމީލް ވަރަށް ފާޅުގައި ފާޑުވިދާޅުވެފައި ވެއެވެ.

ޙަސަދަވެރިކަމުގެ އަލިފާންގަޑު ގިނަފަހަރަށް ރޯވަނީ ޢާއިލާތަކުގެ ތެރެއިން ކަމަށް ވިދާޅުވެ ޖަމީލް ޔޫސުފްގެފާނުގެ ވާހަކަ ހަނދާން ކޮށްދިނީ އާއިލާގެ ތެރޭގައި ހަސަދަވެރިކަން އުފެދުމުގެ ކަންހިނގާ ގޮތް ޔޫސުފްގެފާނަށް ކުރިމަތިވެފައި ވާތީއެވެ.

ޔޫސުފްގެފާނުގެ ޙަޔާތްޕުޅުގެ ވާހަކަތައް ކީރިތިޤުރުއާނުގައި ފެށިގެން އަންނަނީ، އެކަލޭގެފާނަށް ފެނިވަޑައިގަންނަވާ ހުވަފެންފުޅެއްގެ ޚަބަރުންނެވެ. 11 ތަރިއާއި، އިރާއި ހަނދު އެކަލޭގެފާނަށް ސަޖިދަކުރާތީ ދެކެވަޑައިގަތް ހުވަފެންފުޅުގެ ވާހަކަ، ބައްޕާފުޅު ޔަޢްޤޫބު ޢަލައިހިއްސަލާމްގެ އަރިހުގައި ދެންނެވުމުން، ބައްޕާފުޅުގެ ނަޞޭޙަތަކަށްވީ އެ ހުވަފެންފުޅުގެ ވާހަކަ އެކަލޭގެފާނުގެ އެހެން އަޚުންނަށްވެސް ހާމަނުކުރައްވާ ސިއްރުކުރެއްވުމެވެ.

ޔޫސުފްގެފާނަކީ، މޫނުފުޅު ނުހަނު އަލި، ބުރުސޫރަ ރިވެތި ބޭކަލެކެވެ. އެކަލޭގެފާނުގެ މައްޗަށް، ބައްޕާފުޅު ޔަޢްޤޫބުގެފާނުގެ ހިތްޕުޅުގައި މާބޮޑު ކުލުނުވެތިކަމަކާއި ލޯތްބެއް އޮންނަކަމަށް، އެކަލޭގެފާނުގެ އެއްބަފާ އަޚުންނަށް ކުރެވެންފެށި ކުށްހީތަކުގެ ނަތީޖާއެއްގެގޮތުން، އެ ހުރިހާ އަޚުންގެ ހިތްތަކުގައި، ޔޫސުފްގެފާނާއިމެދު ޙަސަދަވެރިކަން އުފެދެއެވެ. އަދި މިޙަސަދައިގެ ގިނި ގަދަވެ، ޔޫސުފްގެފާނު ގޮވައިގެން އެކަލޭގެފާނުގެ އަޚުން ދުރު ހިސާބަކަށްގޮސް، ދަތުރުވެރީން ފެންނެގުމަށްޓަކައި ހަދާފައިހުރި ފުން ވަޅެއްގެ ތެރެއަށް އެކަލޭގެފާނު އެއްލާލިއެވެ. އަދި ޔޫސުފްގެފާނުގެ ގަމީސްކޮޅުގައި ޖަނަވާރެެއްގެ ލޭ އުނގުޅައިގެން ބައްޕާފުޅުގެ އަރިހަށް އެނބުރިއައިސް، ތުއްޕުޅު ޔޫސުފްއާއި، މިނިވާވަގެއް ޙަމަލަދީ، ޔޫސުފް ކާލައިފިކަމަށް ޚަބަރުދިނެވެ.

ވަޅުގެ ތެރެއަށް ވައްޓާލާފައިވާ ތުއްޕުޅު ޔޫސުފް، ފެނުނީ، ފެން ހޯދުމަށް އެ ވަޅުގެ ކައިރިއަށް އައި ޤާފިލާއެއްގެ ބަޔަކަށެވެ. އެދުވަސްވަރަކީ އަޅުންގެގޮތުގައި އިންސާނުން ވިއްކުމުގެ ބާޒާރު ތިޔާގި ދުވަސްވަރެއްކަމުން ޤާފިލާގެ މީހުން، ޔޫސުފްގެފާނު ހޮވައިގެން، އެފަދަ ބާޒާރަކަށް ގެންގޮސް ނޯކިރީކޮށްދޭ އަޅުކުއްޖެއްގެގޮތުގައި ވިއްކާލީއެވެ.

ބާޒާރުން ޔޫސުފް ބައްލަވައިގަތީ، މިޞްރުގެ ޚަޒާނާތަކުގެ ވަޒީރެވެ. އޭނާ ޤަޞްދުކުޅައީ ދަރިއެއްގެގޮތުގައި ޔޫސުފްގެފާނު ބެލުމަށެވެ. މިގޮތުގައި ވަޒީރުގެ ގޭގައި ޔޫސުފްގެފާނު އުޅުއްވަނިކޮށް، ވަޒީރުގެ އަނބިކަނބަލުން، ނުރަނގަޅު ގުޅުންތަކެއް ޔޫސުފްގެފާނާއިއެކު ބޭއްވޭތޯ ގަދަބާރުން މަސައްކަތްކުރިއެވެ. މިކަމުގެ ޚަބަރުތައް ބޭޒާރުވެ، އުފެދުނު ފިތުނައިގެ ނަތީޖާއަކީ، ޔޫސުފްގެފާނު ޖަލުގައި ހައްޔަރުކުރުމެވެ. ޖަލުގެ މިތުރުންގެގޮތުގައި ދެމީހަކު ޔޫސުފްގެފާނަށް ލިބިވަޑައިގަތެވެ. އެދެމީހުންނަށް ފެނުނު ހުވަފެން ޔޫސުފްގެފާނު ތަޢުބީރުކޮށްދެއްވިއެވެ. ޖަލުގެ ދެ މިތުރުންނާއިމެދުވެސް ކަން ހިނގައިދިޔައީ ޔޫސުފްގެފާނުގެ ތަޢުބީރާއި އެއްގޮތަށެވެ. ޖަލުން ސަލާމަތްވެ، ރާފޮދު އަރުވާ އޮގަރުގެ މަޤާމް ލިބުނުމީހާއަށް ޔޫސުފްގެފާނުގެ މަތީން ހަނދާންވީ، ރަސްގެފާނަށް ފެނިވަޑައިގަންނެވި ހުވަފެންފުޅެއްގެ ތަޢުބީރު ހޯއްދެވުމަށް ރަސްގެފާނު ބޭނުންފުޅުވި ހިސާބުންނެވެ.

ޖަލުގައި ހުންނެވި ޔޫސުފްގެފާނު، ރަސްގެފާނުގެ ހުވަފެންފުޅުގެ ތަޢުބީރު ވިދާޅުވެދެއްވިއެވެ. ޔޫސުފްގެފާނުގެ ތެދުވެރިކަމާއި ކުށެއްނެތްކަން ރަސްގެފާނަށް އެނގިވަޑައިގެންފިހިނދު، ޖަލުން ސަލާމަތްކުރައްވާ، ޚަޒާނާތަކުގެ ވަޒީރެއްކަމުގައި ލެއްވިއެވެ.

ރަސްގެފާނުގެ ހުވަފެންފުޅާއިވިދިގެން އައި ތިޔާގި ހަތްއަހަރަށްފަހު، ދެން ފެށުނު ތަދުމަޑުކަމުގެ ހަތް އަހަރުގައި، ކާބޯތަކެތި ހޯދުމަށް އެކިހިސާބުން އައި ޖަމާޢަތްތަކުގެތެރޭގައި، ޔޫސުފްގެފާނުގެ އަޚުންވެސް ހިމެނިއްޖެއެވެ. އޭރު ޔޫސުފްގެފާނު ހުންނެވީ، މިޞްރު ރަސްގެފާނުގެ ފުރިހަމަ ދަރަޖައާއި ޢިއްޒަތުގައެވެ. ރަސްކަމުގައި އެހުންނެވީ، އެއުރެންގެ އަތްތަކުން ފުން ވަޅަކަށް ވައްޓާލި ޔޫސުފްގެފާނުކަން، އެކަލޭގެފާނުގެ އަޚުންނަށް އެނގުނީ ގިނަ ގިނަ ހާދިސާތަކެއް ހިނގައިދިޔުމަށްފަހުއެވެ. ޔޫސުފްގެފާނު އެކަލޭގެފާނުގެ އަޚުންނަށް މަޢާފްކުރައްވާ ހެޔޮދުޢާކުރެއްވިއެވެ. އަދި އަޚުން ފޮނުއްވައިގެން ބައްޕާފުޅު ޔަޢްޤޫބް ޢަލައިހިއްސަލާމް ގެންނެވިއެވެ.

އަށްޑިހަ އަހަރަށްވުރެ ގިނަދުވަހުގެ ހިތާމައާއި ދިގު އިންތިޒާރަށްފަހު ރަސްކަމުގެ ދަރުބާރެއްގެ ތެރެއިން، ފުރިހަމަ ޢިއްޒަތުގައި ދެބަފައިކަލުން ބައްދަލުވެވަޑައިގަނެއެވެ. އެހިނދު ޔޫސުފްގެފާނުގެ އެގާރަ އަޚުންނާއި، ބަފައިކަލުންނާއި މައިކަނބަލުން، އިޙްތިރާމާއިއެކު ޔޫސުފްގެފާނަށް ކުރުނީސްކުރެއެވެ. ޔޫސުފްގެފާނަށް ފެނިވަޑައިގަތް ހުވަފެންފުޅުގެ ތަޢުބީރަކީ މިއީއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އުގުރި

    އެމީހުންގެ ވާހަކަ ނުލިޔުނަސް ކީރިތިޤުރުއާނުގައި ވާ ކަންކަން ގިނަގިނައިން ލިޔެ އިބުރަތް ހާސިލު ކުރެވޭތޯ މަސައްކަތް ކުރަންވީ

    45
    3
  2. ބުލް ބުލް

    އޭނަ ވެރި ކަމުގައި ހުރި އިރު ޖަލުގައި ތުއް ދޮންބޭ ބާއްވާއިގެން ކެއްކުވި ބޮނޑި ބަތުގެ ވާހަކަ ޓުވިޓު ކުރެވޭތޯ ބަލާބަލ

    5
    13
  3. ޚަރާބު

    މި ގައުމުގައި މިހާރު އުޅޭ ވެރިންނާއި ގިނަޒުވާނުން މިކަންކަން ހަދާނީ ޖޯކަކަށް މިހާރު! ޢަޤީދާ އެއް އީމާންތެރިކަމުގެ ޞިފަތައްނެތް ބައެއް ވެރިކަމަށް އަރާފި، ރަނގަޅުކަންތައްތައް ގައުމުން ގެއްލިއްޖެ! ލާދީނީއްޔަތުގެ ބައިގަނޑު އަތްގަދަކޮށްފި!

    9
    1
  4. ސަންތިމަރިޔަމް

    އަބުދުﷲ ބިން އުބައްޔު ބިން ސަލޫލު އުޅުނު
    ގޮތް ވެސް އިބުރަތެއްގެ ގޮތުގައި ބަލައިގަނެ އިސްލާހު ވާންޖެހޭ މީހުން ސިޔާސީ މައިދާނުގެ ކުރީ ސަފުން ފެނޭ. އެއްދުވަހު އެއަށްވުރެ ކޮރަޕްޓް ނާގާބިލް މީހެއްނެތޭ ބުނެ އަނެއް ދުވަހު ހަމަ އެ އަނގައިން އެއަށްވުރެ މާތް މީހަކު ނެތޭ ބުނާ މީހުން ހިމެނޭނީ ކޮން ކެޓަގަރީ އެއްގައި.

  5. Anonymous

    ރާއްޖޭގަ އުޅޭ އިލްމުވެރިންގެ ތެރޭގަ ބެއްޔާވަރުގެ ހަސަދަވެރި ޖައްބާރެއްނެތް

    6
    2
  6. ޢަބްޅޯ ނެއިފަރު

    ބޮޑިބަތް ޖަމީލަކީ ހުރިގޮތަށް ހުރި ދެފުށް ދެގޮތް މުނާފިޤެއް

    5
    4
  7. މުބީނު މާރނީ

    ފޮޓޯ އިން ފެންނަނީ މައުމޫނު އަނގަސަކަރާތް-ވެ، ޖަމީލު ގެ މޫނުމައްޗަށް ބަލާފައި ވަރަށް ބޮޑަށް ފޫހިވެފަ ހުރި ފާޑު!!!

    • އަޖައިބު

      ސަޅި ނަމެއް .. ކެކެކެ

  8. ސިން

    ޔާމިނު ޖަމީލު އަށް ހެދީ ކިހިނެއް。ޔާމިނު ހަމަ ރަހުމް ކުޑައީ。މީހުންނަށް ރަހުމުގެ ކަންފުޅެއް ވެސް ހުންނަ މީހެއް ނޫން ޔާމިނަކީ

    7
    6
  9. ތަރަބެ

    ޖަމީލަކީ ގުދޯ ގުދޯ ކިޔާ ބޮޑު މުނާފިގެއް

    6
    7
  10. ޚަލަަަހަލަ

    މިހާރު މިގައުމު މިއޮތި ވާނެ 4 އެތި ވެނިމިފަ ރަހުމެއް ހަމްދަރުދިއެނެއް

  11. ސަންފައްތަ

    ޔާމީނުގެ ނުބައި ނުލަފާ ކަމުގެ ކުރިމަތީގައި މައުމޫނު ކުޑަކަކޫ ޖަހާކަށް ނުޖެހޭ. ޖަމީލު ތިއުޅެނީ މުނާފިގުވެގެން. ޔާމީނު ޖަމީލަށް ހެދިގޮތް ޖަމީލުވެސް ހަނދާން ހުންނާނެ. މިހާރު ތިއުޅެނީ މާ ހެޔޮއެދޭ މީހެއްކަމަށް ދައްކައިގެން ޔާމީނަށް ބޮނޑިދީ ބަދަލުހިފަން. ޖަމީލަށްވުރެ މައުމޫނުވެސް މާ ރަނގަޅު.

    1
    1
  12. ޕޯސްޓް ޕްލީޒ

    ހއ.މައުމޫން މަޑުން އެހުންނަނީ 2ވަނަ ބޭނުމަކު ނޫން ތުންފިއްތައިގެން. ކޮންމެ ހާލެއްގަވިޔަސް ދަރިޔަކަށް ވެރިކަން ލިބޭނެ ގޮތެއްވޭތޯ.އާފްޓަރ އޯލް ހީ އިސް އަ ޑެޑީ.ކޮންމެ ކުއްޖަކަސް ހެޔޮ.މި ބުރުގައި އަންހެނުންނަށް ވެރިކަންކުރެވޭނެ ކަމަށް ބިލް ހަދަން ރަސްމީކޮށް ފަށައިފި.4ދަރިންކުރެ އެކަކު ހޮވޭތޯ.ދުލުން ނުބުންޏަސް ހިތުގަ އޮތީ އެހެން.މޑޕ ފަޅިން 1ކކު،ޕޕމ 1ކަކު،މރމ 1ކަކު، ނާޒިމް ޕާޓީން 2ކކު 20އަކށް ކުޅި ކުރިޔަށް ކުޅެލާނެ ގާބިލް ސިކުނޑިއެއް އެއީ.ދޮނާ ކަޅު އަންގަނުލާނެ ފުއްމާލާއިރު އެކަކަށްވެސް.%100 ޔަގީން ކަން ނެތީ ކާކަށް.

  13. ޔާމީން

    ހަޤީޤަތުގަ މިވަރުން ޖަމީލަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހައްޤުވެއްޖެ

  14. ކާފަބޭ2020

    ކީރިތިޤުރްއާންގެވާހަކަ ގިނަގިނައިންލިޔެ އެޤުރްއާގެއަޑު ގިނަގިނައިންއިވެންޏާ އިންސިޝައިތޯނުންނާޖިންނިޝައިތޯނުން ވަރަށްބިރުގަންނާނެ! އެއަޑުކަނޑުވާލެވޭތޯ ޚާއްޞަކޮށްއިންސި ޝައިތޯނުން މަސައްކަތްކުރާނެ! ނަމަވެސްﷲގެރަޙުމަތާއެކު އެއަޑުކަނޑުވައެއްނުލެވޭނެ!