22:01

އިތުރު 79 މީހުން ކޮވިޑަށް ފައްސިވެއްޖެ.

19:26

ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިނުން އަލަށް ފެނުނު އޮމިކްރޮން ވޭރިއެންޓާއި ދެކޮޅަށް ވެސް ރައްކާތެރިކަން ލިބެން ޖެހޭނެ ކަމަށް ދެކުނު އެފްރިކާގެ ތަޖުރިބާކާރަކު ބުނެފި

 

19:11

"އޮމިކްރޮން" ވޭރިއެންޓް ފެނިފައިވާ ގައުމުތަކުން ޔޫކްރޭނަށް އައިސްފައިވާ ފަރާތްތަކުން އަމިއްލައަށް އެކަހެރިވުމަށް އެގައުމުގެ ހެލްތް މިނިސްޓްރީން އަންގައިފި.

އެގައުމުގެ ހެލްތް މިނިސްޓްރީން ބުނީ، ދެކުނު އެފްރިކާ، ބޮޓްސްވަނާ، ޒިމްބާބޭ، ނަމީބިއާ، ލެސޯތޯ، އެސްވަޓީނީ އަދި މޮޒަމްބީކް ގައި ހަތް ދުވަސް ކޮށްފައިވާ ފަރާތްތަކުން އެގައުމަށް އައިސް 14 ދުވަހުގެ ކަރަންޓީނެއް ކުރަން ޖެހޭނެ ކަމަށް

19:08

ޗައިނާއިން އެފްރިކާއަށް ކޮވިޑް-19ގެ ވެކްސިންގެ އެއް ބިލިއަން ޑޯޒު ފޯރުކޮށްދޭނެ ކަމަށް އެގައުމުގެ ރައީސް ޒީ ޖިންޕިންގ ބުނެފި.

 

16:39

ޕޯޗުގަލް އިން ކޮވިޑްގެ އާ ވައްތަރު ފެނިއްޖެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި

 

16:06

ކޮވިޑް-19ގެ އާ ވައްތަރު ކަމަށްވާ އޮމިކްރޮން ވޭރިއެންޓް ސްކޮޓްލޭންޑުން ފެނިއްޖެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި.

 

13:19

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން އިތުރު ދެ ދިވެއްސަކު ރޭ ދަންވަރު ނިޔާވެއްޖެ.

 

11:04

ޖަޕާންގެ ބޯޑަރު ބަންދުކޮށްފި.

08:54

ވޭރިއަންޓް ހޯދި ޑޮކްޓަރު ވިދާޅުވަނީ އޮމިކްރޮން ޖެހުމުން ހާލު ގޯސް ނުވާކަމަށް!

ކޮވިޑް-19 ވައިރަސް އަށް ބަދަލުތަކެއް އައިސް އާވޭރިއަންޓެއް އުފެދުނު ސަބަބަކީ މެދުފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކަށް ވެސް ވެކްސިން ފޯރުކޮށް ނުދެވުމުން ކަމަށް ސައިންސްވެރިން ބުނެފިއެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިއީ ލިބުނު ވެކްސިންގެ ބޮޑު އިންސައްތައެއް އެންމެ މުއްސަނދި ގައުމުތަކުން މިލްކުކުރުމުގެ ނަތީޖާއެވެ. އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ފޯރުކޮށްދެވުނު ނަމަ މިފަދަ ވޭރިއަންޓެއް އުފެދުމުގެ ފުރުސަތު ކުޑަވީސް ކަމަށް ސައިންސްވެރިން ބުނެއެވެ.

ނަމަވެސް މިހާރު ކުރެވެން ހުރި މަސައްކަތްތައް ވަނީ މަދުވެފައެވެ. އަދިވެސް ސައިންސްވެރިން އިލްތިމާސް ކުރަމުން އަންނަނީ ވީހާވެސް ގިނަ ބަޔަކަށް ފަސޭހައިން ވެކްސިން ލިބޭނެ ގޮތް އިންތިޒާމް ކޮށްދިނުމަށެވެ. ހާއްސަކޮށް މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށާއި ފަގީރު ގައުމުތަކަށް ވެކްސިން އަވަހަށް ފޯރުކޮށްދިނުމަށް ސައިންސްވެރިން ބާރުއަޅައެވެ.

މިއަދު ވެސް ނިމިގެން ދިޔައީ އޮމިކްރޮން ވޭރިއަންޓްގެ ވަކި އާމައުލޫމާތެއް ނުލިބިއެވެ. ވޭރިއަންޓް އަކީ އަވަހަށް ފެތުރޭ ވޭރިއަންޓެއް ކަމަށް ކުރެވޭ ލަފާކުރުންތައް އިތުރުވި ނަމަވެސް އެކަން ވެސް މުޅިން އަދި ކަށަވަރެއް ނުވެއެވެ. މިވޭރިއަންޓް ވެކްސިނަށް ނުގުޑާ ކަމަށް ކުރެވޭ ލަފާކުރުންތައް ވެސް ކަށަވަރެއް ނުވެއެވެ.

ދުނިޔޭގެ ހާލަތައް ބަލާއިރު އާވޭރިއަންޓްގެ ނުރައްކާތެރިކަން އިތުރުވާނެ ކަމަށް ލަފާކުރެވިގެން ގިނަ ގައުމުތަކުން ވަނީ ބޯޑަރު ބަންދުކޮށްފައެވެ. ނަމަވެސް މިހާރުވެސް ގިނަ ގައުމުތަކަކަށް ވޭރިއަންޓް ފެތުރިގެން ގޮސްފައި ވާނެ ކަމަށް ލަފާ ކުރެވެއެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު