އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ޖެހުނުކަމުގެ ތުހުމަތުގައި ދައުވާއުފުލާފައިވާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްއާ މެދު ގޮތެއް ނިންމާނެ ކަމަށް ސަރުކާރުން ވިދާޅުވެފައިވާ މުއްދަތު ފަހަނައަޅާ ދިޔައިރުވެސް އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ހާމަވެއްޖެއެވެ.

މަހުލޫފްއަށް ދައުވާކުރަން، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ ހަފްތާގައެވެ. ދައުވާ އުފުލާފައިވިޔަސް އޭނާއާ މެދު ގޮތެއް ނިންމާނީ އާދިއްތަ ދުވަހު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. އެކަމަކު އާދިއްތަ ދުވަސް ފަހަނައަޅާ ދިޔައިރުވެސް އަދި މިހާތަނަށް މަހްލޫފާއި މެދު ކަން ކުރާނެ ގޮތެއް ނިންމާފައެއް ނުވެއެވެެ.

މަހްލޫފާއި މެދު ސަރުކާރުން ކަންކުރާ ގޮތެއް ސާފުކުރަން "ވަގުތު" އިން މަބްރޫކްއަށް ގުޅާލުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ. އަދި މެސެޖަކަށް ވެސް މިހާތަނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

މަހުލޫފްގެ މައްސަލާގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއަށް ގުޅާލުމުން އޭނާވެސް ފޯނަށް ޖަވާބެއް ނުދެއްވާތީވެ، ފިޔަވަޅުނާޅާ ލަސްވާ ސަބަބާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ދައުވާ އުފުލައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް މީގެ ކުރިން ވިދާޅުވި މަހުލޫފް މިހާރު ވިދާޅުވަނީ "އިސްތިއުފާ ނުދެއްވާނެ" ކަމަށެވެ. މަހްލޫފް ވިދާޅުވަނީ ޕީޖީ ހުސައިން ޝަމީމް އުޅުއްވަނީ "ޒާތީ" ގޮތުން އޭނާއާ ޖައްސާލައިގެން ކަމަށެވެ. އެކަމަށް ބާރުލިބޭ ކަމަށް ބުނާ ސްކްރީން ޝޮޓެއްވެސް މަހުލޫފް ވަނީ އާންމުކުރައްވާފައެވެ. ހިޔާނާތުގެ ދައުވާކުރަން އޭސީސީން މީގެ ކުރިން ފޮނުވި ދެ ފަހަރުވެސް މަހުލޫފް މަގާމުން އެކަހެރި ކުރިއެވެ.

މަހުލޫފް ގެންދަވަނީ އޭސީސީއަށާއި މުއައްސަސާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ކޯޓުގައި "ދައުލަތް އޮރިއާން" ކޮށްލާނެ ކަމުގެ އިންޒާރު ދެމުންނެވެ.

ވަކި ގޮތަކަށް ވޯޓް ދޭން ރިޝްވަތު ނެގި ކަމުގެ ތުހުމަތު

އޭންޓި ކޮރަޕްޝަން ކޮމިޝަންގެ ބަޔާނުގައިވާ ގޮތުން މަހްލޫފްގެ މައްޗަށް ކުރާ އެއް ދައުވާއަކީ ރިޝްވަތު ނެގި ކަމުގެ ކުށުގެ ދައުވާއެވެ.

އެއީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، އެސްއީޒެޑް ބިލެއް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީ ކަމަށް ބަޔާނުގައިވެއެވެ.

މި ވޯޓަށް ފަހުގައި އެމްއެމްޕީއާރްސީގެ ހިޔާނަތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހަށް ހަވާލާދީ އޭސީސީން ފާހަގަކުރަނީ އެއީ ޚިޔާނާތުގެ ފައިސާ ކަމުގައެވެ.

އެކަމަކު، އެ ދުވަސްވަރު އޭނާ ހުންނެވީ ޕީޕީއެމްގައެވެ. އަދި އެ ބިލް ފާސް ކުރަން އޭރު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ވެސް ނެރުނެވެ. މެލޭޝިއާގައި ހުންނެވުމަށް ފަހު ބިލަށް ވޯޓަށް އަހަން އޮތް ދުވަހު މަހްލޫފް ރާއްޖެ ވަޑައިގަތީއެވެ.

މި ތުހުމަތަށް އިންކާރު ކުރައްވައި މަހްލޫފް ވިދާޅުވަނީ ވެސް އެ ވޯޓާ ގުޅިގެން ޕާޓީގެ ފަރާތުން ހަމައެކަނި ލިބިވަޑައިގަތް ކަމަކީ، ކުއްލިއަކަށް ރާއްޖެ ވަޑައިގެން ދެއްވަން ޖެހޭ ވޯޓަކަށް ވާތީ އަނބުރާ ވަޑައިގަންނަވަން ބޭނުންވާ ޓިކެޓުގެ ޚަރަދު އެކަނި ކަމަށެވެ.

އެ ކުށުގެ އަދަބަކީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އެ މުއްދަތަށް އަރުވާލުން ނުވަތަ ހަމަ އެ މުއްދަތަށް ގޭގައި ބަންދުކުރުމެވެ.

އޮޅުވާލާފައިވާ ލިޔުންތަކެއް ހުށަހެޅި ކަމުގެ ތުހުމަތު

ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވަން ނިންމީ އޭނާއަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ލިޔެކިއުންތަކެއް ހުށަހެޅި ކަމަށް ބުނެއެވެ.

އޭސީސީން ފާހަގަކުރާ ލިޔުންތަކަކީ އޭނާ ތަހުގީގީ އިދާރާތަކަށް ފޮނުވި "ޕޭމަންޓް ރިސީވްޑް" ލިޔުމަކާއި، އެ ޑޮލަރަށްވާ ފައިސާ ނަގުދު ފައިސާއިން އެސްއޯފްއާ ހަވާލުކޮށްފައިވާނެ ކަމަށް އަންގައި މަހްލޫފް ފޮނުވި ސިޓީއެކެވެ.

އޭސީސީން ފާހަގަކުރާ ގޮތުގައި މި ލިޔެކިއުންތަކުގައިވަނީ ހަގީގަތް އޮޅުވާލުމުގެ ގޮތުން މަހްލޫފް އެ ފައިސާ ނެންގެވީ ޑޮލަރު ގަންނަން ކަން ތަހުގީގަށް ދެއްކުމަށް ޓަކައި ކަން ތަހުގީގަށް އެނގިފައިވާ ކަމުގައެވެ.

މީގެ ކުރިން ވެސް ދިފާއުވާން މަހްލޫފް ދެއްކެވީ މި ވާހަކައެވެ. އޭނާއަށް ލިބިވަޑައިގެންނެވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގައި ލިބިވަޑައިގެންނެވި ފައިސާ ކަމަށާއި އެއީ ޚިޔާނާތުގެ ފައިސާ ކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމުގައި މަހްލޫފް ވިދާޅުވަމުން ގެންދެވިއެވެ. ގާނޫނުލް އުގޫބާތުގައިވާ ގޮތުން، މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަދަބަކީ ހަ މަސް ދުވަހާއި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އިބްރީމް މުހައްމުދު ސޯލިހާ

    މީ ސަރުކާރެއް ނޫނޭ އެހެންވީ އެެއްވެސް ގޮތެއް ނުނިމާނެ ނޫން

    20
  2. އިބްރީމް މުހައްމުދު

    ސަރުކާރުގެ އިސް މީހަކީވެސް ތިޔަ ލާރީގެ އިސް ރޯލެއް ކުޅެފައިވާ މީހެއް އެެހެންވީމާ ނޯންނެތާ ގޮތެއް ނިންމޭކަން

    21
  3. ޕސޓ

    ދެން ކަލޭމެން ނިންމަންވީނު. ތިއެއްނު މިހާރު ތަހުގީގު ޓީމު..

    3
    19
  4. ނާދިރާ

    ގޯހެއް ނޫން. ޕާޓީ ވަރުގަދަކުރެވޭނީ މެމްބަރުން ވެސް ބާރު ގަދަވެގެން

  5. ޢިޔާބު

    މީ ދުލުގެ އިތުބާރެއް އޮތް ރައީސެއް ނޫން

    19
  6. އައުޓް

    ސަރުކާރު އައުޓް އިންޑިއާ އައުޓް ސަރުކާރު އައުޓް އިންޑިއާ އައުޓް ސަރުކާރު އައުޓް އިންޑިއާ އައުޓް ސަރުކާރު އައުޓް އިންޑިއާ އައުޓް ސަރުކާރު އައުޓް އިންޑިއާ އައުޓް ސަރުކާރު އައުޓް އިންޑިއާ އައުޓް ސަރުކާރު އައުޓް އިންޑިއާ އައުޓް ސަރުކާރު އައުޓް އިންޑިއާ އައުޓް ސަރުކާރު އައުޓް އިންޑިއާ އައުޓް ސަރުކާރު އައުޓް އިންޑިއާ އައުޓް ސަރުކާރު އައުޓް އިންޑިއާ އައުޓް ސަރުކާރު އައުޓް އިންޑިއާ އައުޓް ސަރުކާރު އައުޓް އިންޑިއާ އައުޓް ސަރުކާރު އައުޓް އިންޑިއާ އައުޓް ސަރުކާރު އައުޓް އިންޑިއާ އައުޓް ސަރުކާރު އައުޓް އިންޑިއާ އައުޓް

    21
  7. އިސްޢާފް ސަލީމް

    ފިޔަވަޅުއަޅާކަށް ނުކެރޭނެ! މައްސަލަ ޝަރީޢަތަށް ފޮނުވީވެސް މަތިއަޅަން! މައްސަލަ ނުވެސް ބެލޭނެ! ނުވެސް ބަލާނެ! ބެލިޔަސް ކުށްވެރިއެއްނުވާނެ! އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބުނު ޢަދަދު މަޚްލޫފަށް އެނގޭ! ހާމަކޮށްފާނެތީ ބިރުގަނޭ!

    25
  8. Anonymous

    ވަކިފަރުދަކަށް ދައުވާކޮށް ނިންމަންވާގޮތެއް ސިނގެނީ ރައީސުލްޖުމްހޫރިއްޔާކަމަށްވުމުން އިނގޭ އެއްޗަކީ މިގައުމުގަ ޖުޑިޝަރީގެ ބޭނުމެއް ނެތްކަން، ފާޅުގައި ސަދޫމުގެ ޝަރީއަށް ހިންގުމުގެ ގަރީމާ މުޅިންވެސް، މިގައުމުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރއި ވައްކަމާއި މިފަދަ ހުރިހާ ޖަރީމާތަކަށް ދައުވާކޮށް ޖަލަށްލާންޖެހިފައިހުރީ އެއްމެ މީހެއް އެއީ ރ.ޔާމީނު. މި ސަރުކާރުން ޒީރޯޓޮލަރެންސްގަ ޢެމީހާއަށް ދައުވާކޮށް ހުކުމްކޮށް ޖަލަށްލާފައި އެހުރީ އަދި އިތުރު ދައުވާވެސް އުފުލަމުންނޫންތޯ އެގެންދަނީ؟؟ ދެން ދައުވާކުރަންޖެހޭ އިތުރު ބައެއް މިގައުމުގަ ނުތިބޭނެ

  9. Anonymous

    ކިތައްމެ ޚިޔާނާތަކާއި، ވައްކަމުގެ ޖަރީމާ ހިންގި ކުށްވެރިޔަކަށްވިޔަސް ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އޮރިޔާންކޮށް ބޭޒާރުކޮށްލާނެކަމަށް ބުނެ ބިރުދައްކާތީ ދައުވާ ނުކުރަން ނިންމާފައިވާނީ، މިކަމުން މުޅި ދުނިޔެއަށްވެސް އެނގިގެންދަނީ އޮރިޔާންކުރެވޭނެ ބޮޑެތި ސިއްރުތަކާއި ހެކިތައް ރީލޯޑް މަހޭ އަށް އެނގިފައިވާކަން، ބޭޒާތުކޮށްލާނެތޒި ބިރުގަންނަނީ އުތެ؟؟

  10. ޔާމިން

    އިންޑިޔާމީހުންޖެހޭނީފައިބާން

  11. ވިލޭ

    އިންޑިޔާއައުޓް

  12. ލައިލާ

    ހަމަޖެހޭނީފައިބާން އިންޑިޔާއައުޓް

  13. ފަރެސް

    ފާޑުފާޑުގެ އިންޒާރުދޭތީ ( ދައުލަތް އޮރިޔާންކޮށްލާނެ ކަމުގެ) ބިރުގަންނަނީތޯ ބިރުގަންނާނީ
    ބިރުދެއްނެ ގޮތެއްމަހުލޫފަށް ލިބިފައިވާތީ ދައުލަތް އޮރިޔާންކޮށްލާނެކަމުގެ އިންޒާރުދެވޭނީ އެކަމެއް
    ހާމަކޮށްފިނަމަ ދައުލަތްއޮރިޔާންވާނެފަދަ ދަށުދަރަޖައިގެ ހާލަތަކަށްދާނެތީ ވީމާ، މިފަދަކަމެއްމަހުލޫފް
    ކޮށްފާނެތީ ގޮތެއްނިންމާފައިނުވިކަމުގައިވިއަސް އެމްއެމްޕީއާރްސީގެޚިޔާނާތުގެފައިސާގައިޖެހުނުކަމުގެ
    ތުހުމަތުަގައި ދަޢުވާކުރަން ޕީޖީއޮފީހުން ކްރިމިނަލްކޯޓަށް ހުށަހަޅާފައިވާނެ ވީމާ، އޮރިޔާންވެދާނެކަމަށް

  14. އަލިފު!

    ކުށްވެރިންގެ އެއ އްވެސް މަސް އަލަ އެއ އް ކުށްވެރި އަކަށް ނުބެލޭނެ! މާނަޔަކީ ކުށްވެރިންގެ މަސް އަލަތަ އް ބަލަން ތިބީ އެ އަށްވުރެ ބޮޑެތި ކުށްވެރިންނެވެ!