މި އަހަރުގެ ރިޔާސީ އިންތިޙާބުގައި ވާދަކުރާ އިދިކޮޅު ކޯލިޝަނުގެ ރަނިންގ މޭޓެއް ކަނޑައެޅުން، އަނެއްކާވެސް ފަސްކޮށްފިއެވެ.

މިކަން ފަސް ކުރަން ނިންމެވީ އިލެކްޝަންސް ކޮމިޝަނުން ސުވާލު ނުއުފައްދާނެ ގޮތަކަށް ޕާޓީގެ އަސާސީ ގަވާއިދާއި، އިންތިހާބުތަކާއި ބެހޭ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށްކަމަށް ޖުމްހޫރީ ޕާޓީން މިއަދު ވަނީ ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީން ވިދާޅުވީ، މިހިނގާ ޖުލައި މަހުގެ 14 ވަނަ ދުވަހާ ހަމައަށް އެ މަޤާމަށް ކުރިމަތުލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި، 14 ވަނަ ދުވަހުގެ ރޭ ބާއްވާ ކައުންސިލް ބައްދަލުވުމުގައި ވޯޓުލައި އެ ރޭ ރަނިންމޭޓް ކަނޑައަޅާނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ ކައުންސިލުން ނިންމެވީ މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތެއް ރަނިންމޭޓް ކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ދިނުމަށް ފަހުގައި، މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ރަނިންމޭޓް ކަމަށް ވުމަށް އެދޭ ފަރާތްތަކުގެ މެދުގައި ޕާޓީގެ ކައުންސިލްގައި ބާއްވާ ސިއްރު ވޯޓަކުން ރަނިންމޭޓް ކަނޑައަޅައި ނިންމުމަށް" ޖުމްހޫރީ ޕާޓީން ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ކޯލިޝަނުގެ ރަނިންމޭޓް ފައިނަލް ކުރުމުގެ ކުރިން ކޯލިޝަނުގެ ރަސްމީ އެގްރީމެންޓް ނިމި ސޮއި ކުރެވިގެންދާނެ ކަމަށްވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، މިއަދު ބޭއްވުނު ޖުމްހޫރީ ޕާޓީގެ 117 ވަނަ ކައުންސިލް ބައްދަލުވުން ޕާޓީގެ މައިގަނޑު މެނިފެސްޓޯއެއް (އަސާސީ މެނިފެސްޓޯ) ފާސް ކުރެވިގެން ގޮސްފައިވާ ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަނާ އެކުގައި ކުރިއަށް ދިއުމަށްވެސް ފާސްކޮށްފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ރަނިންމޭޓް އިއުލާންކުރުން ފަސްކޮށްފައި މިވަނީ މިހިނގާ ޖުލައި މަހުގެ 10 ވަނަ ދުވަހު ރަނިންމޭޓްގެ ނަން އިއުލާން ކުރައްވާނެ ކަމަށް މީގެ ކުރިން އެ ޕާޓީން އިއުލާން ކުރައްވާފައި ވަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ނުވާނެ ތިކަމެއް! ކީއްވެތަ ޖޭޕީއަށް ރައީސްކަން ނުދިނީ! އަދިވެސް ތިއުޅެނީ ގަޅިހައްދައިގެން ވަގުތީ މަގާމް (ރަނިންމޭޓްކަން) ޖޭޕީއަށްދީ ޖޭޕީގެ ވޯޓްކޮޅުކާލާ ނުވިތާކަށް ޖޭޕީ ބުރުވާލަން! ކަލޭމެންގެ ހިޔަޅު މަކަރަށް ތަބާވާނީ ކަލޭމެން ބާގައިގެ މީހުން!

  2. ޢަހުމަދު

    ތިކަމެއް ނުވިއެއްނުން ދެންވެސް ގާސިމް ބުނާމީހަކަށް ރަނިންމޭޓް ކަން ދީބަލަ އޭރުން ތިކަން ހަމަޖެހި ގާސިމް ވެސްއުފާވެފަ ޚަރަދުކުރާނެ އޭނަގެ އަނބިދަރިން ވިއްކާފަވެސް

  3. ގިވްއިން

    ޖޭޕީގެ ކައުންސިލަކު ނުތިބޭނެއޭ ޕޮލިޓިކަލް ސައެންސްގެ އަލިފުބާ ވެސް ދަންނަ ބަޔަކު މުޅިން ދަ ރާއްޖެތެރޭ މީހުންނޭ އެމެންނަކީ މާ ދުރު ވިސްނޭ ބަޔެއް ނޫނޭ ވިޔަފާރީ ގައި ވެސް އަދި ޕޮލިޓިކަލީ ވެސް އަދި އެޑިއުކޭޝަނަލީ ވެސް ތަފާތޭ ލާމު އަތޮޅުން ދެކުނަށް ދާ ވަރަށް އެއީ ރާއްޖޭގެ ސޯޝަލް ސައެންސްގެ ތެރޭން ފެންނާން ހުރި ހަގީގަތޭ ދެން ރާއްޖޭގައި އެންމެ ރަނގަޅު ހޭލުން ތެރި މީހުން ތިބެނީ ރާ އަތޮޅުގައޭ ދެން ބޮޑު ތިލަދުން މަތިން ހޯރަފުށީ ގައޭ ބާ އަތޮޅަކު ނުތިބެއޭ ކޮބާތޭ ބާ އަތޮޅުގެ އެއްވެސް ޕީއެޗްޑީ އަކަށް ގޭމް ޗޭންޖް ކުރެވުނުތޭ ނޫން ނުކުރެވުނު ދޯ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް،...

  4. ގިވްއިން

    ޖޭޕީގެ ރަނިންގް މޭޓް އަކަށް ބާ ކެންދޫ އަލީހުސެން ކުރިމަތިލާނީ އޭނާގެ ލަދު ހަޔާތުގެ ކަން ފުޅެއް ވެސް ނެތީމައޭ ސަބަބަކީ އޭނާ އަކީ މިގައުމުގެ މަޖްލީސް މެމްބަރު ކަން ލިބުމުން އޭނާގެ ދާއިރާގެ ރައްޔިތުންނަށް ހަރާމްކޯރު ވެފައިވާ ދަ ބަތާހަރާމީ އެކޭ ދެން ކުޑަ ކުޑަ އާބާދީ އަކުން އައިސްފައި ހުރި ރަނޑު ޒާތަކަށް ހިނގާ ޖިންސްލާފައި ހުންނަ އިރު ވެސް އަންހެނަކާއި ވައްތަރު މީހަކު އަދި ވާހަކަ ދައްކާ އިރު ވެސް އަންހެނަކާއި ވައްތަރު މީހަކު އަދި އަތުގައި ރައުސުލް މާލުގެ ގޮތުގައި 5 މިލިއަން ރުފިޔާ ވެސް ނެތް އަދި ޕީއެޗްޑީ ހޯލްޑް ކޮށް ފައި ނުވާ އަދި މާލޭގައި ވިޔަފާރި ނުކުރާ މާލޭގައި އަމިއްލަ ގެދޮރު ނެތް މީހަކު އެމްޑީޕީ އިބޫގެ ރަނިންގް މޭޓް އަކަށް ކުރިމަތިލާއިރު އޭނާގެ ލަދެއް ހަޔާތެއްގެ ކަން ފުޅެއް ވެސް ނެތީ އެއް ނޫންތޭ ސަބަބަކީ އެއްވެސް ގޮތަކުން އޭނާ އެމަގާމަށް ކުފޫ ހަމަނުވެއޭ ދިސް އިޒް ދަ ފީލިންގް އޭނާ ފޫކޮޅުގައި ސައްޕެއް ޖަހާ ޖޭޕީން ވެސް ބޭރު އަރުވާލާ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން ގިވް އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

  5. ދިސްއިޒް

    ރަނިންމޭޓް ކަނޑައަޅާނީ 14ވަނަ ދުވަހު ނަގާ ސިއްރު ވޯޓަކުން ނަމަ އެކަން ޖެހޭނެއޭ އިލެކްޝަންސް ކަމިޝަނުން އޮބްޒާރވް ކުރަން އެކަމަށް އެންމެ ރަނގަޅު ޗޮއިސް އަކީ އެއީ ޕްރޯ އުގައިލު ޕްރޯ އުގައިލު ކުރިމަތި ލައި އަދި ޕްރޯ ހޮވައިފިނަމަ ވަރުގަދަ ފައިޓެއް ދޭނެއޭ މަމެން ޕިންކީން ނަށް އެއީއޭ މަމެން ލައިކް ވާ ގޮތަކީ ދެން އެނޫން ނަމަ އުމަރު ނަސީރޭ ތިކަމަށް އެންމެ ކަމުދަނީ ތިޔާ ކެންދޫ އަލީ ހުސެއިން އެއީ އަނގަ ފިނދެކޭ އެމެން ބަލާ ބެލުމުން ވެސް ހުންނަނީ ރަނޑު ގޮތެކޭ އަދި ވާހަކަ ދައްކާ އިރު ވެސް ހުންނަނީ ރަނޑު ގޮތެކޭ ސިޔާސީ ވާހަކަ ދައްކާއިރު ދައްކަން ޖެހޭނީ ދޭތިން އެކައްޗަށް މިސާލަކަށް ރީކޯ މޫސާ އެދައްކާ ގޮތަށް ދެން މިހާރަކަށް އައިސް އިންތި އެދައްކާ ގޮތަށް ނެކް ޓު ނެކް ބާރަށް ޖައްސާފައި ވާހަކަ ދައްކަން ޖެހޭނީ ވާހަކަ ދައްކާއިރު ބޯން ދޭން ޖެހޭ ހާލަތުގައި ބޯން ވެސް ދޭން ޖެހޭނީ ޕޮލިޓިކްސް އަކީ އެއީ ފިރިހެން ވަންތަ ފިރިހެނުންނަށް ވާނެ ކަމެކޭ އެއީ އަންހެން ދުޅައިގެ މީހުންނަށް ވާނެ ކަމެއް ނޫނޭ ދިސް އިޒް ދަ ފީލިންގް..

  6. ދިސްއިޒް

    ޝަހީމްއާ އެކު ދީން ކުރިއެރުވުމަށް ލިބޭނީ ރަނުގެ ފުރުސަތެއް ކަމަށް ރާއްޖޭގައި ތިބި ގިނަ އިލްމް ވެރިން ބުނާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ދެން ސަރުކާރުން ނޯ ނީޑް ޓު ވޮރީ ދެން ބަލަންވީ ރާއްޖޭގެ މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ހުރިހާ ކުންފުނި ތަކުގެ ވެރިންގެ ހިތް ތަކުން ވިން ވެވޭތޯއޭ އެކަން ކުރުމަށް ޓަކައި ހައްދަވަންވީ ގޮތަކީ ގުޅިފަޅު ހިއްކާ ގޮތަށް އިއުލާން ކޮށް ހަދާ މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކޮށްގެން 5 އަހަރު ދުވަހު މެދު ނުކެނޑި މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ އަމިއްލަ ކުންފުނި ތަކަށް ގުޅިފަޅު ހިއްކާ ގުޅިފަޅުން 5 ހާސް އަކަފޫޓް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ކުއްޔެއްގެ ގޮތުގައި ދައްކާ ގޮތަށް ކުއްޔަށް ދޭން ނިންމާ އެކަން އިއުލާން ކޮށް ހަދާ އަދި އެފަދަ ލިޔުން ތައް ހުރިހާ ކުންފުނި ތަކާއި ހަވާލު ކުރަންވީއޭ އެއިރުން 15 ހާސް ވިޔަފާރި ކުންފުނި ތަކަށް ބިން ދެވޭނެއޭ މިއުސޫލުން އެއިރަށް ސަރުކާރަށް ވެސް އާމްދަނީ ވަރަށް ބޮޑުތަން އިތުރުވާނެއޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ..

  7. މަހަށްދޭބަލަ

    ތިޔާ ކޯލިޝަންގައި ހިމެނޭ އަދާލަތުގައި ތިބޭނީ ޖުމްލަ 10 މީހުންނޭ ހާރަކަސް ތަރާވީހަކަސް އަދާލަތުގައި ތިބި ބަޔަކު ތިޔާ ތިބީ ފޮޓޯ އަށް އަރާފައި ދެން ނެތް ތި ތާކު އިތުރު ބަޔެއް. އަދާލަތަކީ އެއީ ސިޔާސީ ޕާރޓީ އެއް ނޫނޭ އެއީ މައުލޫދު ޕާރޓީ އެކޭ ރަނގަޅަށް މިހާރު ވެސް އެމެންގެ މެމްބަރުންގެ އަދަދު އިވޭލުއޭޓް ކޮށްފިނަމަ މަމެންނަށް ޔަގީނޭ 100 ވެސް ހަމަ ނުވާނެ ކަން އަދާލަތުގެ މެމްބަރުންގެ ގޮތުގައި ތިބޭ. ތަމެން ރަނގަޅު ވާނެއޭ ދެން މަހަށް ދިޔައިއްޔާ މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ..

    • މަރޭ

      އަދާލަތުއެއީ ޕާޓީއެއްނޫނޭ، އެއީ ޕާޓޭން.

  8. ނޯސެކްރިފައިޒް

    ރަނިން މޭޓު ކަނޑައެޅުން ޖޭޕީން ފަސްކޮށްފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ ދެން ޖޭޕީން ރަނިންގް މޭޓަކު ކަނޑައަޅާ އިރު ރާއްޖޭގެ ބޮޑު އާބާދީ އަކުން އައިސް ފައި ހުރި މީހަކު އެކަމަށް ކަނޑައަޅާނެ ކަމަށް މިހާރު ތަމެން ތިޔާ ރަނިންގް މޭޓަކަށް ކަނޑައަޅަން އުޅޭ ބާ ކެންދޫ ގޮލައަކީ އެއީ އަތުގައި ފައިސާ އެއް ހުރި މީހެއް ނޫން އަދި ރާއްޖޭގެ ބޮޑު އާބާދީ އަކުން އައިސް ފައި ހުރި މީހެއް ނޫން އަދި އާއިލާ ބޮޑު މީހެއް ނޫނޭ ދެން ކިހިނެއްތޭ ތަމެން ކަލްޗްރަލް ވޯޓް ހޯދާނީ އިބޫ އެއީ ކުޑަ އާބާދީ އަކުން އައިސް ފައި ހުރި މީހެއް ދެން ރަނިންގް މޭޓް ކުޑަ އާބާދީ އަކުން އައުމުން ތަމެން ދާނީ ވޯޓް ގައި ޗޮކުންނޭ ތަމެންނަށް ނޭގެނީއޭ ރާއްޖޭގެ ކަލްޗްރަލް ވޯޓް ޕްލޭ ކުރާނެ ގޮތް އިޓްސް ނޮޓް އަ ސެކްރިފައިޒް ނޯ ސެކްރިފައިޒް އެޓް އޯލް...

  9. އަސްލީ

    ވަގުތު ޖެހޭއިރު ގާސިމް ހުންނަވާނި ޔާމީނު ކައިރީގަ..ދެން ތިޔަ ކޯޅޭޝަނު ފުނޑުނީތި..

  10. އަބްދުއްލާ

    އެމްޑީޕީ އާގުޅިގެން ރަނިން މޭޓެއް ކަނޑައެޅުމުގެ ބަދަލުގާ ސަހީމްގެ ފަހަތަށް އަރުއްވާ ހަމަ ގައިމުވެސް ދެރައެއްނުވާނެ

  11. ކަޅުބެލަތީ

    އިބިލީހު ކާވެންޏަށްދޯ؟

  12. ކަށްކަކާއްކޯ

    ގާސިމްބޭ އަލީހުސޭނައް އަނެއްކާ ނުދެއްޗޭ އޭނައެއީ އެމްޑީޕީ ފިކުރައް ސަޕޯޓް ކުރާ ދެފުއްކެހެރި އެއް ޖޭޕީގަ ހުންނަނީ ލާރިޔަށް ހަދާންކުރާތި މީ ވަރައް ވާހަކަ

  13. ނުރަބޯ

    ޖޭޕީ އަކީ ވަކި އެމްޑީޕީ އަކަށްވުރެ ދެރަ ބަޔަކަށްނުވާއިރު ކޯލިޝަން ހަދައިގެން އެމްޑީޕީ އަށް ރިޔާސީ ޖާގަ ދީފައި އެމްޑީޕީ އިން ދިންއެއްޗެއް ޖޭޕީއިން ގަބޫލުކޮށްގެން ތިބޭކަށް ނުޖެހޭނެ. އެހެނީ ނައިބު ރައީސް ކަމަކީ އެއްވެސް އާރެއް ބާރެއްނެތް މަގާމެކެވެ. ވީމާ ޖޭޕީ އަށް އޮތް އެންމެ ރަގަޅުގޮތަކީ ވަކިން ނިކުތުމެވެ.

  14. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    މޮޅުވުމަކީ، އިސްނެގުމެއް ނޫނެވެ. މޮޅުވުމަކީ، ހަރުދަނާވުމެވެ. ރަނިންމޭޓަކު ނުލިބިގެން އިޢުލާނު ކުރުމަކީ، ސިޔާސީ އުކުޅެއް ކަމަށް ބެލޭނެއެވެ.