ލ.ގަމު މުކުރިމަގު އަވަށުގެ މިސްކިތުގެ މުދިމަށް މީހަކު ހަމާލަދީފިއެވެ.

ގަމު ޒިކުރާ މިސްކިތުގެ މުދިމް އަބްދުލް ގަފޫރް އުމަރު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ އޭނާއަށް ހަމާލާދީފައިވަނީ ހުކުރު ދުވަހުގެ ފަތިސް ނަމާދުގެ ސަލާން ދިން ތަނާއެކުއެވެ.

މުދިމަށް ހަމާލާދިނީ އެ ރަށުގައި އުޅޭ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

އަބްދުލް ގަފޫރް ވިދާޅުވީ ސަލާމްދީ ނިމުމާއެކު އެ މީހާ އޭނާ ކައިރިއަށް ގޮސް ހުކުރު ހުތުބާ ކިޔާއިދޭށޭ ބުނުމަށް ފަހު މުއްސަލައިން އޭނާގެ ގައިގައި ޖަހައި ކޮއްޕާލި ކަމަށެވެ.

"މުތްކަވާފަ ބުރަކަށީގައި އަތް އަޅާ ކޮއްޕާލާ، އޭނާ އުޅުނީ އަހަރެން މިސްކިތުން ބާލުވަން" އަބްދުލްގަފޫރް ވިދާޅުވިއެވެ. އަބްދުލްގަފޫރު، މިސްކިތުން ބޭރު ކުރަން އުޅެނިކޮށް ހުއްޓުވީ މިސްކިތުގައި ތިބި މީހުން ކަމަށެވެ. އުމުރުން 32 އެ އަހަރުގެ ނަފްސާނީ މައްސަލަ ހުންނަ މީހާ ވަނީ ބުރާސްފަތި ދުވަހު މިސްކިތުގައި ނަމާދުކުރަން ހުރި ފުލުހަކަށް ހަމަލާދީ އެ މީހާވެސް މިސްކިތުން ބާލުވަން މަސައްކަތް ކޮށްފައެވެ.

އަބްދުލްގަފޫރު ވިދާޅުވީ، އެމީހާގެ ސަބަބުން ރަށުގައި އުޅޭ މީހުންނަށް ވަރަށް ގިނަ އުދަނގޫތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

ހަމަލާދިން މައްސަލަ ކުރިއަށްގެންދަން ބޭނުންތޯ ފުލުހުން އެހުމުން އަބްދުލްގަފޫރު ބުނެފައިވަނީ އެ މީހާއަށް ދައުވާއެއް ކުރާ ހިސާބަށް މައްސަލަ ގެންދަން ބޭނުން ނުވާ ކަމަށެވެ. އެކަމަކު އެމީހާގެ ނަފްސާނީ މައްސަލައިގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އުދަނގުލަކަށް ނުވާނެހެން އޭނާއަށް ބޭނުންވާ ފަރުވާދޭން ފުލުހުގައި އޭނާ ވަނީ އެދިފައެވެ.

މިދިޔަ ރަމަޟާން މަހު ވެސް ލ.ގަމުގެ މިސްކިތެއްގައި އިމާމަކު ނަމާދަށް ހުއްޓާ މީހަކު ގޮސް ހަމަލާ ދީފައި ވެއެވެ.

ފަހަކަށް އައިސް މިސްކިތްތަކުގައި ހިންގާ ނޭއްގާނީ އަމަލުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މ ޢަބްދުﷲ

    މިސްކިތަށް އަރައި މުދިމަކަށް ހަމަލާދީފި

    4 މިނެޓް ކުރިން ( ނޮވެމްބަރު 29, 2021 )

    ހާދަހާ މަޑުކައްޓޭ ދޯ .

    رئيس يامين عبد القيوم ވަގުތުން ވަގުތަށް ދޫކޮށްލާ #
    India out # India out # India out #

    رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ يا لله

  2. ޝިޔާމް

    ނަފްސާނީ މީހުންވެސް ހަމަލާދެނީ މިސްކިތުގައި ތިބޭ މީޙުންނަށާއި އިމާމުންނަށް؟؟؟؟!!!

  3. މެން

    މޮޔައިން ހާދަ ބޯހަމަގެހެޔޭދޯ

  4. ބަރޯ

    ކޮންމެ ނުބައި ކަމެއް ކޮއްފަ މިބުނަނީ ނަފސާނީ ބަތްޔޭ ބޯހަލާކު

  5. މޫސަ

    މިސްކިތްތައް މި ސަރުކާރުން އައިސް ނަފުސާނީ ކޮށްލައިފި.