ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތިން ވިއްކާ ފައިސާ މަނީލޯންޑާ ކުރާ ތަނެއްގެ ގޮތުގައި ފުލުހުންގެ މުއައްސަސާ ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުތަކެއް ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔައުގޫބް އަބްދުﷲ ކުރައްވައިފިއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދޭން ގާނޫނުން ޒިންމާ މަތިކޮށްފައިވާ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބޮއްސުންލާފައިވާތީ ކަންބޮޑުވުންފާޅުކޮށް މަޖިލީހަށް ހުށަހަޅާފައިވާ "ޗޭންޖް އެންޑީއޭ ޕެޓިޝަން" އާ ގުޅޭ ގޮތުން އެ މައްސަލަ ދިރާސާކުރި ޕެޓިޝަން ކޮމިޓީގެ ރިޕޯޓުގައި ބަހުސްގައި ޔައުގޫބް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމަށެވެ.

އެކަމަށް މަޖިލީހުންނާއި ސަރުކާރުން މަސައްކަތް ކޮށްދެއްވުމަށް ޔައުގޫބް ބާރުއެޅުއްވިއެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ ޒިންމާ މަތިކޮށްފައިވާ ފުލުހުންގެ އިދާރާއިން، ހިދުމަތްދޭ ފަރާތްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރީކުރާ ފަރާތްތައް ހިމެނޭ ކަމަށެވެ. އަދި އެފަދަ އެތައް ކަންތައްތަކެއް ފާހަގަވެގެން މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އެކަމަކު ފުލުހުން އެކަމަށް އަޅާނުލާ ކަމަށާއި އޭގެ ސަބަބުން މަސްތުވާތަކެތިން ލިބޭ ފައިސާ ދޮންނަތަނަކަށް އެ މުއައްސަސާވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ފުލުހުންނަށް އެކަންކަން އެނގިހުރެ އެކަން ކުރަނީ. މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭފައިސާ މަނީލޯންޑާކުރާ ތަނެއްގެ ގޮތުގައި ބޭނުންކުރަނީ ފުލުހުން" ޔައުގޫބް ވިދާޅުވިއެވެ.

އެއީ އެތައް އަހަރުތަކެއް ކުރިން ފެށިގެން ހިނގަމުން އަންނަ ކަމެއް ކަމަށާއި، އެކަން ކަމަށް ހައްލު ނުލިބި "އެއްފަޅިން މަސްތުވާ ވިޔަފާރީކުރާ މީހުން ހައްޔަރު ކުރެވުނު" ނަމަވެސް މަސްތުވާތަކެތި ވިއްކާ މީހުންނަށް ހިތްވަރު ދޭހާ ހިނދަކު އެކަން ހައްލުކުރަން ބޭނުންވާ ހިސާބަށް ނުދެވޭނެކަމަށް ޔައުގޫބް ވިދާޅުވިއެވެ.

މި ފަހަކަށް އައިސް މަސްތުވާތަކެއްޗާ ދެކޮޅަށް ކަނޑުމަތިންނާ އެއްގަމު މަގުން ފުލުހުން ގެންދަނީ ތަފާތު ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ޓަނަކަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައި ނައްތާލެވިފައިވާ ކަމަށް ކޮމިޝަނަށް އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ގާނޫނުގެ ތެރެއިން މަސްތުވާތަކެތި އެތެރެ ކުރާ ފަރާތްތަކާއި އެފަދަ ތަކެތީގެ ވިޔަފާރިތައް ކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށާއި އެކަމާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތް ފުޅާ ކުރާނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކޮވިޑް

    ފުލުހުން ލޯންޑާކުރާ ފައިސާ އާއި ހަވާލު ވަނިީ މަނިކުފާންތޯ؟ތިހާ ސާފް ކޮށް ތިކަން ފުލުހުން ކުރާކަން އެންގިހުރެ މި ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ކީއްވެތޯ އެކަން ނުހުއްޓުވާ ތި ހުރީ؟

    35
    1
  2. ނަޒީ

    މިހުއްޓޫ ގަދަ އޮޑިޓަރަކޫ!!!!1ހެހެހެހެ

    23
    2
  3. އަހުމަދު

    މަސްތުވާތަކެތީގެ ވިޔަފާރިއަށް ވުރެ އަވަހަށް ފުޅާވީ ވިޔަފާރިއެއް ނެތް. އެކަމުގަ މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންނާއި، ކޯޓުތަކާއި ފުލުހުންވެސް ހިމެނޭ. އެމްޑީޕީއިން މިކަން ހަމައެކަނި ފުލުހުންގެ ބޮލައް ޖަހަނީ ޑްރަގް މީހުން ހިފާ، ދީންވެރި މީހަކު ހޯމް މިނިސްޓަރުކަމުގަ ހުރީތީވެ

    15
    • ތެދު

      ދީންވެރިމީހާއޭ ސުބުހާނައްﷲ...ﷲއާއިރަސޫލާއަށް ފުރައްސާރަކުރުމަކީ އެއްމެބޮޑުފާފަ އެމީމުން ހައްޔަރުނުކޮއް ތިބުނާދީންވެރިޔާ އެހުއްނަވަނީޔޯ..!؟!ފަހަތައް އެމްޑީއެން ހަމީދު ލައިގެން..!؟ ވައިޔާޒްބިﷲ

  4. ދަރަނި ދަންތުރަ

    މައްކޫ އޮޑިޓަރާ މެން މުޅިގައުމު ހަނާއަރުވައިފި ، ދަރަނި ދަރަނި ކިޔަމުންއައި މީހުން ދަރިންގެ ދަރިންނަންދާންދެން ދަރުވައިފި ދިވެހިގައުމު އަޅުވެތިކޮށްފި ހުރިހާ ހަރުމުދަލެއް ވިއްކައިފި

  5. ސައްތާރު

    މަކޫ އޮޑިޓަރަވަގެކޭ.. ކޮސްބެ

    2
    1
  6. އޮޑިޓަރު

    ބަލަ ވެރިކަމަށްއައިސް މިތަނަށް ފިޔާބިސް އަލުވި އިންޕޯޓުކުރާބީދައިން މަސްތުވާތަކެތި އެތެރެކޮށް އެތަކެތިބަހާ ވިއްކާހަދާ މުޅިޤައުމުގަ އެފަތުރާ ހަދާފަ އެހެންބަޔަކު ބޮލުގަ އެޅުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް

  7. މ ޢަބްދުﷲ

    ޑްރަގްގެ ފައިސާ މަނީލޯންޑަ ކުރަނީ ފުލުހުންގެ މުއައްސަސާއިން: ޔައުގޫބް

    34 މިނެޓް ކުރިން ( ނޮވެމްބަރު 29, 2021 )

    އަވަހަށް ޢިމްރާނާ ޙަމީދު ހައްޔަރު ކުރަން ގަރާރެއްލާބަލަ .

    رئيس يامين عبد القيوم ވަގުތުން ވަގުތަށް ދޫކޮށްލާ #
    India out # India out # India out #

    رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ يالله

  8. ޢަދުރޭ

    ފުލުހުންގެ މުއައްސަސާ ބަދުނާމު ކުރުމަކީ ކިހާވަރެއްގެ ކަމެއްކަން އެމްޑީޕީގެ މީހުންނަށް ނޭނގެނީބާ ؟ ކޯޓުގެ ޙުރުމަތް ކެނޑުމަކީ ކުށަކަށްވެފައި ވަނީ އެތަނަށް އޮންނަ ޤަދަރެއްގެ ސަބަބުން. މީހަކު ކުރާ ކުށަކުން އެތައް އަހަރެއް ވަންދެން ޤައުމުގެ ސަލާމަތީ ކަންކަން ބަލަހައްޓާ މުއައްސަސާ ބަދުނާމު ނުކުރެވޭނެ. ޔައުޤޫބު ރަށަށް ގޮސް އަދި އެބަޖެހޭ ކިއަވަން

  9. މއާޒު

    ޔައުގޫބް ތުހުމަތު ތިޔަހުރޫ އޭސީޕީ ޔައްއްތަ

  10. އަސްލަމް

    ފުލުހުން ބަދުނާމު ކުރުމަށް ތިޖާތުގެ ވާހަކަތައް ގޮވަނީ ތިމާމެންގެ ފެންވަރެއް ނެތީމަ. ތިކުރާ ތުހުމަތުތަކަށް ޖަވާބުދާރީ ކުރުވުމުގެ ބާރު ތިޔަ މަޖިލީހަށް ޤާނޫނު އަސާސީން އޮތީ ދީފަ. 241 ކޮމެޓީއެއް ތިޔަ މަޖިލީހުގަ އޮންނާނެ. މައްސަލަ ނުބަލާތިބެގެން ޒާތްޒާތުގެ ދޮގު އިލްޒާމުތައް ފުލުހުންގެ ބޮލުގަ އަޅުވަން ނޫޅޭ. ތިމާމެންގެ ކިބައިގަ ގާބިލުކަން ނެތުމުން ހަޅޭއްފަޅޭއް ލެވުމުގެ ބޭނުމެއްނެތް.

  11. ކަލްޓް

    ރަގަޅަށް ވިއްޔާ މިކަލޭގެ އަތެއް ވާނެ މި ހުރިހާ ކަމެއްގަ!

  12. އައްޔު

    މާއްކޫ އޮޑިޓަރަކޭ ކިޔާ ހަޅޭލެއްވިޔަސް ތީކީ އެއްވެސް އުރައްޕެއްހުރި މީހެއްނޫން ކޮއްކޮލައްވާ ވެންޓިލޭޓަރުން ވައްކަން ކުރިއިރު ކޮބާތަ ފުލުސް. ތިހާ ސާފް ކޮށް ތިކަން ފުލުހުން ކުރާކަން އެންގިހުރެ އޮޑިޓެއްވެސް ކޮންނުލަނީ ކީއްވެތޯ؟

  13. ޙަަަހަ

    ބަލަ މިއަދު ފުލުހުންގެ އިސްކޮށް ތިއްބެވީ ތިޔަބޭފުޅުންގެ އިޚްތިޔާރު ، އަދި ޤާނަުނު ހެދުމާއި ޝަރުއީ ނިންމުމުގެ ބާރު އޮތީކަލޭމެން އަތުގައި ، ހަމައެކަނި ރައީސް ޔާމީން ޖަލަށްލާން ފަޓާސްބަރިއެއްހެން ހަފްތާއަކުން އެހުރީ ހުކުމް ކޮށްފަ ، ތިކަންވެސް ކަލޭމެން ކުރަންބޭނުމިއްޔާ ކީއްވެ ނުވަންވީ ، ގޮހޮރަށްކައިފައި ހުރީމަ ހަޖަމްވާންދެން ތިބެނީމި ރައްޔިތުން ،