އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ހިންގާ ހަރަކާތްތަކަކީ ޗައިނާއިން ފަންޑު ހޯދައިގެން ހިންގާ "ޗަރުކޭސްތަކެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އެއްބަސްވުންތައް ދިރާސާކޮށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން އެކުލަވާލި ރިޕޯޓްގެ ބަހުސްގައި ޒަރީރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހިންގަނީ ސިޔާސީ ހަރަކާތެއް ނޫން ކަމަށެވެ. އެއީ ޗަރުކޭހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމް ކުރެވުނު ޑިފެންސް ކޯޕަރޭޝަން އެކްޝަން ޕްލޭންއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެކުލަވާލެވުނު އެއްބަސްވުމެއް ކަމަށާއި މި ސިޔާސަތު ފުރަތަމަ ތަންފީޒު ކުރީ ވެސް ޕީޕީއެމްއިން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ އެހީތެރިކަން ބޭނުންވި ވަގުތު އެ ކަންކަން ފޯރުކޮށްދޭ ގައުމު ކަމަށް ޒަރީރު ވިދާޅުވިއެވެ. އެފަދަ ގައުމަކާ ދެކޮޅު ހަރަކާތްތައް ހިންގަނީ "ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތުމުން" ކަމަށް ޒަރީރު ވިދާޅުވިއެވެ.
"ސީނު ކަރައިން [ޗައިނާއިން] ފަންޑު ހޯދައިގެން ކުޅޭ ޗަރުކޭހެއް، މިނިވަން ކަން ކިޔާފައި ރައްޔިތުންގެ ބޮލަށް ސާވާރުވާނެ މަސައްކަތް ކުރިއަސް އެ ކަމެއް ނުވާނެ،" ޒަރީރު ވިދާޅުވިއެވެ.
މީގެ ކުރިން ވެސް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވަނީ އިންޑިއާއާ ދެކޮޅު ހަރަކާތްތައް ޕީޕީއެމް ޕީއެންސީ ލީޑާޝިޕް އިން ކުރިއަށް ގެންދަނީ ޗައިނާއިން އެ ކަމަށް ފަންޑު ދޭތީ ކަމަށް ތުހުމަތު ކޮށްފައެވެ. އެކަމަކު އެ ކަން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ދޮގު ކުރައްވައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެންމެ ގާތް ގުޅުމެއް ބާއްވަނީ އިންޑިއާއާއެވެ. މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.
މިފަދަ ބައެއް މަޝްރޫއުތަކުގެ އެއްބަސްވުންތަކާއި، އިންޑިއާއާއެކު އެކުލަވާލާފައިވާ ޑިފެންސް ކޯޕަރޭޝަން އެކްޝަން ޕްލޭންއާ ހަވާލާދީ މި ސަރުކާރުން އެކުލަވާލާފައިވާ އެއްބަސްވުންތަކުން، އިންޑިއާގެ އަސްކަރީ ސިފައިންނާއި ޖާސޫސީ މީހުން ރާއްޖޭގައި ދާއިމަށް ތިބެވޭ ގޮތަށް އޮންނަ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ކުރެއެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް މި ކަން ދޮގު ކުރެއެވެ.
"މިނިވަން ކަމުގެ ދިފާއުގައި ދިވެހީން" އަދި "އިންޑިއާ މިލިޓަރީ އައުޓް" ފަދަ ޝިއާރުތަކުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ގެންދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި އިންޑިއާ ސިފައިން ބާލަން ގޮވާލައި ޕެޓިޝަނެއް ތައްޔާރުކޮށް އެއަށް ސޮއި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހދ. ހަނިމާދޫގައި އޮތް އިންޑިއާގެ ޑޯނިއާ މަތިންދާބޯޓާއި، ލ. ކައްދޫގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރާއި، އައްޑޫ ސިޓީ ގަމުގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރު ދުއްވަން އެ ގައުމުގެ އަސްކަރިއްޔާގެ 75 ސިފައިން ރާއްޖޭގައި ގާއިމްވެ އެބަ ތިއްބެވެ.
ކަލޭ ވަރަށް ތާހިރު ތިހެން ބުނަން... ކަލޭމެން އިންޑިޔާ އުނގަށް ވެއްޓިގެން ފައްޅިތަކުން ފަންޑު ހޯދައިގެން ކޮން ޗަރުކޭހެއް ތަ މިތާތި ކުޅެނަގަނީ
ދެން އިންޑިއާއިންފަންޑުހޯދައިގެން ކިހާދުވަހަކު ނާޗަރަންގީ ކުޅެވޭނެތޯ؟ ﷲގެތަނަވަސްރަޙްމަތާއެކު 2023ގަ ޗަރުކޭސް ކުޅުނީއަދިނާޗަރަންގީކުޅުނީ ކޮންބައެއްކަން ރައިއްޔަތުން ފަރުވާތެރިކަމާއެކު ދައްކާނެ! އިންތިޒާރުކޮށްލާށެވެ.
ކަލޭ މެން އިންޑިޔާ އަށް ރާއްޖެ ވިއްކާލައިގެން ތި އުޅެނީ.
ކަލޭމެން އިންޑިއާ އައް ދިވެހި ގައުމު ވިއްކާ ހުސްކުރަނީ
ޒަރީރު ތިހިރީ ހިނދު ކޮޅުއައިސް ފަ.
ދޮންމަނިކާ އަހަރެމެން މިކުޅޭ ޗާޜޫކޭސް 2023 ކަލެޔަށް ފެއްނާނެ ބަލަންހުއްނާތި
ކަލޭމެން އިންޑިޔާގެ ފަންޑު ހޯދައިގެން އިންތިޚާބުގައި މަކަރުހެދީމާ ދެން ފުޅައްބުޑުން ދަންޏާ ދޮންހަސަނަށް ހީވާނީ އެދަނީ ކެޔޮގަނޑު ކަނޑާލައިގެނޭ!
މިސަރުކާރުން އިންޑިޔާއިން ފަންޑު ހޯދައިގެން ކުޅެނީ ދަމާކެނޑުން.
ބޯގޯސް .ޗައިނާ އިން ފަންޑުކުރި ކަމުގެ ހެކި ދައްކާ .އަހަންނަކަށް ނުލިބޭ.ނިކަން އަޑަށް ބާރުލާފަ މި ބުނަނީ #އިންޑިއާއައުޓް ސާފުވެއްޖެތޯ.މަށަކަށް ބައި އަނައެއް ވެސް ނުލިބޭ.ބޭނުމެއްވެސް ނުން.އެކަމަކު ކަލޭ ތި ފެލެނީ އިންޑިއާ އިން އެތިވަރެއް ލިބިގެންތާ.މިކަހަލަ ބޯ ގޯހުން ހޮވުމަކީ ރައްޔިތުންނަށް ހެދޭ ގޯހެއް.ދެން ވެސް މިކަހަލަ އެއްޗެހިން މަޖުލިހަށް ނުވައްދަންވީ،ވީވަރުވިއްޔާ އެމްޑީޕީ މެމްބަރެއް މި މަޖުލިހަށް ނުވައްދަން ރައްޔިތުން އަޒުމް ކަނޑައަޅަން ވެއްޖެ އަދި އެކަން މި ރާއްޖެއިން ދައްކަން ވެއްޖެ.އެމްޑީޕީ ސައިޒުކުރުމަކީ ރައްޔިތުންގެ އެންމެ ބޮޑޫ ޒިންމާ
ކަލޭމެން އިންޑިއާއިން ފަންޑު ހޯދައިގެން ވެރިކަން ހޯދި ވާހަކަ ދައްކަބަލަ. ނިމިދިޔަ ވެރިކަމުގަ މިތަނުގަ އަސްކަރީ ބޭސް އަޅަނީއޭ އެހެން އެއްޗެކޭ ކިޔައިގެން ޗައިނާއާމެދު އެތައް އެއްޗެއް ކީ. އެއީ އެއްވެސް ލާރިއެއް ނުލިބި ތިބެ ކުރި ކަންކަން ކަމަށް ނުބެލެވެނީ ތިމަންނަމެން ކުރި ގޮތަށޭ އެމީހުންވެސް އެކަން ކުރަނީ ހީވެގެން މިހާރު ތި މީހުންނަށް ތި ޒާތުގެ ވާހަކަ ތިހެން ގޮވޭތީ.
ޗައިނާއިން ފަންޑު ހޯދާނަމަ ޔާމިނު އެހެން ހައްޔަރުވެފަ ހުންނާކަށް ނުޖެހޭނެ. އިންޑިއާއަށް އަންގާވެސް ނުލާ ތިޔަ ތަނުން މެމްބަރުން ކޮޅެއް ލާރި ދީގެން އަނބުރާލުމަކީ އެއްވެސް ކަމަކަށްނުވާނެ. އެއީ ކުރިން ބޭރު ގައުމަކަށް ވިކިފަ ތިބި ބަޔަކު ދެންވެސް ވިކޭނެތީ.
މޯދީ ބޫޓުގަ ދޫލާ ގުރޫޕް. ޗައިނާ އާއި އިންޑިއާ އަޅައި ނުކިޔޭނެ. ޗައިނާ އަކީ މިހާރު ދުނިޔޭގެ 1ވަނަ.
ސިޔާސީ ވަފާތެރި ކެހިވެރިން ސިޔާސީ ބޭނުމަށް އިންޑިޔާ އާއި ޗައިނާއިން ނެގި ބޮޑެތި ލޯނުގައި ދިވެހިރާއްޖެ މިވަނީ ތާށިވެފައި !
ކަލޭމެން 2018 ގައި އިންޑިއާއިން ފަންޑު ހޯދައިގެން ވޯޓް އޯޅުވާލައިގެން ތިހިންގަނީ ޗަރުކޭހެއްނޫންތަ؟
މީހުން އަތުން ފައިސާ ހޯދައިގެން މީހުނަށް ދޯކާދީފަ މަޖިލީހުގަ މާ ނަޒާހަތްތެރިއަކަށްވެގެން ވާހަކަ ދައްކަން ލަދެއްނުގަނޭ ފައިސާގެބޭނުމުގަ ތިޔަ މީހުން ނުކުރާނެ އެއްވެސްކަމެއްނޯންނާނެ ތިޔައީ އެމްޑީޕީ ވާނުވާނޭނގޭ ބައިގަނޑު
މީ ކޮންތާކު އުޅޭ މީހެއް މިސޮރު އުޅެކަމެއްވެސް ނޭނގެ. އެހެންވެގެން މަޝްހޫރު ވާންވެގެން ނޫހެއްގެ ޞުރުހީ އަކުން ޖާގައެއް ހޯދާލަން އެޗެއް ބުނެލީދޯ
އިންޑީޔާއިން ލާރިނަގައިގެން އެމީހުން މީތާ ބާތިއްބަން އުޅެނީކޮންބައެއްކަން ނޭނގޭ ބަޔަކު ނެތް!
އިންޑިއާގެ އެހީގައި ނާޗަރަންގީ ކުޅެނީ ކަލޭމެން ތިޔަ ނާޗަރަންގީ ކުޅޭކުޅުން 2023 ގައި ވިއްސިހާލި ކޮށްލާނަން ދުވަސްޖެހެނީ ކުޅޭނާޗަރަންގީ އެއްކުޅޭ މިހާރު.......!!!!!