މަސްތުވާތަކެތީގެ މައްސަލަ އާއި ނިރުބަވެރި ކަމުގެ މައްސަލަ ހައްލުވާނީ އިންޑިއާގެ އަސްކަރީ އެހީ ރާއްޖެއަށް ލިބިގެން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެއްބަސްވުންތައް ދިރާސާކޮށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން އެކުލަވާލި ރިޕޯޓްގެ ބަހުސްގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އާޒިމް ވިދާޅުވީ، 25 ސިފައިން އަރައިގެން ގައުމު ހިފި ޒަމާން ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ.

އަލީ އާޒިމް އެހެން ވިދާޅުވީ އިންޑިއާއިން ހަދިޔާ ކޮށްދިން ކޮންމެ ވައިގެ އުޅަނދެއް ބަލަހައްޓަން ރާއްޖޭގައި އެ ގައުމުގެ 25 ސިފައިން ތިބޭތީ އެ ކަމާ ގުޅޭ ގޮތުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ފާޑުވިދާޅުވަމުން ގެންދަވާތީ އެ ކަމަށް ރައްދު ދެއްވައެވެ.

އާޒިމް ފާހަގަ ކުރެއްވި ގޮތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް މަސްތުވާތަކެތި ޓްރާންޝިޕް ބަނދަރެއް ގޮތުގައި ރާއްޖެ ބޭނުން ކުރެވިގެން ދިއުމެވެ.

މީގެ އިތުރުން ނިރުބަވެރި ނުރައްކާތެރި ޖަމާއަތްތަކަށް ތާއީދުކޮށްގެން ނޫނީ އެ ޖަމާއަތްތަަކާ ބައިވެރިވެގެން އެފަދަ ހަރަކާތްތައް ރާއްޖޭގައި ހިންގުމަކީ ވެސް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

"މި ކަންކަން ހައްލުވާނީ ބޭރު ގައުމެއްގެ މިލިޓަރީ އެސިސްޓެންސް ލިބިގެން، އިންޑިއާއިން އެ ދަނީ އެ އެހީ ފޯރުކޮށްދެމުން،" އާޒިމް ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ގެންދަނީ "ޕަވާ ޕޮލިޓިކްސް" ކުޅެން ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ، އެ މަސައްކަތަކީ ރައްޔިތުން އެންމެ ގަޔާވާ ސިޔާސީ ވާހަކަ ދައްކައިގެން ރައްޔިތުންގެ ތާއީދު ހޯދަން މަސައްކަތް ކުރުން ކަމަށެވެ.

ނަމަވެސް މިއަދު ދިވެހި ރައްޔިތުން އެންމެ ކަންބޮޑުވެފައިވާ މައްސަލަތައް ހައްލު ކުރެވެން އަންނަނީ އަސްކަރީ އެހީ ހޯދައިގެން ކަން ދިވެހިން ވެސް ގަބޫލު ކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެންމެ ގާތް ގުޅުމެއް ބާއްވަނީ އިންޑިއާއާއެވެ. މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.

މިފަދަ ބައެއް މަޝްރޫއުތަކުގެ އެއްބަސްވުންތަކާއި، އިންޑިއާއާއެކު އެކުލަވާލާފައިވާ ޑިފެންސް ކޯޕަރޭޝަން އެކްޝަން ޕްލޭންއާ ހަވާލާދީ މި ސަރުކާރުން އެކުލަވާލާފައިވާ އެއްބަސްވުންތަކުން، އިންޑިއާގެ އަސްކަރީ ސިފައިންނާއި ޖާސޫސީ މީހުން ރާއްޖޭގައި ދާއިމަށް ތިބެވޭ ގޮތަށް އޮންނަ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ކުރެއެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް މި ކަން ދޮގު ކުރެއެވެ.

"މިނިވަން ކަމުގެ ދިފާއުގައި ދިވެހީން" އަދި "އިންޑިއާ މިލިޓަރީ އައުޓް" ފަދަ ޝިއާރުތަކުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ގެންދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި އިންޑިއާ ސިފައިން ބާލަން ގޮވާލައި ޕެޓިޝަނެއް ތައްޔާރުކޮށް އެއަށް ސޮއި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހދ. ހަނިމާދޫގައި އޮތް އިންޑިއާގެ ޑޯނިއާ މަތިންދާބޯޓާއި، ލ. ކައްދޫގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރާއި، އައްޑޫ ސިޓީ ގަމުގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރު ދުއްވަން އެ ގައުމުގެ އަސްކަރިއްޔާގެ 75 ސިފައިން ރާއްޖޭގައި ގާއިމްވެ އެބަ ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

 1. މުރާލިދޮންބެ

  ދެން ރޭޕް ކުރާ މީހުންގެ ކަންކަން ހައްލު ކުރަންވެސް ހަމަ އިންޑިއާ މީހުންތަ

  63
 2. ހާއިނުން

  އަސްކަރީއެހީ ކޮންގޮތަކައްލިބިގެން ކަމައްތަ ތިބުނަނީ ބަލަމިއީ އަހަރެމެންގެވެސް ގައުމު ތިއެއްޗެހި މިގައުމައް އަންނަގޮތާއި އަންނަގައުމު މިގައުމުގެ ސިފައިންނަށާއި ފުލުހުންނައް ރަނގަޅައްއެގޭ. ތީބޮޑެތި ގައްދާރުންތަކެެް.

  64
 3. ޔުމް

  India military out

  55
 4. ދަރަނި ދަންތުރަ

  ކަލޯ އާޒިމޫ ތިޔަބުނާ އިންޑިޔާ އަސްކަރިއްޔާ އިންޑިޔާގަ ނެތީތަ ؟ އިންޑިޔާ މަގުމަތީގައި މަސްތުވެގެން އިންޑިޔާ މީހުން ލާޗާރު ބިޗާރަށް އެތެޅެނީ މަސްތުވެގެން ހުއްނަ ދަރިފުޅު އޭނާގެ މަންމަޔަށް ވަލިން ބިރުދައްކާ ރޭޕުކުރަނީ ، ކޮބާ ތިޔަބުނާ އިންޑިޔާ އަސްކަރިއްޔާ އާޒިމް ތިޔަހުރީ އަނެއްކާ މަސްތުވެފައިބާ ބުރާންތި ...

  74
 5. އަބުދުﷲ

  މަހީކޮއްގެންހުރީ މީނައަކީ ތަސައްރަފް ފުދޭ މީހެއްކަމައް އެކަމަކު . މިހާދަށުދަރަޖައިގެ ވާހަކަ ދެއްކޭނީ ވަރައް ފެންވަރުދައް ވީމަ!!!!؟؟

  75
 6. ޙަަަހަ

  މީ ޓެރަރިޒަމްއަށް ހިތްވަރު ދިނުމެއްނޫންތަ ، ދިވެހި މިކަމާއި ރައްޔިތުން ތެދުވީމަ ބުނާނެ ހަރުކައްޓޭ، ދިވެހި ފުލުހުންނަށް އިތުބާރު ނުކުރާމީހަކަށް ދިވެއްސެކޭ ނުކިޔޭނެ

  70
 7. އާސިދާ

  އެއީ އެހެން ވެއްޖިއްޔާ ޓެރަރިސްޓެއްތާދޯ، ތިޔައީ ހަމަތެދެއް، އެ އާޒިމު އެ އުޅެނީ އިންޑިއާ ޖީއެމްއާރު ގެ ލާރިގަނޑު ހުސްނުވެ އަދިވެސް މިހާރު ރިސޯޓެއް ހަދަމުން އެގެންދަނީ ..ބާއަތޮޅުގަ..ބޮޑުވަރު...ހެޔޮވާނެތަ އެލާރި އަނބިދަރީންނައް ކާންދޭން؟؟

  19
 8. Anonymous

  މީ ކޮސްވާހަކަ ދައްކާމީހެއް، ދެން މިގައުމުގަ ތިބި އަސްކަރީންގެ ބޭނުމަކީކޮބާ؟

  24
 9. ނާހަމަ ތެދެއް

  މިތާ އަހަރެމެން ވެސް އުޅޭނެ ކަމެއްނެތް އިންޑިޔާ ސިފައިން ބައި ތިއްބަންވީ

  17
 10. ހުސޭނުބޭ

  މީނާގެ ބޮލަށް ބޭސްކުރަން އިންޑިޔާގެ މޮޔައިންގެ ހޮސްޕިޓަލަކަށް ފޮނުވާބަލަ!

  22
 11. ބޭރި

  މިކަލޭގެ ޓެރަރިޒަމަށް ހިތްވަރުދީފި ވަގުތުން ހަށްޔަރުކުރޭ ގައުމުގެ ރަށްޔަތުން އިންޑިއާގެ އަސްކަރީ އެހީ ބޭނުމެއްނޫން އިންޑިއާ އައުޓު އައުޓު އައުޓު.

  20
 12. ކޮވިޑް

  ލަދުގެ ކަންފުޅެއްވެސް ނެތީއޭ ދޯ މި މީހުންގެ؟ ކަލޭ އިސްތިއުފާދީފަ ގޮސް އިންޑިއާގަ އޮވެބަލަ ދޯ؟

  20
 13. Anonymous

  ކަލޭމެން ނޫން ބަޔަކު މިޤައުމުގެ ވެރިކަމަށް އައިސްގެން މިޤައުމުގެ ހުރިހާކަމެއްވެސް ޙައްލުކުރެވެން އޮތީ

  17
 14. ހުސެން

  ކީކޭ ދެން ބުނާނީ މިއެއްޗެހި އަޅެ ހަމަތަ.ރަނގަޅަށް ވިއްޔާ މި އެއްވެހިން މިތިބީ އިންޑިއާ އަފިހުން ކައިގެން .އެހެންނާ މިއަކީ ފަހެ ހަމަހޭގަ ހުންނަ މީހަކުދައްކާ ވާހަކައެއްނުން

  19
 15. އަހުމަދު

  ކީކޭ ދެން ބުނާނީ؟ މާލޭގެ މަގުތައް ކަހަންވެސް އަންޑިއާ ސިފައިން ގެންނަންވީނު

  19
 16. ބަދޫ

  އަނބިމީހާއާއި ފިރިމީހާއާ ޖެހޭ މައްސަލަވެސް ދެން ހައްލުވަނީ އިންޑިޔާ އަސްކަރިއްޔާއާ ހަމައިން. ކީއްކޫރާނީ

  20
 17. ސަމްސިއްޔާ

  ދެން ކީއްވެގެންބާ ތިޔަބުނާ އިންޑިއާގައި ޑްރަގްސް އާއީ ރޭޕް އާކަންކަން މައިތިރި ނުވެގެން އެއުޅެނީ. މިކަހަލަ ބޯ ހަމަ ނުޖެހޭމީހުން މަޖުލިހަށް ލައިގެން ދުވަހަކުވެސް އަހަރުމެން ރާއްޖެއަަށް ހެޔޮގޮތެެއްނުވާނެ

  17
 18. ނާދިރާ

  މިކަހަލަ ޖާހިލުން މޑޕ ގަ ގިނަވާނީ

  24
 19. ސސ

  ޢާޒިމް މެން އުޅެނީ ކަންނައްނޫރު އަލީ ރާޖާ ވެރިކަން ކުރިގޮތަށް އިންޑިޔާގެ މަލާބާރިންގެ އެހީ ލިބިގެން ކުރި ވެރިކަން ކުރަން !

  23
 20. ހަނާ

  ފުރތަމަބުނީ އެޖެންޑާ ނަވާރައާމަޔޯ...ދެންބުނީ މެޖޯރިޓީ ދިނީމަޔޯ.... ދެންބުނި ކައުންސިލް ދިނީމަޔޯ ..

  19
 21. ރައްޔިތުމީހުން

  ހިފިއަސް ދޫކުރަނީ އޭ... އިންޑިއާ އަސްކަރީ ސިފައިން އައިސް ކީއްކުރާނީ؟
  އާޒިމް ވެސް ހަމަ މަސްތުވާ ދިޔާ ތަކެތި އުފުލި މިއުލް އެއްތާތީ.. އެކަމު ތި ހުރީނު މަޖްލިސްގަ..

  19
 22. ޙަދިސައިބު

  ކަލޭގެ އަންހެނުންނާއި ދަރިންގެ އިންޑިޔާ މިލިޓްރީ އާއި ހަވާލުކުރަންވީނުން

  24
 23. އާދަމް

  ނޫން.... ލާދިނީ ބަޔަކާ ވާގިވެރިވެގެން ޖާހިލު ކަމުގެ ބައްޔަށް ބޭހެއް ނުކުރެވޭނެ އެވެ. ލާދިނީ ފިކުރަށް ތަބާވެގެން އެއްވެސް ބައްޔަކަށް ފަރުވާއެއް ނުކުރެވޭނެއެވެ. ނުލިބޭނެއެވެ. ލިބިފައެއް ނެތެވެ.
  މި ބައްޔަށް ކުރާން ޖެހޭނޭ ޙަޤީޤީ ފަރުވާޔަކީ ﷲ ގެ އަމުރަށް ކިޔަމަންތެރިވުމެވެ. އެ ގޮތް ނެތިއްޖެ ނަމަ މަނިކުފާނު ތިޔަ ވިދާޅުވި ގޮތަށް ސެންޓުން ސެންޓަށް ކަންތައް ކުރައްވާށެވެ. އާދެ ބޭރުން ގެނެވޭ ބޭރު ތަކެއްޗަށް ރޭރުވެގެން އުޅޭން ދަސްވީއެވެ.ޓީބީ ޖެހިފާ ހުރި މީހަކަށް އަރިދަފުސް ރޯގާ ގެ ބޭސް ދީގެން ބަލި ފަސޭހަކުރުމުގެ މޮޔަ ވިސްނުން އައީ އެވެ.

  އަޅުގަނޑު މިދެންނެވި އެއްްޗެއް އޮޅުވާނުލެއްވުމަށް ޢިއްޒަތްތެރި މެންބަރުގެ އަރިއަހުން އެދެމެވެ.
  ދެންތޯއެވެ! ދެން އަޅުގަނޑުމެންނަށް މިއަދު ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް މައްސަލަޔަކީ އިންޑިޔާ ސިފައިންގެ މައްސަލައޭ ތޯއެވެ! ސަރުކާރުގެ އެތެރޭގެ ބާރުން އެމީހުން މަޑުމަޑުން އެދަނީ ދިވެހީންގެ މައްޗަށް ވެރިވެގަންނަމުން ނެވެ. ހަރުކޮށް ހަލުއިކޮށް ދުއްވައިގަންނާނީ ލަސްފިޔަވަޅަށް ފަހުގައި މެއެވެ.
  އެހެންކަމުން މިއަދު އަޅުގަނޑުމެން ގެ ޤައުމީ ވާޖިބު އަދާކުރަމާ ހިންގަވާށެވެ. އެމީހެއްގެ ދާއިރާގައެވެ. އެމީހެއްގެ ދަނޑުގައެވެ.
  ދިވެހީން ނަށް "ކޮއް ޖަހާން ދިމާކުރާ މިފަދަ ކޮންމެ މާކަނައަކަށް ހޫނު ތެލަބަޑި ކާން ދަސްކޮއްދިނުމަކީ" ޤައުމިއްޔަތެއް ހުރި ކޮންމެ ދިވެއްސަކަށް ލާޒިމް ކަމެއް ކަމަށް ހަރުއަޑުން ގޮވާލަމެވެ.

 24. ކަމަނަ

  ކަލޭމެނަށް އިންޑިޔާއާ ނުލައި ފޮޑިވެސް ޖަހާކަށް ނޭނގޭނެ ދޯ؟ މޯޑީއާ ކަލޭމެން ޝާދީކޮށްބަލަ. ކަރަށް ބާރު ޓައި އަޅައިގެން ރައްޔިތުންގެ ފައިސާއިން ކައިގެން ހުރި ލަދުހަޔާތްކުޑަކަން ބަލާބަލަ.

 25. Anonymous

  މިމީހުންގެ ނިކަމެތި ކަމާއެވެ..

 26. ޜޯ

  ބަލަ ބީތާތަކަށް އެގޭނެ އިންޑިއާގެ ރޯ އިންކަން މި ގައުމަާް ޓަނު ޓަނުން ޑްރަގު އެތެރެ ކުރަނީ ކަނޑުމަގުން

 27. ސީނު.

  މިކަހަލަ ހޭބަލިވެފަ ބޮލުރޮދިކޮށިފަ ތިބޭމީހުން މިގައުމުގައުޅޭތީ މިގައުމުހަލާކުވަނީ..

 28. ނަސީ

  ކަލޭމެން ގެޔައް ދޭ މިގައުމުގައި އެބަތިބި ތިކަންކުރެވޭނެ. ޢިހުލާސް ތެރިމީހުން

 29. އަލީ މާޒިއް

  އެއީ ތެދެއް ދެމަފިރިންގެ މައްސަލަތައްވްސް ހައްލު ކުރެވޭނީ އިންޑިޔާ ސިފައިން ތިބެގެން، ދޯ އާޒިމޫ…… ބ. ލ އެއްމީ. ހާދަ އަމިއްލަ އެދުން ބޮޑު ބަޔެކޭމީ… މިކަމުން އަޅުގަނޑުމެންގެ މުޖުތަމާޢު ރައްކާތެރި ކޮށް ދެއްވާށި!

 30. އައުޓް

  އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް އިންޑިއާ އައުޓް މަޖްލީސް 65 އައުޓް

 31. Anonymous

  މިގައުމުގެ މަޖްލިހުގަވެސް ތިބީ އިންޑިޔާގެ އެޖެންޓުން.

 32. Anonymous

  ބަޔަކު އަޅުވެތިވިޔަސް ދެން ތިވަރު ތަންފުކެއް ބޮޑު. ލަދު ހަޔާތަކީވެސް އިންސާނެއްގެނަމަ ހުންނަންޖެހޭ ސިފައެއް. މިވެސް މި ހައިވާނުންގެ ނެތް.

 33. ސަންފައްތަ

  މަނިކުފާނަށް ކުޑަގިފިލި ކުރެވޭނީވެސް އިންޑިއާގެ އަސްކަރީ އެހީ ލިބިގެން.

 34. އަޖައިބު

  25 ސިފައިން ތިބި ވާހަކަ ތި ދައްކަނީ ކޮން ބަޔަކަށް އޮޅުވާލަން. އަމިއްލަ މިނިސްޓަރު އެއޮތީ ބުނެފަ 75 މީހުން ތިބި ވާހަކަ. އެ ބުނާ ވަރަށްވުރެ އަދި ގިނަ ވިއްޔާވާނީ. ތެދެއް ނުހަދާނެ އެ މީހާވެސް.

 35. ސަދޫމު ސިޓީ

  މި ގައުމު ހަލާކުކުރަންނޫޅެ ކަލޭމެން ދޭބަލަ އިންޑިޔާޔަށް ކިހާދެރަކަމެތްމީ އިންޑިޔާއިން ލާރިގަނޑު ނަގައިގެން އެމީހުން ރުށްސަން ކޮންެހެންހުރިހާކަކަމެތް ވާނީ އިންޑިޔާ އެހީލިބިގެންނޭ ނުކިޔަބަލަ