ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓްރީ ކޮށްގެން ބިދޭސީން ކުރަމުން އަންނަ ވިޔަފާރި ހުއްޓުވަން ސަރުކާރުން ހުށަހެޅި ބިލު މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އެބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމް އެވެ. ސަރުކާރުން އެ ބިލު ހުށަހެޅި އެއް މަގުސަދު ކަމަށް ބިލުގައި ބުނެފައި އޮތީ ދިވެއްސަކު ނިވާފަތްގަނޑަކަށް ވެ ތިބެ ކުރާ ވިޔަފާރިތައް ހުއްޓުވަން ފިޔަވަޅު އެޅޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.

މަޖިލީހުގެ 53 މެމްބަރުންގެ އިއްތިފާގުން މި ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ގެނެސްފައިވާ ބަދަލުތަކާއި އެކުއެވެ. އެގޮތުން ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ ދިވެއްސަކަށް ވުން ލާޒިމު ކުރުމާއި ވިޔަފާރިއެއްގައި ބިދޭސީން ޝާމިލުވާ ކަމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ގަބޫލު ކުރެވިއްޖެ ނަމަ ވިޔަފާރީގެ ހުއްދަ ބާތިލު ކުރެވޭ ގޮތަށް ހެދުމެވެ.

ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ ދިވެއްސެއްކަން ކަށަވަރު ކުރަން، އަމިއްލަަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ (15) ވަނަ މާއްދާގެ (ނ)ގެ ފަހަތަށް އިތުރު ކުރަން ނިންމި (ރ)ގެ (1) ވަނަ ނަންބަރުގައި ބުނެފައިވަނީ ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ އުމުރުން 18 އަހަރު ވެފައިވާ ދިވެއްސަކަށް ވާން ޖެހޭނެ ކަމަށެވެ.

އަދި ބިދޭސީން ޝާމިލުވާ ކަމަށް ބެލެވޭ ހާލަތުގެ ވިޔަފާރީގެ ރަޖިސްޓްރީ ބާތިލު ކުރުމުގެ ބާރު ރަޖިސްޓްރާއަށް ދޭން ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރުގެ ފަހަތަށްް އިތުކުރާ ފުރަތަމަ އަކުރުގައިވާ ގޮތުން، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބޭ ކަމަށް އެކަށީގެންވާ ހެއްކާ އެކު ރެޖިސްޓްރާއަށް ގަބޫލުކުރެވިއްޖެ ނަަމަ ވިޔަފާރި ހުއްދަ ބާތިލުކުރެވޭނެ އެވެ.

ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓްރީ ކޮށްގެން ބިދޭސީން ހިންގަމުން އަންނަ ވިޔަފާރި ހުއްޓުވާ ބިލު ފާސް ކޮށްފައިވާއިރު، އެފަދަ ގޮތަކަށް ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފާތުމަ

    ވާނެ ކަމެއްނޫން. ބިދޭސީން މާގަދަ ރާއްޖެއަށް.

  2. ކޮރަލް

    ކައުންޓަރު ތަކުގަ ކޭޝިއަރުންނަށް ގާނޫނާ އި ގަވާއިދާ ހިލާފަ އަށް ތިބޭ ބިދޭސީން ތައް ޑިޕޯޓް ކޮށްލަނި ކޮށް މައްސަލަ ވަގުތުން ހައްލު ވި އެވެ.

  3. އަންދާ ގާނޫން

    ހެހެހެ ދެން ބިދޭސިމީހާއަށްދޭނީ މަހު މުސާރަ، ވަޒީފާއަކީ ބިޒިނަސް ޑިވޮލޮޕްމަންޓް އެގްޒެކްޓިވް، ސޭޓްގެ ބޮންދުގެ ނަން ބަދަލުވީ!!!

  4. އިޝްގްކަމީނާ

    އިންޑިޔާ މީހަކު ހުރިއްޔާ ނުވާނެ ތިކަމެއް،،،

  5. ބޭކާރު

    ހައިރާންވެއްޖެ. ގަނޑުތަކެއް، ބޭކާރުވަގުތުތަކެއް، ޑްރާމާއެއް، އަސްލެއްނެތް،އޮއްޓަރެއްނެތް ބިލެކޭކީޔާފަ ފާސްކުރުމުން ވާނެ ހަމަ އެއްގޮތެއްނެތް... ކައުންޓަރުތަކުގައި ބިދޭސީން ތިބުން ހުއްޓުވަން މީގެ ކުރިންވެސް ކޮންމެވެސް ގަވައިދެއް ނޫނީ ޤާނޫނަށް އަކުރެއް އިތުރުކުރިޔޯލަ... ދެތިންދުވަހު ކޮންމެވެސް ބަޔަކު ނުކުމެ ބިދޭސީން ތިބޭ ކައުންޓަރުތަކުގެ ބައެއްތަންތަން ޖޫރިމަނާވެސް ކުރި ތޯއްޗެ... ހަމަ ސައިބޯނި ބޮކި.... ތަންފީޒްނުކުރެވޭ އިޚްލާސްތެރިކަން ނެތިއްޔާ ކޮންބިލެއްގެ ބޭނުމެއް ކުރެވޭނީ.... ގިނަ ވިޔަފާރިވެރިންނާއި، ވޯޓާއި، ވެރިންނާއި ގުޅުން ނުލާހިކު ބަދަހިވާނެ...