އެހެން ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ދާއިމީ ގޮތެއްގައި ނުތިބެވޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން އަންގަން ހުށަހެޅި އިސްލާހަށް މެންބަރުން ވޯޓު ނުދިނުމުން ކަންބޮޑުވާ ކަމަށާއި އެކަމުން އެނގިގެން ދަނީ ގައުމަށް އިހުލާސްތެރިޔަ ބަޔަކު ނެތްކަން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

"ވަގުތަށް" މައުލޫމާތު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، އެއީ ވަރަށް ހައްސާސް މައްސަލައެއް ކަމަށާއި ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި ގުޅުން އޮތް މައްސަލައެއްގައި ވޯޓު ނުދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ގައުމީ ދިފާއީ ކަންކަމުގައި އިސްވެ ބަސް ބުނަން ޖެހޭ މީހުން ބަސް ނުބުނުން އެއީ ރައީސް ޔާމީން ކަހަލަ އިހުލާސްތެރި ބަޔަކު ނެތްކަން ހާމަވެގެންދާ ކަމެއް" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި އިސްލާހުގައި، ކޮމިޓީގެ ރިޕޯޓުގައި ހިމެނޭ ހުށަހެޅުންތަކަށް ދެ ހުށަހެޅުމެއް އިތުރު ކުރަން ހިމަނާފައިވެއެވެ.

ފުރަތަމަ ހުށަހެޅުމަކީ، އިންޑިއާގެ އެއްބަސްވުންތައް 241 ކޮމިޓީގެ މެންބަރުންގެ އަތަށް ދީގެން ދިރާސާކުރުމަށެވެ. މިއީ ކޮމިޓީއަށް ވެސް ހުށަހެޅުނު ކަމެކެވެ. އެކަމަކު އެމްޑީޕީގެ މެންބަރުންގެ މެޖޯރިޓީ އޮތް ކޮމިޓީން އެ ހުށަހެޅުން ފާހެއް ނުވިއެވެ.

ދެވަނަ ހުށަހެޅުމަކީ ބޭރުގެ އެހެން ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ދާއިމީ ގޮތެއްގައި ނުތިބެވޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތު ބަދަލު ކުރަން މަޖިލީހުން އެންގުމެވެ.

މި ހުށަހެޅުންތައް ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަ މެންބަރަކެވެ. ފާސްކުރަން ނުފެންނަ ކަމަށް 53 މެންބަރުން ވޯޓު ދެއްވިއެވެ.

އިދިކޮޅު ޕީޕީއެމް އިން ގެންދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. ނަމަވެސް ސަރުކާރުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޕޮއް

  ޢެޖެންޑާކުރިކަމަށްޓަކާވެސް ޝުކުރުކުރަންޖެހޭ. ކުރީގަނަމަ އުކާނީ ފާރުމަތިން

  1
  4
 2. ދީދީ

  މިރާއްޖޭގައި އިހްލާސްތެރިޔަކީ ކާކުތޯ؟ މިރާއްޖޭގެ ޒުވާނުންތިބި ހަކުރުބޮއެގެން ހަލާކުވެފައި 10 ރުފިޔާ ދިނީމައި ގޮސް އެހެރަ ބޮޑު ދިދަ ދަނޑިޔަށް އަރައި އެދިދަވީދާލަންވެސް ތައްޔާރަށް އެކުދިން އެތިބީ، މިރާއްޖޭގެ ރައްޔިތުން އެތިބީ 500 ރުފިޔާ ދިނީމައި ވޯޓުވިއްކާލަންތައްރަށް، ދެން އެ ލާރިކޮޅުދީގެން ވޯޓުން ހޮވޭމީހާ ވޯޓުލައިގެން ބޭރުގައުމުތަކުގެ ސިފައިންނާއި އަނެކައްޗަކާއި ހުންނަން ހުއްދަދިނީމައި އެއީ އެހުއްދަދިންމީހާގެ މައްސަލައެއްނޫން، އެއީ ރައްޔިތުންގެ މައްސަލައެއް. ގައުމެއްގެ އާންމު ރައްޔިތުން ފަގީރުވެ ނިކަމެތިވެ ފައިސާއަށްވިކި ހުސްވީމައި ފެންނާނެ ހުރިހާމަންޒަރެއް މިގައުމުން މިފެންނަނީ.
  ދެން ލާހިކެއްނޫން މިގައުމުން އިންޑިޔާ ސިފައިންބާލާކަށްވެސް، އެމީހުންދާނީ ހައްތާހާ ކުރިޔަށް ސަރުކާރުންނާއި މަޖިލީހުން މިހާރުވެސް އެފެންނަގޮތަށް އެކަންތަށްތަކަށް ފާޅުގައި ފުރުސަތުދޭނެ. ދެން ފެންނާނީ އިންޑިޔާ އައުޓްކިޔާމީހުންނަށް ސަރުކާރުގެ ހިދުމަތް ކެނޑިގެންދާތަން.
  އެހެންވީމައި ކަންކަން އިސްލާހުކުރަން ފުރަތަމަ އިހްލާސްތރިވާންވީ ތަހުޒީބުވާންވީ ރައްޔިތުން. މަވެސް ހިމެނޭހެން ރައްޔިތުން ނާތަހުޒީބުވެ ގަމާރުވީމައި ވާނެހާއެއްވެއް މިވަމުންމިދަނީ.
  އަދިވެސް ކަންކަން އިސްލާހުކުރަންޏާމު ރައްޔިތުންގެ އަޑު އިއްވަންވީ، ސަރުކާރު ބަދަލުކުރާކަށް ނުވަތަ ސަރުކާރު ވައްޓާލާކަށްނޫން، ރައްޔިތުން ބޭނުންވާގޮތް ސުލްހަވެރިކަމާއި އެކު ސަރުކާރަށާއި އެރައްޔިތުން ނިސްބަތްވާ މަޖިލިސްއަސް އަޑުއިއްވަންވީ.
  ހުރިހާ ބާރެއްއޮތީ ރައްޔިތުން އަތުގައި، ރައްޔިތުންގެ މެޖޯރިޓީ ހިމޭނުން ތިބުމަކީ މިހިނގާ ހުރިހާކަމަކަށް ރައްޔިތުން ރުހިގެންތިބުން. އެހެން ތިބިކަމަށްވަންޏާމު މާދަމާ ދިމާވާކަމަކުން ދެރަވެ ހިތާމަކުރާނެކަމެއްނެތް.

  3
  1
 3. އަލްޖިބްރާ

  ކަލޭމެންގެ ބާރު އޮތްއިރު ބޭނުންގޮތަކަށް ޤާނޫނު ހަދާ ފާސްކުރީ ކޮން އިޚްލާސްތެރިކަމެއްގެ ތެރޭންތަ ؟ މަޖްލިސް މެމްބަރުން ފާރުމަތިން އުކީ ކޮން އިޚްލާސްތެރި ކަމެއްގެ ތެރޭންތަ ؟ ފަޑިޔާރުގޭގެ ފުރާޅުން ޓިނުނަގައިގެން އެތަނަށްވަދެ އެތަނުގެ ދޮރުވައްޓާލާ ފަޑިޔާރުން ހިފާ ހައްޔަރުކޮށް ބިޑި އަޅުވައިގެން ގެންގޮސް ޖަލަށްލީ ކޮން އިޚްލާސް ތެރިކަމެއްގެ ތެރޭންތަ ؟ ކަލޭމެން އިޚްލާސް ތެރިކަމޭކިޔާއިގެން އަގަފުޅާކުރާކަށް މާރީއްޗެއް ނޫން !

  2
  8
 4. އަބުދުﷲ

  މިގައުމު ދެކެ ލޯބިވާ ބަޔަކު ދިވެހިންގެތެރެެއަކު ނޫޅޭނެ ބަންގާޅު މީހުންގެތެރޭގަ އުޅެފާނެ. އައްނިއައް މައުމޫނު އައް އެނގޭ މިތަން 50 އަހަރުފަހުން ފެނުއަޑީގަކަން އޮންނާނީ އެހެންވީމަ އެމީހުން ކާރީގަ އުޅޭމީހުން މިތަން ވިއްކާފަ ކާލަން އުޅެނީ..

  5
  1
 5. ރައްޔިތުމީހާ

  ހާއްސަކޮށް ސިޔާސީ ވެއްޖެތަ އިޚްލާސްތެރިކަމާއި ވަރަށް ބީރައްޓެހިވާނެ... އަމިއްލަ ގޮނޑި ދިފާއުކުރުމާއި ގޮނޑީގައި ގިނަދުވަހު އިނދެވޭނެގޮތެއް އޮތިއްޔާ އެކަމެއްކުރެވޭތޯ ބަލާނެ... ކޮންމެފަދަ އަގެއްދައްކައިގެންވެސް.....ކޮންމެފަދަ ކަމެއްކޮށްގެންވެސް... އާއްމުރައްޔިތުމީހާ ގްރްބާންވީ އެމީހުންޓަކައި ޕާޓީއަށްޓަކައި....ކޮންމެޕާޓީއަކަސް ހެޔޮ.... ހެޔޮވަރުވާނެ ކޮންމެ ކަމެއް....

 6. ނަސީމް

  ޗައިނާ ސިފައިން މިތާ ތިބެންނަމަ ޝަރީފް އެއްބަސްވާނެދޯ ؟

  1
  1
 7. ނަސީމް

  ޗައިނާ ސިފައިން މިތާ ތިބެންނަމަ ޝަރީފް އެއްބަސްވާނެދޯ ؟ އިންޑިޔާވީމަ ކަޑަވަނީދޯ ؟