20:48

އައްޑޫސިޓީން އިތުރު 13 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފި.

 

20:05

"އޮމިކްރޮން" ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނު ދެކުނު އެފްރިކާއަށް ދަތުރު ކޮށްފައި ނުވާ މީހަކު ޖަރުމަންވިލާތުން އެވޭރިއެންޓަށް ފައްސިވެފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ހާމަ ކޮށްފި

 

13:45

ޖަޕާނުން ކޮވިޑް-19 ގެ އާ ވައްތަރު ފެނިއްޖެ.

ކޮވިޑް-19 ވައިރަސް އަށް ބަދަލުތަކެއް އައިސް އުފެދިފައިވާ އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން އުފެދިފައިވާ ނުތަނަވަސް ކަމަށް ރަނގަޅު ބަދަލެއް އަންނަ ވަރުގެ ޚަބަރެއް މިއަދުވެސް ނުލިބެއެވެ.

އޮމިކްރޮން ވޭރިއަންޓް ޖެހޭ މީހުންގެ ކިބައިން ފެންނަ އަލާމާތްތައް، އާއްމުކޮށް ކޮވިޑް ޖެހޭ މީހުންގެ ކިބައިން ފެންނަ އަލާމާތްތަކާއި ބަލާފައި ކުޑަކަމަށް އެވޭރިއަންޓް ފުރަތަމަ ދެނެގަތް ދެކުނު އެފްރިކާގެ ޑޮކްޓަރު އެންޖެލީކް ކޮއިޓްޒީ ވަނީ ވިދާޅުވެފައެވެ.

ޑރ.އެންޖެލިކާ ވިދާޅުވީ އޮމިކްރޮން ވޭރިއަންޓް އަށް ފައްސިވި މީހުންގެ ކިބައިން ފެންނަނީ ކުދިކުދި އަލާމާތްތަކެއް ކަމަށެވެ. "ބަލި މީހުންގެ ކިބައިން ފެނުނު އަލާމާތްތަކަކީ ވައިރަލް އިންފެކްޝަނެއް ޖެހުމުން ފެންނަ ފަދަ އަލާމާތްތަކެއް." ޑރ.އެންޖެލިކާ ވިދާޅުވިއެވެ.

ނަމަވެސް ދެކުނު އެފްރިކާގެ އެޕިޑެމޮލޮޖިސްޓަކު ވިދާޅުވީ ކޮވިޑް-19 ޑެލްޓަރ ވޭރިއަންޓަށްވުރެ ފަސޭހައިން އޮމިކްރޮން ވޭރިއަންޓް ފެތުރޭ ކަމަށެވެ.

ކޮވިޑްގެ ހާލަތު ދުނިޔޭގައި މިދިޔަ އަހަރުން ފެށިގެން އެންމެ ބޮޑަށް ގޯސްވާން މެދުވެރިވީ ޑެލްޓަރ ވޭރިއަންޓްގެ ސަބަބުންނެވެ. ޑެލްޓަރ ވޭރިއަންޓް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރުން އަވަސް ވުމުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގެ ހާލަތު ގޯސްވެ، ހޮސްޕިޓަލްތައް ފުރި އެތައް ބަޔަކު މަރުވާން ދޫކޮށްލަން ޖެހުނެވެ.

ދެކުނު އެފްރިކާގެ އެޕިޑޮމޮޖިސްޓެއް ކަމަށްވާ ސާލިމް އަބްދޫލް ކަރީމް މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ މިހާތަނަށް ލިބިފައި ހުރި މައުލޫމާތައް ބަލާއިރު ޑެލްޓަރ ފެތުރޭ ވަރަށްވުރެ ފަސޭހައިން، އަވަހަށް އޮމިކްރޮން ފެތުރެއެވެ. ނަމަވެސް މިއީ އެންމެ ފުރަތަމަ ލިބުނު ހެކިތަކަށް ބިނާކޮށް ބުނާ ވާހަކައެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.