އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.
މި މައްސަލާގައި ހުކުމް އިއްވަވަމުން ރައުޔު ހާމަކުރެއްވީ ފަނޑިޔާރު މަހާޒެވެ. ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ފަނޑިޔާރު މަހާޒްގެ ރައުޔައަށް ތާއީދު ކުރެއްވިއެވެ. ދަށު ކޯޓުގެ ހުކުމް ބާތިލްކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމާއި، ހައި ކޯޓުން އެ ހުކުމަށް ތާއިދު ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރި މައިގަނޑު ސަބަބަކީ އެސްއޯއެފްގެ ޗެކަކީ ދައުލަތަށް ލިބެންޖެހޭ ޗެކެއް ކަމާ މެދު ފާޅުކަން ބޮޑު ސުވާލުތަކެއް އުފެދުމުންނެވެ.
ފަނޑިޔާރު މަހާޒް ހުކުމް އިއްވަމުން ވިދާޅުވީ ސުޕްރީމް ކޯޓުގެ މަރުހަލާގައި ބަލަން ޖެހޭނީ ހައި ކޯޓުގެ މަރުހަލާގައި ގާނޫނާ ޚިލާފު ކަމެއް ހިމެނޭތޯ ނުވަތަ ނޫން ކަން ކަމަށެވެ.
މި ގޮތުން ޔާމީންގެ އެކައުންޓަށް ފައިސާ ލިބުނު ޗެކް ނަންބަރާއި ޑިޕޮސިޓް ސްލިޕްގައިވާ ނަންބަރު ދިމާނުވާތީ، އެސްއޯއެފްއަށް ޖަމާވީ ގއ. ވޮޑަމުލާ ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަން ފާހަގަވެފައި ނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ދައުލަތަށް ވެސް ސުޕްރީމް ކޯޓުގެ މަރުހަލާގައި އެ ނުކުތާ ސާފުކޮށްދެވޭނެ ވާހަކަތަކެއް ދެއްކިފައި ނުވާ ކަމަށް ވެސް މަހާޒް ވިދާޅުވިއެވެ. އަދި އެ ފުށުއެރުމަކީ ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ވެސް ފާހަގަވާން ޖެހޭނެ އެކަމަކު ފާހަގަނުކޮށް އޮތް ފުށުއެރުމެއް ކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.
"މި ނުކުތާގައި ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަކަށް އަހުރެން ނުދެކެން. މިއީ ދައުލަތައް ލިބެން ޖެހޭ ފައިސާ ކަމާއި މެދު ވަނީ ފާޅުކަން ބޮޑު ސުވާލެއް އުފެދިފައި،" ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.
މަހާޒްގެ ރައުޔުގައި ވިދާޅުވީ ގއ. ވޮޑަމުލާގެ ފައިސާ ނުލިބިގެން ޔާމީން ގުޅުއްވި ކަން ސާބިތުކޮށްދޭން ދައުލަތަށް އެކަށޭނަ ހެއްކެއް ހުށަހެޅިފައި ނުވާ ކަމަށެވެ. އެ ކަން ސާބިތު ކުރަން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަސް ބަލައިގަތުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށެވެ.
މި ނުކުތާގެ އިތުރުން ޔާމީނާ އެއްކޮޅަށް ފަނޑިޔާރު މަހާޒް ފާހަގަ ކުރެއްވި ނުކުތާއަކީ ޔާމީންގެ އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ޔާމީންގެ ނުކުތާއަކާ އެއްކޮޅަށް ރައުޔު އިއްވީ ޖޫރިމަނާގެ އަދަބު އުސޫލާ ޚިލާފަށް މާ މަތީ އަދަބެއް ކަނޑައެޅި ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއަކަށެވެ.
ފަނޑިޔާރު ދެކޮޅުވި އިސްތިއުނާފީ ބައެއް ނުކުތާތައް
ދަށު ކޯޓުގައި ޝަރީއަތް ތާވަލު ކުރުމުގައި ޔާމީނާ މަޝްވަރާ ނުކުރާ ކަން ފާހަގަވިޔަސް، ކޮންމެ ކަމަކަށް ތައްޔާރުވާން މުއްދަތުތައް ދީފައިވާތީ، ޔާމީންގެ އެއްވެސް ހައްގަކަށް އުނި ކަމެއް އައިސްފައިވާ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގައި ބެންޗު އެކުލަވާލީ ގާނޫނާ ޚިލާފަށް ކަން ޔާމީންގެ ފަރާތުން ކްރިމިނަލް ކޯޓުގެ މަރުހަލާގައި ހުށަހަޅާފައި ނެތުމުން، ހައި ކޯޓުގައި އެ ކަން ހުށަހެޅުމުން ބަލައިނުގަތީ ވެސް ރަނގަޅަށް ކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.
މި ޚިޔާނާތުގެ މައްސަލާގައި ޔާމީނާ އެއް ހަަމައެއްގައި ތުހުމަތު ކުރެވޭ ބަޔަކަށް ދައުވާ އުފުލިފައި ނުވާ ކަމަށް ޔާމީންގެ ފަރާތުން ހުށަހެޅި އިރު، ތަފާތު ކުރުން ގެންގުޅޭ ހެއްކެއް ނޫނީ ގާނޫނީ ސަބަބެއް ދަށު ކޯޓާއި ހައި ކޯޓުގައި ވެސް ހުށަހެޅިފައި ނެތް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މަހާޒްގެ ރައުޔުގައި މައްސަލަ ހިނގައިދިޔަ ގޮތް
ފަނޑިޔާރު މަހާޒްގެ ރައުޔަ އިއްވަވަމުން، ފުރަތަމަ މައްސަލަ ފެށިގެން އައި ގޮތުން، އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމާއި، އެ ކަމާ ގުޅިގެން ޔާމީނާއި، ދައުލަތުން ދައްކަވާފައިވާ ހުރި ވާހަކަތައް ވެސް ފާހަގަ ކުރެއްވިއެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ ނިޔަތުގެ އެއް ރުކުނަކާއި އަމަލުގެ ދެ ރުކުނެއްގެ މައްޗަށް ބިނާކޮށްފައި ކަން މަހާޒް ފާހަގަ ކުރެއްވިއެވެ. މި ދައުވާއަށް ޔާމީން އިންކާރު ކުރައްވާފައިވެއެވެ.
މަހާޒް ފާހަގަ ކުރެއްވި ގޮތުގައި، ނިޔަތުގެ ރުކުން ބިނާކުރީ ޝައްކު އުފެދޭ ފައިސާއެއް ކަން ޔާމީނަށް ތަހުގީގީ އިދާރާތަކުން އަންގާފައިވާ އޮތުމުން އެ ކަން ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ދައުލަތުން ނިންމަވައިފައެވެ. އަމަލުގެ ފުރަތަމަ ރުކުނަކީ އެ ފައިސާ އިންވެސްޓް ކުރުމެވެ. ދެވަނަ ރުކުނަކީ އޭސީސީއާ އެކު ވެފައިވާ އެއްބަސްވުމާ ޚިލާފަށް އެކްސްކްރޯ އެކައުންޓަށް އެހެން އެކައުންޓެއްގައި ހުރި އެއް މިލިއަން ޑޮލަރު ޖަމާ ކުރުން ކަމަށް ދައުލަތުން ނިންމަވާފައިވެއެވެ.
މި މައްސަލާގައި ޔާމީން ދިފާއުގައި ދައްކަވާފައިވާ ވާހަކަތައް ވެސް މަހާޒް ފާހަގަ ކުރެއްވިއެވެ. މި ގޮތުން އެ ފައިސާއަކީ ސިޔާސީ ގޮތުން ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ދިން ފައިސާއެއް ކަމާއި އެ ފައިސާ ބަލަހައްޓަމުން ގެންދެވީ އަދީބު ކަމަށާއި ފައިސާ ޖަމާކޮށްދިނީ އަދީބު ކަމަށް ޔާމީން ވިދާޅުވާ ވިދާޅުވުން ފާހަގަ ކުރެއްވިއެވެ. އަދި އެސްއޯއެފް އިން ފައިސާ ޖަމާވިކަން އެނގުނީ އޭސީސީން އެންގުމުން ކަމަށް ވެސް ޔާމީން ވިދާޅުވެފައިވެއެވެ.
އެހެން ވިޔަސް އެ ފައިސާގެ ޖުމުލަ އަދަދަކީ ކޮބައި ކަމާއި އެ ފައިސާ ދިނީ ކޮން ބަޔަކު ކަން ޔާމީން ވިދާޅުވެފައެއް ނުވެއެވެ. އަދި ތަހުގީގީ މަރުހަލާއިންނާއި ޝަރުއީ މަރުހަލާއިން ވެސް މި ކަން ސާފުވެފައި ނުވާ ކަން ވެސް މަހާޒް ފާހަގަ ކުރެއްވިއެވެ. އަދީބު އަތުގައި ހުރީ ޔާމީންގެ ފައިސާ ކަން ސާބިތުވާ ވަރުގެ ހެއްކަކަށް ވެސް އޮތީ މުހައްމަދު އައްލާމް ލަތީފް ދިން ބަޔާން އެކަނި ކަމަށް މަހާޒް ވިދާޅުވިއެވެ.
އަލްޙަމްދުލިލާއހި ޝުކުރު. މިއަދު މިއީ ޙައްޤަށް ނަޞްރު ލިބުނު ދުވަސް
އަލްހަމްދުލިﷲ ސުކުރު.. މިވެރިންނަށް ކުރެވުނު އެންމެ ރަނގަޅުކަމަކީވެސް އާދަން މުހައްމަދާއި ޑީޑީ މެން ބޭރުކޮށް މަހާޒުމެން މުޢުތަސިމް މެން ފަދަ (ސޫދު އަދި ޝުޖޫން ފިޔަވާ) ބޭފުޅުން ސްޕުރީމް ކޯޓަށް އައްޔަނުކުރުން..
އަލްޙަމްދުލިލާއހި ޝުކުރު.
ރައީސް ޔާމީނަށް އަޅުގަނޑު ދަންނަވާލަން އޮތީ، ﷲ ގެ ރަހްމަތުން މަނިކުފާނު މިނިވަންވީކަމަށްޓަކައި އަޅުގަނޑު އެއިލާހަށް ހަމްދު ކުރާކަމަށާ މަނިކުފާނު އުޅުއްވަންވާނީ ވަރަށް ރައްކާތެރިވެ ކަމަށް. މިގައުމަކީ އިންޑިޔާގެ ޖާސޫސީ އިދާރާ ރޯ ގެ އަތްދަށުގަ އޮތްތަނެއްކަން ވަރަށް ރަނގަޅަށް ހަނދާން ބަހައްޓަވަންވާނެ. މޯދީއަކީ "ނުލަފާ" އިބިލީހަކަށްވުރެ ނުލަފާ އަދި ބަދަލުހިފުމުގައި އިބިލީހަށްވުރެ ކުރީގަ އުޅޭ ޝައިޠާނާގެ އަޅެއްކަން ހަނދާން ކުރައްވަންވާނެ.
މަނިކުފާނު ހުންނަވަންވާނީ ﷲ ތައާލާގެ ރައްކާތެރިކަމުން ރައްކާތެރިކަން ހޯއްދަވައިގެން.
ރައީސް ޔާމީނަކީ ވަރަށް ހިކުމަތްތެރި ބޭފުޅެއް. އެކަމަކު ކަމެއް އަތުން ހިނގައިދާނެ. ފައިސާގެ މުއާމަލާތްތަކާ ދުރުގަ ހުންނެވުން އެދެން.
ﷲ ގެ ރަހުމަތްފުޅުން ޕީޕީއެމްގެ ވެރިކަމެއްގައި، ގާނޫނާ ކުޅެ ފަނޑިޔާރުންނާ ނުކުޅުއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.
ފަނޑިޔާރުން ރަނގަޅުވީމަ އެބޭފުޅުންނަށް އެކަމުން ފައިދާވާނީ، އެބޭފުޅުން ގޯސްވެ ރައްޔިތުންނަށް އަނިޔާވެރިނުވާހާ ހިނދަކު އެބޭފުޅުންނާ ނުކުޅުއްވާތި. އިސްލާމްދީނުގައި ދީފައިވާ ހާކިމާގެ ބާރު މިހާރު އެވަނީ ފަނޑިޔާރުންނަށް ދީފަ. ރައީސްގެ ކަމަކީ ހައްޤަށް އެބައިމީހުން އަމަލުކުރޭތޯ ބެލުން. ޝަރީއަތަކީ ބޭރުފުށަށް ކުރާއެއްޗެއް. ހެތްކާ ގަރީނާއަށް ޝަރީއަތް ކުރާކަން ކަށަވަރުކުރުމަކީ ވެރިމީހާކުރަންޖެހޭނެ ކަމަކީ.
ދުނިޔޭގެ ތަހްޒީބު މުޖުތަމައުތަކުގައި ކަންކުރާގޮތަށް ދިވެހި ދައުލަތް ހަވާލުވާ ބައެއްގެ އަމަލުތައްވެސް ބަހައްޓަން އެބަޖެހޭ.
ކޮންމެ ދައުރެއް ނިމޭއިރަށް ކުރީ ދައުރުގަ ވެރިކަން ކުރި މީހަކު ޖަލަށްލުމުގެ ސަގާފަތަށް ނިމުން ގެންނަންވެއްޖެ.
އަހަރެމެން ހެދުންއަޅަންވީމަ ފޯނު ގެންގުޅެންވީމަ ދަތުރުކުރަންވީމަ އެމެރިކާއާ ވެސްޓުގެ ގޮތްތައް ވަރަށް ކަމުދޭ. އެކަމަކު އަހަރެމެންގެ ވެރިންނަށް އިހްތިރާމް ކުރަންވީމަ ޖަންގަލީގެ ގޮތްގަނޑު މިގެންގުޅެނީ. އެއީ ވަރުގަދައެތި ބަލިކަށިއެތި ނެތިކޮށްލުން. މިކަހަލަ ޖަންގަލީގެ ނާތަހްޒީބު އާދަތައް ނައްތާލަންވީ. ވެރިކަން ކުރާނެ މީހަކު ކުރަންވީ 5 އަހަރުން ނުވަތަ ގިނަވެގެން 10 އަހަރުން ވެރިކަން ކުރާ މީހާ ބަދަލުވާނެ.
ރައްޔިތުންނަށް ބޭނުންވާކަންކަން ކޮށްދީ ގައުމު އާރާސްތުކޮށް ފިތުނަ ފަސާދަ ނައްތާލާ އިސްލާމްދީނަށް ނަސްރުދޭ ވެރިއެއް ހުރީހަމަ ރައްޔިތުންނަށް އެނިމުނީނޫންތަ؟
ރަނގަޅު ވާހަކައެއް. މީހަކު ވެރިކަމަށް އ ކުރިމަތިލާން ބިރު ގަންނާނެ. އ5 ނޫނީ 10 އަހަރު ވެރިކަން ކޮށްފަ ބާކީ ޖަލުގަ ހޭދަކުރުވުމަކީ ރަނގަޅު ގޮތެއް ނޫން. ކިޔަވައިން ހުރި ހަރުދަނާ މީހުން ކުރިމަތިލާނީވެސް މި ހަޑި ސަގާފަތް ދޫކުރީމަ.
ޔާމިން ބޭޒާރު ކޮަސް އަބުރުކަތިލާ އިލްޒާމް އަޅުވަން ލައިވްކުރީ ރ ޓިވީ ގައުމީ ޓިވީން ސަރުކަރުން އެކަމަކު ﷲގެ ހެޔޮރަހުމަތުން ޔާމިނަކީ މައުސޫމް މީހެއްކަން މުޅި ދުނިޔެއަށް މި އިންގިގެން ދިޔައީ އޮރިޔާންވެ ފަލިހަތވީ މިސަރުކަރުން ވަގު އިލްޒާމް އަޅުވާ ޔާމިނުގެ އަބުރު ިިތިލަން ކުރި ބަޔަކު ﷲ އިރާދަފުޅުން ފަލީހަތްވީ ވިސްނާ ފިކުރުކުރޭ ހައްގަސް ނަސްރު ލިބިގެން މިދިޔައީa
އަލްހަމްދު ލިﷲ. އިބަ އިލާހަށް ހާސް ހާސް ފަށުން ޝުކުރުހުއްޓެވެ.
އަލްހަމްދު ލިއްލާހި ސުކުރު
މާތް ﷲ އަށް ހަމްދާއި ޝުކުރުކުރަން...
الحمدالله
އަލްހަމްދުﷲ. ﷲއަ ކްބަރް. ހައްގު ޤާއިމް ކުރެވިއްޖެ.
އަލްހަމްދުލިއްލާހި..ﷲ އަހަރެމެންނަފުދޭ..ﷲކުޅަދުންވަންތަ ކޮއްމެ ކަމަ ކަށް..
ޢަލްހަމްދުލިއްﷲ.ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނުދުވަހެއް.
ކޮންމެގޮތެއްވިޔަސް އޭނާ ވައްކަން ނުކުރާކަމަކަށްނުވާނެ ...
ކަލޭ ކީއްވެތަ ނުދިޔައީ ހެކިބަސްދޭން. ވައްކަން ކުރިކަން އެނގޭ މީހާއަށް ވާޖިބުވާނެ ކޯޓަށްގޮސް ހެކިބަސްދޭން. ތިހުރީ ކުއްވެރިވެފައި. ގިޔާމަތްދުވަހުން ކަލޭ ކީކޭ ކިޔާނީ؟
ސާބަސް! ދެން ކީއްކުރާ ކޯޓަކާ ޝަރުައީ މަރުހަލާއެއް ؟ ވެދާނެ ތިޔައީ އިންޑިޔާގަ ކަންކުރާގޮތް ކަމަށް.
އަލްހަމްދު ލިއްލާހި
އަލްހަމްދު ލިﷲ. އިބަ އިލާހަށް ހާސް ހާސް ފަށުން ޝުކުރުހުއްޓެވެ.
الحمدلله الحمدلله الحمدلله.
މިއަދަކީ އުފާވެރި ދުވަހެއް.
الحمدلله الحمدلله الحمدلله.
އަލްހަމްދުލިއްލާހި..ﷲ އަހަރެމެންނަފުދޭ..ﷲކުޅަދުންވަންތަ ކޮއްމެ ކަމަ ކަށް
އަލްޙަމްދު ލިލާހް . ނުހައްގުން އެތައްް ދުވަހެއް ވަންދެން އަނިޔާ ކުރުމުގެ ދައުވާ އުފުއްލަވާ.
ޢަލްހަމުﷲ އިންސާފު އަދި މިގައުމޔގައި މަރުނުވޭ!
ކަލޭ ކީއްވެތަ ނުދިޔައީ ހެކިބަސްދޭން. ވައްކަން ކުރިކަން އެނގޭ މީހާއަށް ވާޖިބުވާނެ ކޯޓަށްގޮސް ހެކިބަސްދޭން. ތިހުރީ ކުއްވެރިވެފައި. ގިޔާމަތްދުވަހުން ކަލޭ ކީކޭ ކިޔާނީ؟
ހުރިހާ ބޭފުޅުންވެސް ޝުކުރުގެ ސަޖިދައެއް ކުރައްވަންވާނެ.
الحمد لله
ދީނާ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރި ވެރިޔާ، ތަރައްޤީގެ ބާނީ، 2023 އިން ޝާ ﷲ ކާމިޔާބު ކޮށް އިތުރު ފުރުޞަތެއް ލިބޭނެ ކަމަށް އުއްމީދު ކުރަން
މިހާރު އިތީ ކަރަށް މަހާލަން އަނެއް މަޅި ތައްޔާޜު ކޮށްފަ . ސަލާމަތެއް ނުވާނެ
އެހެންވީމާ ރާވައިގެން ކުރާކަމެކޭތާ ތިބުނަނީ. މިއީ އިންސާފަކާ ގުޅުންހުރި ކަމެއް ނޫންތާ. ކަލޭމެންގެ ބޭނުމަކީ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތުން "މަޅި ބެއްދުން" ތާ ދޯ.
ތީ ކުލަވަރު، ދެން ކުރާނެކަމަކީ މައްސަލަ އުފަންކުރުވައިގެން ކޯޓައް ދަމާ އަނެއްކާވެސް ޖަލައްލުން، ތީ ހުސް ޑުރާމާ
ވޭތުވެ ދިޔަ 4 ދުހަހުވެސް ސުޕްރީމް ކޯޓައް ސޯލިހު އުދުޅިބާނަން އުޅެ ނުބޭނުނުކަން މިހުކުމުން މިއެގުނީ ސާބަހޭ ފަޓިޔާރުންނޭ އަދުލަށް ތި ހުކުމް ތިކުރެއްވީ މާތްﷲ ތިޔަ ފަޓިޔާރުންނަށް ފާގަތި ދުވަސްތަކެއް ދެއްވާށިއެވެ ބޫ ސޯލު އަދި އިންޑިޔާ ޖެހޭނީ ރާކަނިމަސް ކާން އަދި މިރޭ ނިދަން ޖެހޭނީ އަގަހުޅުވާގެން !!!!!!!
الحمدلله
ކޮއްމެ ގޮތަކަށްވެސް ބޮޑުލާރިގަޑެއް އޭނާ ކައްވާލައިގެން ހުރީ. އޭވާނީ ހަމަ ވައްކަމަށް. ގޭގައި އިންދާ ކާކު ލާރި ދޭނި މަސައްކަތެއް ނުކޮށް. މިލިއަނުން.!!
އަސަރުކުރޭދޯ؟ ދެންވެސް މީހުންގެ އަބުރުކަތިލުން ހުއްޓާލަބަލަ. ތިކަމުން ކަލެއަށް އަދި ސަރުކާރަށްވެސް ކުރާނެ ފައިދާއެއް ނޯންނާނެ. ލޮލޮން ދެކެ އަތުން ނުހިފާ އަދި ހެތްކެތް ކަލެއަށްފެންނަށް ނެތް ކަމެއްގައި އަމިއްލައަށް ފާފަވެރިވުމަށްވުރެ ރަނގަޅުވާނީ އަނގަމައިތިރިކޮށްގެން ހުރުން ނޫންތަ؟
ޢަޅުގަނޑުމެން އުފާކުރާނަން އިންސާފުން ކަމެއްކުރެވިފަ އޮތިއްޔާމު. އަބުރުގެ ވާހަކަ ދައްކަން މާތާހިރެއްނޫން ކަލޭމެން. ކަލޭމެން މިވެރިކަމުގެތިބިމީހުންގެ ވާހަކަ ހަދަހަދައިގެން ދެއްކީމަ އެއީ އަބުރުކަތިލުމެއްނޫންދޯ. މަރުހަބާ ރައީސް ޔާމީން.
މިކަން މިގޮތަށް މެދުވެރި ކުރެއްވީތީ މާތްﷲ އަށް ސުކުރު ވެރިވަމެވެ.
އަންނި ހެޔޮނުވާނެ ސަރުކާރުގަ ތިބި ބާގީން ބޭރުކުރޭ. މަނިކުފާނުގެ ވެރިކަން ވައްޓާލި މީހުންނާއެކު ސަރުކާރު ހިންގާކައް ނުޖެހޭ އިމްރާނު ޖާސިމް މަމޫން ބޭރުކުރޭ،
الحمد لله شكر ވަރަށް އުފާވެއްޖެ
ޝުކުރިއްޔާ ރައީސް ޔާމީން
މަރުހަބާ ރައިސް ޔާމީން
މަރުހަބާ ރައިސް ޔާމީން
މަރުހަބާ
މަރުހަބާ ރައިސް ޔާމީން
އަލްހަމްދުﷲ. ﷲއަ ކްބަރް. ހައްގު ޤާއިމް ކުރެވިއްޖެ.
އުންމީދުގެ ކުޑަދޮރުން ރ ޔާމީން ފެނުމުން ﷲ އަށް ހަމްދުކުރަން އެނބުރި އަންނާށެވެ އުންމީދުގެ ޝަހަރު ދިވެހިންނަށް ބިނާކޮށްދޭށެވެ، ދިވެހި ގައުމު 2023 ރ ޔަމީންއަށް ވެދުން ކުރާނެ ކަން ގަބޫލު ކުރަށްވާށެވެ ބޮޑުތިލަދުންމަތި ތިބޭފުޅާޔަށް ގޮވަނީއެވެ
ޢަލްހަމްދުލިއްލާހި..
މަރުހަބާ..ޔާމީން..
އަލްހަމްދުލިﷲ..
الحمدلله ޝުކުރު! މަރުޙަބަ ރައީސްޔަމީން! ލޯޔަަރުންގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!
😄😄😄😄😄😄😄😄😄😄😄😄😄😄ވަރަށް އުފާވެއްޖެ
ރައީސް ޔާމީނަކީ ވަރަށް ހިކުމަތްތެރި ބޭފުޅެއް. އެކަމަކު ކަމެއް އަތުން ހިނގައިދާނެ. ފައިސާގެ މުއާމަލާތްތަކާ ދުރުގަ ހުންނެވުން އެދެން.
ﷲ ގެ ރަހުމަތްފުޅުން ޕީޕީއެމްގެ ވެރިކަމެއްގައި، ގާނޫނާ ކުޅެ ފަނޑިޔާރުންނާ ނުކުޅުއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.
ފަނޑިޔާރުން ރަނގަޅުވީމަ އެބޭފުޅުންނަށް އެކަމުން ފައިދާވާނީ، އެބޭފުޅުން ގޯސްވެ ރައްޔިތުންނަށް އަނިޔާވެރިނުވާހާ ހިނދަކު އެބޭފުޅުންނާ ނުކުޅުއްވާތި. އިސްލާމްދީނުގައި ދީފައިވާ ހާކިމާގެ ބާރު މިހާރު އެވަނީ ފަނޑިޔާރުންނަށް ދީފަ. ރައީސްގެ ކަމަކީ ހައްޤަށް އެބައިމީހުން އަމަލުކުރޭތޯ ބެލުން. ޝަރީއަތަކީ ބޭރުފުށަށް ކުރާއެއްޗެއް. ހެތްކާ ގަރީނާއަށް ޝަރީއަތް ކުރާކަން ކަށަވަރުކުރުމަކީ ވެރިމީހާކުރަންޖެހޭނެ ކަމަކީ.
ދެންއަވަހަށް އިންޑިއާއިން ލޯނުނަގައިގެން ޔާމީނަށްްބަދަލުދޭންތައްޔާރުވޭ !!
އަލްހަމްދުލިﷲ ވަރަށް އުފާވެއްޖެ 2023 ރައީސްޔާމީނަށް ތަބަކަށްލާފަ އަރުވާނަން މަރުހަބާ މަރުހަބާ ރައީސްޔާމީނަށް މަރުހަބާ ތަރަށްގީގެ ބާނީއަށް މަރުހަބާ.
2023 އަކީ މީހަކު ވެރިކަމަށް އަންނަން ހެޔޮވާވަރުގެ ދުވަސްވަރެއްނޫންކަމަށް ދިރާސާވެރިން ވިދާޅުވަނީ، ނޭޓޯއާއި ރަޝިޔާގެ ހަނގުރާމައާއި، އޮސްޓްރޭލިޔާ، އެމެރިކާ ޖަޕާން އިންޑިޔާއާގުޅިގެން ޗައިނާއާ ހަނގުރާމަކުރުމާއި މިކަންކަން ހިނގާނެކަމަށް ބުނަނީ 2022-2023 ގައި. މިއީ ދުނިޔޭގެ 3 ވަަނަ ބޮޑު ހަނގުރާމައަށްވާނެކަމާ ދުނިޔެ ފަނާވާފަދަ ދުވަސްވަރެއްކަމަށްވަނީ.
ދިވެހިންގެ ނަސީބެއް ހުރިއްޔާ އިލްމުވެރި ގާބިލް ތެދުވެރި ޔާމީން ދިވެހިންގެ ވެރިއަކަށް އެދުވަސްތަކުގައި ހުންނަވާނެ.
އުންމީދުގެ ކުޑަދޮރުން ރ ޔާމީން ފެނުމުން ﷲ އަށް ހަމްދުކުރަން އެނބުރި އަންނާށެވެ އުންމީދުގެ ޝަހަރު ދިވެހިންނަށް ބިނާކޮށްދޭށެވެ، ދިވެހި ގައުމު 2023 ރ ޔަމީންއަށް ވެދުން ކުރާނެ ކަން ގަބޫލު ކުރަށްވާށެވެ ބޮޑުތިލަދުންމަތި ތިބޭފުޅާޔަށް ގޮވަނީއެވެ
ސަމޫދު ޖަސްޓިސް. ޗެކު ނަމްބަރެއް ދިމާނުވެގެން މިހެންވާނަމަ ތީ ކުރިން ރާވާފަ އޮތްގޮތް! ނަމަވެސް ޝައްކުއުފެދުނު ފައިސާ ދެން ކޮންތާކަށް ދަނީ. އަނެއްކާ އެފައިސާ ފޮރުވަން އެހެންތާކުން ޖަމާކުރި ފައިސާ އާއި ޖުމްލަ 2 ޓްރާންސްފަރ ގެ ހުކުމަކީ ކޮބާ؟
ކަލޯ އެފައިސާ އެހުރީ ދައުލަތުގެ ބެލުމުގެ ދަސުގައި އެސްކްރޯވ އެކައުންޓް ކިޔާ އެކައުންޓެއްގައި. އެއީ ވަކި މީހެއްގެ އެއްޗެއްކަން ޔަގީންނުކުރާ ފައިސާ ދައުލަތުން ބަހައްޓާގޮތް.
ބޭނުމިއްޔާ ގޮސް އެފައިސާ ނަގަންވީނު. ރައީސް ޔާމީން އެބައުޅޭތަ 1 މިލިއަން ޑޮލަރު ނުލިބިގެން. ރިސޯޓެއްގެ 1 އަހަރު ދުވަހުގެ ޕްރޮފިޓުން ލިބޭ ޕަސެންޓުންވެސް އެތައް މިލިއަނެއ ލިބޭނެ.
މައުމޫނު ދައުރުގައި އޭރުގެ ހުރިހާ މިނިސްޓަރުންނަށް ދީފަ ހުރި ރަށްތައް އެހުރީ ރިސޯޓްތަކަށް ހަދާފަ. ރަށްތަކުގެ ވެރިންނަށް އެތަންތަނުން ފައިސާ ލިބޭނެކަން ނޭނގޭ ގަމާރުންތަތީ.
މާގިނަ ޓީވީ ޑުރާމާ ބެލިފަހުރި މީހެން މިއީ.
الحمدالله
الحمدلله
مرحبا ލޮބުވެތި ރައީސް ޔާމީން
ދިވެހިންގެ ހިތްތައް އުފަލުން ފޮޅިއްޖެ
"ތިޔައީ ޒަޢީމޭ އަދުލޮބުވެތި ޤައުމު ފަޚްރުވެރިވާ
އުފެދޭ ޝުޢޫރުން................................."
އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތްފުޅުން ކުރިއަށް އޮތް އިންތިހާބުގައި ބޮޑުތަނުން ކާމިޔާބު ލިބޭނެ.
މިއަދު ދިވެހި ޤައުމަށް ޖެހިފައިވާ އަވައްޓިންގެ ބަލާވެރިކަން މުލުއް ލުހެލައްވާނެ ތިޔައީ ދިވެހިންގެ ގަޓު ރައީސް
ހާއުފާވެރި ދުވަސްތައް ދިވެހިންނަށް.
ޢިލްމީ ޤާބިލުކަން ހުރިމީހުން މަޤާމުތަކުގައި ތިބޭނީ . ލާޗާރު ބިޗާރުންނަކަށް މިހާރުހެން މަޤާމެއް ނުދެއްވާނެ.
ޢިލްމީ ޤާބިލު ރައީސެއް. އެއްބުރިޖު އެޅި މީހަކަށް ދެވަނަ ބުރިޖެއް ވެސް އެޅޭނެކަމަށް ރައްޔިތުން ޤަބޫލު ކުރަނީ. ފުރިހަމަ ޞިއްޙަތެއްގައި ދިގުޢުމުރުފުޅުގައި އުފަލުގައި ލަހައްޓަވާށި އާމީން
މަރުހަބާ! މީގެންވެސް އެބައެނގޭ ރައީސް ސޯލިހު ސަރުކާރުގެ އިންސާފުވެރިކަން. ދެން އަޅުގަނޑުމެން އުއްމީދުކުރަނީ ސަރުކާރުގެ ތެރޭގައި ތިބި ބާޣީން ބޭރުކުރާނެ ދުވަހަކައް. ހާއްސަ ކޮށް ހޯމް މިނިސްޓަރަކައް އެހުންނެވި ފަރާތް ބޭރުކުރަންއެބަޖެހޭ
އެއްވެސް ރައީސަކު ހައްޔަރުކޮށް ޖަލައްލުމަކީ މިސަރުކާރު ބޭނުންވާ ގޮތެއް ނޫންކަން ސާބިތުކޮއްދީފި
ނާ ތެދެއް! ހާދަބހެޔޮފުޅޭ. ކުއްވެރިއަކު ނޫޅޭނެ ގައުމެއް.
😜
އެހެންވެތާ އިތުރު މައްސަލަތައް އަވަހަށް ކޯޓަށް ވައްދަން ފެށީ 🙈
ޕީޕީ އެމް އާ އެމްޑީޕީ އިން ޑީލެއް ހަދާފަ އޮތް ކަމުގެ ހަބަރު ލިބޭ!
37 މިލިޔަން ކަޅުދަބަސް އަދި އޮތީ....
މިއަދު ކޮންމެ ޕާޓީގެ މީހެއް ކަމުގައިވިޔަސްމެ، ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ޔާމީނަކީ ޚިޔާނާތްތެރިއެއް ނޫން ކަމާއި މިނިވަނެއްކަން. ވަރަށް ޝުކުރިއްޔާ.
ވެރިކަމުގެ ގޮނޑީ ގަ ބޭންދީ ރ ޔާމިން ބާލުވަންވެގެން..ވިސްނަވާ މިއަދު ކައިރީގަ ތިތިބެ މީހުން އަންނަ އަހަރު މާޗު މަސް ނިމެންދެން..ލިބުނު އެށްޗެއއް ކައިރީގަ ތިބެ ދަމާލައިގެން ފިލާނީ...ބުރުމާ ޤާސިމު މީ ފާސިގެއް ކަން ހަނދާން ނަށްތާނުލާ ނުލާ ނުލާ ނުލާ
..ޤާސިމޫ=ފާސިޤު ސހ އިމުރާނު މީ ކާކު ކުތ
ޝަރީޢަތަށް ސަރުކާރުން ނުފޫޒު ފޯރުވުން ނިމުމަކަށް އައިސްފިކަމަށް ބަލަންޖެހޭ. މިއީ ޝަރުޢީ ދާއިރާއަށް މިދައުރުގައި ލިބުނު ބޮޑު ކުރިއެރުމެއް. މިއީ ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކައި 25 ބުރީގެ 15 ޓަވަރު ހަދައި، ބުރިޖުއަޅައި މަގުތައްހަދައި، ދަރުމަވަންތަ ހޮސްޕިޓަލް އަޅައި، ސަލްމާން މިސްކިތް އެޅުމަށްވުރެވެސް ޤައުމާއި މުޖުތަމަޢަށް ލިބުނު މާބޮޑު ތަރައްޤީއެއް. މާބޮޑު ހިތްހަމަޖެހުމެއް....
ކޮންމެ ދައުރެއް ނިމޭއިރަށް ކުރީ ދައުރުގަ ވެރިކަން ކުރި މީހަކު ޖަލަށްލުމުގެ ސަގާފަތަށް ނިމުން ގެންނަންވެއްޖެ.
ވޭތުވެ ދިޔަ 4 ދުހަހުވެސް ސުޕްރީމް ކޯޓައް ސޯލިހު އުދުޅިބާނަން އުޅެ ނުބޭނުނުކަން މިހުކުމުން މިއެގުނީ ސާބަހޭ ފަޓިޔާރުންނޭ އަދުލަށް ތި ހުކުމް ތިކުރެއްވީ މާތްﷲ ތިޔަ ފަޓިޔާރުންނަށް ފާގަތި ދުވަސްތަކެއް ދެއްވާށިއެވެ ބޫ ސޯލު އަދި އިންޑިޔާ ޖެހޭނީ ރާކަނިމަސް ކާން އަދި މިރޭ ނިދަން ޖެހޭނީ އަގަހުޅުވާގެން !!!!!!!
ދިވެހިރާއއްޖެ - 1 މޯދީ - 0
އެކަމަކު ދެން ކީއްކުރާނީ... ދުނިޔޭގެ މާހިރުން ބުނަނީ ދެން އިންޑިޔާގެ އަތްދަށުން ސަލާމަތް ނުވާނެ ކަމަށް.. އެހާ ވަރަށް ގައުމަށް ގައްދާރުވެ ގައުމު ވިއްކާލާފި.. ހެވިފަ ތިބި ބްރެއިން ވޮޝްޑު އެމްޑީޕީ މެމްބަރުން ވެސް ފަހުން ހިތާމާ ކުރާނެ.. އެކަމަކު ކަޑަ ނުވާންވެގެން ގައްދާރުންގެ ގޮތުގަ އެމީހުން ދެމިތިބޭނެ
އަބީ ޕިއްޗަރު ބާކީހޭ މެރޭދޯސްތް...............
ޙަމްދާއި ޝުކުރު ހުރީ ﷲ އަށް
އަހަރެން ޔާމީނށް ތާއީދުނުކުރިޔަސް އަހަރެން އުފާކޮށްފިން މިހުކުމް މިހެން އައިމަ. އަހަރެން ގަބޫލުކުރަނީ ދިވެހި ރާއްޖެ ސަލާމަތްކޮށްދެވޭނީ ޔާމީނށޭ
ޝުކުރިއްޔާ ރައީސް ސޯލިހު ޝުކުރިއްޔާ ރައީސް ނަޝީދު ތިއީ އޯގާތެރި ވެރިންނަކީ
ދޮގު އިލްޒާމު އަޅުވައި ނުހައްގު އަދަބެއް ދޭން އުޅެ އެކަން ކާމިޔާބު ނުވީމަ އޯގާތެރިވީ ؟
ކަލޯ ފުލްޓައިމް ވަޒީފާއެއް ގޮތަށް ޖޯކު ކިޔަން ފައްޓަން ފެނޭ.
މާތްﷲ އަށް ޙަމްދާއި ޝުކުރުކުރަން.. މަރުޙަބާ ރައީސް ޔާމީން،، އަބަދުވެސް އަޅުގަނޑުމެން ތިބޭނީ މަނިކުފާނުގެ ފަހަތްޕުޅުގައިކަން ހަނދުމަކޮށް އަރުވަން.
މިހުކުމުން އެނގިގެންދިޔައެންމެބޮޑު ހަގީގަތަކީ ޢަލީ ރަޝީދަކީ ސްޕްރީމްކޯޓައް ތަސައްރަފު ނުފުދޭ ފަޑިޔާރެއްކަން
އަދި ކުރިއަށް އޮތީ. ހިއްވަރު އެބަހުރިތަ؟ ފިނޑިންރޯއަޑޫ ހާދަބާރަށް އިވެޔޭ ޒޫ ވެހި ކައިރިން.
މިސަރުކާރުންވެސްފުރާޅުޓިނު ނަގަންވީތަހަމަ؟
އަލްޙަމްދުލިލާއހި ޝުކުރު. މިއަދު މިއީ ޙައްޤަށް ނަޞްރު ލިބުނު ދުވަސް. ދިދަވެސް ޖަހަންވީ. ގެއްލުމުގެ ބަދަލުވެސް ހޯދަންވީ
މަގޭ ޕުއްތަރްރްރް،،، ރެހެންދި ފްލެޓުން ނެރެގެން ގެންދިޔަ ކަޅު ދަބަހުގެ ވާހަކަ ދެން ކަލޭމެން ދައްކާނީކީ ނޫން...
ޕީޖީ ޝަމީމް ވަނީ ފެއިލް ވެފައޭ އޭނާ ޖެހޭނީ އިސްތިއުފާ ދޭން ޕީޖީ ޝަމީމް އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
މަށައް އިނގޭ އޭރުވސްވާނީ ތހން ކން
ޥެންޓިލޭޓަރ ކޭސް އަށްވީގޮތެއް ހޯދަދީބަލަ ޕީޖީ ގާތުން! މަޚޫފަށއ ދައުވާ ކުރަން ފޮނުވާފަ ވެޓިލޭޓަރ ކޭސް އަށް ވޯގޮތެއް ނުބުނޭ!
އައްދިޔޯއި. ހައް ހައް ހައް ހައް ހައް ހައް ހައް
މިއީ ޕީޕީއެމު ގެ ވެރިކަމެއް ނަމަ ކޯޓު ޓިނު ނަގާނެ މިރޭ ހަހަހަ... މިއިން އެނގުނީ އެމްޑީޕީ ސަރުކާރުން އިންސާފާއި ހަމަހަމަކަން ގެންގުޅޭކަން. ކޯޓު ތައް މިނިވަންކަން. ދެންވެސް ވައްކަން ނުކޮށް ހުރެވޭތޯބަލާ.
އަލްހަމްދު ﷲ. ހީ އިޒް ބެކް! 😌