ފެބުރުއަރީ 22 ވަނަ ދުވަހުގެރޭ ދަންވަރު ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒް ގެ އިމާރާތަށް އެސް އޯ ފުލުހުންގެ ބަޔަކު ވަދެ ތަނުގެ އެތެރޭގައި ތިބި ބަޔަކާމެދު އަނިޔާޥެރި އަމަލުތަކެއް ކުރިކަމަށްބުނެ، މައްސަލަ ބަލައި ތަހްޤީގުކޮށް ދިނުމަށް އެދި ޖުމްހޫރީ ޕާޓީގެ ފަރާތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މިއަދު ޖުމްހުރީ ޕާޓީން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށައަޅާފައިވާ ސިޓީއެއްގައި ބުނެފައިވަނީ 22 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެސް.އޯ ފުލުހުން އެއްވެސް ބެލުމެއް އުޞޫލެއް ހަމައެއްނެތި، ޖުމްހޫރީ ޕާޓީގެ އޮފީސް މާފަންނު ކުނޫޒުތެރެއަށް އެއްވެސް ހުއްދައެއް ހޯދުމަކާނުލައި ވަދެ ތަނުގެ އެތެރޭގައި ތިބި އެތަކެއް ރައްޔިތުންނަށް ޤަސްތުގައި އަނިޔާދިނުމުގެ މަޤްޞަދުގައި އެމީހުން ހިފަހައްޓައި އެމީހުންގެ މޫނަށާއި ލޮލަށް އަމާޒުކޮށް ފޫޓަކަށްވުރެވެސް ކައިރިން ޕެޕަރސްޕްރޭ ޖަހައި އަނިޔާވެރިކޮށް ބައެއް މީހުން ތަނުގެ ތެރެއިން ބޭރުކޮށްފައިވާކަމަށެވެ. އަދ ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު މި ޢަމަލުތައް އިންޓެގްރިޓީ ކޮމިޝަނުން ބައްލަވައިދިނުމަށް މިސިޓީގައިވެއެވެ.

ހަމަ އެރޭ މ. ކުނޫޒުގެ ތެރެއަށް ހުއްދަހޯދުމެއްނެތި ވަދެ ބައެއް ފުލުހުން ހިންގާފައިވާ މި ޖަރީމާގެ ތެރެއިން މ. ގޯނބިލިގަސްދޮށުގެ އަބްދުއްﷲ ސަލީމްގެ މޫނަށާއި އަނގަޔަށާއި ލޮލަށް ގިނަ އަދަދަކަށް ޕެޕަރސްޕްރޭ ޖެހުމުގެ ސަބަބުން އޭނާ ފިޓްޖެހި ހޭނެތުމުންވެސް އޭނާއަށް އެހީތެރިނުވެ، ފުލުހުން އޭނާ ދޫކޮށްލާފައި ދިޔުމުން، އެކަންވަނީ އެސިޓީގައި ކުއްވެރިކޮށްފައެވެ. މިސިޓީގައި ބުނެފައިވަނީ އެހީތެރިކަން ޤަސްތުގައި ނުދިނުމަކީ މީހެއްގެ ފުރާނަޔަށް ގެއްލުން ލިބިދާނެފަދަ ޙާލަތެއްކަމަށްވެފައި އިންސާނިއްޔަތަށްޓަކައިވެސް އެހީތެރިވުމުގެ މަޤްޞަދު އެފަދަ ފުލުހުންގެ ކިބައިގައި ނެތްކަމުން މިއަދު އަބްދުﷲ ސަލީމް އެގެންދަނީ އައި.ޖީ.އެމް ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފުރާނަޔާ ހަނގުރާމަކުރަމުން ކަމަށާއި މިމައްސަލަތަށް ބައްލަވާ ދެއްވުން އެދޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގައްބަޅޭ

    މިހިސާބަށް މިގައުމު ގެންދިއުމުގައި ކުނޫޒުގެ ވަރަށްނޮޑު ހިއްސާއެއް އެބައޮތް! އެހެންކަމުން ތިޢަމަލު ކުއްވެރި ކުރެވޭކަށްނެތް!

  2. ރަމީޒު

    ކޮންކަމެއްވާނީ

  3. ރަމީޒް

    ކޮންކަމެއްވާނީ

  4. އަޙްމަދު

    މިހާ ކަމުނުދާ ގައުމެއްގައި ހުއްނަ މުއައްސަސާތަކަށް ތިކަހަލަ މައްސަލަ ހުށަހަޅަނީ ކީއްކުރަންތޯ؟
    ކޮން އިންސާފެއްތޯލިބޭނީ!؟
    ތި އިދިކޮޅޭމެން އިންސާފުހޯދަން ދާންޖެހޭނީ އދލަށް، ނުވަތަ އީޔޫއަށް
    ނުވަތަ އިގިރޭސި ވިލާތަށް ކޮމަންވެލްތަށް ނުވަތަ އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ފައިބުޑަކަށްނު!

    • ސިޔާނާ

      ތިބުނީހަމަރަގަޅައް މިބައިގަނޑަކީ ސަރުކާރުވެސް ގަބޫލުކުރާބައެއްނޫން

  5. ސިޔާނާ

    މަގުމަތީގަތިބެނުބައިކަންތައް ކޮށްފަ ފިލަންވަނީމަ ފަހަތުން ފުލުހުންވަދެ ޖަހާއެއްޗެއް ޖަހާނެ

  6. އެންމެން

    އާއްމުންގެ ރައްކާތެރިކަން އަދި އާއްމުންގެ ގެދޮރުގެ ރައްކާތެރިކަން ފުލުހުން / ސިފައިން ކަށަވަރު ކޮށް ދޭން ޖެހޭނެ. އާއްމުންނަށް މުސީބާތް ޖައްސާ ރޭވުން ރާވާ އައްޑާތަށް ހޯދާ އެތަން ތަން ނައްތަން ޖެހޭ. މާފަންނު ކުނޫޒަކީ އެކަހަލަ ތަނަކަށް ވެއްޖެ. ކުނޫޒު ތަޅާލާފާ އެތާނުގެ މިސްކިތެއް އެޅުން ނުވަތަ ޕާކެއް ހެދުން ރަނގަޅު. އެކަމަކު އެތަނުގާ ދިރިއުޅޭ ގާސިމުގެ އާއިލާގެ މީހުންނަށާއި ގާތްތިމާގެ މީހުންނަށް ދިރިއުޅެވޭނެ އިންތިޒާމު ކުރެވިފަ ހުންނަން ޖެހޭނެ.