ދުނިޔޭގެ މަޝްހޫރު އެއާލައިނެއްކަމަށްވާ ސްރީލަންކަން އެއާލައިންސްގައި މާލެއިން ލަންކާއަށް ދާ ފަރާތްތަކަށް ހާއްސަ އަގެއް ހަމަޖައްސައިފިއެވެ.

ސްރީލަންކަން އެއާލައިންސް އިން މިއަދު ބުނީ، އެ އެއާލައިންގައި ކޮލަމްބޯއަށް ދާ ފަރާތްތަކަށް ހާއްސަ ފެއާއެއްގެ ދަށުން އަގުހެޔޮކޮށް ޓިކެޓް ލިބޭނެ ކަމަށާއި، އެގޮތުން 254 ޑޮލަރަށް މާލެ-ކޮލަމްބޯ އަދި ކޮލަމްބޯ-މާލެ ދެކޮޅު ޓިކެޓް ލިބޭނެ ކަމަށެވެ.

އެ އެއާލައިން ބުނީ، ބޭރު މީހުންނަށްވެސް މި އަގުގައި ޓިކެޓް ލިބުނު ނަމަވެސް، އެއާޕޯޓް ޓެކްސްއަށް ދައްކަން ނަގާ 26 ޑޮލަރު އެ މީހުންގެ އަތުން ނަގާނެ ކަމަށެވެ.

މި އަގުގައި ލަންކާއަށްދާ ފަރާތްތަކަށް ޓިކެޓް ލިބޭނީ މި މަހުގެ 17 ކުރިން ޓިކެޓް ނަގާ ފަރާތްތަކަށެވެ. އަދި އެ ފަރާތްތަކުން ނޮވެމްބަރު މަހުގެ 30 ގެ ކުރިން ދަތުރު ކުރަން ވާނެއެވެ.

ސްރީލަންކަން އެއާލައިންސްގެ ޓިކެޓް ލިބިވަޑައިގަންނަވާނީ ސްރީލަންކަން އެެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓްގެ އޮފީސް އޭސް އޭވިއޭޝަންސް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮހޮބޮހޮ

    ހެހެހެ މިރަގަޅު ވާހަކައެއްތަ؟ އެހެން އެއަރ ލައިންތަކުން ލިބެން އެބަހުރި 218 ޑޮލަރއަށް އެހެންވީމާ އަސްލު އަގަކަށް ވާނީ 400 ޑޮލަރތާ ؟؟؟

  2. އެމް

    ޢީ ކޭ އިން މިހާރުވެސް ތިއަގަށް ލިބޭ

  3. ހަކީމް

    ސްރީލަންކަންގެ ޚިދުމަތް ވަރަށް ކަޑަ، އަނެއްކާ އަބަދު ޑިލޭގައި އުޅޭނީ